ބޮޑެތި ބަލިތަކަށް ބޭސްކުރުމަށް ވެލްފެއަރ ފަންޑެއް ހެލްތުން ހުޅުވައިފި
މަދަނަ ސްކީމްގެ ދަށުން ބޭސްކުރެވޭ ލިމިޓަށްވުރެ އިތުރުވާ ފަރާތްތަކަށް ބޭސްކުރުމަށް އެހީވުމަށް ވެލްފެއަރ ފަންޑްގެ ނަމުގައި ހެލްތް މިނިސްޓްރީން ފަންޑެއް ހުޅުވާލައިފިއެވެ

މަދަނަ ސްކީމްގެ ދަށުން ބޭސްކުރެވޭ ލިމިޓަށްވުރެ އިތުރުވާ ފަރާތްތަކަށް ބޭސްކުރުމަށް އެހީވުމަށް ވެލްފެއަރ ފަންޑްގެ ނަމުގައި ހެލްތް މިނިސްޓްރީން ފަންޑެއް ހުޅުވާލައިފިއެވެ
މައާފް ދިނުމާއި، އަދަބު ލުކޮށްދިނުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ކޮމެޓީން ގެންނެވި އިސްލާހުތަކާއި، މެންބަރުން ހުށައަޅުއްވާ ފާސްކުރެއްވި ބައެއް އިސްލާހުތަކާއެކު މިއަދު ފާސްކުރައްވައިފިއެވެ
ދިވެހިރާއްޖެއަކީ އެމެރިކާގެ ވިޔަފާރީގެ ބައިވެރިއަކަށްވުމަށް މިހާރު ކުފޫހަމަވާ ގައުމެއް: އެމެރިކާ އެމްބަސީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ މިމަހުގެ 23 ވަނަދުވަހު އިއުލާންކުރައްވައި ދިވެހިރާއްޖެއަށް ދެއްވި ނަފާ ވިޔަފާރީގެ އިނާޔަތުގެދަށުން، އެއްވެސް ޑިއުޓީއަކާނުލައި ދިވެހިރާއްޖޭގެ ބައެއް ވިޔަފާރި އުފެއްދުން އެމެރިކާއަށް ވިއްކުމުގެ ހުއްދަ ދެއްވައިފިއެވެ.
އެއްބަސްވެވޭ މަގެއް ހޯއްދެވުމަށްޓަކައި، މިވަގުތު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ބިލު” އަނބުރާ ގެންނެވުމަށް ސަރުކާރުން ނިންމަވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވައިފިއެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އަންނަ މަހުގެ 1 އިން ފެށިގެން މީގެ ތިން މަސް ކުރިން އޮތް ވަރަށް ހަމަޖައްސާފައިވާ ކަމަށާއި އެގޮތަށް އޮފީސްތަކުން އަމަލުކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން މިއަދު އެދެފި އެވެ
މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމުގެ ހުއްދަ ނުދިނުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެއްހާސް ސިޓީ މިއަދު ހުށަހަޅައިފި އެވެ
އެމްޑީޕީއަކީ އެއްވެސްއިރެއްގައި ވެރިކަމުގެ ޝެހެންޝާހްގެ ދަހިވެތިކަމުގައި ވެރިކަންކުރަން ނުކުތްބައެއް ނޫން: ރައީސް ނަޝީދު އެމްޑީޕީއަކީ އެއްވެސް އިރެއްގައި ވެރިކަމުގެ ޝެހެންޝާހްގެ ދަހިވެތިކަމުގައި ވެރިކަންކުރަން ނުކުތް ބައެއް ނޫންކަމަށާއި، ރާއްޖޭގެ ވެރިކަން ހެޔޮގޮތުގައި ކުރެވޭނީ ރާއްޖޭގެ އަތޮޅުތަކަށް ހަޤީޤީ ވެރިކަމުގެބާރުދޫ ކޮށްގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކަންތައް ހިނގަމުންދާ ގޮތަށް ބަލާއިރު ފެންނަމުން މިދަނީ މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީން ހިތުހުރިގޮތަކަށް ކަންތައް ކުރަމުންދާ މަންޒަރެވެ. މަޖިލީހުގައި ހިމެނޭ އެހެން ޕާޓީތަކުގެ މެންބަރުންގެ ޚިޔާލާއި ފިކުރަށް އެއްވެސް އިޙްތިރާމް ކުރުމެއްނެތިއެވެ. ޑީއާރްޕީން މިގޮތަށް އަމަލުކުރުމުގައި އެންމެ ގިނައިން ބުނާބަހަކީ “ޑިމޮކްރަސީ އަކީ އަޣުލަބިއްޔަތަށް ތާއީދުކުރުން ކަމަށާއި އަޣުލަބިއްޔަތު އޮތީ ތިމަންނާމެންގެ އަތުގައި” ކަމަށެވެ
ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑީގައި، އުފެއްދުންތެރިކަމަށް ހުރަސްއެޅޭގޮތަށް ފޭސްބްކްފަދަ ސޯޝަލް ނެޓްވޯރކްތައް ބޭނުންކުރުމަކީ މަނާ ކަމެއްކަމަށް ކަނޑައަޅުއްވައި، ނޭޝނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ޤަވާޢިދެއް އެކުލަވާލައްވައިފިއެވެ .