ވެލިދޫ ޔޫތު ޑިވެލޮޕްމެންޓް ސޮސައިޓީ (ވީޑްސް) ގެ ހުސްއަލި ނެޓްބޯލް ޓޯނަމެންޓް ގެ ތެރެއިން؛
ވެލިދޫ ޔޫތު ޑިވެލޮޕްމެންޓް ސޮސައިޓީ (ވީޑްސް) ގެ ހުސްއަލި ނެޓްބޯލް ޓޯނަމެންޓް ގެ މެޗްތައް އިއްޔެ ކުޅެން ފަށާފައި ވާއިރު މިއަދު މެންދުރު ކުޅެވުނު މެޗްގައި ވެލިދޫ ޔޫތު ކްލަބްގެ “ފަތްމިނި “ޓީމާއި ހިއާލީ ސްޕޯޓްސް ގެ ޓީމު ބައްދަލުކުރި މެޗް25 ޕޮޓް 12 ޕޮޓުން ކާމިޔާބުކުރީ ހިއާލީސްޕޯޓްސް ގެޓީމް
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށްހޮވުނީ ހިއާލީސްޕޯޓްސްގެ ނުހުޒާ އިބްރާހީމް.
ހަވީރު ކުޅެވުނު މެޗްގައި ބައްދަލުކުރި މިސްޓްރިކްސްޕޯޓްސް ކްލަބުގެ “މިސްޓްރިކް” ޓީމާއި ކްލަބް ވެލިދޫ ފްރެންޑްސް ގެ “ކްލަބް ވެލިދޫފްރެންޑްސް” ޓީމް ގެ ނަތީޖާއަކީ 38ޕޮޓް “މިސްޓްރިކް” އަދި ކްލަބްވެލިދޫފްރެންޑްސް 18ޕޮޓް އަދި މި މެޗްގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މިސްޓްރިކް ގެ މަރިޔަމް ރަޝީދާ އެވެ.
މާދަމާ ހަވީރު ބައްދަލުކުރާނީ ވެލިދޫ ޔޫތުކްލަބްގެ “ރަނި” ޓީމާއި މިސްޓްރިކްސްޕޯޓްސް ކްލަބުގެ “މިސްޓްރިކް”
މާދަމާ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގައި.


















