VelidhooOnline
    • ފުރަތަމަ ސޮފުހާ
    • ޚަބަރު
    • ކުޅިވަރު
    • ކޮލަމް
    • މައުލޫމާތު
    • ދީން
    • މުނިއަވަސް
    • ރިޕޯރޓް
    • ފޮޓޯ އަލްބަމް
    • ވީޑިއޯ
0

ދިވެހިރާއްޖޭގެ ދުސްތޫރީ ޙަޔާތުގައި ޢަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރު

.

އެވޭލާ ޒަމާނުގައި ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމު

ދިވެހިރާއްޖެ އަކީ ޢީސާގެފާނުގެ މީލާދީގެ ވެސް މާކުރިން މީހުން ދިރިއުޅެންފަށާފައިވާ ތަނެއް ކަމަށް ބުނެވެއެވެ. ދިވެހިންގެ ދިރިއުޅުމުގެ ފަޚުރުވެރި ދިގުތާރީޚުން ފެންނަންހުރި ޙަޤީޤަތްތަކަށް ބަލާއިރު ދިވެހިރާއްޖޭގައި ޤާނޫނު އަސާސީއެއް ނުވަތަ ދުސްތޫރެއް ލިޔެވިފައި ނެތް ޒަމާން ތަކެއްވެސް  ފާއިތުވެ ގޮސްފައިވާ ކަން މީ ދިވެހިން މިއަދު ދަންނަ ޙަޤީޤަތެކެވެ. ނަމަވެސް އެންމެ އެވޭލާ ޒަމަނުއްސުރެ ވެސް ދިވެހިރާއްޖޭގައި އިންސާނުން ދިރި އުޅެމުން އައިސްފައިވާނީ އެބައިމީހުންގެ ދިރިއުޅުމުގެ ކަންތައް ތައް ހަމަޖެއްސުމަށާއި އެބައިމީހުންގެ މެދުގައި އުފެދޭ މައްސަލަތައް ޙައްލުކުރުމަށްޓަކާ އެޒަމާނެއްގެ ޙާލަތު އެއިރެއްގައި އޮތްގޮތެއްގެ މައްޗަށް ބަލައި ޢަމަލު ކުރެވޭ ކޮންމެވެސް އަސާސެއް ނުވަތަ ދުސްތޫރެއް ގެ މައްޗަށް ބެލެވިގެން ކަމުގައިވުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް ދިވެހިރާއްޖޭގެ ތާރީޚުން ބޮޑުބައެއް ވަނީ ނޭނގުމެއްގެ ތެރޭގައި ކަމުން މިކަންކަން އެޒަމާނުގައި އޮތީ ކިހިނެތް ކަން ވަނީ ޖަވާބު ނުލިބޭ ބޮޑުސުވާލަކަށްވެފައެވެ.

އެހެން ނަމަވެސް ތާރީ ޚީގޮތުން ބަލާއިރު ދިވެހިރާއްޖެ އަކީ އެންމެ އެވޭލާ ޒަމާނުއްސުރެވެސް ޢަދުލު އިންސާފް ޤާއިމްކުރުމުގެ ކަންތައް އެޒަމާނަކަށް އެކަށީގެންވާ ގޮތެއްގައި ހިނގަމުން ގޮސްފައިވާ ޤައުމެއްކަން ފެންނަން ހުރި ތާރީޚް ތަކުން ހެކި ލިބެއެވެ. އަދި ދިވެހި ރާއްޖޭގެ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ނިޒާމް (ޤާނޫނީ ނިޒާމް ) އަކީ ދިވެހިންގެ ތެރެއިން އުފެދިފައިވާ ދިވެހި ވަންތަ ނިޒާމެކެވެ.

މިގޮތުން ދިވެހިރާއްޖޭގެ ތާރީޚުން ބޮޑުބައެއް ނޭނގުމުގެ ތެރޭގައި ވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމްކުރުމުގެ ކަންތައް ފެށިގެން އައިގޮތް ތަފްޞީލު ކޮށް އެގެން ނެތް ކަމުގައި ވިއަސްދިވެހި ރާއްޖޭގެ ތާރީޚާ ބެހޭ ގޮތުން ލިޔެވިފައިވާ ލިޔުންތަކުގެ ތެރެއިން  ފެންނަން ހުރި އެންމެ ދުވަސްވީ ލިޔުން ތަކަށް ބަލާލުމުން ދިވެހި ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ޢަދުލުއިންސާފް ޤާއިމް ކުރުމުގެ ކަންތައް އެޒަމާނަކަށް އެންމެ އެކަށީގެންވާ ގޮތެއްގައި ރޭވި ހަމަޖެހި ހިނގަމުން ގޮސް ފައިވާ ކަން އެގެން އެބައޮތެވެ.

ދިވެހި ރާއްޖޭގެ ދުސްތޫރީ ޙަޔާތް ފެށިގެން އައިސްފައިވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ވަނައިގެ ރަސްކަމުގައި 30 ވަނަ އަހަރު ރާއްޖޭގައި ލިޔެވިފައިވާ ޤާނޫނު އަސާސީއެއް ނެތުމާއި އެކު އެއިރު ރާއްޖޭގައި ތިއްބެވި އެފަދަ ކަމަކަށް އެންމެ އެކަށީގެންވާ ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމެޓީ އެއް އެކަށައަޅުއްވައި އެކޮމެޓީން ލިޔުއްވާ ކީރިތި މަހާރަދުން (ރަސްގެފާނު) 22 ޑިސެމްބަރ 1932 ގައި ތަސްދީޤު ކުރެވުނު ޤާނޫނު އަސާސީ އިންނެވެ. މިޤާނޫނު އަސާސީ ރާއްޖޭގައި ހިނގީ ނުވަވަރަކަށް މަސްދުވަހު އެވެ. އަދި އޭގެ ފަހުން ދިމާވި މައްސަލަ ތަކެއްގައި ސުއްމުވުލް އަމީރުލް ޙާއްޖަ އަބްދުލްމަޖީދު ރަންނަ ބަނޑޭރި ކިލެގެފޭނު އަރިހުން ޤާނޫނު އަސާސީ އިޞްލާހު ކޮށްދެއްވުން އެދި ވަޑައިގެން ދެންނެވުމުން އެކިލެގެފާނު މިސުރުގައި ހުންވާފައި މާލެވަޑައިގެން ޤާނޫނު އަސާސީ އިޞްލާހު ކުރައްވާ ޤާނޫނު އަސާސީ އަށްގެނެވުނު އިސްލާޙް ތައް ޤާނޫނު އަސާސީގައި ވާގޮތުގެ މަތީން މަޖިލީސް އެއްކުރައްވާ އެމަޖިލީހުން ފާސްކުރައްވާ ޤާނޫނު އަސާސީ އަށް ގެނެވުނު އިސްލާހުތައް ކީރިތި މަހާރަދުން 5 ޖުލައި 1934 ގައި ތަޞްދީޤު ކުރެއްވި އެވެ.

ލިޔެވި ޤަރާރު ވެފައިވާ ޤާނޫނު އަސާސީ އެއް ރާއްޖޭގައި ނެތަސް  ފެށުނީއްސުރެވެސް ދިވެހި ރާއްޖޭގެ ވެރިކަން ހިނގަމުން އައިސްފައިވަނީ ދެމިގެން އައި އާދަކާދަތަކަކާއި، ހަމަތަކާއި ހަރުދަނާ އުސޫލު ތަކެއްގެ މަތިންކަން ސާބިތު ވެއެވެ. މިދެންނެވި ފުރަތަމަ ޤާނޫނު އަސާސީގައި ވެސް ޢަދުލު އިސްޞާފް ޤާއިމުކުރުމުގެ ވާހަކަ ބަޔާން ވެގެންވެއެވެ. 92 މާއްދާ އެކުލެވޭ މިޤާނޫނު އަސާސީއުވުނީ 31ޖެނުއަރީ 1940 ގައެވެ.

ދިވެހިރާއްޖޭގައި ތާރީ ޚީގޮތުން ލިޔެވިފައިވާ ލިޔުންތަކުގެ ތެރެއިން ފެންނަން ހުރި އެންމެ ދުވަސްވީ ރަސްމީ ލިޔުންތަކަކީ ހިޖުރައިން 592 ވަނަ އަހަރު އަދި މީލާދީން 1195 ގައި ލިޔެވިފައިވާ އިސްދޫލޯމާ ފާނާއި، މީލާދީން 1196 ގައި ލިޔެވިފައިވާ ދަނބިދޫލޯމާފާނު ކަމަށް ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. އަދި މިދެންނެވި ލިޔުންތަކުގެ ތެރެއިން އިސްދޫ ލޯމާފާނުގައި ފަނޑިޔާރަކާއި، އުތުޕެޑިޔާރެއްގެ ވާހަކަ ބަޔާންކޮށްފައި ވުމުންނާއި، ދަނބިދޫ ލޯމާފާނުން އުތުޕެޑިޔާރަކާއި، ސަތިސިރު ޕެޑިޔާރެއް ރާއްޖޭގައި ތިބިކަން އެގެން އޮތުމުން އެގެނީ ގާތްގަޑަކަށް މީގެ 1000 އަހަރު ކުރިންވެސް ދިވެހިރާއްޖޭގައި ޢަދުލު އިންސާފު ޤާއިމް ކުރުމަށްޓަކާ ހަރުދަނާ ނިޒާމެއް ޤާއިމްވެފައިވާ ކަމެވެ.[1]

ފަނޑިޔާރު މަނިކުފާނަކީ މިނިވަން ފަރާތެއްކަމާއި، ދައުލަތް ހިންގުމުގެ ޙަރަކާތް ތަކުގެ ތެރެއަށް ފަނޑިޔާރު މަނިކުފާނު ވެދެވަޑައި ނުގަންނަވާ ކަމާއި، ފަނޑިޔާރު މަނިކުފާނު ކުރައްވާ ނިޔާތައް ހިންގެވުމަށް (ތަންފީޒް ކުރުމަށް) “ދަނޑަނާޔަކަ” ގެ މަޤާމުގައި ބޭފުޅަކު ހުންވާކަން އިސްދޫ ލޯމާފާނުން އެނގެއެވެ. ދަނޑަނާޔަކަގެ މަޤާމުގައި ހުންނަވާ ބޭފުޅެއްގެ ވާޖިބަކީ ޝަރުޢީ އަމުރު ތަކާއި ޙުކުމް ތައް ތަންފީޒް ކޮށް ހެދުމެވެ.[2]

އިސްދޫ ލޯމާފާނުގައި ލިޔެފައިވަނީ އިސްދޫގައި ހުރި ބުދުކޮއިލެއް ހަލާކު ކޮށްލައްވައި އެތާގައި ހުރި ބުދުތައް މުގުރުއްވައި އަދި ހާމުދުރުންތައް މާލެ ގެންނަވައި ބޯތައް ކަޑުއްވައި ގަންނަވާ އޭގެ ބަދަލުގައި އެތަނުގައި މިސްކިތް ބިނާ ކުރައްވައި މިސްކިތް ދެމެހެއްޓެވުމަށްޓަކާ ބައެއްބިމާއި ތަކެތި  ވެރިކަމުގެ ފަރާތުން ވަޤުފު ކޮށްދެއްވި ކަމަށެވެ. [3] މިކަންކަން ކުރެވެމުން ދިޔައީ ފަނޑިޔާރު މެދުވެރި ކުރައްވައިގެން ޤާނޫނީ އޮނިގަޑުގެ ތެރެއިން ނެވެ.[4]

ފަނޑިޔާރުން ނުވަތަ ނައިބުން

ދަނބިދޫ ލޯމާފާނުގައިވާ ގޮތުން އެވޭލާ ޒަމާނުގައި އުތުޕެޑިޔާރަކާއި، ސަތިސިރު ޕެޑިޔާރެއް ރާއްޖޭގައި ތިބިކަމާއި ، އެއިން ކޮންމެ ފަނޑިޔާރަކީވެސް ވަޒީރު ބޭކަލެއްކަމަށް އެލޯމާފާނުން އެގެއެވެ. އަދި އިބުނު ބަތޫތާގެ ލިޔުންތަކުން އެގޭ ގޮތުގައި ސަތިސިރު ޕެޑިޔާރަކީ އިސްތިއުނާފުގެ މަރު ޙަލާގައި ކިޔެވެނި ބޭކަލުންގެ އަށީގައި އުތުޕެޑިޔާރާއި އެކު މައްސަލަ ބައްލަވަން ރަދުން އައްޔަން ކުރައްވާ އިތުރު ފަނޑިޔާރެކެވެ.[5]

ރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި ރެހެންދި ޚަދީޖާ ރެދެލި ކުރައް ވަމުން ގެންދެވި ދުވަސްވަރު ހިޖުރައިން 14 ވަނަ ޤަރުނުގެ މެދުތެރޭ ގައި ރާއްޖެ ވަޑައިގެންނެވި މަޝްހޫރު އިބުނު ބަޠޫޠާ ދެފަހަރެއްގެ މަތީން ރާއްޖެ ވަޑައިގެން  14 މަސްދުވަސް ވަންދެން ރާއްޖޭގެ ފަނޑިޔާރުކަން ކުރައްވާފައިވާކަން ތާރީޚުން އެނގެއެވެ.  އިބުނު ބަޠޫޠާގެ ލިޔުއްވުން ތަކުން ދަލީލު ލިބޭ ގޮތުގައި އެދުވަސްވަރު ޢަދުލު އިންޞާފް ޤާއިމް ކުރުމަށް ދިވެހި ދައުލަތުގައި މިނިވަން މުވައްޞަޞާއެއް ޤާއިމްވެފައިވާ ކަމާއި،  އަދި ދައުލަތުގެ އެހެން މުވައްޞިސާތަކުން ފަނޑިޔާރުންގެ ނިންމެވުންތަކަށް އިޙްތިރާމް ކުރާކަމެވެ.

އިބުނު ބަޠޫޠާ ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި ޝަރުޢީ ޙުކުމް ކުރާ މީހަކީ ޤާޟީ އެވެ. ޤާޟީއަށް ކިޔާނަމަކީ “ފަނޑިޔާރު ކަލޯ” އެވެ. އެހެން އެންމެން ނަށްވުރެން ފަނޑިޔާރު ކަލޯގެ ދަރަޖަ މަތިވެރި ކަމަށާއި، އަދި ފަނޑިޔާރު ކަލޯގެ އަމުރު ބައެއްފަހަރު ރަނިކަމަނާގެ އަމުރުފުޅު ތަކަށްވުރެ ވަރުގަދަ ކަމަށް އިބުނު ބަޠޫޠާ ލިޔުއްވާ ފައި ވެއެވެ.[6]

މީލާދީގޮތުން 1602 ވަނަ އަހަރު ޖުލައި އެއްވަނަ ދުވަހު ބ. އަތޮޅު ގޮއިދުއަށް އުރުނު ” ކޯބިން” ނަމަކަށްކިޔާ ނަވުން ރާއްޖެގައި ތާރީޚް ލިޔުންތެރިޔާ ފްރޭންކޯއީ ޕިރާޑް ލިޔުއްވި ލިއުއްވުން ތަކުގައި ދިވެހިރާއްޖޭގެ ޢަދުލު އިންސާފް ޤާއިމް ކުރުމުގެ ނިޟާމް އޮތް ގޮތާއި ބެހޭ ގޮތުން ވަރަށް ތަފްޞީލް ކޮށް ލިޔުއްވާފައި ވެއެވެ.

ޕިރާޑް ލިއުއްވާފައިވާ ގޮތުގައި “ރާއްޖޭގައި ޤާނޫނު ދަންނަ ޙާކިމުންނަކީ އެތަނުގެ ޖަޖުންނެވެ.”  އިންސާފު ކުރުން ވަނީ އެބޭކަލުންގެ އަތުގައި ކަމަށާއި، އެކަމަކު މިއެންމެންގެ މައްޗަށް ވާ ޚުދުމުހުތާރު ޖަޖަކީ ހަމައެކަނި ރަސްގެ ފާނެވެ.  އަދި ޙުކުމްތައް ތަންފީޒު ކުރައްވަނީ ވެސް އޭނާއެވެ.[7]

ޕިރާޑް ލިޔުއްވާފައިވާ ގޮތުގައި ރާއްޖެ ބެހިފައިވަނީ 13 އަތޮޅަށް ކަމަށާއި، މާލެ ފިޔަވާ ރާއްޖެ ތެރޭގައި ޝަރީއަތް ތަކާއި ދީނީ ޤާނޫނު ތައް ހިންގަނީ މިއި ތޮޅުތަކުން ކޮންމެ އަތޮޅަކަށް ކަނޑައެޅިފައިވާ ނާއިބެވެ.  އެއިން ކޮންމެ އަތޮޅަކަށް  ހުންނަ އެންމެ ބޮޑުވެރި މީހާއަށް ކިޔަނީ “ނާއިބު” މިހެން ކަމުގައެވެ. މިނައިބުން ނަކީ އެޕްރޮވިންސްގެ ވެރިންކަމަށާއި، އަދި މިއަތޮޅުތަ ކުގައި ދީނާއި ތަޢުލީމުގެ ކަންތައް ތައް ބަލަހައްޓާ ފަދައިން ޝަރުޢީ ކަންތައްތައް ވެސް ބަލަހައްޓާނީ އޭނާ(ނާއިބު)އެވެ. އަދި އަތޮޅުތަކުގައި އޭނާގެ ދަށުންތިބޭހާ ފަނޑިޔާރުންނަށް ޢަމުރު ފޮނުވާނީ މިދެންނެވި ބޮޑުނައިބު ކަމަށް ޕިރާޑް ލިޔުއްވާފައި ވެއެވެ. އަދި ޕިރާޑު ލިޔުއްވާފައިވާ ގޮތުގައި ނައިބުންނާއި ޙަވާލު ވެފައިވާ ކަންތައް ތަކުގެ އިތުރަށް އެމީހަކާއި ޙަވާލުވެ ފައިވާ ހިސާބު ގަޑެއްގައި ހިންގަން ޖެހޭ ޝަރީއަތްތައް ބަލައި ނިޔާ ކަނޑައަޅަނީ އެބައި މީހުންނެވެ. އެނައިބުން ނަކީ އެބައި މީހުންނާއި ޙަވާލު ކުރެވިފައިވާ ރަށެއް ނުވަތަ ރައްތަކެއްގެ ފަނޑިޔާރުންނަށް ވުމާއި އެކު މަދަނީ ކަންތަކާއި އަދި ޖިނާއީ ކަންތައް ބަލަހައްޓަނީވެސް އެބައި މީހުންނެވެ.

ކޯޓް ނުވަތަ ފަނޑިޔާރުގެ

އިބުނު ބަޠޫޠާގެ ލިޔުއްވުން ތަކުން އެނގޭ އެންމެ މުހިއްމު އެއްކަމަކީ އެދުވަސްވަރު ޝަރީޢަތް ކޮށް އުޅެނީ ފަނޑިޔާރު ގޭގައާއި، ރަސްކަމުގެ ގަނޑުވަރުގައި ކަމާއި،   މުހިއްމު ޤަޟިއްޔާ ތައް ބައްބަލާއުޅުނީ ރަސްކަމުގެ ގަނޑުވަރުގައި ކަމެވެ.

މީލާދީން 1350 ވަނަ އަހަރު ހާ ތާނގައި ފަނޑިޔާރު ބޭކަލަކު ޝަރީއަތް ކުރައްވަން އިންނަވާ ރަސްމީ ތަނަކީ އެތެރެ ކޯލުގައި ހުންނަ “ކިޔެވެނި ބޭކަލުންގެ އަށި” އެވެ. ބައެއް ޝަރީއަތް ކުރެވޭއިރު އާއި އަދި ދީނީ ނަޞޭޙަތް ދެވޭއިރު ރަދުން އެއައްޓަށް ނިކުމެވަޑައި ގަންނަވާ ކަން އިބްނު ބަޠޫޠާގެ ލިޔުންތަކުން އެގެއެވެ.[8]

ޕިރާޑް ލިޔުއްވާފައިވާ ގޮތުގައި މީހަކު ޤަޟިއްޔާއެއް ހުށަހަޅަން ބޭނުންވެއްޖެ ނަމަ އޭނާ ވާނީ ނައިބު މީހާ ގާތަށް ދާށެވެ. ނުވަތަ އޭނާއަށް ޖެހޭނީ އޭނާހުރި ރަށަކަށް ނައިބު އަންނަންދެން ހުންނާށެވެ.  ކޮންމެ އަހަރަކު ހަތަރުފަހަރު ނާއިބުން އަދާލަތާއި ބެހޭ ކަންތައްތަކާއި، އެހެންވެސް ކުދި ކުރި މައްސަލަތައް ހަމަޖެއްސުމަށް އެ ނައިބަކާއި ޙަވާލުވެ ފައިވާ ރަށްތަކަށް ދަތުރު ކުރެއެވެ.  ނާއިބުގެ ކުރި މައްޗަށް އަންނަ ޝަރީއަތް ތައް ނިންމުމުގައި ނާއިބުމީހާ ކަތީބުންނާއި މަޝްވަރާކުރާނެ އެވެ.[9] އަދި ޕިރާޑް ލިޔުއްވާފައިވާ ގޮތުގައި އެޒަމާނުގައި ދައުވާއަށް ކިޔާ އުޅެނީ “ޝަކުވާ” އެވެ. ޝަރިއަތް ކުރަނީ ނައިބުންގެ ގޭގައެވެ. މާލޭގައިނަމަ ފަނޑިޔާރު މަނިކުފާނު ހުންނަވާ ގޭގައެވެ. [10]

އިބްނު ބަތޫތާއާއި ޕިރާޑް ފަދަ ރާއްޖޭގެ ތާރީޚު ލިޔުއްވާފައިވާ ބޭފުޅުންގެ ލިޔުންތަކަށް ބަލާއިރު އެޒަމާނުގައި މާލޭގައި ޝަރީއަތް ކުރެއްވުމަށް ފަނޑިޔާރު އިންނަވަނީ އެތެރެކޯލުގައި ހުންނަ “ކިޔެވެނި ބޭކަލުންގެ އަށި” ގައިކަމާއި، އަތޮޅުތަކުގައި ޝަރީއަތް ކުރަން ނައިބު ބޭކަލުން ތިއްބަވަނީ ނައިބުންގެ ގޭގައި ކަން އެލިޔުން ތަކުން އެގެއެވެ.

މައްސަލަ ހުށަހަޅަން ބޭނުންވާ މީހާ ނައިބު ގާތަށް ގޮސް މައްސަލަ ހުށަ  ހުށަހަޅާ ކަމާއި، ނުވަތަ އެމީހާ ހުރި ރަށަކަށް ނައިބު އައުމުން ނައިބަށް މައްސަލަ ހުށަހަޅާ ކަން އެގިގެން ދެއެވެ. އަދި މިޒަމާނުގައި މިހުންނަ ފަދައިން ” ކޯޓް” ކިޔާފައި ފަނޑިޔާރުން ނުވަތަ ނައިބު ބޭކަލުން މައްސަލަ ބައްލަވަން ވަކި ތަނެއް އެޒަަމާނުގައި ޤާއިމް ކުރެވިފައި ވާކަން އެގޭކަށްނެތެވެ. އެހެން ނަމަވެސް އެވަގުތަކު ފަނޑިޔާރު ހުންނަވާތަން އެއީ ކޯޓް ނުވަތަ ފަނޑިޔާރުގެ ކަމުގައި ބެލެވިގެންވެއެވެ.

ފަނޑިޔާރު ގެތައް

މީހަކު ދައުވާއެއް ކުރާން ވެއްޖެނަމަ އެކަން ނާއިބަކަށް ހުށަހެޅުއްވުމުން އޭނާގެ ދޭވާނީންގެ މީހަކު ދައުވާލިބޭމީހާ ބަލާފޮނުވައެވެ. ދައުވާލިބޭ މީހާ ރަށުގައި ނެތްނަމަ އޭނާ ގެންނާން އޭނާހުރި ރަށެއްގެ ނާއިބު މީހާއަށް ސިޓީއަކުން އަންގަނީ އެވެ. އެކމަކު ދައުވާލިބޭމީހާ އެއަތޮޅުން ނުވަތަ އެއަތޮޅުން ބޭރު ކޮންމެވެސް ތާކު ހުރި ކަމުގައި ވެއްޖެނަމަ އެނައިބު މީހާއަކަށް ދައުވާލިބޭ މީހާ ނުފޮނު ވޭނެ އެވެ. މިހެން ދިމާވެއްޖެ ނަމަ ލިޔާން ޖެހޭނީ ސީދާ މާލޭގައި ހުންނަފަނޑިޔާރު މަނިކުފާނަށެވެ. އަދި ރާއްޖޭގ ކޮންމެ ތަނެއްގައި ހުރި މީހަކު ނަމަވެސް ގެނައުމުގެ ބާރު ފަނޑިޔާރު މަނިކުފާނަށް އޮވެއެވެ. މީހަކު ބޭނުންވެގެން ފަނޑިޔާރު ގެއިން ފޮނުވާ ޗިޓް ލިބޭނީ އެރަށެއްގެ ކަތީބަށެވެ. ނޫނީ ރަށްވެރި އަށެވެ. އޭނާއަށް މިޗިޓް ލިބުމާއެކު ދައުވާލިބޭމީހާއަށް އިންޒާރާއި އެކު މާލެދާން އަންގައެވެ.

ޤާނޫނުތައް

އެޒަމާނުގައި ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމް ކުރުމަށްޓަކާ ލިޔެވިފައިވާ ޤާނޫނޫ ތަކެއް ނުހުރެއެވެ. އެހެން ނަމަވެސް ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީގައި ދިވެހި ރާއްޖޭގައި ޢަމަލު ކުރެވެމުންދިޔަ ޤާނޫނަކީ “ޕޫރުބެ ރޫޑިން” ކިޔާ އާދަކާދަ ތަކެއްކަމަށް 1196 ވަނަ އަހަރުގެ ދަނބިދޫ ލޯމަފާނުގެ 15 ވަނަ ފޮތީގެ ފުރަތަމަ ފުށުގައި ބަޔާންވެގެން ވެއެވެ.

ހިޖުރައިން 548 ވަނަ އަހަރު (މީލާދީން 1153 ވަނަ އަހަރު) ދިވެހިރާއްޖޭގެރަދުން އިސްލާމްވެ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ހަމަޖެހުމާއި އެކު އިސްލާމީ ޝަރީއަތް ދިވެހިރާއްޖޭގައި ހިގަންފެށުމާއި ގުޅުގެން ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ މައިގަނޑު މަޞްދަރަކީ އިސްލާމީ ޝަރީޢަތް ކަމަށް ވީނަމަވެސް ކުރީއްސުރެ ހިނގަމުންއައި ބައެއް އާދަ ކާދަތައް ނިމުމެއް ނައިސް ހިނގަމުން ދިޔައެވެ.

އިސްދޫ ލޯމާފާނާއި، ދަނބިދޫ ލޯމާފާނު ގައި ލިޔެފައިވާ ޙާދިޘާ ތަކުން ހާމަވެގެން ދަނީ އެޒަމާނުގައި ފަނޑިޔާރާ އަށް އިންޞާފު ކުރައްވަން ޖެހި ވަޑައި ގަންނަވަނީ ހަމައެކަނި އިސްލާމީ ޝަރީޢަތުގެ އަލީގައި ނޫންކަމެވެ.  ޒަމާނުއްސުރެ ރާއްޖޭގައި ހިނގަމުންއައި އާދަކާދަ (ޕޫޒުބެރޫޑީން) ތަކަކީވެސް ޝަރީޢަތް ކުރެއްވުމުގައި ބައްލަވަން ޖެހި ވަޑައިގެންނެވި އެއްޗެއް ކަމެވެ.   އެހެނީ އިސްދޫ ހާދިޘާގައި އިސްލާމީ ޝަރީއަތުގައިވާ ވަގުފުގެ ޝަރުޠުތަކުގެ އިތުރަށް އޭރު ރާއްޖޭގައި ކަންހިނގަމުން އައިސްފައިވާ އާދަ ކާދައަށް ރިއާޔަތް ކުރެވުނު ކަމަށްވެސް އިސްދޫ ލޯމާފާނުން އެގެން އެބައޮތެވެ. އަދި ދަނބިދޫ ލޯމާފާނުގައި ޕޫރުބެރޫޑިން އާއި އެއްގޮތަށް ޢަމަލު ކުރުމަށް ރަދުން ޞަރީޙަބަހުން ޢަމުރު ކުރައްވާފައި ވެއެވެ.[11]

ޝަރީއަތަށް މީހުން ޙާޟިރުކުރުމާއި، ބަދަލު ހަމަޖެއްސުން

އިބްނު ބަތޫލާ ލިޔުއްވާފައިވާ ގޮތުގައި އޭނާ ފަނޑިޔާރު ކަން ކުރެއްވި ދުވަސްވަރު  އޭނާގެ އާދައަކީ ދެޚަޞްމުން ކުރެ މީހަކުހޯދަން ފޮނުވާނަމަ ކަރުދާހުގައި ލިޔެ އެމީހަކަށް ފޮނުވުމެވެ. އަލްއުސްތާޛް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައިވާ ގޮތުގައި ޝަރީއަތަށް ޙާޟިރުވުމަށް ދެޚަޞްމުންނަށް އަންގައި އުޅެނީ ހިމަ ދިގުކޮށް އޮންނަ ލަކުޑި ކޮޅެއްގައި ނުވަތަ ފިލާ ކޮޅެއްގައި ލިޔެފައެވެ. އޭގެ އެއްފުށުގައި އެމީހެއްގެ ނަމާއި، ޝަރީއަތަށް ޙާޟިރުވާންޖެހޭ ދުވަސް ލިޔެފައި އޮންނާނެ އެވެ. އަލްއުސްތާޛް މުޙައްމަދު އިބްރާހީމް ލުޠުފީ ވިދާޅުވާ ގޮތުގައި މިޗިޓުގެ އުޞޫލު  ރާއްޖޭގައި ހިންގުނީ އިބުނު ބަޠޫޠާގެ ފަނޑިޔާރު ކަމުގެ ދުވަސްވަރުގައެވެ. އަދި އިބުނު ބަޠޫޠާ ލިޔުއްވާފައިވާ ގޮތުގައި އިބުނު ބަތޫތާގެ އަނބި ކަނބަލުންގެ މައިފުށުގެ ބޮޑުބޭބެ މެންގެ މުދާ ޢަބްދުﷲ ވަޒީރުގެ އަތްޕުޅުގައި ހުރުމާގުޅިގެން މިބޭފުޅުން ތަޞައްރަފު ފުދި އަބްދުﷲ ވަޒީރުގެ ބެލެނިވެރި ކަމުގެ ދަށުން ނެއްޓުމުން އަބްދުﷲ ވަޒީރު ޝަރީއަތަށް ހާޟިރު ކޮށްދިނުމަށް އެދުމާގުޅިގެން އަލްވަޒީރު އަބްދުﷲ އަރިހަށް ޗިޓްފޮނުވުމުން އެކަމާ ކޯފާވެ އެމަނިކުފާނުގެބަދަލުގައި ވާހަކަ ދައްކާނެ މީހަކު ޝަރީއަތަށް ފޮނުވި ކަމަށެވެ.

މިލިޔުމުން އެނގެނީ އޭރުވެސް އެޒަމާނަށް އެކަށީގެންވާ ފަދަ ޝަރުއީނިޒާމެއް ރާއްޖޭގައި އޮތްކަމާއިއަދި ޝަރީއަތަށް މީހުން ޙާޟިރު ކުރުމުގައި ހަރުދަނާ އުޞޫލު ތަކެއް ގެންގުޅެފައިޮވާ ކަމާއި، ދައުލަތުގެ މަތީ މަޤާމުތަކުގައި ތިބޭ މީހުނވެސް ކޯޓަށް ޙާޟިރުކޮށް އެމީހުންގެ ،މައްޗަށްވެސް ޝަރީއަތް ހިންގޭކަމާއި ، އަދި ޝަރީއަތުގެ މަޖިލީހުގައި އެމީހެއްގ ެބަދަލުގައި އެހެންމީހަކަށްވެސް ބަދަލު ހަމަޖެހިގެން ވަކާލާތު ކުރެވޭކަމެވެ.

އިސްތިއުނާފް ކުރުމާއި އެޕީލް ކުރުން

ފަނޑިޔާރު ބޭކަލަކު ނިޔާ ކަނޑައެޅުއްވި ޤަޟިއްޔާއެއް ދެވަނަ ފަހަރަށް ބަލަން (އިސްތިއުނާފް ކުރަން) ރަދުންނަށް ފެނިވަޑައިގެންފި ނަމަ “އުތުޕެޑިޔާރު” ގެ އިތުރަށް ބޮޑު ނައިބަކު ނުވަތަ ޤާޟީއަކާއި (ސަތިސިރު ޕެޑިޔާރު) ބޮޑުބޭކަލުންގެ 03 ބޭކަލުން ތިއްބަވައިގެން އެޝަރީއަތެއް ކުރެވެނީ ރަދުންގެ ޙާޟިރުގައި ކަމަށް އިބުނު ބަޠޫޠާ ލިޔުއްވާފައި ވެއެވެ. މިކަން ކަމުގެ މައްޗަށް ނަޒަރު ކުރުމުން އެނގޭ އެއްކަމަކީ އޭރުވެސް ދިވެހިރާއްޖޭގައި އިސްތިއުނާފު ކޯޓްހުންނަކަމާއި، އިސްތިއުނާފު ކޯޓް އެކުލެވިގެންވަނީ އުއްތަމަފަނޑިޔާރާއި، އެކު 5 ފަނޑިޔާރުންގެ މައްޗަށް ކަމާއި، މުހިއްމު ޤަޟިއްތައް ބައްލަވާއިރު އެޤަޟިއްޔާ އެއް ބައްލަވަމީ އިސްތިއުނާފް ކޯޓުގެ ފުލް ބެންޗްގެ ނުވަތަ ފަނޑިޔާރުންގެ އަށީގެ އެންމެހާބޭކަލުންގެ ޙާޟިރުގައި ކަމެވެ. އަދި މިގޮތަށް ކިޔެވެނި ބޭކަލުންގެ އަށީގައި މައްސަލަ ބައްލަވާއިރު ޤާޟީ މަޝްވަރާއަކަށް ބޭނުން ވެއްޖެނަމަ ކާތިބުއްސިއްރު މެދުވެރި ކޮށް ރަސްގެފާނަށް ދެންނެވުމުން ވަގުތުން ޖަވާބު ލިބޭކަމަށްވެސް އިބުނު ބަތޫތާ ލިޔުއްވާފައި ވެއެވެ. އަދި ރާއްޖޭގައި ތިއްބަވާ ހުރިހާ ނައިބުންގެ މައްޗަށް މާލޭގައި ވެރިޔަކު ހުރެއެވެ. މީނާއަށް ކިޔަނީ “ފަނޑިޔަރު” ކަމަށް ޕިރާޑް ލިޔުއްވާފައި ވެއެވެ.  މާލޭގައި ޖެހޭ މައްސަލަ ތަކާއި އަތޮޅެއްގެ ނައިބަކު ކަނޑައަޅާ ނިޔާއަކަމެދު ހިތްހަމަ ނުޖިކިގެން  ހުށަހެޅޭ މައްސަލަތައް އިސްތިޢުނާފް ކުރުމަށްހުށަހެޅޭނީ ފަނޑިޔާރު މަނިކުފާނުގެ އަރިހަށެވެ. އެކަމަކީ މަދަނީ މައްސަލަ އެއް ކަމުގައިވިއަސް އަދި ޖިނާއީ މައްސަލައެއްކަމުގައިވިއަސް ވަރިހަމައެވެ. ފަނޑިޔާރު މަނިކުފާނުގެ ކުރި މައްޗަށް ހުށަހެޅޭ ޝަރީއަތް ތައް ނިންމުމުގައި ނައިބުގެ ލަފާހޯދައެވެ. ނައިބުންގެ އިތުރަށް މުސްކުޅިންނާއިވެސް ފަނޑިޔާރު މަނިކުފާނު މަޝްވަރާ ކުރެއެވެ. މުސްކުޅިންނަކީ ކިޔަވައިގެން ތިބި ތަންދޮރު ދަންނަ ހަރުމީހުންނެވެ،. އެކަމަކު އެއީ ސަރުކާރުގެ އޮފިސަރުންނެތް ނޫނެވެ،

ފަނޑިޔާރު މަނިކުފަނަށް ލަފާދިނުމަށް މިދެންނެވިފަދަ މުސްކުޅިންގެ ހަތަރު ފަސްމީހުން އަބަދުވެސް ތިބެއެވެ. އެބައި މީހުންނަކީ ޤުރުއާން ހިތުދަސް މުގުރީންނެވެ. ކަމަށް ޕިރާޑު ލިޔުއްވާފައި ވެއެވެ.  ފަނޑިޔާރު މަނިކުފާނު ނިޔާ ކަނޑައެޅުމަށްފަހު ބައެއްކަންތައް ތައް ޚޮދު ރަސްގެފާނުގެ އަރިއަހަށް ހުށަހެޅެއެވެ.

ދިވެހި ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ 1932

22 ޑިސެމްބަރ 1932 ގައި ތަޞްދީޤު ކުރެވުނު ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ 80 ވަނަ މާއްދާގައި ” ޝަރީއަތް ހިންގާ މީހުންނީ ޝަރީއަތް ހިންގުމުގައި ޤާނޫނާއި ޚީލާފު ނުވާހާ ހިނދަކު މިނިވަން ބައެކެވެ. އެމީހުން ހިންގާ ޝަރީއަތެއްގެ ތެރެއަށް  އެހެން ބަޔަކަށް ނުވަދެވޭނެ އެވެ.”

އަދި ހަމަ އެޤަނޫނު އަސާސީގެ 81 ވަނަ މާއްދާގައި “ޝަރީއަތް ކުރާމީހުންނަށް އެމީހުން ޝަރީއަތް ކުރުމުގެއަމުރު ހުންނަ ރަށްރަށް ތަރުތީބު ކުޅައުމާއި، އެމީހުންނަށް ހުންނާނޭ ބާރުތައް ޚާއްޞާ ކުރެވޭނީ ވަކިޤާނޫނެއްގެ ގޮތް މައްޗަށެވެ”

އަދި ޝަރީއަތް ކުރާމީހުން ކަމުން ދުރު ކުޅައުމާއި، އެމީހުން އެއްތަނުން އަނެއްތަނަކަށް  ނަޤުލު ކުރެވޭނީ ޤާނޫނުގައި ބަޔާންވެގެންވާ ގޮތްތަކުގެ މައްޗަށް ކަމަށް މިދެންނެވި ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގައި ބަޔާންވެގެން ވެއެވެ.

މިދެންނެވި ޤާނޫނު އަސާސީގެ 83 ވަނަ މާއްދާއަށް ބަލާލުމުން ކޮންމެ ކަހަލަ ޝަރީއަތެއްގައި ނަމަވެސް ވަކީލުން ގެންދިއުމީ އެމީހެއްގެ ހެޔޮވެގެންވާ ކަމެއްކަމަށާއި،ވަކީލެއް ކަމުގައިފުދޭނީ ޝަރީއަތާއި ދިވެހި ރާއްޖޭގެ ޤާނޫނު ދަންނަ މީހުން ކަމުގައި ބަޔާން ކޮށްފައިވެއެވެ. އަދި މިދެންނެވި ޤާނޫނުއަސާސީގެ 75، 76، 80،81،82،83 84 ވަނަ މާއްދާގައި ޝަރީތާއި ބެހޭ ނުވަތަ ޢަދުލު އިންޞާފު ޤާއިމްކުރުމާއި ބެހޭ މާއްދާތަކެވެ.[12]

އަދި މިޤާނޫނު އަސާސީގެ 84 ވަނަ މާއްދާއަށް ބަލާލާއިރު އެމާއްދާގައިވަނީ ” އަރުވާލުމާއި މެރުންލާޒިމްވާ ފަދަ ބޮޑެތި ޝަރީއަތް ނިންމަންވާނީ “ޖޫރީން” ތިބެގެން އެމީހުންގެ ޙާޟިރުގައެވެ.”

މިޤާނޫނު އަސާސީގެ 41 ވަނަމާއްދާގައިވަނީ ” ކޮންމެ ޤާނޫނެއްގެ ޙުކުމްތައް ހިނގާނީ އެޤާނޫނެއްގެ ޙުކުމް ތައް ހިންގުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ފަހަތަށް ޖެހިގެން އަންނަ ކަންތައް ތަކުގެ މައްޗަށެވެ.  އޭގެ ކުރީ ގައި ޖެހިފައި ހުރި ކަންތައްތަކުގެ މައްޗަށް އޭގެ ޙުކުމް އެއް ހިނގާނީ އެކަންކަމުގެ މައްޗަށް ކަނޑައެޅިގެން ވާ ވަކިމާއްދާއެއް މިފަހުން ފާސްވީ ޤާނޫނުކަނޑައެޅިގެންވާ ނަމަ އެވެ”

42 ވަނަ މާއްދާގައިވަނީ “ރަދުންނަށް ވެރިކަން ހިންގުމުގެ ބާރު ލިބިވަޑައިގަންނަވަނީ ޤާނޫނުގައި ކަނޑައެޅިގެންވާ ޙައްދު ތަކުގެ ތެރޭގައި ކަމަށެވެ. ފަހެ ޤާނޫނު އަސާސީ އާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެ އެވެ.”

އަދި 43 ވަނަ މާއްދާގައި “ޝަރީއަތުގެ އެއްވެސް ޤާނޫނަކާއި ރަދުން ބެހިވަޑައި ނުގަންނަވާނެ އެވެ.  އެކަމަކު އެކަންކަން ހިނގާނީ ރަދުންގެ ނަންފުޅުގެ މަތިން ރަދުންގެ އަމުރު ފުޅަށެވެ.

ޖުމްލަ ގޮތެއްގައި މިޤާނޫނު އަސާސީގައި ޢަދުލު އިންސާފް ޤާއިމު ކުރުމާބެހޭ ގޮތުން  ލިޔެވިފައިވާ އެންމެހާ މާއްދާތަކަށް ބެލުމުން އޭރު ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމް އޮތީ އެޒަމާނާ އަޅާބަލާއިރު އެކަށީގެންވާ ގޮތަކަށް ކަމަށް ދެންނެވިދާނެ އެވެ.

އެހެން ނަމަވެސް މި ޤާނޫނު އަސާސީގެ 43 ވަނަ މާއްދާގައި “ޝަރީއަތުގެ އެއްވެސް ޤާނޫނަކާއި ރަދުން ބެހިވަޑައި ނުގަންނަވާނެ އެވެ.  އެކަމަކު އެކަންކަން ހިނގާނީ ރަދުންގެ ނަންފުޅުގެ މަތިން ރަދުންގެ އަމުރު ފުޅަށެވެ.” މިފަދައިން ބަޔާންވެގެން އޮތުމުން ޝަރުޢީ ނިޒާމުގެ މުސްތަޤިއްލު ކަމާމެދު ސުވާލު އުފެދިގެން ދެއެވެ. އަދި މިޤާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ވަނީ” ވަޒިރުންގެ ތެރެއިން ވަޒިރުލް އަޢުޡަމް ނޫން އެހެން ވަޒީރެއްގެ މައްޗަށް ޤާނޫނު ހަދާމަޖިލީހުން ކުށެއްގެ ދައުވާ އެއް ކޮށްގެން އެމީހާ އެއިން ބަރީއަވުމަށް ދައުވާކޮށް ޝަރީއަތް ވާން ޖެހިއްޖެނަމަ އެޝަރީއަތް ވެވޭނީ ވަޒީރުލް އަޢުޡަމާއި، ފަނޑިޔާރުގޭގެ ޝަރީއަތް ހިންގާ ވެރިޔަކާއި، ބަންޑާރަ ނާއިބަކާއި، ބޮޑު ނާއިބަކާއި، ޤާނޫނު ހަދާމަޖިލީހުގެ ހަތަރު މެމްބަރުން ނާއި، މި އަށްމީހުންގެ މަޖިލީސެއް ގައެވެ. ވަޒީރުލް އަޢުޡަމްގެ މައްޗަށް ދައުވާ އެއް އުފުލިއްޖެ ނަމަ ވަޒީރުލް އަޢުޡަމްގެ ބަދަލުގައި އެހެން ދެވަޒީރުން ތިއްބަވާންވާނެ އެވެ. ރަދުންގެ މައްޗަށް ދައުވާއެއް އުފުލިއްޖެ ނަމަ އިހުބުނެވުނު އަށް މީހުންނާއި، އަދި ރަސްކަމުގެ ތެރޭގެ ފިރިހެން ދެބޭފުޅުންގެ ޙާޟިރުގައި ޝަރީއަތް ކުރެވޭނެ އެވެ.” މިމާއްދާއިން ދޭހަވަނީ ރަދުންނާއި، ވަޒީރުލް އަޢުޡަމާއި ވަޒީރެއްގެ މައްޗަށް އުފުލޭ ދައުވާތަކުގެ ޝަރިއަތް ހިންގުމުގައި ފަނޑިޔާރުން ފިޔަވާ އެގްޒެކެޓިވްގެ ތެރެއިން ބޭފުޅުން ވެސް ހިމެނޭ މަޖިލީހެއްގައި ޝަރީއަތް ކުރުމަށް މިޤާނޫނު އަސާސީއިން ލާޒިމް ކުރާކަމެވެ. އަދި މިޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ނަންގަނެ ވިގެނެވުނު މަޖިލީހުގައި ވެވޭ ޝަރީއަތުގައި އެޝަރިއަތް ވެވޭ މީސްމީހުންގެމައްޗަށް ލާޒިމްވީ ޢުޤޫބާތެއް ދެވޭނީ އެމަޖިލީހުގެ ތިންބައި ކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްވެގެން ކަމަށް މިޤާނޫނު އަސާސީގެ 77 ވަނަ މާއްދާގައި ބަޔާންވެފައި އޮތުމުން މިފަދަ ޝަރީއަތް ސިޔާސީ ނުފޫޒުން އެއްކިބާވެގެން ވާނެކަމާމެދު ވަރަށްބޮޑަށް ސުވާލު އުފެދެއެވެ. މިހެން ދަންނަވަން ޖެހެނީ މިފަދަ ޝަރީއަތް ކުރާ މަޖިލީހުގެ އަޣްލަބިއްޔަތުވެސް ދެވިފައި އޮތީ އެގްޒެކެޓިވްގެ ތެރެއަށް ކަމުގައި ވާތީ އެވެ. ނަމަވެސް މިޤާނޫނު އަސާސީ ހިންގަން ފެށިތާ އަށެއް ނުވަތަ ނުވައެއް މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދުނު ސިޔާސީ ހަމަނުޖެހުމެއްގެ ސަބަބުން ޤާނޫނު އަސާސީ ހިންގުމަށް ދަތިވެ މުޅި އެޤާނޫނު އުވިއްޖައުމާއި ގާތްވެފައިވަނިކޮށް އޭރު އެޤާނޫނު އަސާސީ ހެއްދެވި މަޖިލީހުގެ ރައީސަކަށް ހުންނެވި ސުއްމުވުލް އަމީރުލް ޙާއްޖަ އަބްދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނު މިސުރުގައި ހުންނަވަނި ކޮށް ދަންނަވައިގެން މާލެ ވަޑައިގެންހިނދު މިތާނގެ ކަންތައްތައް ހަމަޖެހޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުމަށް ދެންނެވުމުން ހެދިފައިހުރި ގެޒެޓް ތަކާއި، އަޙުކާމު ޢާއްމުތައް ރާއްޖެ ތެރެއިން އަނބުރާ ގެންނަވައި ޤާނޫނު އަސާސީން ބައެއްމާއްދާ ބަދަލު ކުރެއްވުމަށް ފެނި ވަޑައިގަންނަވާ ކަން އެންގެވުމުން ޤާނޫނުއަސާސީގައި އެއިން މާއްދާއެއް ބަދަލު ކުރާން އޮތް ގޮތުގެ މަތީން މަޖިލިސް އެއް ތައްޔާރު ކުރައްވައި އެމަޖިލީހުގެ އެންމެހާ މެމްބަރުން ނަށް ފެންނަގޮތަކަށް ޤާނޫނު އަސާސީއަށް ފުރަތަމަ ފަހަރަށް އިސްލާޙް ކުރައްވާ އިސްލާޙް ކުރެވުނު ޤާނޫނު އަސާސީ ޤަބޫލު ކުރައްވާ އެމައްޗަށް ދައުލަތް ހިންގެވުމަށް އަމުރު ކުރައްވާ  05 ޖުލައި 1934މ. 22 ރަބީއުލް އައްވަލް 1353ހ. އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ސޮއި ކުރެއްވިއެވެ.

މިއިޞްލާހް  ކުރެވުނު ޤާނޫނޫ އަސާސީ (ފުރަތަމަ ޤާނޫނު އަސާސީ ފުރަތަމަ ފަހަރަށް އިސްލާޙު ކުރުމަށްފަހު ބަދަލު ކުރެއްވި ޤާނޫނު އަސާސީ) ގެ 72 ވަނަ މާއްދާ އިން 77 ވަނަ މާއްދާ އާއި ދެމެދު ލިޔެވިގެންވަނީ ޢަދުލު އިންޞާފު ޤާއިމު ކުރުމާބެހޭގޮތުން ލިޔެވިފައިވާ މާއްދާތަކެވެ. އަދި 22 ޑިސެމްބަރ 1932 ގައި ތަޞްދީޤު ކުރެވުނު ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ 80 ވަނަ މާއްދާގައި ” ޝަރީއަތް ހިންގާ މީހުންނީ ޝަރީއަތް ހިންގުމުގައި ޤާނޫނާއި ޚީލާފު ނުވާހާ ހިނދަކު މިނިވަން ބައެކެވެ. އެމީހުން ހިންގާ ޝަރީއަތެއްގެ ތެރެއަށް  އެހެން ބަޔަކަށް ނުވަދެވޭނެ އެވެ.”

މިފަދައިން އޮތް މާއްދާއަށް 05 ޖުލައި 1934މ ގައި ތަޞްދީޤު ކުރެވުނު ޤާނޫނުއަސާއިން ބަދަލު ގެންނަވާފައިވާކަން ފާހަގަ ކުރެވެއެވެ.

މިގޮތުން  05 ޖުލައި 1934މ ގައި ތަސްދީޤު ކުރެވުނު ޤާނޫނު އަސާސީ (ފުރަތަމަ ޤާނޫނު އަސާސީ ފުރަތަމަ ފަހަރަށް އިސްލާޙު ކުރުމަށްފަހު ބަދަލު ކުރެއްވި ޤާނޫނު އަސާސީ) ގެ 75 ވަނަ މާއްދާ ގައިވަނީ ” ޝަރީއަތް ހިންގާމީހުންނީ ދީނުގެ ޞައްޙަ މަގުމައްޗަށް ޝާފިޢީ މަޒްހަބަށް ޝަރިއަތް ހިންގުމުގައި މިނިވަން ކަން ލިބިގެންވާ ބައެކެވެ. މިމަގަށް އެބައިމީހުން ޝަރީއަތް ހިންގާހާ ހިނދަކު އެއިގެ ތެރެއަށް އެހެން މީހަކަށް ނުވަތަ ބަޔަކަށް ނުވަދެވޭނެ އެވެ.” [13]މިފަދައިންނެވެ.

އަދި މިޤާނޫނު އަސާސީގައި ފަނޑިޔާރު ބޭކަލުން އައްޔަން ކުރާނެ ގޮތް ބަޔާންކުރެވިފައިވާ ކަން ފާހަގަ ކުރެވެއެވެ.

މިގޮތުން މިޤާނޫނު އަސާސީގެ 73 ވަނަ މާއްދާގައިވަނީ ” ފަނޑިޔާރު ބެއިކަލަކު ޚިޔާރު ކުރައްވައި އިސްކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއާއި އެކު ކީރިތި މަހާރަދުންނެވެ.”އަދި ޝަރީއަތް ކުރާމީހުން ކަމުން ދުރު ކުރެވެނީ ނުވަތަ  އެއްތަނުން އަނެތް ތަނަށް ނަޤުލު ކުރެވޭނީ ޤާނޫނުގައި ބަޔާންވެގެންވާ ގޮތް ތަކުގެ މައްޗަށް ކަމަށް 76 ވަނަ މާއްދާގައި ބަޔާންވެގެން  ވެއެވެ. އަދި މިޤާނޫނު އަސާސީގެ 39 ވަނަ މާއްދާގައި ބަޔާންވެގެންވަނީ ” ޝަރީއަތުގެ ހުރިހާ ކަންތައް ހިނގާނީ ރަދުންގެ އަމުރު ފުޅުގެ މަތީން ރަދުންގެ އަމުރު ފުޅަށެވެ.”[14] މިފަދައިން ބަޔާންވެގެން ވުމުން ޢަދުލު އިންޞާފު ގެ ނިޒާމް އޮތީ މުތަޤިއްލު ނިޒަމެއްގެ ގޮތުގައި ނޫންކަމާއި ރަދުންގެ ކޮންޓްރޯލްގެ ދަށުގައި އަދުލު އިންސާފުގެ ނިޒާމް އޮތްކަން ދޭހަވެގެން ދެއެވެ.

މިޤާނޫނު އަސާސީއަށް (ފުރަތަމަ ޤާނޫނު އަސާސީ ފުރަތަމަ ފަހަރަށް އިސްލާޙު ކުރުމަށްފަހު ބަދަލު ކުރެއްވި ޤާނޫނު އަސާސީ) އަށް އިސްލާޙް ގެނެވުނީ 28 ޖެނުއަރީ 1940 ، 14 ޒުލް ޤައިދާ 1355 ގައެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ 5 ޖުލައި 1934 ގައި ފުރަތަމަ ފަހަރަށް އިޞްލާޙް ކުރުމަށްފަހު ބަދަލު ކުރެއްވި ޤާނޫނު އަސާސީގައި ހިމެނޭ ބައެއް ކަންތައް ތައް ރާއްޖެއަށް އެކަށޭނަ ރާއްޖޭގެ ތަރައްޤީއަށް ފަސޭހަވާނެ ގޮތަކަށް ބަދަލު ކުރައްވައި އިޞްލާޙް ކުރެއްވުމަށް އައްސުލްޠާން ޙަސަން ނޫރައްދީން އައްޘާނީ ދައުލަތުގެ ކަންތައް ހިންގެވުމަށް އިސްވެތިއްބެވި ވަޒީރުންގެ މަޖިލީހަށާއި،  ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވައިގެން އިސްލާޙް ކޮށް  28 ޖެނުއަރީ 1940 ، 14 ޒުލް ޤައިދާ 1355 އައްސުލްޠާން ޙަސަން ނޫރައްދީން އައްޘާނީ ތަޞްދީޤު ކުރެވުނު ޤާނޫނު އަސާސީގައިވަނީ 80 މާއްދާއެވެ.

އިސްވެ ދެންނެވުނު ޤާނޫނު އަސާސީގެ 70 ވަނަ މާއްދާއިންފެށިގެން 75 ވަނަ މާއްދާއާއި ދެމެދު ލިޔެވިފައިވަނީ ޢަދުލު އިންސާފު ޤާއިމް ކުރުމުގެ ދާއިރާ އާއި ބެހޭ (ފަނޑިޔާރު ބެއިކަލުންނާއި ބެހޭ ) މާއްދަތަކެވެ.

މިޤާނޫނުއަސާސީގައި ފަނދިޔާރު ބެއިކަލަކު ކަމުގައި ބުނެފައިވަނީ “ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އެންމެހާ ޝިޢާރުތައް ފާޅުކޮށް މީސްތަކުންގެ މެދުގައި ޢަދުލުއިންޞާފް ޤާއިމްކޮށް ޙައްދު ތަޢުޒީރު ޖަހައި ޝަރީއަތުގެ އެންމެހާ ކަންތައްތައް ބެލެހެއްތުމުގެ ވަލީ މަތި ކުރައްވާފައިވާ މީހަކީ ފަނޑިޔާރު ބެއިކަލެވެ” [15]

މިޤާނޫނުއަސާސީގެ ޢަދުލު އިންސާފު ޤާއިމު ކުރުމާބެހޭ ގޮތުން ލިޔެވިފައިވާ މާއްދާތަކަށް މާބޮޑު އިޞްލާހެއް އައިސްފައިވާ ކަން ފާހަގަގަ އެއް ނުކުރެވެއެވެ.

މިޤާނޫނު އަސާސީ އުވުނީ 31 ޖެނުއަރީ 1940 ގައި އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ޤާނޫނުއަސާސީ އާއި އަޙުކަމް ޢާއްމު އުވާލުމަށް ފާސްވުމާއި ގުޅިގެންނެވެ.

ދިވެހިރާއްޖޭގެ އަޙްކާމް ޢާއްމު

ރައްޔިތުންގެ މަޖިލީހުން އެކިއެކި މަޙުކަމާތަކުން ހިންގާ ކަންތައްތަކަށްބޭނުންވާ ގޮތުން ޟަރޫރަތުގެ މިންވަރަށް ޤާނޫނުތައް ހަދާ ފާސްވެ ރަދުން ތަޝްދީޤު ކކުރައްވާއި ފުމަށްދާންދެން އެކިއެކި މަޙްކަމާތަކުން ޢަމަލު ކުރުމަށްޓަކާ  11 ފެބުރުއަރީ 1937 ގައި ދިވެހިރާއްޖޭގެ އަޙްކާމް ޢާއްމު މިނަމުގައި ވަޒީރުލް އަޢުޡަމް ސޮއި ކުރައްވާ ފޮތެއް ނެރުއްވާފައި ވެއެވެ.

މަޙްކަމަތުއް ޝަރުޢިއްޔާ އުފެދުން

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގައި ޢަދުލުއިންސާފުގެ ދާއިރާ ވަކި ވުޒާރާއެއްގެ ގޮތުގައި ނުވަތަ މަޙްކަމާއެއްގެ ގޮތުގައި އުފައްދާފައި ނުވި ނަމަވެސް މިދެންނެވި ޤާނޫނު އަސާސީއަށް އިޞްލާހު ގެނެވި 05 ޖުލައި 1934 ގައި ތަޞްދީޤު ކުރެވުނު ޤާނޫނު އަސާސީގައި މަޙްކަމަތުއް ޝަރުޢިއްޔާގެ ނަމުގައި ވަކި ވުޒާރާއެއް އުފައްދަވާފައި ވެއެވެ.

ދިވެހިރާއްޖޭގެ އަހްކާމް ޢާއްމު 11 ފެބްރުއަރީ 1939 މިފޮތުގައި މަޙްކަމަތުއް ޝަރުޢިއްޔާ ގެ ކަންކަން ވަރަށް ތަފްޞީލް ކޮށްބަޔާން ކޮށްފައި ވެއެވެ. މިގޮތުން މަޙް ކަމަތުއް ޝަރުޢިއްޔާގެ ފުރަތަމަ މާއްދާގައި ލިޔެވިފައިވަނީ “ދިވެހި ރާއްޖޭގެ ޢަދުލު އިންސާފް ކުޅައުމާއިޝަރީއަތުގެ ފަރާތުން ޙަޖުރުވެވޭ ކޮންމެ އެއްޗެއް ބެލެހެއްޓުމާއި، މީޙުންގެ ހިބަތަކާއި ވަޤުފު ތަކާއި، ދަރަނި ތަކާއި، ގޮވައިތަކުގެ ފަތް ތައް ތައްޔާރު ކޮށްދިނުމާއި،މީހުންގެ އަމިއްލަ ބިންތައް ބަހައި ދިނުމާއި، ރިއަން އެޅުމާއި،ޝަރީއަތާއި ބެހޭ ހުރިހާ ކަމެއްގައި ދައުލަތަށް ލަފާ ދެންނެވުމާއި،މަޙްކަމަތުއް ޝަރުޢިއްޔާގެ އެންމެހާ ކަންތައްތައް ބެލެ ހެއްޓުމާއި،ރާއްޖޭގެ ރަށްރަށަން ނާއިބުން ފޮނުވުމާއިމިނަތަކެއްޗާއި ކިރާތަކެއްޗާއި، މުށުގައި (ކަޙްކަމަތުއް ޝަރުޢިއްޔާ) މިހެންލިޔެފައިވާ ސިއްކަ ޖެއްސުމާއި، މިކަންކަމުގެ ވެރިއަކީ ފަނޑިޔާރު ބޭކަލެ ކެވެ.”[16] އަދި މިއަޙުކާމް ޢާއްމު ގައި ބަޔާންވެގެންވާ ކަންކަމަށްބަލާއިރު ބަންޑާރަނައިބަކީވެސް މަޙުކަމަތުއް ޝަރުޢިއްޔާގެ ތެރޭގައި (ޖުޑިޝަރީ) ގެތެތޭގައި ހުންނަވާ ބޭކަލެއްކަން ވަރަށް ރަގަޅަށް އެގިގެންދެއެވެ. މިގޮތުން މިފޮތުގެ 10 ވަނަ މާއްދާގައި ބަޔާންވެގެންވަނީ “ބަންޑާރަ ނައިބަކީ މަޙްކަމަތުއް ޝަރުޢިއްޔާއަށް ޝަރީއަޔާއި ޤާނޫނުގެފަރާތުން ނަޞޭޙަތް ތެރިވެ މަޝްވަރާދޭން ހުރި މީހާއެވެ. ދައުލަތާއި އެހެންމީހަކާއި ނުވަތަ އެހެން ބަޔަކާއިދެމެދުގައި ޝަރީއަތެއް ޖެހިއްޖެނަމަ ދައުލަތުގެ ފަރާތުން އެޝަރީއަތެއްގެ ވަކީލަކު ކަމުގައި ވާނީ ބަންޑާރަނައިބެކެވެ.”[17]

މިފަދައިން އޮތުމުން އެގިގެންދާ އެއްކަމަކީ ބަންޑާރަނާއިބަކީ ޢަދުލު އިންސާފް ޤާއިމު ކުރުމުގެ މަޙްކަމާގެ ތެރޭގައި ހިމެނޭ މީހެއްކަމާއި، ދައުލަތާ ފަރުދުންނާއި ދެމެދު ހިންގާ ދައުވާތަކުގައި ދައުލަތް ތަމްސީލް ކުރަނީ ބަންޑާރަނައިބު ކަމަށްވެފައި ބަންޑާރަ ނައިބަކީ މަޙްކަމަތުއް ޝަރުޢިއްޔާއަށް ޝަރީއަޔާއި ޤާނޫނުގެފަރާތުން ނަޞޭޙަތް ތެރިވެ މަޝްވަރާދޭން ހުރި މީހާ ކަމުގައި ވުމުން މިފަދަ މައްސަލަ ތަކުގައި ޝަރީއަތުގެ ކުރިމަތީގައި ދެޚައްޞްމުން ހަމަހަމަ ކަން ޤާއިމް ވާނީ ކިހާވަރަކަށް ކަމާމެދު ސުވާލު އުފެދެއެވެ.

ރަށްރަށުގެ ނައިބުން

ޕިރާޑް ގެ ލިޔުންތަކުން ވެސް އެގެން އޮތް ގޮތުގައި ޕިރާޑް ރާއްޖެއަށް ވަޑައިގެންނެވި އިރުވެސް ރާއްޖޭގެ ރަށްރަށުގައި ނައިބުން ތިއްބަވައެވެ. ސަރުކާރުގެ އަޙްލާމް އާއްމުގެ މަޙްކަމަތުއްޝަރުޢިއްޔާ ގެ 11 ވަނަ މާއްދާގައި ރަށްރަށުގެ ނައިބުންނާއި ބެހޭ ގޮތުން ލިޔެވިގެންވަނީ “ރަށްރަށަށް ފޮނުވިފައި ތިބޭނާއިބުންނަކީރައްޔިތުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ދައުވާ ކުޅައުމުގެ ގޮތުންވާ ، އަރާރުންތައް މަޑުކޮށް ޞުއްޙަ ކުރުވައި ދީނުގެ ޝިޢާރުތައް ހިންގުވައި އިސްލާމްދީނުގެ ޝަރީޢަތުން ނިޔާ ކާވަނީގެ ކަންތައް ބަލަހައްޓައި، ޙައްދު ތަޢުޒިރު ޖެއްސުމަށް މަޙްކަމަތުއްޝަރުޢިއްޔާގެ ފަރާތުން ތިބޭ ބައެކެވެ. މިބައިމީހުންނަށް ނިންމާލާން ނޭންގިއްޖެ ކޮންމެ ޝަރީއަތެއް އެކަމުގެ ޚަބަރުތައް ރަގަޅަށް ލިޔުމާއި އެކު މަޙްކަމަތުއް ޝަރުޢިއްޔާއަށް ފޮނުވާނީއެވެ. ދެންމަޙްކަމަތުއް ޝަރުޢިއްޔާއިން އެންގިމަގަކަށް އެކަންކަން ނިންމާނީއެވެ.”[18]

ދިވެހި ރާއްޖޭގެ ދެވަނަ ޤާނޫނުއަސާސީ (23 އޭޕްރީލް 1942 މ.)

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ދެވަނަފަހަރަށް އިޞްލާޙް ކޮށް ޢަމަލު ކުރަމުން އައިސް 31 ޖެނުއަރީ 1940 ގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާއިން ފާސްކުރައްވާފައި ވަނީ ރާއްޖޭގެ ޙާލަތާއި، އެކަށީގެންނުވާތީ ޤާނޫނު އަސާސީއާއި އަޙްކާމް ޢާއްމާ އުވާލަން ކަމަށްވާތީ 31 ޖެނުއަރީ 1940 ގައި މިޤާނޫނު އަސާސީ އުވާލުވާމަށް ފަހު ޤާނޫނު އަސާސީ އެއްނެތި ދުވަސްތަކެއް ދިއުމަށްފަހު (6 ރަބީއުލް އާޚިރާ 1361ހ.) 23 އޭޕްރީލް 1942 މ. ދުވަހު 17 މާއްދާ އެކުލެވޭ އައު ޤާނޫނު އަސާސީއެއް ލިޔުއްވާ ދިވެހިރާއްޖޭގެ ރަދުން އައްސުލްޠާން ޙަސަން ނޫރައްދީނާއި ވަޒީރުލް އަޢުޡަމް އަލްއަމީރު މުޙައްމަދު ފަރީދު ދީދީ ތަޞްދީޤު ކުރައްވާ ހިންގަވަން ފެއްޓެވި އެވެ. އެހެން ކަމުން މިޤާނޫނު އަސާސީ އަކީ ދިވެހިރާއްޖޭގެ ދެވަނަ ޤާނޫނު އަސާސީއެވެ. މިޤާނޫޏު އަސާސީ އަށް ޢާއްމުކޮށް ލިޔާ އުޅޭނީ ކުޑަ ޤާނޫނު އަސާސީ އެވެ.

މިޤާނޫނު އަސާސީގެ އެންމެހާ މާއްދާތަކަށް ބަލާއިރު ޢަދުލު އިންސާފު ޤާއިމު ކުރުމާއި ބެހޭ (ޝަރުޢީ ނިޒާމާއިބެހޭ) އެއްވެސް މާއްދާއެއް މިޤާނޫނު އަސާސީގައި ހިމެނިފައި ނުވާ ކަން އެގެއެވެ.

މިފަދަ ކަމަކާ ކިރިޔަވެސް ގުޅުން ހުރި މާއްދާއެއް ކަމަށް ބެލެވޭ މާއްދާއަކީ މިޤާނޫނު އަސާސީެގެ 13 ވަނަ މާއްދާއެވެ. މިދެންނެވި މާއްދާގައި ވަނީ ” ޝަރީޢަތާއި ޤާނޫނާއި، ބެހޭ ކަމެއްގައި ރަދުންނަށް ލަފާދޭނީ ކޮމެޓީ އަކުންނެވެ. މިކޮމެޓީ އެކުލެވިގެންވަނީ ރަދުންނާއި، ވަޒީރުލް އަޢުޡަމު ޢައްޔަން ކުރައްވާ ދެ މެމްބަރުން ނާއި، ވަޒީރުއް ދާޚިލިއްޔާ އާއި، ޤާޟީގެ މައްޗަށެވެ.”[19]

ދެވަނަ ޤާނޫނުއަސާސީއަށް ފުރަތަމަ ފަހަރަށް އިޞްކލާޙް ގެނެވުނީ 31 މެއި 1951 ގައި ބޭއްވުނު ރައްޔިތުންގެ ޚާއްޞަމަޖިލީހުގެ ޖަލްސާއިންނެވެ. އަދި މިއިޞްލާޙްގެ ތެރޭގައި 17 މާއްދާގެ މައްޗަށް ލިޔެފައިވާ ޤާނޫނުއަސާސީ އަށް 53 މާއްދާ އިތުރު ކޮށް 70 މާއްދާއަށް ބަދަލު ކުރެވުނެވެ. މިގެނެވުނު އިޞްލާޙާއި އެކު އެކުލަވާލެވުނު ޤާނޫނުއަސާސީ 31 މެއި 1951 ގައި ތަޞްދީޤު ކުރެއްވީ ވަލީކޮމެޓީގެ ރައީސް މުޙައްމަދު އަމީނާއި، ވަލީ ކޮމެޓީގެ މެމްބަރު ޢަބްދުﷲ ފަހުމީއެވެ. މިޤާނޫނު އަސާސީ އުވުނީ 1 ޖެނުއަރީ 1953 ގައެވެ.

މިޤާނޫނުއަސާސީގެ 62 ވަނަ މާއްދާއިންފެށިގެން 66 ވަނަ މާއްދާއާއި ދެމެދު ލިޔެވިފައިވަނީ ޢަދުލު އިންސާފު ކުރުމާބެހޭ ގޮތުން ލިޔެވިފައިވާ މާއްދާތަކެވެ.

މިގޮތުން މިޤާނޫނުއަސާސީގެ 62 ވަނަ މާއްދާގައި ވަނީ ” ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އެންމެހާ ޝިޢާރުތައް ފާޅުކޮށް މީސްތަކުންގެ މެދުގައި ޢަދުލު އިންޞާފް ޤާއިމްކޮށް ޙައްދު ތައުޒީރު ޖަހައި  ޝަރީއަތުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމުގެ ވަލީ މަތިކުރައްވާ ފައިވާ މީހަކީ ފަނޑިޔާރު ބެއި ކަލެކެވެ. އެބޭކަލަކީ އެއްވެސް ޙާލެއްގައި ވަކިފަރާތަކަށް ޖެހިގެން ވާނޭ ބޭކަލެއްނޫނެވެ. ފަހެ އެބޭކަލަކީ ރާއްޖެ ތެރޭގައި ހިންގަމުންދާ  ސިޔާސީ  ޙަރަކާތް ތެރިކަމުން މުޅީން އެއްކިބާވެ ވަކިފަރާތަކަށް ނުޖެހި ހުންނަން ވާނެ ބެކަލެކެވެ.” [20]

މިޤާނޫނު އަސާސީގައި ފަނޑިޔާރުން އައްޔަން ކުރުރުމާބެހޭ ގޮތުން ބުނެފައިވަނީ “ފަނޑިޔާރު ބޭކަލަކު އިޚްތިޔާރު ކުރައްވައި އިސްކުރައްވާނީ ރައްޔިތުންގެމަޖިލީހުގެ މަޝްވަރާއާއި އެކު ކީރިތި މަހާރަދުންނެވެ.” (63 ވަނަ މާއްދާ) އަދި ފަނޑިޔާރުން ވަކި ކުރުމާބެހޭ ގޮތުން ބުނެފައިވަނީ ” ޝަރީއަތް ކުރާމީހުން ކަމުންދުރު ކުޅައުމާއި، އެމީހުން އެއްތަނުް އަނެއްތަނަށް ނަޤުލު ކުރެވޭނީ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މައްޗަށެވެ.” (65 ވަނަ މާއްދާ) [21] އަދި “ޝަރީއަތް ހިންގާ މީހުންނީ ދީނުގެ ޞައްޙަ މަގު މައްޗަށް ޝާފިޢީ މަޒްހަބަށް ޝަރީއަތް ހިންގުމުގައި މިނިވަން ކަން ލިބިގެންވާ ބައެކެވެ. މިމަގަށް މިބައި މީހުން ޝަރީއަތް ހިންގާހަ ހިނދަކު އެއިގެ ތެރެއަށް އެހެން މީހަކަށް ނުވަތަ ބަޔަކަށް ނުވަދެވޭނެ އެވެ. ނަމަވެސް މަޙްކަމަތުއް ޝަރުޢިއްޔާ އިން ނިންމި ޤަޟިއްޔާ އެއް ޢަދުލު އިންސާފުން އެއްކިބާވެފައިވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ އެކަމަށްޓަކާ އޮންނަ ޚާއްޞަ ކޮމެޓީއަކަށް އިސްތިޢުނާފު ކުޅައުމުގެ ޙައްޤު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ. މިނަންގަތް ކޮމެޓީ އެކުލެވިގެންވަނީ ފަނޑިޔާރު ބެއިކަލަކާއި، ވަޒިރުލް އަޢުޡަމް އާއި، ރައްޔިތުންގެ މަޖިލިސްގެ ފަރާތުން އިންތިޚާބު ކޮށްފައި ހުންނަ ދީނުގެ ޢިލްމު ވެރިއެއްގެ މައްޗަށެވެ.” މިފަދައިން މިޤާނޫނުއަސާސީގެ 64 ވަނަ މާއްދާގައި ލިޔެވިގެންވެއެވެ.

މިޤާނޫނުއަސާސީ ގައި ޢަދުލު އިންޞާފު ޤާއިމު ކުރުމާބެހޭ އެންމެހާ މާއްދާތަކަށްބަލާއިރު މީގެ ކުރީގެ ޤާނޫއަސާސީ ތަކާއި މާބޮޑު ތަފާތެއް ނެތެވެ. ނަމަވެސް ފާހަގަ ކުރެވޭ އެއްކަމަކީ ފަނޑިޔާރު ކަން ކުރާމީޙުންނަކީ ސިޔާސީ ޙަރަކާތް ތަކުން މުޅީން އެއްކިބާވެގެން ވާ ބައެއްކަމުގައި ވާންޖެހޭ ކަމަށް ބަޔާންވެގެން ވާކަމެވެ. އަދި މިޤާނޫނު އަސާސީގައި އިސްތިއުނާފް ކޮމެޓީއެއް ގެވާހަކަ ބަޔާން ކޮށްފައިވާ ކަމާއި، މިދެންނެވި އިސްތިއުނާފް ކޮމެޓީ އެކުލެވިގެންވާ ގޮތުގެ މައްޗަށް ބަލާއިރު އެކޮމެޓީ އެކުލެވިފައިވަނީ ފަނޑިޔާރު ބެއިކަލަކާއި، ވަޒިރުލް އަޢުޡަމް އާއި، ރައްޔިތުންގެ މަޖިލިސްގެ ފަރާތުން އިންތިޚާބު ކޮށްފައި ހުންނަ ދީނުގެ ޢިލްމު ވެރިއެއްގެ މައްޗަށް ކަމުން މިކޮމެޓީ އަކީ މިކަމަށް އެކަށީގެންވާ ކޮމެޓީއެއް ނޫންކަމުގައި ދެންނެވުމުގެ ޖާގައެއް އޮތްކަމަކަށް ނުފެނެ އެވެ. މިޤާނޫނުއަސާސީ އުވުނީ 01 ޖެނުއަރީ 1953 ގައެވެ.

ދިވެހި ރާއްޖޭގެ ތިންވަނަ ޤާނޫނުއަސާސީ (1 ޖެނުއަރީ 1953)

ދިވެހިރާއްޖޭގެ ދެވަނަ ޤާނޫނއަސާސީ ދެވަނަ ޤާނޫނު އަސާސީ އުވުނީ ދިވެހި ރާއްޖޭގައި ފެށުނީއްސުރެ ހިނގަމުންއައި ރަސްކަން ޖުމުހޫރިއްޔަތަކަށް އަނބުރާލުމަށް ދިވެހިރާއްޖޭގެ ރައްޔިތުން ޤަބޫލުކޮށް އައު ޤާނޫނު އަސާސީއެއް އެކަށައެޅުމަށް ދިވެހި ރައްޔިތުން އެކަށައެޅުމާއި ގުޅިގެންނެވެ. އެހެންކަމުން އަލަށް ލިޔެވުނު ޤާނޫނު އަސާސީއަކީ ދިވެހިރާއްޖޭގެ ތިންވަނަ ޤާނޫނު އަސާސީއެވެ. މިޤާނޫނު އަސާސީ ތަޞްދީޤު ކުރެއްވީ ފުރަތަމަ ދިވެހި ޖުމުހޫރިއްޔާގެ ވަލިއްޔުލް އަމުރު އަލް އަމީރު މުޙައްމަދު އަމީން ދޮސިމޭނާ ކިލެގެފާނު 1 ޖެނުއަރީ 1953 (14 ރަބީއުލް އާޚިރާ1373) ގައެވެ. މިޤާނޫނު އަސާސީގައިވަނި 30 މާއްދާއެވެ. މިޤާނޫނުއަސާސީ ދެމި އޮތީ 21 އޯގަސްޓް 1953 ގެ ނިޔަލަށެވެ. މިޤާނޫނު އަސާސީއާއި އެކުގައި ސެނެޓަރުން އިންތިޚާބު ކުޅައުމުގެ ޤާނޫނުވެސް ހިމެނިފައި ވެއެވެ.

މިޤާނޫނު އަސާސީގެ 29 ވަނަ މާއްދާ (ފަނޑިޔާރުގެ) ގައި ބަޔާންވެގެންވަނީ “(ހ). ދިވެހިރާއްޖޭގައި ފަނޑިޔާރުގެ އެއް ހުންނަން ވާނެ އެވެ. ފަންޑިޔާރުގެގެ ވެރިން އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރު ބެކަލަ ކާއި، އެފަހަރަކު ޤާނޫނުގައި ކަނޑައެޅިގެންވާ ޢަދަދެއްގެ ނައިބު ބެކަލުންގެ މައްޗަށެވެ. “(ށ). އުއްތަމަ ފަނޑިޔާރު ބެކަލަކާއި، ނައިބު ބޭކަލުން ޢައްޔަން ކުރާނީ ވަލިއްޔުލް އަމްރެވެ.” މިފަދައިންނެވެ. ވުމާއެކު މިޤާނޫނު އަސާސީގައި ފަނޑިޔާރުގެ އެއްގެ ވާހަކަ އާއި އުއްތަމަ ފަނޑިޔާރެއްގެ ވާހަކަ ބަޔާން ކޮށްފައި ވުމަކީ ޝަރުޢީ ނިޒާމަށް އައި ހެޔޮ ބަދަލެއްކަމުގައި ވެގެން ދާނެކަމަށް ފެނެ އެވެ.

ދިވެހި ރާއްޖޭގެ ހަތަރުވަނަ ޤާނޫނު އަސާސީ (7 މާރޗް 1954)

ދިވެހި ރާއްޖޭގެ ތިންވަނަ ޤާނޫނުއ އަސާސީ އުވުނީ 21 އޯގަސްޓް 1953މ. ގައި ގެނެވުނު އިންޤިލާބަކާއި ގުޅިގެން ރާއްޖޭގެ ވެރިކަން އަލުން ރަސްކަމަކަށް ބަދަލުވުމުގެ ސަބަބުން 31 ޖެނުއަރީ 1954 (25 ޛުލްޙައްޖާ 1373 ) ގައެވެ. އެއީ ރައްޔިތުންގެ ޚާއްޞަ މަޖިލިސްއިން ދިވެހި ރަސްކަމާއި ގުޅޭގޮތުން ފާސްކުރެއްވި އައު ޤާނޫނުއަސާސީ 7 މާރޗް 1954 ،(1 ރަޖަބު 1373) ގައި ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލް ކީރިތި މަހާރަދުން ތަޞްދީޤް ކުރެއްވުމާއި ގުޅިގެންނެވެ. އެހެން ކަމުން މިއީ ދިވެހި ރާއްޖޭގެ 4 ވަނަ ޤާނޫނު އަސާސީ އެވެ. މިޤާނޫނު އަސާސީ ގައި ވަނީ 84 މާއްދާއެވެ.[22]

މިޤާނޫނު އަސާސީގެ 72 ވަނަ މާއްދާއިންފެށިގެން 77 ވަނަ މާއްދާގެ ނިޔަލަށް ވަނީ ފަނޑިޔާރު ބޭކަލުން ނާބެހޭ (ޝަރުޢީނިޒާމާބެހޭ) މާއްދާތަކެވެ. ޝަރުޢީނިޒާމާބެހޭ ގޮތުން މިޤާނޫނު އަސާސީގައި ލިޔެވިފައިވާ އެންމެހާ މާއްދާތަކަށްބަލާއިރު ދެވަނަ ޤާނޫނު އަސާސީ ގައިޝަރުއީ ނިޒާމް އޮތް  ގޮތާ މާބޮޑު ތަފާތެއް އޮތް ކަމަކަށް ނުބެލެވެއެވެ.

ދިވެހިރާއްޖޭގެ 4 ވަނަ ޤާނޫނުއަސާސީ އިޞްލާޙް ކުރުމަށް 20 މެއި 1964 ގައި ޚާއްޞަ މަޖިލީސްއިން ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީ އިޞްލާޙްކޮށް ހިންގަން ފެށީ 4 ޖޫން 1964މ. ގައެވެ. މިފަހަރު ޤާނޫނުއަސާސީ އަށް ގެނައި އިޞްލާޙް ކުރުމުން ޤާނޫނު އަސާސީގައި ވަނީ 77 މާއްދާއެވެ. މިޤާނޫނު އަސާސީ ތަޞްދީޤު ކުރެއްވީ އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް ކީރިތި މަހާރަދުންނެވެ.

މިޤާނޫނުއަސާސީ ގައި “ފަނޑިޔާރު ބެކަލަކު” މިސުރުޚީގެ ދަށުގައި ލިޔެފައިވާ ޝަރުއީނިޒާމާބެހޭ އެއްވެސް މާއްދާއަކަށް ބަދަލެއް ނުވަތަ އިޞްލާހެއް އައިސްފައި ވާކަމަކަށް ފާހަގަ އެއް ނުކުރެވެއެވެ.

ދިވެހިރާއްޖޭގެ 4 ވަނަ ޤާނޫނުއަސާސީއަށް ދެވަނަ ފަހަރަށް އިޞްލާޙް ގެނެވިފައި ވަނީ 8 ޖުލައި 1967މ. ދުވަހުގެރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިންނެވެ. މިގެނެވުނު އިޞްލާޙްގައި 77 މާއްދާ 74 މާއްދާއަށް ވަނީ ބަދަލު ވެފައެވެ. އިޞްލާޙް ކުރެވުނު މިޤާނޫނުއަސާސީއަށް ޢަމަލު ކުރަންފެށީ 10 ޖުލައި 1967 ގައެވެ. ތަޞްދީޤު ކުރެއްވި ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލެވެ. މިޤާނޫނުއަސާސީ އުވުނީ ދިވެހިރާޖެ ދެވަނަ ފަހަރަށް ޖުމުހޫރިއްޔާއަކަށް ބަދަލު ކުރުމަށް ހަމަޖެހުމައި ގުޅިގެން ނެވެ. 4 ވަނަ ޤާނޫނުއަސާސީ އުވުނީ 15 ޖުލައި 1968 މ. ގައި އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން މިޤާނޫނު އަސާސީ އުވަލުމަށް ފާސްކޮށް 11 ނޮވެމްބަރ 1968 ގައި އައު ޤާނޫނު އަސާސީއަށް ޢަމަލް ކުރަން ފެސުމާއި ގުޅިގެންނެވެ.

މިޤާނޫނުއަސާސީގައި “ޢަދުލު އިންޞާފް ޤާއިމްކުރުން” މިސުރުޚީގެ ދަށުގައި ލިޔެވިފައިވަނީ 3 މާއްދާއެވެ، އެއީ 66 ވަނަމާއްދާއިން ފެށިގެން 68 ވަނަ މާއްދާގެ ނިޔަލަށެވެ.

މިޤާނޫނު އަސާސީގެ 66 ވަނަމާއްދާގައިވަނި “ދިވެހިރާއްޖޭގައި މީސްތަކުންގެ މެދުގައި  ޢަދުލުއިންޞާފް ޤާއިމްކޮށް ޝަރީއަތުގެ އެންމެހާ ކަންތައްތައް ހިންގާނީ ދައުލަތުން އެކަމަށް އިސްކޮށްފައި ތިބޭ ބައެކެވެ.”

67 ވަނަ މާއްދާގައިވަނީ ” މަޙްކަމަތުއް ޝަރުޢިއްޔާއިން ނިންމާ އެކިއެކި ޤަޟިއްޔާ ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތުގެ މަތީން އިސްތިޢުނާފް ކުޅައުމުގެ ޙައްޤު ރައްޔިތުންނަށް ލިބިގެންވެއެވެ.”

68 ވަނަ މާއްދާގައިވަނީ ” ކޮންމެ ކަހަލަ ޤަޞިއްޔާއެގައި ނަމަވެސް ވަކީލުން ގެންދިއުމަކީ ހުއްދަ ކަމެކެވެ. ވަކީލެއްކަމުގައި ވެވޭނީ ދައުލަތުގެ ފަރާތުން އެކަމަށްޓަކާ ކަނޑައަޅާ އިމްތިޙާން އަކުންފާސްވެ ސަނަދު ލިބިފައިވާ މީހަކަށެވެ.”

ދިވެހިރާއްޖޭގެ 5 ވަނަ ޤާނޫނު އަސާސީ (11ނޮވެމްބަރ 1968)

ދިވެހި ރާއްޖޭގައި އޮންނަން ފެންންނީ ރަސްކަމެއްތޯ ނުވަތަ ޖުމުހޫރިއްޔަތެއްތޯ ބެލުމަށް 15 މާރޗް 1968 ގައި ނެގި ޢާއްމު ވޯޓުގެ އަޣުލަބިއްޔަތުން ދިވެހިރައްޔިތުން އެދޭގޮތެއްކަމުގައި ފެނުނީ ރަސްކަމަށްވުރެ ޖުމުހޫރިއްޔާ އެކެވެ.

މިޤާނޫނު އަސާސީއަކީ ދިވެހިރާއްޖޭގެ ރަސްކަން އުވި ޖުމުހޫރިއްޔާ އެއް ޤާއިމްވުމާގުޅިގެން އުފެދުނު ދިވެހިރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ޤާނޫނު އަސާސީ އެވެ. މިޤާނޫނުއަސާސީ އަށް ޢަމަލް ކުރަން ފެށުނީ 11 ނޮވެމްބަރ 1968 ދުވަހުން ފެށިގެންނެވެ. މިޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތުން (ދެފަހަރެއްގެ މަތީން އިޞްލާޙް ކުރެވިގެން ރާއްޖޭގައި ހިނގަމުންއައި ) 10 ޖުލައި 1967 ގައި ތަޞްދީޤު ކުރައްވާ ފައިވާ (4ވަނަ) ޤާނޫނު އަސާސީ 11 ނޮވެމްބަރ 1968 ދުވަހުން ފެށިގެން ބާޠިލްވީ އެވެ.

މިޤާނޫނު އަސާސީ އަކީ  ދިވެހިރާއްޖޭގައި ހިންގުނު 5 ވަނަ ޤާނޫނުއަސާސީ އެވެ. މިޤާނޫނު އަސާސީގައި ވަނީ 91 މާއްދާއެވެ.

މިޤާނޫނު އަސާސީ ތަސްދީޤު ކުރެއްވި ލިޔުން މިޤާނޫނު އަސާސީގައި ހިމެނިފައެއް ނުވެއެވެ.

މިޤާނޫނު “އަސާސީގައި ޢަދުލު އިންޞާފް ޤާއިމް ކުރުން” މިސުރުޚީގެ ދަށުގައިވަނީ އެންމެ ދެމާއްދާއެވެ.

މިގޮތުން މިޤާނޫނުއަސާސީގެ 90 ވަނަ މާއްދާގައިވަނީ: ” ޢަދުލު އިންޞާފް ޤާއިމްކުރުމާއި، ޝަރީއަތުގެ އެންމެހާ ކަންތައް ތައް ހިންގާނީ  ރައީސުލް ޖުމުހޫރިއްޔާ އިސްކުރާބައެކެވެ.”

91 ވަނަ މާއްދާގައިވަނީ މިޤާނޫނު އަސާސީ އާއި ޚިލާފަށް އެއްވެސް ޤާނޫނުނެއް ހަދައިގެން ނުވާނެ އެވެ.”

މިޤާނޫނު އަސާސީ (ފަސްވަނަ ޤާނޫނުއަސާސީ) އަށް 23 އޭޕްރީލް 1970 ގައި ފުރަތަމަ ފަހަރަށް އިޞްލާޙް ކޮށް 91 މާއްދާއަށް އެކަށައެޅިފައިވާ ޤާނޫނުއަސާސީ 89 މާއްދާއަށް ބަދަލު ކުރެވުނެވެ. މިޤާނޫނުއަސާސީ އަށް ގެނެވުނު ބަދަލު ތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގައި ފުރަތަމަ ފަހަރަށް ވަޒިރުލް އަޢުޡަމްގެ މަޤާމު އުފެދުނެވެ. މިގެނައި އިޞްލާޙް ތަކަށް ޢަމަލު ކުރަން ފަށާފައިވަނީ 26 އޭޕްރީލް 1970 ގައެވެ. އަދި މިޤާނޫނުއަސާސީއަށް (ފަސްވަނަ ޤާނޫނު އަސާސީ) ދެވަނަ އިޞްލާޙް ގެނެވިފައިވަނީ 2 ފެބުރުއަރީ 1972  ދުވަހުން ފެށިގެންނެވެ. އަދި މިއިޞްލާޙް ތަކަށް ޢަމަލު ކުރަން ފެށީ 1 އޯގަސްޓް 1972 ދުވަހުން ފެށިގެންނެވެ. 2 ފެބްރު އަރީ 1972 ގެ  އިޞްލާޙާއިއެކުގައިވެސް ޤާނޫނު އަސާސީ ގެ މާއްދާގެ ޢަދަކީ 89 އެކެވެ.

މިޤާނޫނު އަސާސީއަށް 23 އޭޕްރީލް 1970 ގައި ފުރަތަމަ ފަހަރަށް ގެނެވުނު އިޞްލާޙް ތަކާއެކު ވަކީން ޗާޕްކޮށް ފައި ވާކަމަކަށް ނުފެނެ އެވެ. ނަމަވެސް ފުރަތަމަ އިޞްލާޙް ތަކާއި 2 ފެބްރުއަރީ 1972 ގައި ދެވަނަ ފަހަރަށް ގެނެވުނު އިޞްލާޙް ތަކާއި އެކު 1 މާރޗް 1972 ގައި ޗާޕް ކޮށްފައި ވެއެވެ.

މިޤާނޫނުއަސާސީ ތަޞްދީޤު ކުރެއްވި ކަމުގެ ލިޔުމެއް މިޤާނޫނު އަސާސީ އަކު ހިމެނިފައެއް ނުވެއެވެ.

މިޤާނޫނު އަސާސީ އަށް މިގެނައި ބަދަލުގެ ތެރޭގައި ޢަދުލު އިންޞާފާއި ބެހޭގޮތުން ހެދިފައިވާ މާއްދާ ތަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ދިވެހި ރާއްޖޭގެ ފަސްވަނަ ޤާނޫނު އަސާސީ އަށް ފުރަތަމަ އަދި އެވަނަ އަށް ގެނައި އިޞްލާޙް ތަކާއި އެކު ހިނގަމުން އައި ޤާނޫނު އަސާސީއަސް 3 ވަނަ ފަހަރަށް އިޞްލާޙް ގެނެވިފައިވަނީ 15 އޭޕްރީލް 1975 ދުވަހުގެ ރޭ ރައްޔިތުންގެ ޚާއްޞަ މަޖިލީހުންނެވެ. އަދި 3 ވަނަ ފަހަރަށް އިޞްލާޙް ކުރި ޤާނޫނު އަސާސީގައި ވަނީ 86 މާއްދާއެވެ.

އިޞްލާޙް ކުރެވުނު މިޤާނޫނު އަސާސީގައި ޢަދުލު އިންޞާފް އާއި ބެހޭ ގޮތުން ލިޔެވިފައިވާ މާއްދާއަކަށް ބަދަލެއް އައިސްފައި ނުވާކަން ފާހަގަ ވެގެން ދެއެވެ.

މިޤާނޫނުއަސާސީއަށް މި އިސްލާޙް ގެނެވިގެން ދިޔައިރުގައިވެސް 11 ނޮވެމްބަރ 1968 ގައި ޢަމަލުކުރަން ފެށިއިރު ޤާނޫނުއަސާސީގައި އަދުލުއިންސާފު ގާއިމްކުރުމުގެ ކަންތައް ބަޔާންކޮށްފައިވާގޮތަށް ދެމިގެން އައިސްފައިވެއެވެ. މިޤާނޫނުއަސާސީ އުވުނީ 1997 ގައެވެ.

ހަވަނަ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނީ 27 ނޮވެމްބްރ 1997 ގައެވެ. މިޤާނޫނުއަސާސީ އެކުލެވިގެންވަނީ 156 މާއްދާއެވެ.

މިޤާނޫނުއަސާސީގެ 08ވަނަ ބާބު: ޝަރީޢަތް ހިންގާ ފަރާތް (1) ހައިކޯޓް، 112ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ހައިކޯޓެއް ހުންނަންވާނެއެވެ. މިހައިކޯޓް އެކުލެވިގެންވާނީ އުއްތަމަފަނޑިޔާރާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޢަދަދެއްގެ ފަނޑިޔާރުންގެ މައްޗަށް ކަމަށާއި، މިފަނޑިޔާރުން އިސްކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ބަޔާންކޮށްފައިވެއެވެ.

މިޤާނޫނުއަސާސީގެ 115ވަނަ މާއްދާގައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާ ޤަޟިއްޔާތަކުގެ ތެރެއިން އިސްތިޢުނާފަށް ހުށަހެޅޭ ޤަޟިއްޔާތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޤަވާޢިދެއްގެމަތިން ބަލާނީ ހައިކޯޓުންނެވެ. އަދި ދަވްލަތުން ދަޢުވާކުރާ މައްސަލަތަކުގެ ތެރެއިން ހައިކޯޓުން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޤަޟިއްޔާތައް ބަލާނީ ހައިކޯޓުންނެވެ.

މިޤާނޫނުއަސާސީގެ 117ވަނަ މާއްދާގައިވާގޮތުން އުއްތަމަފަނޑިޔާރާއި ހައިކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވެއެވެ.

ޤާނޫނުއަސާސީގެ 09ވަނަ ބާބު: ޝަރީޢަތް ހިންގާ ފަރާތް (2) ކޯޓް، 118ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޢަދަދަކަށް ކަނޑައަޅާ ތަނެއްގައި ޝަރީޢަތް ހިންގާ ކޯޓުތައް އުފެއްދިދާނެ ކަމަށާއި، ކޯޓުތަކުގެ ފަނޑިޔާރުން އިސްކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައިވެއެވެ. އަދި 121ވަނަ މާއްދާގައި ކޯޓުތައް ހިންގުމާއިބެހޭ އަމުރުތަކާއި، ފަނޑިޔާރުންގެ ސުލޫކާއިބެހޭ އަމުރުތައް ކުރުމުގެ ބާރު އެކަން ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާ ފަރާތަކަށް ލިބިގެންވާކަމުގައި ބުނެފައިވެއެވެ. ހަމަމިއާއިއެކު 123ވަނަ މާއްދާއިން ކޮންމެ ކޯޓެއްގެ ފަނޑިޔާރަކު …..ވައިކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވެއެވެ.

މިޤާނޫނުއަސާސީ ގައިވާގޮތުން ޝަރީޢަތް ހިންގުމުގެ ކަންތައް ދެމަރުޙަލާގެ ކޯޓުތަކަކަށް ބެހިގެންވެއެވެ. އަދި ހައިކޯޓެއް އުފެދި އެކޯތު އެކުލެވިގެންވަނީ އުއްތަމަފަނޑިޔާރަކާއި ފަނޑިޔާރުންގެ މައްޗަށްކަން އެނގެއެވެ. އަދި ކޯޓުތަކުން ނިންމާ ޤަޟިއްޔާތައް އިސްތިއުނާފުކުރުމުގެ ބާރު ހައިކޯޓަށް ލިބިދީފައިވެއެވެ. އަދި ހައިކޯޓަކީ ދަވްލަތުގެ ފަރާތުން ދަޢުވާކުރާ ކަންތަކުގެ ތެރެއިން ހައިކޯޓުން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޤަޟިއްޔާތައް ހައިކޯޓުން ބެލެމަށް އޮތުމުން ހައިކޯޓަކީ ވަކިބާވަތެއްގެ ޤަޟިއްޔާތައް ބެލުމުގެ ފުރަތަމަ މަރުހަލާގެ ކޯޓަކަށްވެސް ވެގެންދާގޮތްވެއެވެ.

މިޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ދަވްލަތް ހިންގުމުގެ ބާރުތައް ވަކިވަކިން ނަންލިޔެ ބަޔާންކުރުމުގައި ވެރިކަން ހިންގުމުގެ ބާރު އާއި ޤާނޫނު ހެދުމުގެ ބާރާއި އަދުލުއިންސާފުގާއިމްކުރުމުގެ ބާރު އެއީ ވަކި ބާރުތަކެއްކަމުގައި ލިޔެފައިވެއެވެ. އަދި މިމާއްދާގައި ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރުންގެ މަޖިލީހަށް ކަމަށާއި، ޤާނޫނު ހެދުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެމަޖިލީހަށާއި ރައްޔިތުންގެ ޚާއްޞަމަޖިލީހަށް ކަމަށާއި، އަދި އަދުލުއިންސާފުގާއިމްކުރުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހިރާއްޖޭގެ ޝަރުޢީކޯޓުތަކަށް ކަމަށް ބުނެފައިވެއެވެ.

މިހެންވުމުން މިޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގައި ދެމަރުހަލާގެ ކޯޓުތަކަކަށް ޝަރީޢަތް ހިންގުމާއި އަދުލުއިންސާފުގާއިމްކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ކޯޓުތަކަށް ލިބިގެން ދިއައީއެވެ.

މިހެންވުމުން ދަވްލަތުގައި ތިންނަމެއް ކިޔޭގޮތަށް ތިންބާރެއް ލިޔެވިފައިއޮތަސް އަދުލުއިންސާފުގާއިމްކުރުމުގެ ބާރު މިވަނީ އަނެއްކައި ދެބަޔަކަށް ބައިވެގެންވާގޮތަށް ބުނެފައެވެ. އެއީ އަދުލުއިންސާފުގާއިމްކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ލިބިދީފައި ކަނޑައެޅިގެން އޮތްއޮތުމުންނެވެ. އަދި ހަމަ މިއާއިއެކު ކޯޓުތަކުގެ ފަނޑިޔާރުން އިސްކުރުމާއި ވަކިކުރުމުގެ ފުލްބާރު އެއްވެސް ގަވާޢިދެއްނެތި އިޚްތިޔާރަށް ރައީސުލްޖުމްހޫރިއްޔާއަކަށް ދީފައިއޮތުމެވެ. މިއީ އެގްޒެކްޓިވްޓާންގެ ތެރެއިން އަދުލުއިންސާފު ވަކިކުރުމުގެ ބާރު ވަކިވެގެން ފުރިހަމަގޮތުގައި އައިސްފައި ނުވާކަމަށް ބެލެވެން އޮތްކަމެކެވެ. އަދި ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ސުލޫކު ބެލެހެއްޓުމާއި ކޯޓުތަކުގެ ހިނގުން އެގްޒެކްޓިވްގެ ތެރޭގައި އޮތްއޮތުމާއިވެސް މިކަން އިތުރަށް ސާފުވެގެން އަންނަކަމެކެވެ.

ހަމަމިގޮތަށް އުއްތަމަފަނޑިޔާރަކީ ކޮންދައުރެއް އޮތް ފަނޑިޔާރެއްކަމެއް އެނގޭކަށްވެސް ނެތެވެ. އަދި އުއްތަމަފަނޑިޔާރަކީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުކަމަށް ބުނެފައެއްވެސް ނެތެވެ. މިހެންވީމާ ހައިކޯޓާއި ދަށުކޯޓު ހިންގުމުގެ ކަންތައް އޮތީވެސް ތަފާތު ދެފަރާތެއްގެ ދަށުގައެވެ. ހައިކޯޓު ހިނގަމުން އައީ އިދާރީގޮތުން ރައީސްއޮފީހުގެ ދަށުން ކަމަށާއި، ރަށުކޯޓުތައް އައީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުން ކަމުގައި ވެގެންދިޔައެވެ. ދަށުކޯޓުތައް ބެލެހެއްޓުމާއި ޙަވާލުވެ ހުރީ ވަޒީރެކެވެ. ޝަރީޢަތްކުރާ ފަރާތް ސިޔާސީގޮތުން ވަކިވެގެން އޮތްކަމަށް ބެލެވޭކަށް ފެންނާކަށްނެތެވެ. ކަން ހިނގަމުން އައިގޮތަކަށް ވީވެސްމިގޮތެވެ.

މިޤާނޫނުއަސާސީގައި މިކަން މިގޮތަށް އޮއްވައި ދެން ޢަމަލުކުރަން ފެށުނީ 2008 ގައި 07ވަނަ ޤާނޫނުއަސާސީ އަކަށެވެ. މިޤާނޫނުއަސާސީގައި ދަވްލަތުގެ ބާރުތަކުގެ ތެރެއިން އަދުލުއިންސާފުގާއިމްކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށް ކަމުގައި 07ވަނަ މާއްދާގައި ބަޔާންކޮށްފައި އޮވެއެވެ.

މިހާރު ޢަމަލު ކުރެވެމުންދާ ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީ

ދިވެހިރާއްޖޭގައި  ޢަމަލު ކުރެވެމުންދިޔަ މައްޝްހޫރު ނޫޤާނޫނު އަސާސީ އުވި 7 އޮގަސްޓްް 2008 ވަނަ ދުވަހު ޢަމަލު ކުރަންފެސި ޤާނޫނު އަސާސީ އަކީ މިހާތަނަށް ދިބެހިރާއްޖޭގައި ހެދުނު އެންމެ ބޮޑު ޤާނޫނު އަސާސީ އެވެ. މީގެ ކުރިން ދިވެހިރާއްޖޭގައި ތައާރަފް ވެފައިނުވާ މުޅީން އާ މަފްހޫމް ތަކެއް މިޤާނޫނު އަސާސީން ވަނީ ދިވެހިރާއްޖެއަށް ތަޢާރަފް ކޮށްދީފައެވެ. މިޤާނޫނު އަސާސީ އަކީ ދިވެހިން އަމިއްލަ އަށް އުފައްދާފައިވާ ދިވެހި ވަންތަ ޤާނޫނު އަސާސީއެއްކަމުގައި ދެންނެވުމަކީ އެންމެ ރަގަޅު ގޮތް ކަމުގައި ނުވެދާނެއެވެ. މިޤާނޫނު އަސާސީ އަކީ ރާއްޖެއިންބޭރުން އިންޕޯޓް ކޮށްފައިވާ މަފްޙޫމް ތަކެއް މައިގަނޑަކަށް ބަލައިގެން ހެދިފައިވާ ޤާނޫނު އަސާސީ އެއްކަމުގައި ދެންނެވުމަކީ މިޤާނޫނު އަސާސީ ހެއްދެވި ބޭފުޅުންނަށް ވެވޭ ބޭއިންސާފެއްކަމަކަށް ވެސް ނުދެކެމެވެ.

މިޤާނޫނު އަސާސީ އަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނަޒާމަށް އިންޤިލާބެއް ގެނުވި ޤާނޫނު އަސާސީ އެއް ކަމުގައި ދެންނެވިދާނެއެވެ.

މިގޮތުން މިޤާނޫނު އަސާސީގައި ފުރަތަމަފަހަރަށް ދައުލަތުގެ ތިންބާރު ވަކިވެ އެތަނުން އެއްބާރުގެ ގޮތުގައި ޢަދުލު އިންސާފު ކުރުމުގެ ބާރު ހަމަޖެހިގެން ދިޔައެވެ. އަދި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕްރީމް ކޯޓެއް އުފެދި ޖުޑިޝަރީގެ އެންމެ އިސްކޯޓަކީ ސްޕްރީމް ކޯޓްކަމުގައި ހަމަޖެހި “ޢަދުލު އިންސާފް ޤާއިމް ކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ސްޕްރިމް ކޯޓަށާއި، ހައިކޯޓަށާއި، ޤާނޫނަކުން ކަނޑައަޅާފައިވާ ދަށުކޯޓް ތަކަށް” ކަމުގައި ކަނޑައެޅިގެން ދިޔައެވެ. [23] އަދި ޢަދުލު އިންސާފް ޤާއިމްކުރުމުގެ އެންމެ އިސްފަރާތަކީ ސްޕްރީމް ކޯޓް ކަމަށާއި ސްޕްރީމް ކޯޓްގެ އެންމެ އިސްފަރާތަކީ އުއްތަމަ ފަނޑިޔާރު ކަމުގައި ހަމަޖެހިގެން ދިޔައެވެ.[24] އަދި ފަނޑިޔާރުން އައްޔަން ކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މިންގަޑު ތައް ބެލެހެއްޓުމާއި ފަނޑިޔާރުންނާއި ބެހޭ އެންމެހާ ކަންތައް ތައް ކުރުމަށްޓަކާ މުސްތަޤިއްލު ކޮމިޝަނެއްގެ ނަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަނެއް މިޤާނޫނު އަސާސީގެ ދަށުން ވަނީ އުފައްދާފައެވެ. އަދި މިޤާނޫނު އަސާސީއަށް ޢަމަލް ކުރަން ފެށުމުގެ ކުރިން ފަނޑިޔާރުންގެ ގޮތުގައި ތިބި އެންމެންނާއި ހިނގަމުން ދިޔަ ކޯޓްތައް ވަނީ މިޤާނޫނަށް ޢަމަލު ކުރަން ފެށުމާއި އެކު އިންތިޤާލީމަރުޙަލާ އެއްގައި ދެއަހަރު ދުވަހުގެ މުއްދަތަށް ތިބި ބައެއްކަމަށާއި، ތަންތަން ކަމުގައި ވެގެން ދިޔައެވެ. މިގޮތުން މިޤާނޫނު އަސާސީއަށް ޢަމަލް ކުރަންފެށިތާ ދެއަހަރު ވަންދެން އެވަގުތު ރާއްޖޭގައި ފަނޑިޔާރުކަން ކުރަމުން ދިޔަ ހުރިހާ ފަނޑިޔާރުން ތިބީ ވަގުތީ ފަނޑިޔާރުންގެ ގޮތުގައެވެ. އަދި ހުރިހާ ކޯޓްތައް ކުރީ ވަގުތީ ކޯޓްތަކެއްގެ ގޮތުގައެވެ.

މިޤާނޫނު އަސާސީއަށް ޢަމަލު ކުރަންފެށި އިރު ތިބި ހުރިހާ ފަނޑިޔާރުން ގެ ތައުލީމީ ފެންވަރާއި ތަޖުރިބާއާއި ސްލޫކީމިންގަޑު އަލުން ބެލެވި ޝަރުތު ފުރިހަމަވާ މީހުން އަލުން ފަނދިޔާރުލަމަށް އައްޔަން ކުރުން މިޤާނޫނު އަސާސީން ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ލާޒިމް ކޮށްފައި ވެއެވެ. އަދި ފަނޑިޔާރުން ނަށް ވަޒީފާދިނުން ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ދެވި އަދި ފަނދިޔާރުން ވަޒީފާއިން ވަކިކުރުން ރައްޔިތުންގެ މަޖިލީހަށް މިޤާނޫނު އަސާސީން ދެވިފައި ވެއެވެ.

މިއެންމެހާ ކަންކަމަށް ބެލުމުން ފަނޑިޔާރުން މަޤާމުގައި ދެމިތިބުމުގެ ޔަޤީންކަން ފަނޑިޔާރުންނަށް މިޤާނޫނު އަސާސީން ކަށަވަރުވެފައިވާ މިންވަރު ކުރިއާއި އަޅާ ބަލާއިރު ބޮޑުވެގެން ގޮސްފައިވާ ކަން ކަށަވަރެވެ. މިގޮތުން ޝަރީއަތްތައް ހިންގުމުގައި ފަނޑިޔާރުންގެ މުސްތަޤިއްލުކަން ބޮޑެވެ. ނަމަވެސް ފަނޑިޔާރުން އައްޔަން ކުރުމުގަޔާއި ފަނޑިޔާރުންގެ ސްލޫކީމިންގަނޑު ބެލެހެއްޓުން ޙަވާލު ވެފައިވާ މުސްތަޤިއްލު ކޮމިޝަން އުފެދިފައިވާ ގޮތަށް ބަލާއިރު ޖުޑިޝަރީގެ މިނިވަން ކަމާމެދު ސުވާލު މާކު ތަކެއް އުފެދިގެންދެއެވެ. ސަބަބަކީ އެކޮމިޝަން އެކުލަވާލާފައިވާ ގޮތުން އެކޮމިޝަން ކޮންޓްރޯލް ކުރާ ފަރާތް ތަކަކަކީ ސިޔާސީ ފަރާތްތަކެއްކަމަށް ވެގެން ގޮސްފައިވާ ކަމެވެ. މިއީ ދުނިޔޭގެ އެހެން ޤައުމެއްގައި މިކަންއޮންނަ ގޮތްތޯ ނުވަތަ ނޫންތޯ ބެލުން އަޅުގަޑު ދޫކޮށްލާނީ މިއެސައިމެންޓް ވިދާޅުވާ ފަރާތްތަކަށެވެ.

މިޤާނޫނު އަސާސީ ގައި ވާގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަނެއް އުފެދި މިހާރު ހިނގަމުންދާއިރު އެކޮމިޝަނަކީ ޖުޑިޝަރީގެ އެތެރޭގައި އޮތް ތަކެއްތޯ ނުވަތަ ޖުލިޝަރީގެ ބޭރުގައި އޮތް ތަނެއްތޯ މިއީވެސް ސުވާލު އުފެދޭކަމެކެވެ.

ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެއްކަމަށާއި، ފަނޑިޔާރުން ޢަމަލު ކުރާނީ ޤާނޫނު އަސާސީއާއި، ޤާނޫނު ތަކުގައި ވަކި ގޮތަކަށް ކަނޑައެޅިފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީއަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ރިއާޔަތް ކޮށްގެން ކަމަށާއި، ފަނޑިޔާރުންގެ މަސައްކަތުގައި ޤާނޫނު އަސާސީއާއި ޤާނޫނާއި އެއްގޮތަށް ކަންކަން ނިންމަން ވާނީ ވަކިފަރާތަކަށް ބުރަނުވެ ވަކިފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ ތަޢައްޞުބުން އެއްކިބާވެ ތިބެގެންކަމަށް މިޤާނޫނު އަސާސީގެ 142 ވަނަ މާއްދާގައި ބަޔާން ވެގެން ވާއިރު ، ފަނޑިޔާރުންގެ ކަންކަން ބެލެހެއްޓުމަށް ޤާނޫނު އަސާސީން ޙަވާލު ކޮށްފައިވާ ކޮމިޝަންގައި އުއްތަމަފަނޑިޔާރުވެސް ހިމެނިފައި ނުވުމާއި އެކު އެކޮމިޝަން އުފެދިފައިވާ ގޮތުންއެކޮމިޝަންގެ  އަޣްލަބިއްޔަތު އޮތީ ސިޔާސީ ފަރާތްތަކެއްގެ ބާރުގެ ދަށުގައި ކަމަށް ވުމުން ޖުޑިޝަރީ އަކީ އޭގެ އެންމެ ފުރިހަމަ މާނާގައި މިނިވަން ތަނެކޭ ދެންނެވި ދާނެބާވައޭ ހިތައްއަރައެވެ.

މިގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަނަކީ ނަމުން މުސްތަޤިއްލު ކޮމިޝަނެއްކަމުގައި ދެންނެވިދާނެ އެވެ. ސަބަބަކީ ޤާނޫނު އަސާސީ ގައި އެގޮތަށް ލިޔެވިފައި އޮތުމުންބެލެވޭ ބެލެވުމެވެ. ނަމަވެސް އެކޮމިޝަންގައި ތިއްބެވި މެންބަރުންނަކީ މުސްތަޤިއްލު ބައެއް ކަމުގައި ދެންނެވުމަކީ މާފަސޭހަ ކަމެއްނޫނެވެ. އަދި މިޤާނޫނު އަސާސީއަށް ޢަމަލު ކުރަންފަށައިގެން މިވީ ދެއަހަރުގެ ތެރޭގައި ފެނިގެން ދިޔަ މަންޒަރުތަކަށާއި ކުރެވެމުންދިޔަ ތަޖުރިބާ ތަކުގެ އަލީގައި ދަންނަވާނަމަ ދަންނަވަން ޖެހެނީ ޖުދިޝަރީ އޭގެ އެންމެ ފުރިހަމަ މާނައިގައި އަދިވެސް މިނިވަން ވެފައި ނުވާކަމުގައެވެ.


[1] އަލްއުސްތާޛް ހުސްނުއް އުޢޫދު ލިޔުއްވާފައިވާ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް ގެ 10 ވަނަ ޞަފްޙާ (މިފޮތް ލިޔުއްވި މުސައްނިފް މިމައުލޫމާތު ނަންގަވާފައިވަނީ ދަނބިދޫ ލޯމާފާނުގެ 16 ވަނަފޮތީގެ ދެވަނަފުށުންކަމަށް އެފޮތުގައި ބަޔާންވެގެން ވެއެވެ.)

[2]  އަލްއުސްތާޛް ހުސްނުއް އުޢޫދު ލިޔުއްވާފައިވާ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް ގެ 10 ވަނަ ޞަފްޙާ

[3]  އިސްދޫ ލޯމާފާނު ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީމަރުކަޒު 28 ވަނަ ޞަފްޙާ

[4]  އަލްއުސްތާޛް ހުސްނުއް އުޢޫދު ލިޔުއްވާފައިވާ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް ގެ 11 ވަނަ ޞަފްޙާ

[5]  މަލަސް 32،އޮގަސްޓް 1991 ޞަފްޙާ 151 (އަލްއުސްތާޛް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައިވާ “އިބުނުބަތޫތާ ރާއްޖޭގައި”

[6]  މަލަސް 32،އޮގަސްޓް 1991 ޞަފްޙާ 64 (އަލްއުސްތާޛް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައިވާ “އިބުނުބަތޫތާ ރާއްޖޭގައި”

[7]  މުޙައްމަދު އިސްމާޢީލް ދީދީ ” ޕިރާޑްގެ ގަލަމުން ދިވެހިރާއްޖެ ” މަލަސް 55  ޖުލައި 1995 ޞ.233 (މިމައުލޫމާތު ނަގާފައި މިވަނީ އަލްއުސްތާޛް ހުސްނުއްސުޢޫދު ލިޔުއްވާފައިވާ ދިވެހިރާއްޖޭގެ ޤާނޫނީ ނިޟާމް މިފޮތުންނެވެ.)

[8]  މިމައުލޫމާތު ނަގާފައިވަނީ އަލްއުސްތާޛް ހުސްނުއް އުޢޫދު ލިޔުއްވާފައިވާ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް ގެ 14 ވަނަ ޞަފްޙާ

[9]  އަލްއުސްތާޛް ހުސްނުއް އުޢޫދު ލިޔުއްވާފައިވާ “ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް” ގެ 18 ވަނަ ޞަފްޙާ

[10]  އަލްއުސްތާޛް ހުސްނުއް އުޢޫދު ލިޔުއްވާފައިވާ “ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް” ގެ 19 ވަނަ ޞަފްޙާގެ 7،8،9 ވަނަ ފޮޅުވަތުގައި

[11]   މިމއުލޫމާތު ނަގަފައި ވަނީ އަލްއުސްތާޛް ހުސްނުއް އުޢޫދު ލިޔުއްވާފައިވާ “ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް” މިފޮތުގެ ގެ 13،12 ވަނަ ޞަފްޙާ

[12]  ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ  ޞަފްޙާ ނަންބަރ 30،31،32،

  5 ޖުލައި 1932 ގައި ތަޞްދީޤު ކުރެވުނު ޤާނޫނު އަސާސީގެ 51 ވަނަ ޞަފްޙާ ގައި[13]

 5 ޖުލައި 1932 ގައި ތަޞްދީޤު ކުރެވުނު ޤާނޫނު އަސާސީގެ 25 ވަނަ ޞަފްޙާ ގައި[14]

[15]  28 ޖެނުއަރި 1940 ގައި ތަޞްދީޤު ކުރެވުނު ޤާނޫނުއަސާސީގެ 40،41 ވަނަ ޞަފްޙާ

[16]  ދިވެހިރާއްޖޭގެެ ޢަޙްކާމް ޢާއްމު (11 ފެބްރުއަރީ 1939) ގެ 33،34 ވަނަ ޞަފްޙާ

[17]  ދިވެހިރާއްޖޭގެެ ޢަޙްކާމް ޢާއްމު (11 ފެބްރުއަރީ 1939) ގެ 38 ވަނަ ޞަފްޙާ

 [18]  ދިވެހިރާއްޖޭގެެ ޢަޙްކާމް ޢާއްމު (11 ފެބްރުއަރީ 1939) ގެ 39 ވަނަ ޞަފްޙާ

[19]   ދިވެހިރާއްޖޭގެ ދެވަނަ ޤާނޫނުއަސާސީގެ 10 ވަނަ ޞަފްޙާ

[20]   31 މެއި 1951 ގައި ތަޞްފދީޤު ކުރެވުނު ޤާނޫނުއަސާސީގެ 23 ވަނަ ޞަފްޙާ

  [21]  މެއި 1951 ގައި ތަޞްފދީޤު ކުރެވުނު ޤާނޫނުއަސާސީގެ 25 ވަނަ ޞަފްޙާ

[22]  ދިވެހިރާއްޖޭގެ 4 ވަނަ ޤާނޫނުއަސާސީ

[23]  ދިވެޖި ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ)

[24]  ދިވެޖި ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ)

ހޯމް, ރިޕޯރޓް, މައުލޫމާތު
0
Facebookfacebook
TwitterTwitter
stumbleuponstumbleupon
del.icio.usdel.icio.us
Buzz

Leave a Reply Cancel reply

Your email address will not be published. Required fields are marked *

CAPTCHA Image
Refresh Image

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

  • އެންމެ ފަސް

    • olevel
      އޯލެވެލްގަ ރަނގަޅު ނަތީޖާތަކެއް ވެލިދޫ ސްކޫލުގެ ދަރިވަރުން ހޯދަައިފި

      17 hours ago

    • Link to ޝަޢްބާން މަހުގައި ރޯދަ ހިފުމުގެ މާތްކަން
      ޝަޢްބާން މަހުގައި ރޯދަ ހިފުމުގެ މާތްކަން

      7 days ago

    • N.Velidhoo Stage area
      ނ. ވެލިދޫގައި ކުޑަކުދީންގެ ދުވަސް ފާހަގަކޮށްފި

      40 days ago

    • s4
      އެސްފޯ ސަމްސަން އިން ދައްކާލައިފި

      94 days ago

    • indian
      އިންޑިއާ ހައިކޮމިސަން އޮފީހާއި އަންނި

      124 days ago

    • Link to ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭންސީން ލައްވައި  މަސައްކަތް ކުރުވުމަށްފަހު އުޖޫރަ ދޭންޖެހޭނެތަ؟
      ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭންސީން ލައްވައި މަސައްކަތް ކުރުވުމަށްފަހު އުޖޫރަ ދޭންޖެހޭނެތަ؟

      182 days ago

    • Surface-Black-Touch-Cover1
      ވިންޑޯސް 8

      235 days ago

    • Link to މުޢާހަދާ
      މުޢާހަދާ

      245 days ago

    • Link to ޑިމޮކްރަސީ
      ޑިމޮކްރަސީ

      276 days ago

    • muslim
      ލައިލަތުލް ޤަދުރް ވިލޭރޭ ހޯދަން ގަދައަޅާ މަސައްކަތް ކުރާށެވެ!

      313 days ago

  • ފަހުގެ ފޮޓޯ

    Eid Ufaa1433 N.VelidhooHusali Bashi tournament 20125th North Scout Camporee -N.Velidhoo 18-22 march 2012MDP
    މިނިވަންދުވަހުގެ ހިނގާލުންކޮރަޕްޝަނާ ދެކޮޅަށް ވެލިދޫ ޒުވާނުންސަރުކާރާ ދެކޮޅަށް ވެލިދޫގައި ބޭއްވި ހިނގާލުންގައުމީޓީމަށް މަރުހަބާ
    ތިނެއް ފަންސާސް (350) ވެލިދޫގައި ފާހަގަކުރުންމެންބަރުންގެ ފުޓްބޯޅަމެޗްމަޖިލިސް ކައިރިއަށް އާންމުން އެއްވުންމަސްތުވާތަކެއްޗާ ދެކޮޅަށް ބޭއްވި ހިނގާލުން

© 2005-2013 Velidhoo Online.All Rights Reserved. Email:info@velidhoo.com