ކުޑަކުދިންނާ ބަދުއަޚްލާޤީ އަމަލު ހިންގާ ފަރާތްތަކާމެދު ޢަމަލުކުރާނެ ހަރުދަނާ ޤާނޫނެއް ވީއެންމެ އަވަހަކަށް ފާސްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ގޮވާލައިފި
ކުޑަކުދިންނާ ބަދުއަޚްލާޤީ އަމަލު ހިންގާ ފަރާތްތަކާމެދު ޢަމަލްކުރާނެ ހަރުދަނާ ޤާނޫނެއް ވީ އެންމެ އަވަހަކަށް ފާސްކުރުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ގޮވާލައިފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ކުޑަކުދިންނާ ކުރާ ބަދްއަޚްލާޤީ ޢަމަލު ހިންގުމުގެ މައްސަލަތައް އިތުރުވަމުންދާކަމީ އެ ކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި ކުޑަކުދިންނާ ބަދްއަޚްލާޤީ ޢަމަލް ހިންގުމުގެ ކުށަށް ތުހުމަތުކުރެވޭ މީހުން ޝަރީއަތުން ޙުކުމްކުރެވެންދެން ދޫކޮށްލާފައި ބައިތިއްބަން ކޯޓުތަކުން މިފަހަކަށް އައިސް އާދަވެގެން ނިންމަމުން ގެންދާ ކަމާމެދު ހިތާމަކުރާ ކަމަށެވެ. އަދި މުޅި މުޖުތަމަޢު ކުށްވެރިކުރާ މިފަދަ ނޭއްގާނީ ޢަމަލްތަކަށް ތުހުމަތުކުރެވޭ މީހުން ޝަރީއަތުގެ މުއްދަތުގައި ދޫކޮށްލާފައި ބޭތިއްބުމުގެ ބަދަލުގައި އެމީހުންގެ ޝަރީއަތް ނިމެންދެން ވެސް ބަންދުގައި ބޭއްތިއްބުމަށާއި އެފަދަ މީހުންނަށް ޤާނޫނުން ލިބިދޭ އެންމެ ހަރުކަށި އަދަބު ދިނުމަށް ވެސް އެ ކޮމިޝަނުން ވަނީ ގޮވާލާފަ އެވެ.
wuthering heights movie download
މީގެ އިތުރުން ކުޑަކުދިންނާއި ޅަފުރައިގެ ކުދީންނަކީ ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ޙާއްޞަ އެހީތެރިކަމާއި، ހާއްޞަ ރައްކާތެރިކަން ލިބިގެންވާ ބައެއް ކަމަށްވާއިރު އަދި ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް އެއްވެސް ގޮތަކަށް ހާނީއްކަކޮށް، ޖިންސީ ގޮތުން އަނިޔާކޮށް އެއްވެސް ގޮތަކުން ތަފާތުކޮށް، އެކަށީގެންނުވާ އިޤްތިޞާދީ، އިޖްތިމާޢީ ކަންތައްތަކުގައި ބައިވެރިކޮށް އެމީހުންގެ ފުށުން ނާޖާއިޒް މަންފާތައް ޙާޞިލްކުރުމަށް ހަމަ އެކަކުވެސް މަސައްކަތް ކޮށްގެން ނުވާނެ ކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައިވާތީވެ، ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނާމެދު ބަދްއަޚްލާޤީ ޢަމަލް ހިންގުމުގެ މައްސަލަތައް ހުއްޓުވުމަށާއި، މިފަދަ މައްސަލަތައް އިތުރުވިޔަ ނުދިނުމަށް ކުރެވެން ހުރިހާ ކަމެއް ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ކުރަންޖެހޭނެ ކަމަށްވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އަދި މިފަދަ މީހުން މި މުއްދަތުގައި ބަންދުގައި ބަހައްޓަން ކޯޓުތަކުން އިސްކަމެއް ދޭން ޖެހޭނެ ކަމަށާއި މިފަދަ އަމަލްތައް ކުރާ މީހުން ވަކި ކުއްޖަކާ ނުވަތަ ކުދިންތަކަކާ ގާތްނުވުމަށް ޝަރުތުކޮށް ބަންދުން ދޫކޮށްލުމުން މި މީހުންގެ ސަބަބުން މުޖުތަމައުއަށް ވަކިން ޙާއްސަކޮށް ބައެއް ޢާއިލާތަކަށް ނުރައްކަލަކަށް ވެގެން ހިންގައިދާނެ ކަމަށްވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

















