ނ.ވެލިދޫ ސާއްބަ ބްރަދަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މާލެއާއިދެމެދު ފެރީގެ ޚިދުމަތް ފަށައިފި
ނ.ވެލިދޫ ކުންފުންޏެއްކަމަށްވާ ސާއްބަ ބްރަދަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މާލެއާއިދެމެދު ސްޕީޑް ލޯންޗް ގައި ފެރީގެ ޚިދުމަތްފަށައިފިއެވެ. ސާއްބަ ބްރަދަރސް އިން މަޢުލޫމާތު ދެއްވިގޮތުގައި ކޮންމެ ހޮނިހިރު ދުވަހަކު ނ.އަތޮޅުން މާލެއަށް އަދި ކޮންމެ ބުރާސްފަތި ދުވަހަކު މާލެއިން ނ.އަތޮޅަށް ފެރީ ދަތުރުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިޚިދުމަތާއި ގުޅިގެން އާއްމުންގެ ޚިޔާލު ހޯދާލިއިރު މިކަމަކީ ވެލިދޫއަށް މިހާރުވެސް ނުހަނު ބޭނުންވެފައިވާ، މުހިއްމު ޚިދުމަތެއްކަމުގައި ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ވީ.އޯ ގެ އުއްމީދަކީ މިޚިދުމަތް ދެމެހެއްޓެނިވިގޮތެއްގައި ވެލިދުއަށާއި ނ.އަތޮޅަށް ލިބެމުންދިއުމެވެ.























Good News.
I went velidhoo on last thursday Ferry service is really good.