އަރާފާ ކޮންމެ ރަށަކަށް ރައްޔިތުން ހައްލާ ހަދާފާ، ފްލެޓްތައް ގިނަ އެޅިފަ ވާތީއޭ، ނަނާ ހުވަފެން ބެލީމޭ
-މަފިސާރި ވަޢުދު ވެލާފާ، ދެތިން މަސްދުވަހު ތެރޭގާ، މަފިސާރި ވަޢުދު ވެލާފާ ޑޮލަރު މިލިޔަން ގެނެސްފާ….!
އަބްދުﷲ ޔާމީން / ނ.ވެލިދޫ
މިއީ މިހާރު މުޅި ރާއްޖޭގައިވެސް އެއް އަޑަކަށް އިވެމުންދާ އަޑެވެ. ނަނާހުވަފެން ބެލި ވާހަކައެވެ. މިއީ ބަޔަކު މީހުން ދިވެހި ރައްޔިތުންނަށްދެއްކި ހުވަފެންތަކެއްގެ ވާހަކައެވެ. މިހާރުވެސް ދައްކަމުންދާހުވަފެންތަކެއްގެ ވާހަކައެވެ. ވެލާ ބިސް އަޅާ ފަދައިން ފްލެޓްތައް އަޅާނެކަމަށް ބުނެ ދައްކާ ވާހަކަތަކެކެވެ.
މިލިޔަނުން މިލިޔަނުން ޑޮލަރުތައްރާއްޖެއިން ބޭރުން ހޯދާނެ ކަމަށް ބުނެ ދައްކަމުންދާ ހުވަފެންތަކެއްގެވާހަކަތަކެކެވެ. ވީހުރިހާ ވަޢުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެއަޣުލަބިއްޔަތު ސަރުކާރު ހިންގާ ޕާޓީއަށް ލިބެންޖެހޭނެ ކަމަށް ދެއްކި ހުވަފެންތަކެއްގެ ވާހަކައެވެ. މިހުވަފެންތަކުން ދިވެހިން މިހާރު މިވަނީހޭލިވިފައެވެ. ނިދީގައި ފެނުނު ހުވަފެންތަކަކީ ޒަޢީމު ބުނިފަދައިން އެމަނިކުފާނަށް ފެނުނު ނަނާ ހުވަފެނެކޭ މިހާރު ހީވެއެވެ.
2008 ވަނަ އަހަރުގެ އޮކްޓޫބަރު މަހު 20 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައިބޭއްވުނު ވަތަން އެދޭ ގުޅުމުގެ ބައްދަލުވުމުގައި ރިޔާސީ ދައުރުގެމެދުތެރޭގައި މިޑްޓާމް އިލެކްޝަނެއް ބާއްވާނެކަމަށާއި، ބޭނުމަކީމުސްތަގުބަލުގައި ފާޅުވާން ތިބި ސިޔާސީ ލީޑަރުންނަށް ފުރުސަތު ދިނުމާއިއިންސާފުވެރި އިންތިހާބެއް ބޭއްވޭނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫންއަބްދުލް ޤައްޔޫމްގެ ވެރިކަން ނިމުމުން ކަމުގައި ޤަބޫލުކުރެވޭތީކަމަށްވިދާޅުވެ ރައީސް ނަޝީދު ވަޢުދުވެ ފަހުން އެއީ ޑރ. ހަސަން ސައީދު
ޕްރެޝަރުކޮށްގެން ވިދާޅުވެވުނު ވާހަކައެއްކަމަށް ބުނެ ރައީސް ނަޝީދު ވަނީރައްޔިތުންނަށް ހުވަފެން ދައްކާފައެވެ. އެމަހު 26 ވަނަ ދުވަހު ކެމްޕޭންނިންމަން އެމްޑީޕީން ބޭއްވި ޖަލްސާގައި ސަރުކާރު ހިންގަން ހަވާލުވާތާފުރަތަމަ 15 ދުވަހާއި 20 ދުވަހާ ދޭތެރޭ 300 މިލިޔަން ޑޮލަރު ހޯދާނެ ކަމަށްރައީސް ނަޝީދު ވަނީ ޔަޤީންކަން ދެއްވާފައެވެ. އަދިވެސް ވިދާޅުވި 300މިލިޔަން ޑޮލަރު ހޯދިފައިވާ ކަމަށް ރަސްމީ ފަރާތަކުން ބުނެފައެއް ނުވެއެވެ. ހުދު އަޅުގަނޑު ރައީސް ނަޝީދާއި ސުވާލުކުރުމުން ސީދާ ޖަވާބެއްދީފައެއް ނުވެއެވެ. ނަޝީދު ވެރިކަމާއި ހަވާލުވިތާމިހާރު މިވަނީ 6 މަސްދުވަސް ފާއިތުވެގެން ގޮސްފައެވެ. އާޚިރުގައި ވިދާޅުވީއަދިވެސް ވިދާޅުވި 300 މިލިޔަން ޑޮލަރު ހޯދުމަށް މަސައްކަތް ކުރަމުންގެންދާކަމަށެވެ. އަނެއްކާ އެ 300 މިލިޔަން ޑޮލަރު ހޯދާނެ ކަމަށް ވަޢުދުވީކޮން ބޭފުޅެއްގެ ޕްރެޝަރުގެ ސަބަބުންބާވައެވެ؟
މީގެ އިތުރުން 17 އޮގަސްޓުގައި ދިރިއުޅުމުގެ އަގުތައް ތިރިކޮށްދިނުމުގެވަޢުދު ނޫސްވެރިންނާ ހިއްސާ ކުރުމަށް ބޭއްވުނު ބައްދަލުވުމުގައި ރައީސްނަޝީދު ވިދާޅުވެފައިވަނީ ދިރިއުޅުމުގެ އަގު ބޮޑުކުރަމުން ދިއުމަކީކުށަކާނުލާ ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއްކަމަށެވެ. 6 މަސްދުވަސްވެރިކަން ކުރެވުނު އިރުވެސް ދިރިއުޅުމުގެ އަގު “އަތްފޯރާ ފަށަށް”ގެނެވިފައެއް ނުވެއެވެ. މިހެން ގޮސް ސުނާމީގައި ގެދޮރު ގެއްލި ވަގުތީހިޔާތަކުގައި އުޅެމުންދާ ފަރާތްތަކަށް އެމްޑީޕީގެ ސަރުކާރުން ދާއިމީބޯހިޔާވަހިކަން ހޯދައިދޭނެ ކަމަށާއި ދަރަނި ވެރިވެފައިވާ ރައްޔިތުންގެދަރަނި ވެރިކަމާއި ހަވާލުވާތާ ފުރަތަމަ މަސްދުވަހު ހަލާސްކޮށްދޭނެ ކަމަށްވިދޅުވެ ވިވަޢުދާއި، މޯގޭޖު އުސޫލުން ރައްޔިތުންނަށް އެމްޑީޕީގެވެރިކަމެއްގައި ގެދޮރު ދޭނެ ކަމަށް ވިދާޅުވެ ވި ވަޢުދުތައް ފަދަވަޢުދުތަކަކީ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ދައްކާފައިވާހުވަފެންތަކެއް ބާވައެވެ؟
މިވަޢުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުބޭނުންވާނޭކަމަށް އެމްޑީޕީން ވިދާޅުވުމީ ރައްޔިތުންނަށްދެއްކި އަނެއް ހުވަފެނެވެ. އެހެނީ، މަޖިލީހަކީ ސަރުކާރު ހިންގުމަށްބޭނުންވާނެ ކަމަށް ވިދާޅުވި 300 މިލިޔަން ޑޮލަރު ލިބޭނެ ތަނެއް ނޫނެވެ.ނުވަތަ ރައްޔިތުންގެ ދަރަނި ހަލާސްކޮށްދެވޭނެ ތަނެއްވެސް ނޫނެވެ.ފަހަރުގައި މަޖިލީހުން އެމްޑީޕީގެ އަޣުލަބިއްޔަތު ލިބިގެން ރައްޔިތުންގެމަޖިލީސް ބޭރުގެ ބަޔަކަށް ވިއްކާލައިގެން 300 މިލިޔަން ޑޮލަރު ހޯދަންއުޅުނީ ތޯއްޗެކެވެ.
ރައްޔިތުންނަށް ވި ވަޢުދުތައް ފުއްދުމަށް ބޭނުންވާ ފައިސާ ހޯދަންސަރުކާރުން މިހާރު ދަނީ ދުނިޔޭގައި އަތްފުނާ އަޅަމުންނެވެ. އަދި އެއަރޕޯޓް ވިއްކާލައި، ބިންތައްވިއްކާލުމުގެ ވާހަކަ ދައްކަމުން ގެންދަނީ ރައީސް ނަޝީދަށް ވެރިކަންހޯދައިދިނުމަށް ވާގިވެރިވި އިނގިރޭސިވިލާތުގެ ފަރާތްތައް ރުއްސުމަށޭ އަޅުގަނޑު ބުނާކަށް ނެތީމުއެވެ.
އަޅުގަނޑު މިއަދު މިހިރީ އެއްކަލަ ނިދީގައި އޮށްވާ ފެންނަހުވަފެންތަކުންހޭލައިގެނެވެ. ކެރި ފިސާރި ޖޯށުގައެވެ. މިއަދު މިއޮތީ ސަރުކާރު އިމްތިހާނު ކުރުމުގެ ދުވަސްވަރު ލައިގެންފައެވެ. މިސަރުކާރުގައި ހުރި ފެންވަރާއި ހިތްވަރު ދެން ފެންނާނީ މުސްތަޤުބަލުގައި އަޅާ ފިޔަވަޅުތަކުގެ އަސްލު ހުންނަ ގޮތަކުންނެވެ.


















އަދި ކަމެއްނުކޮށްދެވިގެން އުލޭވަރެއް ނޫނެއްނުން އަދި ވީ އެންމެ 6 މަސްދުވަހޭ؟ ރައީސް ނަސީދު ރެޔާދުވާލު އެމަސައްކަތްކުރައްވަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ޑީއާރުޕީގެ ވައިކެހެރިންނަކަށް ނޭނގޭނެ އެކެއްޗެއްވެސް 30 އަހަރުވީއިރު ކިތައްކަންތައް ކޮށްދީފަ އެބޮއްތަ؟ ކޮއްކޯދެންވެސް ކަމުގެ ހަޤީޤަތް ބަލާފަ ލިޔާނީ ހިތަށް އެރިހާ ގޮތަކަށް ދޮގުމައުލޫމާތު ނުލިޔާތި އެހެންނޫނީ ބޭޒާރު ވެދާނެ
YES. YOUR RIGHT….. thats what we see now… 0_o
ehenta velidhoo meehun galha hahdhanee holhudhoo Alibe….emeehun etibee gafil kamuge nidhin nidhaafa, heylevey iru aneh dhivehi raaje ah dhevuneemaa bunaane , koba miotheey mabunudhuvas,,,, emme visney meehunnah hedhigen ulhey meehunnah vaanee tihen.
ކޮބާ ކަމެއް ކޮށްދެވިފަ!!!! މިހާރު ހަމަސްދުވަސް ވީ …ވެލްފެއަރ އިން އެހީ އެއް ހޯދިޔަސް މިހާރުޖެހެނީ ސަލާން ޖަހަން… ދޮގެއް ކަމަށް ވަންޏާ ރަގަޅަށް ބަލާ…… އެކަމުގަ އުޅޭ މީހަކަށް އެނގޭނީ
ބަޖެޓުގަ ރުފިޔާ އެއް ވެސް ނުތް އެވާހަކަ ވެސް ލިޔަންވާނީ… މިލިޔުން ވޗަރަށް ފިފްޓީ ފިފްޓީ… ބައެއް އެމް.ޑީ.ޕީ މީހުން މިކަހަލަ ލިޔުންތައް ލުމުން ލޭހޫނުވާނެ އެކަމު މައުމޫންގެ ހިޔާނާތުގެ ވާހަކަ އަޑު އިވުމުން ވެސް ޑީ.އާރު.ޕީ މީޙުން ތިބިއްޔޭ… ސާބަސް ޔާމިން
some people cannot digest the fact that we are still going through the birth pains of democracy. so, would like to highlight some of the things current govt. did.
- The expenses of the president’s residence and office has been considerably reduced.
- Criticizing and protesting against the government do not amount to rebelling against it and being arrested.
- No political opponent of this government has been arrested for political reasons and measures have been taken to stop torture of detainees.
- Unlike your days, private broadcasters are not threatened for what they broadcast.
- To minimise corruption, the government assigned the Ministry of Finance and Treasury to issue all government cheques and cash payments.
- Government submitted Taxation on Business Profit Bill and Administrative Bill on Taxation to the parliament.
- Opened opportunity for impromptu religious sermons. Formed Fiqh Academy.
- Established Employment/Labour Tribunal and appointed members.
- Became a member of ILO.
- Pay hike for civil servants.
- Started giving allowances of up to Rf2000 for people over 65 years age.
- Sent an Amendment Bill on import/export to reduce import duty, to the People’s Majlis.
- Promised 1,100 flats in Male, 7000 flats in atolls.
- Provided health insurance to people registered as poor and all over 65 years of age.
- Sent several prisoners overseas for drug rehabilitation treatments.
very biased article.
i also believe this government is v young. its nw only 6 months. but i think nothing wrong in highlighting the facts which the government has done wrongfully.
we should criticize he government. cox it only discourages the wrong doings and encourages good. this article is based on current goverments promises. this type of article is called one sided. this is most common type of writing we see today.
ޔާމީންގެ ލިޔުންތަކުގެ ހެޑިން ކިޔާލުމުން ވެސް ވަރަށް ކިޔާ ހިތްވާ ކަހަލަ ގޮތަކަށް ހުންނަނީ… ވަރަށް މޮޅަށް ލިޔާ ކުއްޖެއް. އެހެން ނަމަވެސް، ދެކޮޅު ހަމަކޮސް ލިޔުން ރަގަޅުވާނެ
mathyga in photo fenunymaves may boduvy, saabahay saabahay, anni akah nuvaane ekkamehves. maumoon haadha handsome ay haadha smart ay adhives.. hiy kiyaa.. anni mivaythuve dhiya hamas dhuvas therayga myhunge pressure in noony ehchehves bunefa noony kamehves koffa eba oiytha? enme gaaiykon ulhunu myhun mihaaru mihaaru beyru aruvany e. eah kiyaany haraan koaruvun dho?
ayna ekiyany aynage amilla huvafen thah fenigen ehuvafenthah hagygathakah hadhan ulhay vaahaka, rayyithunge ehnoon.ok. dhenves soni nubaalaa..araahaa rashehga flat oh nyndhaa..araahaa gaumakun raanuboe gondi bahattaafa ffaibaa annibey.
ehen nunvaany, ABCD engay myhaku beynun vaanetha emyhehge dhashun PHD,DR,MASTERS,DEGREE,DIPLOMA fenvaru myhun masahkaiy kuran?
އަބްދުﷲ ޔާމީން ކިހިނެތް މި ލިޔުން ދެކޮޅަށް ހަމަޔަށް ލިޔާނީ، މިއީ އޭނާ ލިޔުނު ލިޔުމެއްވެސް ނޫން. މިއީ ޔާމީނުގެ މޮޅުކަމެއް ނޫން.