އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ބިލަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، ރައީސާއި ނައިބްރައީސްގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ބިލު، ތަޞްދީޤު ކުރައްވައިފި
މި ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ބޭއްވެވި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 59 ވަނަ ޖަލްސާއިން ފާސްކުރެއްވި [ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ބިލު“ އަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، [ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ބިލް“ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

















