ގައުމީ ދުވަހުގެ ރަސްމީ ދިދަ ނެގުމުގެ ރަސްމިއްޔާތު ވެލިދޫގައި ބާއްވައިފި
ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ދިދަ ނެގުމުގެ ރަސްމިއްޔާތު ވެލިދޫގައި ބާއްވައިފިއެވެ.
މިއަދު ހެނދުނު 6:00 ގައި ވެލިދޫ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ވެލިދޫ ކައުންސިލަރު އާދަމް ފާއިޒެވެ.
މިރަސްމިއްޔާތުގައި ވެލިދޫގެ ވެރިންނާއި ސަރުކާރުގެ މުވައްޒަފުންގެ އިތުރުން ދެކޮމިޓީގެ މެންބަރުންނާއި ވެލިދޫގެ ކަމުވޮށިގެންވާ ފަރާތްތަކުން ބައިވެރިވިއެވެ.
ވެލިދޫގެ އިތުރުން ނ.އަތޮޅުގެ އިތުރު ރަށްތަކުގައިވެސް މިޙަރަކާތް ކުރިއަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވެއެވެ.
ގައުމީ ދުވަހުގެ ގޮތުގައި ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަސް ފާހަގަކުރެވެނީ، ޕޯޗްގީޒުންގެ 17 އަހަރުގެ ވެރިކަން ނިމުމަކަށް ގެންނެވުމަށް ބޮޑުތަކުރުފާނު ކުރެއްވި ޖިހާދު ފާހަގަކުރުމުގެ ގޮތުންނެވެ.

















