ނ. ލަންދޫގައި ފެށިގެން ކުރިއަށްދާނެޓް ބޯޅަ މުބާރާތުގެ ފައިނަލަށް ވެލިދޫ އަދި މާފަރު
ނެޓް ބޯޅަ އެސޯސިއޭސަން އާއި ލަންދޫ ކައުންސިލާއި ލަންދޫ ލިޔެސް ޖަމުއްޔާ ގުޅިގެން ކުރިއަށް ގެންދާ އަތޮޅު ނެޓް ބޯޅަ މުބާރާތުގެ ފައިނަލަށް މާފަރު ނެޓް ބޯޅަ ޓީމާއި ވެލިދޫ ނެޓްބޯޅަ ޓީމް ހިނގައްޖެއެވެ.
ވެލިދޫ ނެޓް ބޯޅަ ޓީމް ފައިނަލަށް ދިޔައީ ގުރޫޕް ސްޓޭޖުގެ ދެމެޗްވެސް ކާމިޔާބުކޮށްގެންނެވެ. މާފަރު ނެޓް ބޯޅަ ޓީމް ފައިނަލަށް ދިޔައީވެސް ގޫރޫޕް ސްޓޭޖުގެ ދެމެޗްވެސް ކާމިޔާބުކޮށްގެނެވެ. މިމުބާރާތުގައި މާފަރާއި ވެލިދޫގެ އިތުރުން ބައިވެރިވީ ލަންދޫ ތިންޓީމާއި މަނަދޫ ޓީމެވެ
މިއަދު ލަންދޫ ސަންފުލާވަރ ޓީމާއި މާފަރު ޓީމް ބައްދަލްކުރި މެޗް 21 ޕޮއިންޓް 03 ޕޮއިންޓުން ކާމިޔާބުކުރީ މާފަރު ޓީމެވެ. މިއަދު މަނަދޫ އާއި ލަންދޫ އޯކިޑް ބައްދަލްކުރި މެޗް ކަމިޔާބުކުރީ ލަންދޫ އޯކިޑް ޓީމެވެ.
























© Copyright 2002-2010 by Velidhoo Online.All Rights Reserved.
still not updated
admin went to overseas for year,, so.