ވެލިދޫގައި ދުއްވާ މަސްދޯންޏަކުން ގޭސް ސިލިންޑަރެއް ހޮވައިފި
ވެލިދޫ ގައި ދުއްވާ ހ.އ ވަށަފަރު ޝާހިދުގެ މަސްދޯނިން ކަނޑު
މަތިން ހޮވި ސިލިންޑަރ ވައްތަރުގެ ފުޅިއެއް އަކުން އެމޯނިއަލް ލީކުވާކަމުގެ ޝަކުވާތަކަށް މީހުން ކުރަން ފެށުމުން މަޑިވަރުގައި ތިއްބަވާ ސިފައިން ދުރުވެ އެފުޅިގެންގޮސްފިއެވެ.
ވީ.އޯ އަށް މައުލޫމާތު ދެއްވަމުން ޝާހިދު ބުނީ ފުޅި ހޮވީ ކަނޑުމަތިން ކަމަށާއި އެފުޅީގައި ހޮރައިޒަން ފްރެސް ޖަހާފައިވާ ކަމަށާއި އެފުޅީގައި ހުރިއެއްޗެއް ދޯނީގެ މީހުންނަށްވެސް ނޭނގޭކަމަށެވެ.
އެމް.އެން.ޑީ އެފް އާއި ވެލިދޫގައި ތިއްބާ ފުލުހުންގެ ބޭފުޅުންގެ އެދުމުގެ މަތިން އެފުޅި އިއްޔެ ހަވީރު ވަނީ އެމް.އެން.ޑީއެފް މަޑިވަރުގައި ތިއްބަވާ ބޭފުޅުން ވެލިދޫއަށް ދުރުވުމުން ވަނީ ހަވާލުކޮށްފައެވެ.
ވެލިދޫ ބަޔަކު ހޮވި މިފުޅި އެމް.އެން.ޑީ.އެފްގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް އަދި ރަސްމީކޮށް މި ފުޅި އާއި ބެހޭގޮތުން އެމް.އެން.ޑީ އެފުން އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ.

















