VelidhooOnline
Advertise Here
    • ފުރަތަމަ ސޮފުހާ
    • ޚަބަރު
    • ކުޅިވަރު
    • ކޮލަމް
    • މައުލޫމާތު
    • ދީން
    • މުނިއަވަސް
    • ރިޕޯރޓް
    • ފޮޓޯ އަލްބަމް
    • ވީޑިއޯ
1

ނ.އަތޮޅަށް ކުރެއްވި ދަތުރާ ގުޅޭގޮތުން ޑރ.ޑީޑީ، މީޑިއާއަށް މައުލޫމާތު ދެއްވައިފި

by މޯޑް on 30 މާރޗު

cool hand luke dvd

ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޑރ.އިބްރާހިމް ދީދީ، މިމަހުގެ 26 ން 29 އަށް ނ. އަތޮޅުގެ 9 ރަށަކަށް ކުރެއްވި ދަތުރުފުޅުގައި ރަށްތަކުގެ ރައްޔިތުން އެމަނިކުފާނަށް ހުށަހެޅުއްވި ކަންތައްތަކާއި، އެކަންތައްތަކާ ގުޅޭގޮތުން ދެއްވި ޖަވާބުތައް މީޑިއާއަށް ހާމަކުރައްވައިފި އެވެ.

މިއަދު މެންދުރު ދަރުބާރުގޭ ފަންސަވީސް މާލަމުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޑރ.ޑީޑީ ދެއްކެވި ވާހަކަފުޅުގައި ނ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތަފްސީލް ވަރަށް ރަނގަޅަށް ހާމަ ކުރެއްވިއެވެ. ތިރީގައި މިގެނެސްދެނީ އެކި ރަށްރަށާ ގުޅޭގޮތުން ޑރ.ޑީޑީ ފާހަގަކުރެއްވި މުހިންމު ނުކުތާ ތަކެވެ.


watch warbirds online

މަނަދޫ

މަނަދޫއަކީ ބިންބޮޑު ރަށަކަށްވާތީ ދެމެހެއްޓެނެވި ގޮތެއްގައި ދަނޑުވެރިކަމުގެ ނަމޫނާ މަޝްރޫޢެއް ހިންގުމާމެދު މަޝްވަރާ ކުރެވުނެވެ. އަދި ނ. އަތޮޅަކީ ޒަމާނުއްސުރެ މަސްވެރިކަން ދަށް އަތޮޅެއް ކަމަށްވިޔަސް ނ. އަތޮޅުގެ މަސްވެރިން އެކިއެކި ރަށްރަށުގައި މަސްވެރިކަން ކުރާކަމަށާއި ޚާއްޞަކޮށް ބޮޑުކަންނެލީގެ މަސްވެރިކަން ކުރާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ދަތިތަކެއް ހުރުމާއެކު ބޮޑުކަންނެލި ގަތުމަށް ޅ.ފެލިވަރުގައި ލޮއިންސް ޕްލާންޓެއް ބެހެއްޓުމަށް ޚިޔާލު ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ބަކަރި ފަދަ ޖަނަވާރު ގެންގުޅުމަށް ބިމެއް ދޫކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.


ލަންދޫ

ލަންދޫގައި ދަނޑުވެރިކަމުގެ ރޮނގުން މީހުން ބިނާ ކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށާއި އަދި ނަމޫނާ ދަނޑެއް ހެދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. ލަންދޫގެ މަދަނީ ޖަމުޢިއްޔާތަކާ ގުޅިގެން ގަސްކާނާ އާއި ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި ހެޔޮ އަގެއްގައި ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. ލަންދޫ ރައްޔިތުންގެ އެދުމުގެ މަތިން ކުއްޅަވަށް ފަންނި ރިސޯޓްތަކުން ވެލްކަމް ޑްރިންކެއްގެ ގޮތުގައި ތަޢާރަފު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.


މާޅެންދޫ

މާޅެންދޫއަކީ ޒަމާނުއްސުރެ ވަރަށްބޮޑަށް އެކަހެރި ކުރެވިފައިވާ ރަށެއްކަމަށް ވިދާޅުވިއެވެ. އެރަށުގައި ދަނޑުވެރިކަންކުރާނެ ބިން ނެތުމުން އެރަށުގެ ކައިރީގައި އޮތް ތޮޅެންދޫ ކިޔާ ފަޅުރަށް ދަނޑުވެރިކަންކުރަން ބޭނުންވާ ކަމަށް އެރަށުން ހުށަހެޅުއްވިކަމަށް ވިދާޅުވި އެވެ. އެރަށުގެ ރައްޔިތުން އެކަމަށް އެދޭކަމުގެ ލިޔުމެއް ލިބުމުން އެކަން އެގޮތަށް ހަމަޖައްސަވައި ދެއްވާނެ ކަމަށްވެސް ޑރ.ޑީޑީ ވިދާޅުވިއެވެ.


ކެނދިކުޅުދޫ

wall e download

100 feet movie download

މިރަށުގައި އަމިއްލަ މީހުން ދަނޑުވެރިކަން ކުރިނަމަވެސް އުފައްދާ ތަކެތި މާކެޓް ކުރެވޭނެ ގޮތެއްނެތް ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ. އަތޮޅުގައި ހުރި ރިސޯޓްތަކަށް މިރަށުގެ އުފެއްދުންތައް ސަޕްލައި ކުރެވޭނެ ގޮތެއްވޭތޯ ބައްލަވަމުން ގެންދަވާ ކަމަށްވެސް ޑރ.ޑީޑީ ވިދާޅުވިއެވެ.


މާފަރު

މާފަރަކީވެސް ވަރަށް ނިކަމެތި ހާލެއްގަ އޮތް ރަށެއް ކަމަށް ޑރ.ޑީޑީ ފާހަގަ ކުރެއްވިއެވެ. ޚާއްސަގޮތެއްގައި އެރަށަށް އަރާ ފޭބުމުގައި ހުރި ދަތިކަން ފާހަގަކުރެއްވިއެވެ. އަދި ދަނޑުވެރިކަމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ދަނޑުވެރިކަމާގުޅޭ ޓްރޭނިންގ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށްވެސް ވިދާޅުވިއެވެ. މާފަރަކީ ބިންބޮޑު، ފަޅުބޮޑު ރަށަކަށްވުމާއެކު އެރަށުގައި އެއަރޕޯޓެއް ހަދާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ޑރ.ޑީޑީ ފާހަގަކުރެއްވިއެވެ.


ވެލިދޫ

ޑރ.ޑީޑީގެ ވާހަކަފުޅުގައި ވެލިދޫގެ ކަންކަން ހުރީ އެހެން ރަށްރަށަށް ވުރެ ރަނގަޅަށްކަމަށާއި ތަރައްގީގެގޮތުން ފާހަގަކުރެވޭ ރަށެއްކަން  ފާހަގަ ކުރެއްވި އެވެ. އެކަމުގެ ސަބަބަކީ، ކުރީގެ ސަރުކާރުގެ ބައެއް ބޭފުޅުންގެ ތަންކޮޅެއް ގާތް ގުޅުން އޮންނަ ރަށަކަށްވާތީ ކަމަށްވުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ވެލިދޫގައިވެސް މުހިންމު މައްސަލަތަކެއް އެބަހުރި ކަމަށާއި ޚާއްސަގޮތެއްގައި ސިއްޚީ މަރުކަޒުން ރަނގަޅު ޚިދުމަތްތަކެއް ލިބެން ނެތްކަން ފާހަގަކުރެއްވިއެވެ. ވެލިދޫ މީހުންނަށް ކަމުދާ ޑޮކްޓަރެއް ބެހެއްޓުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށާއި މިހާރު ސަރުކާރުން އެރަށުގެ ރައްޔިތުންނަށް އަންގަވާފައިވަނީ އެރަށުގެ ރައްޔިތުން ބޭނުންވާ ޑޮކްޓަރެއްގެ ވާހަކަ ދެންނެވުމުން އެމީހަކު ޑޮކްޓަރެއްގެ ގޮތުގައި ހަމަޖައްސަވައި ދެއްވާގޮތަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވެލިދޫގައި މަސްމާރުކޭޓްގައި މަސްކަނޑާނެ އައްޓެއް ނެތް މައްސަލަ ހުށަހެޅުނު ކަމަށާއި އެހެންނަމަވެސް ސިޔާސީ ޚިޔާލު ތަފާތުވުންތަކާއެކު މަސްމާރުކޭޓުގައި ބޮޑު ކުރުމުގެ ޚިޔާލު ހުށަހެޅުނު ކަމަށާއި ވެލިދޫ މަސްމާރުކޭޓް މިހާރު ހުރިގޮތަށް ހުއްޓައި އިތުރުކުރާނީ މަސްކަނޑާނެ އައްޓެއްތޯ ނުވަތަ އާ މަސްމާރުކޭޓެއް ބިނާ ކުރާނީތޯ ރައްޔިތުން ނިންމުމަށް ދަންނަވާފައިވާނެ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ. little manhattan online


ޅޮހި

ޑރ.ޑީޑީ ޅޮއްސަށް ކުރެއްވި ޒިޔާރަތުގައި އެރަށުގައި ވަރަށް ފުޅާދާއިރާއެއްގައި މަސްވެރިކަން ކުރާ ފަރާތްތަކާއި ދަނޑުވެރިކަން ކުރާ ފަރާތްތަކާއި ބައްދަލުކުރައްވައި ވާހަކަ ދެއްކެވިއިރު އެމީހުންނަށް ދިމާވެފައިހުރި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށް ވިދާޅުވިއެވެ. ބޮޑުކަންނެލީގެ މަސްވެރިކަންކުރާ މީހުންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމެއް ނެތުމުން އެކަމުގެ ޝަކުވާއަށް ޖަވާބު ދެއްވުމުގެ ގޮތުން މިހާރުގެ ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށެއްގައިވެސް އައިސް ޕްލާންޓެއް ބެހެއްޓުން ކަމުގައި މިނިސްޓަރ ޑީޑީ ވިދާޅުވިއެވެ.


މިލަދޫ

މިނިސްޓަރ ޑީޑީ މިލަދޫއަށް ވަޑައިގެންނެވުމުން އެރަށުންވެސް އިވުނީ ދާދި އެއްކަހަލަ މައްސަލަތަކެއް ކަމަށާއި ކައިރީގައި އޮތް ފަޅުރަށް، ދަނޑުވެރިކަންކުރަން ހޯދުމަށް އެރަށު ރައްޔިތުން އެދިފައިވާކަމަށް ވިދާޅުވިއެވެ. އެރަށަކީ، ވަރުވާއަށް ލިޔެދީފައިވާ ރަށެއް ކަމަށާއި އެހެންނަމަވެސް، އެރަށުގެ ރައްޔިތުން ބޭނުންވާނަމަ އެގޮތަށް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރަށްރަށް ވަރުވާއަށް ލިޔެދިނުމުގެ އުސޫލަކީ ގަބޫލުކުރެވޭ އުސޫލެއް ނޫންކަމަށްވެސް ޑރ.ޑީޑީ ވިދާޅުވިއެވެ.


ކުޑަފަރި

ނ.އަތޮޅުގެ 9 ރަށަކަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޑރ.ޑީޑީ ފުރަތަމައަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވީ ކުޑަފަރިންނެވެ. ކުޑަފަރީއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކުޑަފަރީއަކީ ކިތަންމެކުޑަ ރަށެއް ކަމަށްވިޔަސް، އެރަށަކީ އިސްލާހަށް ކުރި ބޮޑު މަސައްކަތުގައި ގިނަ އެއްބާރުލުންތަކެއް ދިން ރައްޔިތެއް ހިމެނޭ ރަށެއް ކަމަށެވެ. ކުޑަފަރީއަކީ ކުރީގެ ސަރުކާރުން އިހުމާލު ކޮށްލާފައިވާ ރަށެއް ކަމަށާއި އެކަން މި ސަރުކާރުން ބަދަލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ކުޑަފަރީ ރައްޔިތުން ދަނޑުވެރިކަން ކުރުމަށް ކައިރީގައި އޮންނަ މާފުނަފަރު ބޭނުންކަމަށް ރައްޔިތުން ހުށަހެޅި ކަމަށާއި ވަރުވާއަށް ދީފައިވާ  އެރަށް ދެއްވާނީ ރައްޔިތުން އެގޮތަށް އެދޭކަން ނޯޓަކުން އެންގެވުމުން ކަމަށް ވިދާޅުވިއެވެ. ކުޑަފަރީ ރައްޔިތުންނަކީ ފަރުމަސްވެރިކަންކުރާ ބަޔަކަށްވާތީ ޅ. ފެލިވަރުގައި ފަރުމަސް ސްޓޯކުރެވޭނެފަދަ އިންތިޒާމެއް ހަމަޖެއްސެވޭތޯ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށްވެސް ޑރ.ޑީޑީ ވިދާޅުވިއެވެ.


ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޑރ.ޑީޑީ ވިދާޅުވީ މިދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓްރީގެ ނައިބާއި އެޑިޔުކޭޝަން މިނިސްޓްރީގެ ނައިބުވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށާއި، މިގޮތަށް މިދަތުރު ހަމަޖެއްސެވީ ޚަރަދު ކުޑަކުރެއްވުމުގެ ގޮތުން ކަމަށެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ނައިބުގެ ހައިސިއްޔަތުން މިދަތުރުގައި ބައިވެރިވެ ވަޑައިގަތީ ފާތުމަތު ޝިފާއެވެ. ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތީ، ކުރިއަށްއޮތް އާންމު އިންތިޚާބުގައި ނ.އަތޮޅުގެ 2 ވަނަ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުޙައްމަދު ޠާރިގެވެ.


ތޯރިގުގެ އިތުރުން މި ދަތުރުގައި ނ.އަތޮޅުގެ އަނެއް ދެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ، އަޙުމަދު ޢީސާ އާއި މުޙައްމަދު ޙަލީމްވެސް ބައިވެރިވެވަޑައިގަތެވެ.


ނ.އަތޮޅަށް ޑރ.ޑީޑީ ކުރެއްވި ދަތުރާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގެ އޯޑިއޯ ފައިލް

ޚަބަރު
1
Facebookfacebook
TwitterTwitter
stumbleuponstumbleupon
del.icio.usdel.icio.us
Buzz

One Response to “ނ.އަތޮޅަށް ކުރެއްވި ދަތުރާ ގުޅޭގޮތުން ޑރ.ޑީޑީ، މީޑިއާއަށް މައުލޫމާތު ދެއްވައިފި”

  • ނަސިމްބެ says:

    ތިކަހަލަ ފޮނި ކަނޑާނެ ފުރަތަމަ .. ދުވަސްކޮޅެއްވީމަ ހަނދާނެއް ނުހުންނާނެ

    31 މާރޗު 10:51 AM
    Reply
ހިޔާލު ހުށައަޅުއްވާ Cancel reply

*

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

  • އެންމެ ފަސް

    • DSC01482
      ވެލިދޫގައި ބަށި މުބާރާތެއް ބާއްވަނީ

      14 days ago

    • miladhoo
      ނ. މިލަދޫ ގޮނޑުދޮށުގައި ހުރި ހަޓެއްގައި އަލިފާނުގެ ޙާދިޘާއެއް ހިނގައިފި

      15 days ago

    • maafaru
      މާފަރު ރަށު ކައުންސިލްގެ ގޮނޑި ޕީޕީއެމުން ކާމިޔާބުކޮށްފި

      21 days ago

    • royal
      ރޯޔަލްމަންތާ ސަފާރީ ފަރަށް އަރައިފި

      31 days ago

    • l_17249131
      އިންޑޮނޭޝިޔާއަށް އައި ބިންހެލުމާގުޅިގެން ރާއްޖެއަށް ސުނާމީ އިންޒާރުދީފި

      38 days ago

  • ފަހުގެ ފޮޓޯ

    5th North Scout Camporee -N.Velidhoo 18-22 march 2012MDPމިނިވަންދުވަހުގެ ހިނގާލުންކޮރަޕްޝަނާ ދެކޮޅަށް ވެލިދޫ ޒުވާނުން
    ސަރުކާރާ ދެކޮޅަށް ވެލިދޫގައި ބޭއްވި ހިނގާލުންގައުމީޓީމަށް މަރުހަބާތިނެއް ފަންސާސް (350) ވެލިދޫގައި ފާހަގަކުރުންމެންބަރުންގެ ފުޓްބޯޅަމެޗް
    މަޖިލިސް ކައިރިއަށް އާންމުން އެއްވުންމަސްތުވާތަކެއްޗާ ދެކޮޅަށް ބޭއްވި ހިނގާލުންމައިވޮއިސް އިފްތިތާހީޖަލްސާތީމުގެ

© 2012 Velidhoo Online.All rights Reserved. Email:info@velidhoo.com. Design by nashid(boy)