ސަތާރަ ދާއިރާއެއްގެ ވޯޓް ކަރުދާސް ޕެކެޓް ކަނޑައިގެން ޗެކްކޮށްފި
ސަތާރަ ދާއިރާއެއްގެ ވޯޓް ކަރުދާސް ޕެކެޓް އިލެކްޝަންސް ކޮމިޝަނުން ކަނޑައިގެން ރޭ ޗެކްކޮށްފި އެވެ.
testosterone doctors gel nolvadex
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހުސައިން ސިރާޖް ވިދާޅުވީ ބައެއް ވޯޓް ފޮށިތަކުގެ ޑޮކިއުމެންޓްގައިވާ ކަން ހިނގި ގޮތުގެ ރިޕޯޓްގައި، އެހެން ދާއިރާތަކަށް ވޯޓް ލީކަމުގައި އޮތްއިރު ނަތީޖާ ކަރުދާސް ތައްޔާރުކޮށްފައިނުވާ މައްސަލަ އާއި އަދި ނަތީޖާ ކަރުދާސް ލިބުނުއިރު ބައެއް ތަންތަނުގަ ވޯޓް ލާފައި ނެތް ކަމަށް ފާހަގަކުރެވޭތީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެ ވޯޓް ކަރުދާސްތައް ޗެކްކޮށް ނަތީޖާ އާއި ދިމާވޭތޯ ބަލަމުންދާ ކަމަށެވެ.
އަދި މި ގޮތަށް ޗެކްކުރަން ހަމަޖެހިފައި ވަނީ 15 ދާއިރާގެ ވޯޓް ކަރުދާސް ކަމަށް ވިޔަސް އިތުރު ދެ ދާއިރާއެއްގެ ވޯޓް ފޮށީގައި މައްސަލަ ހުރި ކަމަށް ފެންނާތީ ދެ ދައިރާއެއްގެ ވޯޓް ފޮށި ރޭ ބަލާ ޗެކްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. advantage qod prednisone taking of
ވީއޯއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ކަނޑައިގެން ޗެކްކުރި 17 ފޮށީގެ ތެރޭގައި ވެލިދޫދާއިރާއަށް ވޯޓްލާފައިވާ ބައެއް ވޯޓް ފޮށިވެސް ހިމެނެއެވެ. އެހެންކަމާއެކު އެދާއިރާއަށް ނިސްބަތްވާ ކެންޑިޑޭޓުންނާއި އެޖެންޓުން މި ފޮށި ޗެކްކުރި ވަގުތު އިލެކްޝަންސް ކޮމިޝަންގެ މަރުކަޒަށް ހާޒިރުކޮށްފައި ވެއެވެ.

















