VelidhooOnline
Advertise Here
    • ފުރަތަމަ ސޮފުހާ
    • ޚަބަރު
    • ކުޅިވަރު
    • ކޮލަމް
    • މައުލޫމާތު
    • ދީން
    • މުނިއަވަސް
    • ރިޕޯރޓް
    • ފޮޓޯ އަލްބަމް
    • ވީޑިއޯ
0

ޑީ.އާރު.ޕީ އިހުގެ އާދަ ތަކުރާރު ނުކުރާށެވެ

by މޯޑް on 19 ނޮވެމްބަރ

ް

ވެލިދޫ މުޙައްމަދު ޙަލީމް

ކުރީގެ ރައީސް މައުމޫނަކީ އޭނާއާ ޚިޔާލު ތަފާތުވާ މީހުންނަށް ލައްކަގިނަ އުދަގޫތަކާ ތުރާތައް ޖައްސާފައިވާ މީހެކެވެ. އަދި މިގޮތުން ބައެއްމީހުން ސިޔާސީ ކުށްވެރިންނަށް ހަދައި، އެމީހުން ޖަލުގައި ހައްޔަރުކޮށް އަނިޔާކޮށް ތަފާތު ލާއިންސާނީ އަދަބުތައް ދީފައިވާ މީހެކެވެ. ތަފާތުއެތައް އަހުވައެއް ދައްކާފައިވާ މީހެކެވެ. އަދި އެހެންމެ މައުމޫނު ވިދާޅުވާ ގޮތަށް ކަންނުކުރާ ކަތީބުންނަށާއި ކަމުވޮށިގެންވާ މީހުންނަށްވެސް ތަފާތު އެކި ސިފަސިފައިގައި މައުމޫނު އަނިޔާވެރިވެފައިވާކަން ދިވެހި ތާރީޚު ހެކިދެއެވެ.

މާތް ﷲ ގެ ހެޔޮރަޙުމަތްފުޅުން މައުމޫނުގެ މިއަނިޔާތަކުން ދިވެހިން މިވަނީ މިންޖުކުރައްވާފައެވެ. އޭނާގެ ވެރިކަން ބަދަލުކުރައްވާފައެވެ. އޭނާ ނިކަމެތި ކުރައްވާފައެެވެ. އެހެންނަމަވެސް މިއަދުވެސް މައުމޫނު މަސައްކަތްކުރަމުން ގެންދަނީ ރައްޔިތުންގެ މަޖިލީހުގައި އޭނާގެ ޕާޓީ ޑީ.އާރު.ޕީގެ މެންބަރުން ބޭނުންކުރައްވައިގެން އޭނާގެ އަނިޔާވެރި އުޞޫލުތައް ތަކުރާރު ކުރާށެެވެ. ޚުދުމުޚުތާރު ގޮތުގައި ކަންކުރާށެވެ

.

އިލެކްޝަން ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި މުޙައްމަދު އިބްރާހީމްގެ ނަންފުޅު ތަކުރާރުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ފާސްނުވީ މުޙައްމަދު އިބްރާހީމަކީ ކުޅަދާނަ، ހުޝިޔާރު ބޭފުޅަކަށް ނުވާތީއެއް ނޫނެއެވެ. އަދި ކިއެއްތަ؟ އެމަނިކުފާނުގެ ނާގާބިލުކަމަކުންވެސް ނޫނެވެ. އެހެންނަމަވެސް މިކަމުގައިވެސް ހާމަވެގެން ގޮސްފައިވަނީ ކަތީބުންނާމެދު މައުމޫނު އަމަލުކުރާގޮތެވެ. ބަސްނާހާ ކަތީބު ގޭގައި ބަހައްޓާފަދައިން މުޙައްމަދު އިބްރާހީމްވެސް އިލެކްޝަން ކޮމިޝަނުގައި ހުންނަވަނިކޮށް ގެއަށް ފޮނުވާލީއެވެ

.

ރާއްޖޭގެ ޚާރިޖީ ވަޒީރު ޑޮކްޓަރ އަޙްމަދު ޝަހީދު ވޯޓުގައި ފޭދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލްހާން ފަހުމީ ޚިޔާރު ކުރެއްވީ ރައްޔިތުންނަށާއި ދައުލަތަށް އެންމެ ފައިދާބޮޑު މަގެވެ. ޑީ.އާރު.ޕީ ކަރަންޓީނު ކުރުމަށް ޑޮކްޓަރ ޝަހީދު ގޮވާލެއްވުމަކީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭވަރުގެ ކަމެއް ނޫންކަން ޒުވާން އަލްހާނަށް އެގިވަޑައިގަންނަވައެވެ. އަލްހާން ގާނޫނުއަސާސީގެ 75 ވަނަ މާއްދާގެ މަފްހޫމް ވެވަޑައިގަންނަވައެވެ. ވުމާއެކު މައުމޫނު ވިޔަސް، ތަސްމީނު އެންގެވިޔަސް ސިޔާސީ މަގުޞަދަކަށްޓަކައި ގައުމު އަދަވަޅަކަށް ވައްޓާލުމަކީ އަލްހާން އެދޭކަމެއްނޫނެވެ

.

ނަތީޖާއަކީ ކޮބައިތޯއެވެ. އަލްހާން ފަހުމީގެ ޖާނާއި މާލުން ގުރުބާންވި ޕާޓީން އޭނާ ނަގާ އެއްލައިލީއެވެ. އަދި އޭނާއަކީ މީދަލަކަށްވެސް ވެއްޖެއެވެ. ޕާޓީން ސަސްޕެންޑްވެސް ކޮށްފިއެވެ. ހަގީގަތުގައި މިކަމުގައިވެސް ފެނިގެން މިދަނީ މައުމޫނުގެ އަސްލުސިފައެވެ. ނުރެހޭ މީހާއަށް ފުރައްސާރަކޮށް، ދުއްތުރާތައް ކުރިމަތި ކުރާގޮތެވެ. އެހެލާ ގޮތެވެ. ގެއަށް ފޮނުވާލުމުގެ އާދައެވެ. އަދިވެސް ޑީ.އާރު.ޕީ އެގެންދަނީ އިހުގެ އާދަތައް ތަކުރާރު ކުރަމުންނެވެ. އެމަންޒަރުތައް ކުޅެމުންނެވެ. ސިފަވަމުންނެވެ. ބަޅެއްގެ ނަގޫ ސަންފާ އޮނުގައި ފެނުއަޅާފައި ނެގިއަސް އޮންނާނީ ބަޅުކޮން ދޮއްތޯއެވެ

.

ކޮލަމް
0
Facebookfacebook
TwitterTwitter
stumbleuponstumbleupon
del.icio.usdel.icio.us
Buzz
ހިޔާލު ހުށައަޅުއްވާ Cancel reply

*

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

  • އެންމެ ފަސް

    • DSC01482
      ވެލިދޫގައި ބަށި މުބާރާތެއް ބާއްވަނީ

      14 days ago

    • miladhoo
      ނ. މިލަދޫ ގޮނޑުދޮށުގައި ހުރި ހަޓެއްގައި އަލިފާނުގެ ޙާދިޘާއެއް ހިނގައިފި

      15 days ago

    • maafaru
      މާފަރު ރަށު ކައުންސިލްގެ ގޮނޑި ޕީޕީއެމުން ކާމިޔާބުކޮށްފި

      21 days ago

    • royal
      ރޯޔަލްމަންތާ ސަފާރީ ފަރަށް އަރައިފި

      31 days ago

    • l_17249131
      އިންޑޮނޭޝިޔާއަށް އައި ބިންހެލުމާގުޅިގެން ރާއްޖެއަށް ސުނާމީ އިންޒާރުދީފި

      38 days ago

  • ފަހުގެ ފޮޓޯ

    5th North Scout Camporee -N.Velidhoo 18-22 march 2012MDPމިނިވަންދުވަހުގެ ހިނގާލުންކޮރަޕްޝަނާ ދެކޮޅަށް ވެލިދޫ ޒުވާނުން
    ސަރުކާރާ ދެކޮޅަށް ވެލިދޫގައި ބޭއްވި ހިނގާލުންގައުމީޓީމަށް މަރުހަބާތިނެއް ފަންސާސް (350) ވެލިދޫގައި ފާހަގަކުރުންމެންބަރުންގެ ފުޓްބޯޅަމެޗް
    މަޖިލިސް ކައިރިއަށް އާންމުން އެއްވުންމަސްތުވާތަކެއްޗާ ދެކޮޅަށް ބޭއްވި ހިނގާލުންމައިވޮއިސް އިފްތިތާހީޖަލްސާތީމުގެ

© 2012 Velidhoo Online.All rights Reserved. Email:info@velidhoo.com. Design by nashid(boy)