އަސްލަމްގެ ޑޯޓުޑޯ ކެމްޕެއިން ވެލިދޫގައި ކުރިއަށް ގެންގޮސްފި

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެއިންތިޚާބުގައި ވެލިދޫ ދާއިރާއަށް
ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ މުޙައްމަދު އަސްލަމަށް ތާއީދު ހޯއްދެވުމުގެ ގޮތުން ވެލިދޫ ގޭގެއަށް ޒިޔާރަތް ކުރައްވައިފިއެވެ.
ޑޯޓުޑޯ ކެމްޕޭންގެ ގޮތުގައި ކުރިއަށް ގެންދިޔަ މިޙަރަކާތުގައި ވެލިދޫގައި މީހުންދިރިއުޅޭ ގިނަ އަދަދެއްގެ ގެއަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ޙާލުއަހުވާލު ބެއްލެވުމުގެ އިތުރުން ކުރިއަށް އޮތް އާންމު އިންތިޚާބުގައި ވާދަކުރެއްވުމުގެ ބޭނުމާބެހޭގޮތުންނާއި މަޖިލީހުގައި އަމަލުކުރައްވާނޭ ގޮތާ ގުޅޭގޮތުން ރައްޔިތުންނަށް، އަސްލަމް މައުލޫމާތު ދެއްވިއެވެ.
އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާ އަސްލަމްގެ ކެމްޕޭން ޙަރަކާތްތައްވަނީ މިހަފުތާ ބަންދުގައި ވަރަށް ފޯރީގައި ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ބުދަ ދުވަހުގެރޭ ހޮޅުދޫ ބަނދަރު ސަރަހައްދުގައި އާންމު ބައްދަލުވުމެއް ބޭއްވުމާއި، ސަޕޯޓަރުންނާއެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން، ދާއިރާގައި ހިމެނޭ ތިން ރަށުގެ ގޭގެއަށް ޒިޔާރަތްކުރެއްވުން ހިމެނެއެވެ.
- – - -
އަސްލަމް ވެލިދޫގައި ކުރެއްވި ޑޯޓުޑޯ ކެމްޕޭންގެ ބައެއް ފޮޓޯތައް ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ.

















