ދިރާގު މޯބައިލްފޯނުގެ ޚިދުމަތް ލިބުމުގައި ވެލިދޫއަށް މައްސަލަތަކެއް ކުރިމަތިވަމުން އެބަދޭ
how the garcia girls spent their summer movie download
ދިރާގު މޮބައިލް ފޯނުގެ ޚިދުމަތް ވެލިދޫގައި ބޭނުންކުރުމުގައި މައްސަލަތަކެއް ކުރިމަތިވަމުން އެބަދެއެވެ. އިއްޔެއިން ފެށިގެން ދިމާވަމުންދާ މައްސަލަތަކުގެތެރޭގައި ރޭންޖް ނުލިބުމާއި ޚިދުމަތް ހޯދުމަށް މަސައްކަތްކުރާ ވަގުތުތަކުގައި ނުގުޅޭ މެސެޖްތައް އިވުން ފަދަ ކަންކަން ހިމެނެއެވެ.
ވެލިދޫގެ އާންމު ރައްޔިތަކުބުނީ އިއްޔެއިން ފެށިގެން މިކަން ތަކުރާރުވަމުން އަންނަކަމަށާއި ކޯލް ރިސީވް ވުމުގައާއި ކޯލް ކުރުމުގައިވެސް މައްސަލަތައް ދިމާވަމުންދާ ކަމަށެވެ.
“އިއްޔެއިން ފެށިގެން މިކަމެއް ދިމާވާންފެށީ، މިއަދުވެސް ހަމަ އެގޮތަށް މިވަނީ ކޯލެއް ނުކުރެވޭ، ކޯލެއް ނުލިބޭ. ގިނައިން އިވެނީ ނުގުޅޭ މެސެޖްތައް” އެސްއެމްއެސް އިން މައުލޫމާތު ދެމުން ވެލިދޫގައި ދިރިއުޅޭ ރައްޔިތަކު ބުންޏެވެ.
މިމައްސަލައާ ގުޅިގެން ދިރާގުގެ ފަރާތުން މައުލޫމާތު ހޯދުމަށްކުރި މަސައްކަތް ނާކާމިޔާބު ވެފައިވަނީ ދިރާގުގެ އޮޕަރޭޓަރު 3322802 ނަންބަރު ފޯނުން ޖަވާބު ނުދެއްވާތީއެވެ.

















