މަޖިލިސް އިންތިޚާބު 2009: އަމިއްލަގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓުންނަށް ތާއީދުކުރެއްވި ބޭފުޅުންގެ ނަންތައް ހާމަކުރައްވައިފި
އަމިއްލަގޮތުން އާންމު އިންތިޚާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންނަށް ތާއީދު ކުރައްވައި ސޮއި ކުރައްވާފައިވާ ބޭފުޅުންގެ ނަންތައް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.
މިގޮތުން، އިލެކްޝަން ކޮމިޝަންގެ ވެބްސައިޓްގައިވާ ލިސްޓްގައި 18479 ބޭފުޅެއްގެ ނަން ހިމަނާފައި އޮތީ 254 ކެންޑިޑޭޓަކަށް ތާއީދު ކުރައްވައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ އިންތިޚާބީ ދާއިރާއެއްގެ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 މީހުން، އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހެއްގެ ފުރިހަމަ ނަމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި ހިމެނޭ ލިޔުމެއް އިލެކްޝަން ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށާއި، އެ ލިޔުމުގައި ސޮއި ކޮށްފައިވާ މީސްމީހުންނަނީ އެ އިންތިޚާބީ ދާއިރާއަކަށް ކުރިމަތިލާ އެހެން ކެންޑިޑޭޓަކަށް ސޮއިކޮށްފައިވާ ބަޔަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.
ކުރިއަށް އޮތް އާންމު އިންތިޚާބުގައި 77 ދާއިރާއަށް 465 ކެންޑިޑޭޓަކު ވާދަކުރައްވާއިރު، އޭގެތެރެއިން 254 ކެންޑިޑޭޓުންނަކީ އަމިއްލަގޮތުން ކުރިމަތިލެއްވި ބޭފުޅުންނެވެ. ނ.އަތޮޅުގެ ތިން ދާއިރާއަށް 15 ބޭފުޅަކު ކުރިމަތިލެއްވިއިރު، އޭގެ ތެރެއިން 7 ބޭފުޅުންނަކީ އަމިއްލަ ގޮތުން ކުރިމަތިލެއްވި ބޭފުޅުންނެވެ.
ކެނދިކުޅުދޫ ދާއިރާ (
D-01
- އިބްރާހިމް ހުސައިން، ލަންދޫ
- އަބްދުލްވަދޫދު، މާލެ
- އަބްދުއްރަހީމް ހަސަން، މާޅެންދޫ
- މުޙައްމަދު އަބްދުﷲ، ލަންދޫ
މަނަދޫ ދާއިރާ ((D-02:
- އަޙުމަދު ފައިސަލް، ޅޮހި
- އަބްދުއްސަލާމް އާރިފް، މާފަރު
ވެލިދޫ ދާއިރާ ((D-03 :
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ބޭފުޅުންނަށް ތާއީދުކުރައްވާ ކަމަށް، ސޮއިކޮށްފައިވާ މީހުންގެ ނަންތައް watch 100 feet online

















