ޑރ. ޒަމީރާއި ޑރ. އަންވަރުގެ ބައްޕަ އަވަހާރަވެއްޖެ

މުހައްމަދު ހަލީމް އަލީ
3 ޖެނުައަރީ

ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފުރަތަމަ ހެޑްމާސްޓަރ ޑރ. ޢަބްދުﷲ ޒަމީރާއި ދެވަނަ ހެޑްމާސްޓަރ ޑރ. އަޙްމަދު އަންވަރުގެ ބައްޕަ ރޭ ދަންވަރުގެ ވަގުތެއްގައި އަވަހާރަވެއްޖެ އެވެ.

ސ. މީދޫ ހަސަންކާރިގޭ އިބްރާހިމް ހަލީމް،91، އަވަހަރާވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު ދޭއް ޖަހާކަން ހާއިރު ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި ސުއޫދު ވިދާޅުވި އެވެ.

“ގާތްގަނޑަކަށް ތިން މަސް ދުވަސް ވެއްޖެ ބައްޕަ ތަންކޮޅެއް ބޮޑަށް ބަލިވެ އުޅުއްވާތާ. ލަންގްސްގައި އިންފެކްޝަނެއް އުފެދުމުން ދިމާވި ކަމެއްގައި ބައްޕަ ނިޔާވީ. އެ އިންފެކްޝަނާ އެކު ލަންގްސްގައި ފެން އުފެދި އެންމެ ފަހުން ހާޓް އެޓޭކެއް ޖެހުނީ. ރޯގާ ޖެހިގެން އުޅުއްވާތާ ވެސް ހަފުތާއެއްހާ ދުވަސް ވެއްޖެ،” ސުއޫދު ވިދާޅުވި އެވެ.

އިބްރާހިމް ހަލީމަކީ މުޅި ރާއްޖެ އިން ވެސް ފާހަގަކުރެވޭ ފަދަ ތައުލީމީ އާއިލާއެއްގެ ބާނީ އެވެ. ޑރ. ޒަމީރާއި ޑރ. އަންވަރުގެ އިތުރުން ކުރީގެ ދެއެޓާނީ ޖެނެރަލުން ކަމަށްވާ ޑރ. މުނައްވަރާއި ސުއޫދުގެ ބައްޕަ އަކީ ވެސް އޭނާ އެވެ.

ކާފަދަރިލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ޝަހުދީ އަންވަރު އަކީ ވެސް ރާއްޖޭގެ ކުޅަދާނަ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އިބްރާހިމް ހަލީމް އަވަހާރަވިއިރު އޭނާގެ ތިއްބެވީ ޖުމްލަ އަށް ބޭފުޅުންނެވެ. އެއީ ފަސް ފިރިހެން ބޭފުޅުންނާއި ތިން އަންހެން ބޭފުޅުންނެވެ.

ހަލީމްގެ ޖަނާޒާ އޮންނާނީ އަސުރު ނަމާދަށް ފަހު ކަމަށް އާއިލާ އިން ބުނެ އެވެ.

ޙިޔާލު ހުށައަޅުއްވާ

Your email address will not be published. Required fields are marked *

*


*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>