Link to ފުރިފައިހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ

ފުރިފައިހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ

އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. މުސްލިމުންގެ އެންމެ ރިވެތި ސިފައަކީ އެހެންމީހުންނަށް އިޙްތިރާމު ކުރުމާއި އަޅާލުމެވެ. އެހެންމީހުންނަށް ހެޔޮގޮތުގައި މުޢާމަލާތްކޮށް، އެމީހުންގެ ލޯތްބާއި އިޙްތިރާމު ލިބިގަތުމެވެ. މިއީ އިސްލާމީ ދައުލަތުގެ ބިންގާ މަދީނާ އެޅުނު ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ކަން ހިނގަމުން އައި ރިވެތި މަގެވެ. މުސްލިމުންގެ އަޚްލާޤެވެ.

Link to އިސްލާމް ދީނަކީ ދީނާއި ދުނިޔެއެވެ

އިސްލާމް ދީނަކީ ދީނާއި ދުނިޔެއެވެ

އިސްމާޢީލް ނާޖީ އަމަން އަމާންކަމާއި ހަމަޖެހުމުކީ، އިންސާނުންނަށް ކާނާއާއި ފެނުގެ މުހިއްމުކަމަށް ވުރެ، ވަކި މުހިއްމުކަން ކުޑަ ކަމެއް ނޫނެވެ. ފުރަތަމަ ބުނެވުނު ދެ ކަމާއި ނުލާ އިންސާނާއަށް އޭނާގެ ދިރިއުޅުމުގެ އެއްވެސް ކަމެއް ފުރިހަމަ ގޮތުގައި ނުކުރެވޭނެއެވެ. އަމާންކަން ގެއްލިއްޖެނަމަ އެ ތަނެއްގައި ދީނަށް އުޅެވޭނެ ގޮތެއް، ދީނަށް ގޮވާލެވޭނެ ގޮތެއް، މޮޅު ޙަޟާރަތެއް، ރީތި ފަންނެއް، ހައިރާން ކުރުވާފަދަ މޮޅެތި...

Link to އިމާމު ޝާފިޢީގެފާނު

އިމާމު ޝާފިޢީގެފާނު

. ޢަލީ ނިޝާން އަލްއިމާމު މުޙަންމަދު އިބްނު އިދްރީސް އައްޝާފިޢީ ގެ މަޝްހޫރު ނަންފުޅަކީ “އިމާމު ޝާފުޢީ” އެވެ. ދިވެހިން ކިޔާ ގޮތުންނަމަ ޝާފިޢީގެފާނެވެ. މި ނަންފުޅު ނިސްބަތްވަނީ އެކަލޭގެފާނުގެ ބައްޕާފުޅުގެ ފަރާތްޕުޅުުން ތިންވަނަ ކާފާފުޅު ޝާފިޢު އިބްނު ސާއިބުގެފާނަށެވެ.

ގއ. ކޮޑަފެހެލާއިން ހަދާފައި އޮތް ސޮލީބެއް ފެނިގެން ފުލުހުން އެރަށުގައި ޙަރަކާތްތެރިވާން ފަށައިފި

ގއ. ގެމަނަފުއްޓާއި އިންވެގެންއޮންނަ ކޮޑަފެހެލާއިން ކްރިސްޓިއަން ދީނުގެ މީހުން އަޅުކަންކުރަން ގެންގުޅޭ ވައްތަރަށް ހަދާފައިވާ ޞަލީބެއް ފެނިއްޖެއެވެ. ތެޅިގަލުން ރާނާ ސިމެންތި ޖަހާފައިވާ މި ސޮލީބަގެ ދިގުމިނުގައި 8 ފޫޓު ހުންނާނެ ކަމަށާއި މި ސޮލީބުގެ ފަހަތު ބައި ވަނީ ބިމަށް ވަންނަގޮތަށް ފަރުމާކޮށްފައެވެ.

Link to ކުޑަފުނަފަރު ރިޒޯޓްގައި މަސައްކަތްކުރާ އިންޑިޔާގެ ރައްޔިތަކު އިސްލާމް ވެއްޖެ

ކުޑަފުނަފަރު ރިޒޯޓްގައި މަސައްކަތްކުރާ އިންޑިޔާގެ ރައްޔިތަކު އިސްލާމް ވެއްޖެ

ނ. އަތޮޅު ކުޑަފުނަފަރު ރިޒޯޓްގައި މަސައްކަތް ކުރަމުން އަންނަ އިންޑިޔާގެ ރައްޔިތެއް އިސްލާމަވެއްޖެއެވެ.  ޢުމުރުން 32 އަހަރުގެ ކްރިސްޓިއަން ދީނުގެ ހަރީ ކްރިޝްނަން މިދިޔަ ހުކުރު ދުވަހު އިސްލާމްވީ ކުޑަފުނަފަރުގައެވެ.

Link to ދުވަހަކުވެސް ގުރުއާން ނާންދާނެކަމަށް ޓެރީ ޖޯންސް ބުނެފި

ދުވަހަކުވެސް ގުރުއާން ނާންދާނެކަމަށް ޓެރީ ޖޯންސް ބުނެފި

އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ހަމަލާ ދިންތާ ނުވަ އަހަރު ފުރުމާ ދިމާކޮށް އެ ގައުމުގެ ފައްޅިއަކުން މިއަދު ގުރުއާން އެންދުމަށް ކުރި މަސައްކަތް އެންމެފަހުން ހުއްޓާލައިފި އެވެ. ފްލޮރޮޑާގައި ހުންނަ ކުޑަ ފައްޅިއަކުން ރާވާފައިވާ، ގުރުއާން އެންދުމުގެ ހަރަކާތް ކެންސަލްކޮށްފައި މި ވަނީ އެ މައްސަލާގައި އިސްލާމީ ގައުމުތަކުންނާއި ދީނީ ޖަމާއަތްތަކުގެ އިތުރުން އެމެރިކާގެ ވެރިންގެ ފަރާތުން ވެސް ވަރަށް ބޮޑެތި...

Link to ޤުރުއާން ކިޔެވުމުގެ އަދަބުތައް

ޤުރުއާން ކިޔެވުމުގެ އަދަބުތައް

ޤުރުއާން ކިޔެވުމަކީ ޝައްކެއްވެސް ނެތް ގޮތުގައި މުސްލިމަކު އޭނާގެ ޘަވާބުގެ ތިލަފަތް ބަރު ކުރުމުގައި، ބޭނުން ކުރެވިދާނެ އެންމެ މުހިއްމު އެއް ވަސީލަތެވެ. އަދި އެންމެ މާތް އެއް އަޅުކަމެވެ. ޤުރުއާނަކީ މާތް ﷲގެ ކަލާމްފުޅެވެ. އިންސާނުންނަށް ހިދާޔަތް ދައްކައިދޭ ފޮތެވެ. އެއިން ކިޔަވާ ކޮންމެ އަކުރަކީ ލިބޭ ދިހަ ޘަވާބު ކަމުގައި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ފޮތަކީވެސް ހަމަ ޤުރުއާނެވެ.

Link to ރޯދަ މަހާއި އިސްތިގްބާލު ކުރާނީ ކިހިނެއް؟

ރޯދަ މަހާއި އިސްތިގްބާލު ކުރާނީ ކިހިނެއް؟

މާތް ޞަޙާބީންނާއި އެބޭކަލުންނަށް ތަބަޢަވެވަޑައިގެންނެވި ތާބިޢީން އަދި އޭގެ ފަހުން ވަޑައިގެންނެވި ސަލަފުއްޞާލިޙުން ރަމަޟާން މަހާއިމެދު ވަރަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ބަހައްޓަވައެވެ. އަދި އެމައްސަރު އަންނާތީވެ އެކަމާއި ވަރަށް ބޮޑަށް އުފާ ކުރައްވައެވެ. ރަމަޟާންމަހާއި ބައްދަލުވުމުގެ ހެޔޮ ނަޞީބު ދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރައްވައެވެ.

ވަކިން ޖަމާޢަތް ހަދައި ވަކިން ހުކުރުކޮށް، ހުއްދަނެތި ތަގްރީރުކޮށް، ޚުޠުބާދީ ހައްދަވަމުންދާތީ އިސްލާމިކް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފި

ވަކިން ޖަމާޢަތް ހަދައި ވަކިން ހުކުރުކޮށް، ހުއްދަނެތި ތަގްރީރުކޮށް، ޚުޠުބާދީ ހައްދަވަމުންދާތީ އިސްލާމިކް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް މާލެއާއި ބައެއް ރަށްތަކުގައި މުސްލިމުންގެ ޖަމާޢަތާ ވަކިވެގެން، ދައުލަތުގެ އަމުރުވެރިކަމުގެ ދަށުން ބޭރުވެ ވަކިން ޖަމާއަތްހެދުމާއި ހުކުރުކުރުމާއި ޙުޠުބާދިނުމާއި ހުއްދަނެތި ތަގުރީރުކުރުމަކީ، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން މަނާކުރާކަމެއްކަމަށެވެ.

Pages:12»