އާ ރައްޔިތުންގެ މަޖިލިސް ހަދަންޖެހޭނީ ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތްކުރާ މަޖިލީހަކަށް : މަޖިލީހުގެ ރައީސް
free naughty stewardesses movie download
އާ ރައްޔިތުންގެ މަޖިލީހުގެ ތަޅުން ހަދަން ޖެހޭނީ ރައްޔިތުންގެ ހެވާއި ލާބަ އަށް މަސައްކަތްކުރާ މަޖިލީހަކަށް
ކަމަށް ރައްޔިތުން މަޖިލީހުގެ އާ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސްކަމަށް އިންތިޚާބު ވެވަޑައިގެންނެވި ޝާހިދު ވިދާޅުވީ އާ ރައްޔިތުންގެ މަޖިލީހުގެ ތަޅުން ހަދަން ޖެހޭނީ އެއްވެ، ހިޔާލު އެއްގޮތްކުރާ ތަނަކަށް ކަމަށާއި ތަފާތު ސިޔާސީ ފިކުރާއި ވިސްނުން ގެނެސް ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތްކުރާ މަޖިލީހަކަށް ކަމަށެވެ.
ޑީއާރްޕީން މިދިއަ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ޝާހިދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލި ކަމެއްގައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލިސް ހަދަންޖެހޭނީ ހަޅޭއްލަވައި ކޯޅޭ އަދި ޒުވާބުކުރާ މަޖިލީހަކަށް ނޫންކަމަށެވެ.
މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެން ޝާހިދަށް މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަތުމަށް އިޝާރަތް ކުރައްވާ ޝާހިދު ވިދާޅުވީ މިއަދަކީ މީގެ މަހެއްހާ ދުވަސް ކުރިން ފެށި download wrestling online ވަރަށް ވަރުގަދަ ޖިހާދެއް ކާމިޔާބު ކުރެވުނު ދުވަސް ކަމަށެވެ.
“އެންމެންވެގެން ފެށި މަސައްކަތުގައި ރާއްޖޭގެ ގައުމީ ނައު އަލުން އަނބުރާ މިސްރާބަށް އެޅުވުމުގެ މަސައްކަތް ކުރެވިދާނެކަން ސާބިތުވުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު އުފާވެރިކަމެއް.” ޝާހިދު ވިދާޅުވިއެވެ.
މި މަހު 9ގައި ބޭއްވި އާންމު އިންތިހާބުގައި ވ. ކެޔޮދޫ ދާއިރާ ކާމިޔާބުކުރެއްވި
ކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދަކީ މަލްޓިޕާޓީ އިލެކްޝަނަކަށްފަހު ރައްޔިތުން މަޖިލީހުގެ ރައީސްކަން ކުރައްވާ ފުރަތަމަ ރައީސެވެ.

















