ނ. ވެލިދޫގައި ކުލައިގެ އާ ފިހާރައެއް ހުޅުވައިފި
ނ. ވެލިދޫގެ ވަރަށް ފަހުން އުފެދުނު އަމިއްލަ ކުންފުންޏެއްކަމަށްވާ ” ނޮޅި އެންޓަރޕްރައިސަސް” ގެ ފަރާތުން ވެލިދޫގައި “ނޮޅި ކަލަރސް” ގެނަމުގައި ކުލަ އާއި ދަވާދު އަދި ލަކުޑީގައި ލުމަށްޚާއްޞަ ކުރެވިފައިވާ ތަފާތު ވައްތަރުތައް ހިމެނޭ ފިހާރައެއް ރޭ ވަނީ ހުޅުވާފައެވެ. މި ފިހާރަ ހުޅުވައި ދެއްވީ އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޢަލީ ނިޔާޒް އެވެ. ރާއްޖޭގައި މަޝްހޫރު ބްރޭންޑެއްކަމަށްވާ “ސަމްވާ” ފާރުގައި ލާ ކުލަ އަދި ދަވާދުގެ އިތުރުން ދަވާދާ [...]

















