VelidhooOnline
Advertise Here
    • ފުރަތަމަ ސޮފުހާ
    • ޚަބަރު
    • ކުޅިވަރު
    • ކޮލަމް
    • މައުލޫމާތު
    • ދީން
    • މުނިއަވަސް
    • ރިޕޯރޓް
    • ފޮޓޯ އަލްބަމް
    • ވީޑިއޯ
0

ރައްޔިތުން އެދޭފަދަ ރައްޔިތުންގެ މަޖިލީހަކަށް … 1 ވަނަ ބައި

by މޯޑް on 31 މާރޗު

އަޙުމަދު މުޙައްމަދު / ނ.ވެލިދޫ

ދިވެހިރާއްޖޭގެ

  • watch ferris bueller s day off online

ފުރަތަމަ ޤާނޫނު އަސާސީ ތަސްދީޤު ކުރެވުނު ދުވަހަކީ ޑިމޮކްރަސީގެ އޮށް ދިވެހި ފަސްގަނޑުގައި އިންދުނު ދުވަހެވެ. އެއީ ވެރިކަމުގެ އައު މަގެއް ކޮށާލެވުނު ދުވަހެކެވެ.

އެއަށްފަހު ޑިމޮކްރަސީގެ ރަހަ ދިވެހި ދީބުގެ އަރުގައި ލަމުން ނުލަމުން އައެވެ. ޑިމޮކްރަސީގެ މާ ފުރިހަމަ ބަދަލުތަކެއް ނުފެންނަ ހާލުގައެވެ. ދިވެހި ވެރިކަން އައީ ތަފާފު ބީދައިން

universal remote movie

ފުރޮޅެމުންނެވެ. ދިގު ދެމިގެންދިޔަ ވިރާސީ ރަސްކަމުން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، އެއަށްފަހު ޖުމްހޫރިއްޔަތަކުން ރަސްކަމަށް ބަދަލުވެ، އެންމެ ފަހުން އަނެއްކާވެސް ޖުމްހޫރިއްޔަތަކަށް ބަދަލުވިއެވެ. ޖުމްހޫރީ ވެރިކަމެއް މިޤައުމުގައި ގާއިމުވި ކޮންމެ ފަހަރަކުމެ ޑިމޮކްރަސީގެ އައު ކުލަތަކެއް ދިޔައީ ފެންނަމުންނެވެ. އެކި ފަހަރު އެކި ވަރަށެވެ. މިގޮތުން ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ އަށް ވަނަ ދައުރުގެ އަހަރުތަކަކީ މިއަގުމު ޑިމޮކްރަސީގެ އައު ހަރުފަތްތަކެއް ގިރާކުރި އަހަރުތަކެކެވެ. މަލްޓި ޕާޓީ ސިސްޓަމް ގާއިމުކުރެވި ސިޔާސީ ޕާޓީތައް އުފެދިގެން ދިޔައެވެ. އަދި ސަތާރަ އަހަރުން އިސްލާހު ކުރެވުނު ޤާނޫނު އަސާސީއަކަށް ދިހަ އަހަރު ނުވަނީސް އެ ޤާނޫނު އަސާސީ އިޞްލާޙުކުރުމަށް ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރެވިގެން ދިޔައެވެ. އެދުވަސްވަރު، ބޮޑަތި މުޒާހަރާތަކާއި ސިޔާސީ އެއްވުންތައްވެސް ފެންނަމުން ދިޔައެވެ.


chop shop dvd


ގައުމަށް އަންނަމުން ދިޔަ ބަދަލުތަކާއި އެކު، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ މެދު އަށާރަ އަހަރުންމަތީގެ ދިވެހިރައްޔިތުންގެ

the final conflict download

މެދުގައި ދެހާސް ހަތްވަނަ އަހަރުގެ ތެރޭގައި ވޯޓެއް ނެގުނެވެ. އެދުވަހު،

watch the quest online

ބަރުލަމާނީ ނިޒާމު ދޫކޮށް ދިވެހިން ‘އާނ ބަސް’ ބުނީ ރިޔާސީ ނިޒާމަށެވެ. ތިންބާރު ވަކި ކުރުމަކީ ޑިމޮކްރަސީގެ މުހިއްމު އަސާސެއްކަމުގައި ދެކިގެންނެވެ. އެހެނީ ރިޔާސީ ނިޒާމެއްގައި ދައުލަތް ހިންގުމުގެ ތިންބާރު އޮންނާނީ މުޅިން ވަކިވެ މުސްތަގިއްލު ތިންބާރެއްގެ ގޮތުގައެވެ. އެއްވެސް ބާރަކުން ޤާނޫނާއި ޤާނޫނު އަސާސީއާއި ޚިލާފުވާނަމަ ދެން ތިބި ބާރުތަކުން އެކަން ހުއްޓުވުމަށް ފިޔަވަޅު އެޅޭ ގޮތުގައެވެ. މިއިންތިހާބަށް ފަހުވެސް ދިވެހި ގައުމު ދިޔައީ ސިޔާސީ ހަލަބޮލި ކަމުގެތެރޭގައި ދަތުރުކުރަމުންނެވެ. ދެން އައީ ތާރީޚީ ދުވަހެކެވެ. 2008 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 272 ވަނަ ޖަލްސާއިން ފާސްކުރެއްވި “ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ”، ޤާނޫނުއަސާސީގެ 102 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއި އެކު 7 އޯގަސްޓް 2008 ވީ ބުރާސްފަތި ދުވަސް ވެގެންދިޔައީ ޒަމާނީ ޑިމޮކްރަސީއަށް ރާއްޖެ އަލި ވިލުނު ދުވަހަށެވެ.



މި ޤާނޫނު އަސާސީގެ ދަށުން ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިހާބު މިނިވަންކަމާއި އެކު ބޭއްވި، ރާއްޖޭގެ ވެރިކަމުގެ ބާރުތައް މިވަނީ ރައްޔިތުންގެ ސީދާ ވޯޓުން ރައްޔިތުން އެދޭ ބަޔަކާއި ހަވާލުކުރެވިފައެވެ. މީގެ އިތުރުން، ރިޔާސީ ނިޒާމުގައިވާ ތިންބާރު ވަކި ކުރުމުގެ މަރުހަލާތަކުގެ ތެރެއިން ޢަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުވެސް މިވަނީ ސުޕްރީމި ކޯޓާއި ހައިކޯޓާއި އަދި ދަށުކޯޓުތަކާ ހަވާލު ކުރެވިފައެވެ. ދެން އޮތީ ޤާނޫނު ހެދުމުގެ ބާރެވެ. ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގައި ބުނެފައިވަނީ ‘ދިވެހިރާއްޖޭގައި ޤާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ’. ކަން މިހެން އޮތްއިރު ކުރިއަށް ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. މިއީވެސް ރައްޔިތުންގެ ވިންދާ ގުޅިފައިވާ އިންތިހާބެކެވެ. މިއިންތިހާބާއި ބެހޭ ވާހަކަތައް ނޫސްތަކުގެ ފަލަ ސުރުހީ ތަކަށް އަރާ، މީޑިޔާގެ އެންމެ ހޫނު އެއް ހަބަރަށް ވެގެން ދިޔައީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކި ތާރީޚެއްގެ ކުރިން ބޭއްވުމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ވަނިކޮށް މި އިންތިހާބު ބޭއްވުމަށް ކޮންމެހެން ބޭނުންވާ ދެ ބިލެއްގެ މަސައްކަތް ނުނިންމާ، އިންތިޤާލީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޗުއްޓީއަށް ދިއުމުންނެވެ. އެހެންނަމަވެސް، ތަފާތު ސަބަބުތަކާއި ހުރެ، ދައުރުން ބޭރުގައި އެ މަޖިލީހުގެ ޖަލްސާތައް މިހާރު ދަނީ ބޭއްވެމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ ދެ ބިލު ފާސްކޮށް ޤައުމު މިވަނީ އިންތިހާބަކާއި ކުރިމަތިލާފައެވެ. އަދި އިންތިހާބު ބާއްވާނެ ދުވަހަކީ މިއަންނަ މެއި މަހުގެ 9 ވަނަ ދުވަސްކަމުގައި އިލެކްޝަން ކޮމިޝަނުން މިހާރުވަނީ ޢިޢުލާންކޮށްފައެވެ. (ނުނިމޭ)

ރިޕޯރޓް
0
Facebookfacebook
TwitterTwitter
stumbleuponstumbleupon
del.icio.usdel.icio.us
Buzz
ހިޔާލު ހުށައަޅުއްވާ Cancel reply

*

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

  • އެންމެ ފަސް

    • DSC01482
      ވެލިދޫގައި ބަށި މުބާރާތެއް ބާއްވަނީ

      14 days ago

    • miladhoo
      ނ. މިލަދޫ ގޮނޑުދޮށުގައި ހުރި ހަޓެއްގައި އަލިފާނުގެ ޙާދިޘާއެއް ހިނގައިފި

      15 days ago

    • maafaru
      މާފަރު ރަށު ކައުންސިލްގެ ގޮނޑި ޕީޕީއެމުން ކާމިޔާބުކޮށްފި

      21 days ago

    • royal
      ރޯޔަލްމަންތާ ސަފާރީ ފަރަށް އަރައިފި

      31 days ago

    • l_17249131
      އިންޑޮނޭޝިޔާއަށް އައި ބިންހެލުމާގުޅިގެން ރާއްޖެއަށް ސުނާމީ އިންޒާރުދީފި

      38 days ago

  • ފަހުގެ ފޮޓޯ

    5th North Scout Camporee -N.Velidhoo 18-22 march 2012MDPމިނިވަންދުވަހުގެ ހިނގާލުންކޮރަޕްޝަނާ ދެކޮޅަށް ވެލިދޫ ޒުވާނުން
    ސަރުކާރާ ދެކޮޅަށް ވެލިދޫގައި ބޭއްވި ހިނގާލުންގައުމީޓީމަށް މަރުހަބާތިނެއް ފަންސާސް (350) ވެލިދޫގައި ފާހަގަކުރުންމެންބަރުންގެ ފުޓްބޯޅަމެޗް
    މަޖިލިސް ކައިރިއަށް އާންމުން އެއްވުންމަސްތުވާތަކެއްޗާ ދެކޮޅަށް ބޭއްވި ހިނގާލުންމައިވޮއިސް އިފްތިތާހީޖަލްސާތީމުގެ

© 2012 Velidhoo Online.All rights Reserved. Email:info@velidhoo.com. Design by nashid(boy)