މާފުށީ ޖަލުގައި ތިބި ގައިދީން “ޕެންޓަގަން” އަށް ބަދަލުކޮށްފި
މާފުށީ ޖަލުގައި މީގެ ހަތަރުވަރަކަށް އަހަރު ކުރިން އިމާރާތް ކުރަން ފެށި “ޕެންޓަގަން” ޖަލަށް ބައެއް ގައިދީން ބަދަލުކޮށްފި އެވެ.ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސަސް (ޑީ.ޕީ.އާރު.އެސް) ގެ ޑިރެކްޓަރު މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ މީގެ 15 ވަރަކަށް ދުވަސް ކުރިން ގައިދީންތައް “ޕެންޓަގަން” ޖަލަށް ބަދަލުކުރީ އެ ތަނުގެ މަސައްކަތް މުޅިން ނިމިގެން ނޫން ކަމަށާއި އެހެން ނަމަވެސް ޖަލުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި މި ވަގުތަށް އެކަން ކުރަން ޖެހޭތީ ކަމަށެވެ.

















