VelidhooOnline
    • ފުރަތަމަ ސޮފުހާ
    • ޚަބަރު
    • ކުޅިވަރު
    • ކޮލަމް
    • މައުލޫމާތު
    • ދީން
    • މުނިއަވަސް
    • ރިޕޯރޓް
    • ފޮޓޯ އަލްބަމް
    • ވީޑިއޯ
0

ބަބުރު ކުދިން

ނާސިދު

އެންމެ މިހާރުގެ ޒުވާނުންނާއި ކުދިންގެ ތެރޭގައި މި ނަމަކީ އާނަމަކަށް ވެފައި އޮވެދާނެއެވެ.އެކަމަކު ދޮށީ އުމުރުގެ ގާތްގަޑަކަށް ހަމަހުރިހާ އެންމެނަށްވެސް ބަބުރު ކުދިންނަކީ މުޅިންއާ ނަމަކަށް ނުވާނެއޭ ބުނެލެވޭނެއެވެ.އެއިރު އެޒަމަނާގުއި އެއީ އެހާވެސް ގިނަގިނައިން ދެކެވޭ ކިޔައިދެވޭ ވާހަކަ ތަކެކެވެ.މިހާރު މިޒަމާނުގައިވެސް އެކިވަކިރަށްރަށާއި ތަންތާގައި ބަބުރުކުދިން އުޅޭކަމަށް މަދު މަދުން އަދި ސިއްރު ސިއްރުން ކިޔައިދީ ބުނެ ހަދައެވެ.އަދި އަހަރެންގެ ލޮލުން ދުށީމޭ ބުނާ މީހުންވެސް އުޅެއެވެ.

ބަބރުކުދިންނޭ ކިޔަނީ ބުނެދީ ކިޔައިދޭ ގޮތުގައި އިސްކޮޅުން ވަރަށް ކުރުކޮށް މުޅިން ކަޅުކުލައިގައި ފެންނަ އެއްޗަކަށް ނުވަތަ ބަޔަކަށެވެ.ގިނަފަހަރަށް މިކަހަލަ ކުދިން ފެނިފައިވާ ކަމަށް ބުނަނީ އެއްތަނުން އަނެއްތަނައް ދުވެފައި ނުވަތަ ހިނގާފައި ދަނިކޮށެވެ.އެދާ ދިއުމުގައި ގަހަކާ ނިވާވިޔަސް ގެއްލޭ ކަމަށް ވެއެވެ.މިފަދަ އެތަކެއް ވާހަކަ ތަކެއް ވަނީ އަޑުއިވިފައެވެ.ބައެއް ބައެއް ރައްޓެހިންވަނީ ކިޔާދެވިފައެވެ.ޖުމްލަކޮށް އެހުރިހާ ވާހަކަ ތަކުގައިވެސް ބަބުރު ކުދިންނަކީ އުޅޭ ބައެކެވެ.ފެންނަ ބައެކެވެ.އިންސާނީ ސިފަތަކެއްގެ ވެރި ކުދި ބައެކެވެ.އަތާފައި ހުރެފައި ބޮލާއި ހަށިގަނޑެއް ލިބިފައިވެއެވެ.ތަފާތަކީ ކުލައެވެ. އަދިރިކަމުން މޫނުގެ ސިފަ ވަކިނުކުރެވޭ ކަމެކެވެ.ލޮލެއް ނޭފަތެއް އަނގައެއްވެސް ނުފެންނަކެމެވެ.ކޮންމެއަކަސް ވަރަށް އާދައި ގެ ދިރާސާ އަކަށްވާތީ މާގިނަ މައުލޫމާތު ތަކެއް ނުފިލައެވެ.އެކަކު ކިޔައިދިނެވެ.އެދުވަސްވަރު ގައްލަންދޫ އެތެރެވަރީގައިވެސް ދަނޑުހެއްދުމުގެ ފޯރި ވަރަށް ގަދައެވެ.މިމަސައްކަތުގައި ހޯރަފުށި ،ތުރާކުނު، އަދި ހަތި ހަށިފުށި މީހުންވެސް ދަނޑު ހައްދާ އެއްރަށަކީ އެއަތޮޅުގައި އޮންނަ ފަޅުރަށެއްކަމުގައިވާ ވަނގާރަށެވެ.އެމަސައްކަތަކީ ހަތަރު ފަސް މަސްދުވަހުގެ މަސައްކަތަކަށް ވާތީ ގޮސްތިބޭނީ ބަނޑަހަ ޖަހައިގެންނެވެ.ބަނޑަހައަކީ ފަޅުރަށްރަށައް ގޮސް ތިބެލަން ޖެހޭ ދުވަސްތަކުގައި ނިދާ ކައިބޮއި ހަދަން ތައްޔާރު ކުރާ ވަގުތީ ހިޔާވެސެކެވެ.ހާއްސަކޮށް އެދުވަސްވަރު މަސްވެރިކަން ރަނގަޅު ހިސާބުގެ ފަޅުރަށެެއްގައި މިގޮތައް ބަނޑަހަ ޖަހައިގެން ތިބުމަކީ އެއިރުގެ އާދައެކެވެ.މިގޮތަށް އެއްފަހަރަކު ދަނޑުހައްދަން ގޮސްތިބި ތިމުގައި އެއްރެޔަކު އޭނާއާއި ދިމާވެ ތަޖުރިބާކުރި ހާދިސާއަކީ އެންމެ ފުރަތަމަ އޭނާއަށް ބަބުރުކުއްޖަކުފެނި އިހްސާސް ކުރެވުނު ކަންތައްކަމުގައި ބުނެއެވެ.

އަހަރެމެން ނިދަންތިބެން ހަދާފައި ހުންނަނީ ކުޑަކުޑަ ގެއެއްފާޑުގެ ތަނެއް އެއީ ދެންވަލުގައި ގަސްތަކުގެ ތެރޭން ހުސްކޮށް އޮންނަ ތަންކޮޅެއްގެ ތެރޭގައި ދަނޑުބިމާއި ދުރުނޫންތަނެއްގައި އެގޮތައް ގެ ހަދާނީ އެފަހަރު ހުރި ގޭގެކުރިމަތީގައި ޖޯލިފައްޗެއްވެސް ހަދާފަ.އަހަރުމެންގެ އަށާރަ މީހުނަށް ތިބެވޭގޮތައް އަށާރަ ޖޯލި.ޖޯލިފަތީގެ ކުރިމަތީގއި އޮވޭ ސާފުކޮއްފަ  އޮންނަ ހުސްތަންކޮޅެއް. އެއީ ފަންައަޅާފަ އޭގެ މަތީގައި ރިޔާ ފަތުރައިގެން ނިދަންވެސް ތިބެއެވެ.ގޭތެރޭގައި ވަރަށްގިނަމީހުން ނުނިދާނެ.ވިއްސާރަ ނޫނިއްޔާ ހަމައެކައްޗެއް ކައިގެން ތިބޭނީ އެތާރިޔާ މަތީގައި މަޖާވާހަކަ ދައްކައި އެހެން ތިއްބާ ނިދޭނީވެސް.މި ބުނާރޭވެސް ކައިގެން އެންމެންތިބީ  އެތާ. އެއްބަޔަކު ޖޯ ލިތަކުގަ ، އަނެއްބައި މީހުން ރިޔާމަތީގައި .މަވެސް ރިޔާމަތީގައި އޮތީ .ޖޯލިގައި ތިބިމީހުންްގެ ތެޜޭގައި ދޫނި އަބުދުއްް ރަހުމާން ކިޔާ މީހަކު އޮތް.އެއީ ވަރަށް ވަރުގަދަ މީހެއް.ބުނީ އެއީ އެއްކަށި ވީރެކޭ . ވަރަށް ބާރުވެސް ގަދަމީހެއް .ތިންމީހުން ހަތަރު މީހުންނަށް ހިފޭ ރުށްގުޅި އޭނާ އެކަނި ހިފަނީ އެއްކޮޅުގަ އަނެއްކޮޅު ހިފޭނީ ތިންހަތަރު މީހުންނަށް އެހާވެސް ވަރުގަދަ މީހެއް އެއީ.އަހަންނަށް އޮވެވުނީ އޭނާއޮތް ޖޯއްޔާއި  ދިމާލުގައި ރިޔާމަތީގައި . ހަނދުވަރެއްނުދޭ އެރެޔަކު .އަލިކަމަކަށް ހުރިީ ގޭގެ ދޮރުން ބޭރުގައި ދޮރު ކައިރީގައި ދިއްލާފައި ހުރި ފުލިބައްތި އެކަނި .ވަރަށްރީއްޗަށް އަހަރުމެންނަށް އޭރަށް ކަމުދާވަރަށް އަލިވޭ އެއިން. ދެން އެހެން އޮއްވާ އަހަރެންނަށްވެސް ކުޑަކޮށް ލޯމެެރޭ ގޮތްވެއްޖެ .އެއިރު އިސާނަމާދަން ދަންވެ ހިގައިދާނެއެވެ.ކުއްލިޔަކަށް އަހަރެން އޮށޯވެ އޮތްތާ ކައިރި އަށް ޗަސްލާފަ އެއްޗެއް އައިސް ޖެހުނު އަޑަށް ލޯ ހުޅުވާލެވުނީ ،ލޯ ހުޅުވާލެވުނު އެއިރު މިއޮއްދަނީ އަނދިރިކޮށް ހުރި ކުޑަ ކުއްޖެއް.ދުވެގޮސް ވަލުތެރެއަށްވަނީ .އަހަރެން އަތަްދަމާލާފަ ޖެހޭ ހިސާބު ކައިރިއަށް ޗަސްލާފަ އައިސް ޖެހުނީ. ދެން އެންމެން ތެދުވެއްްޖެ އެވާހަކަ ދެއްކީމަ އެއްކަލަ ދޫނި އަބުދުއް ރަހުމާން  ބުނީ ، މަށަށް ދުއްޕާން ކުރަންފެށީމަ ހޫރާލީއޭ. ފަހުން އޭނަކިޔައިދިން ގޮތުން އޭނާ ޖޯލީގައި ދެއަތް ބޯމަތިން ބޭރަށް އެލުވާލަިއިގެން އޮށްވާ އަތުގެ އެތެރެފަރާތުގައި އެއްޗެއް ކޭއްތޭ ހެން ހީވީ . އަތް ނަގާފަ އި އަނެއްކާވެސް އެހެން ބޭއްވީ .އިރުކޮޅަކުން އަނެއްކާވެސް އެހެން ވެއްޖެ .ބަލާލި އިރު މިކުއްޖާ  ފިލަނީ.ދެން ބުނީ އެނގިއްޖެއޭ މީ މީނާގެެ ކަމެއްކަމަށް.ހިތައްއެރިއޭ ދެން އަތުވެއްޖިޔާމު ކުޅި ދައްކާލާނަމޭ ހިތާ އޮއްވާ އަނެއްކާވެސް ކޮއްޓަންފެށީ،އަޅާވެސް ނުލާ އޮތީމަ ކޮއްޓަމުން މަޑުމަޑުން އައިސް އަތުގެ ކުޑަހުޅުން މަތީގަ  ކޮއްޓަންފެށީމަ ވިސްނާއޮވެފަ ކުއްލިޔަކަށް އެއަތުގަ ހިފާފަ ނަގާ ބޯމަތިން އެއްލާލީ.އެއްލީމަ ޗަސްލާފަ އައިސްޖެހުނީ ތިތަނައް.އެކުއްޖާގެ އިސްކޮޅުހުންނާނީ ދެފޫޓް ވަރު،ފަލައެއްނޫން ،އައިސް ޖެހުނީމަ ގޮވީ ބަން  އަޑެއް ނޫން ،ގޮވީ ޗަސްއަޑު ،ހަރު ލޮނދިގަނޑެއް ނޫނީ މަޑު ރަބަރު ގަނޑެއް ވެއްޓުނީމާ ގޮވާނީ އެއަޑު .ކޮަންމެއަކަސް މިއީ ބަބުރު ކުދިން ފެނުނު މީހެއް ކިޔައިދިން ވާހަކައެއް ނިމުނީ

މުނިއަވަސް
0
Facebookfacebook
TwitterTwitter
stumbleuponstumbleupon
del.icio.usdel.icio.us
Buzz

Leave a Reply Cancel reply

Your email address will not be published. Required fields are marked *

CAPTCHA Image
Refresh Image

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

  • އެންމެ ފަސް

    • olevel
      އޯލެވެލްގަ ރަނގަޅު ނަތީޖާތަކެއް ވެލިދޫ ސްކޫލުގެ ދަރިވަރުން ހޯދަައިފި

      2 days ago

    • Link to ޝަޢްބާން މަހުގައި ރޯދަ ހިފުމުގެ މާތްކަން
      ޝަޢްބާން މަހުގައި ރޯދަ ހިފުމުގެ މާތްކަން

      8 days ago

    • N.Velidhoo Stage area
      ނ. ވެލިދޫގައި ކުޑަކުދީންގެ ދުވަސް ފާހަގަކޮށްފި

      41 days ago

    • s4
      އެސްފޯ ސަމްސަން އިން ދައްކާލައިފި

      95 days ago

    • indian
      އިންޑިއާ ހައިކޮމިސަން އޮފީހާއި އަންނި

      125 days ago

    • Link to ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭންސީން ލައްވައި  މަސައްކަތް ކުރުވުމަށްފަހު އުޖޫރަ ދޭންޖެހޭނެތަ؟
      ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭންސީން ލައްވައި މަސައްކަތް ކުރުވުމަށްފަހު އުޖޫރަ ދޭންޖެހޭނެތަ؟

      183 days ago

    • Surface-Black-Touch-Cover1
      ވިންޑޯސް 8

      236 days ago

    • Link to މުޢާހަދާ
      މުޢާހަދާ

      246 days ago

    • Link to ޑިމޮކްރަސީ
      ޑިމޮކްރަސީ

      278 days ago

    • muslim
      ލައިލަތުލް ޤަދުރް ވިލޭރޭ ހޯދަން ގަދައަޅާ މަސައްކަތް ކުރާށެވެ!

      314 days ago

  • ފަހުގެ ފޮޓޯ

    Eid Ufaa1433 N.VelidhooHusali Bashi tournament 20125th North Scout Camporee -N.Velidhoo 18-22 march 2012MDP
    މިނިވަންދުވަހުގެ ހިނގާލުންކޮރަޕްޝަނާ ދެކޮޅަށް ވެލިދޫ ޒުވާނުންސަރުކާރާ ދެކޮޅަށް ވެލިދޫގައި ބޭއްވި ހިނގާލުންގައުމީޓީމަށް މަރުހަބާ
    ތިނެއް ފަންސާސް (350) ވެލިދޫގައި ފާހަގަކުރުންމެންބަރުންގެ ފުޓްބޯޅަމެޗްމަޖިލިސް ކައިރިއަށް އާންމުން އެއްވުންމަސްތުވާތަކެއްޗާ ދެކޮޅަށް ބޭއްވި ހިނގާލުން

© 2005-2013 Velidhoo Online.All Rights Reserved. Email:info@velidhoo.com