VelidhooOnline
Advertise Here
    • ފުރަތަމަ ސޮފުހާ
    • ޚަބަރު
    • ކުޅިވަރު
    • ކޮލަމް
    • މައުލޫމާތު
    • ދީން
    • މުނިއަވަސް
    • ރިޕޯރޓް
    • ފޮޓޯ އަލްބަމް
    • ވީޑިއޯ
2

އިބްރާހީމް މޫސާފުޅު އެއީ ކާކު؟

by މޯޑް on 7 ޖެނުައަރީ

1އިބްރާހީމް މޫސާފުޅު އަކީ ނ. ވެލިދޫއަށް އުފަން މިޒަމާނުގެ ތަޢުލީމާއި އިލްމީ ޤާބިލުކަން ހޯދާފައިވާ، ފަސްބައި ސާފު ޒުވާން ދިވެހި ދަރިއެކެވެ. ތަޢުލީމީ ހަޔާތް ފެށިފައިވަނީ ރަށުގެ ނަހުޒާ ސްކޫލުންނެވެ. އެއަށް ފަހު ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޚާއްސަ ކުލާހުގައި އުގެނުމަށްފަހު މާލެއަށް އުމުރުން 11 އަހަރުގައި ތަޢުލީމް އުގެނުމަށްގޮސް ފަށާތަޢުލީމް އީޕީއެސް ސްކޫލުން ނިންމައި މަޖީދިއްޔާ ސްކޫލުން ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާ މީހެކެވެ. މަތީތަޢުލީމުގެ ރޮގުން އިގިރޭސި ޓީޗިންގ ޑިގްރީއާއި އެޑިޔުކޭޝަން ޑިގްރީ އަދި މާސްޓާސް އިން ހިޔުމަން ރިސޯސް މެނޭޖުމަންޓު އޮސްޓުރޭލިޔާ އަދި މެލޭޝިޔާއިން ހާސިލްކޮށްފަވާ، އިސްލާމް ދީނަށް ލޯބިކުރާ މަޑުމައިތިރި މިޒާޖެއްގެ، ހުރިހާ އުމުރެއްގެ މީހުންނާއި ގުޅޭ ޒުވާނެކެވެ

އިބްރާހީމް

download dr jekyll and mr hyde online

މޫސާފުޅު އަކީ ނ. ވެލިދޫއަށް އުފަން މިޒަމާނުގެ ތަޢުލީމާއި އިލްމީ ޤާބިލުކަން ހޯދާފައިވާ، ފަސްބައި ސާފު ޒުވާން ދިވެހި ދަރިއެކެވެ. ތަޢުލީމީ ހަޔާތް ފެށިފައިވަނީ ރަށުގެ ނަހުޒާ ސްކޫލުންނެވެ. އެއަށް ފަހު ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޚާއްސަ ކުލާހުގައި އުގެނުމަށްފަހު މާލެއަށް އުމުރުން 11 އަހަރުގައި ތަޢުލީމް އުގެނުމަށްގޮސް ފަށާތަޢުލީމް އީޕީއެސް ސްކޫލުން ނިންމައި މަޖީދިއްޔާ ސްކޫލުން ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާ މީހެކެވެ. މަތީތަޢުލީމުގެ ރޮގުން އިގިރޭސި ޓީޗިންގ ޑިގްރީއާއި އެޑިޔުކޭޝަން ޑިގްރީ އަދި މާސްޓާސް އިން ހިޔުމަން ރިސޯސް މެނޭޖުމަންޓު އޮސްޓުރޭލިޔާ އަދި މެލޭޝިޔާއިން ހާސިލްކޮށްފަވާ، އިސްލާމް ދީނަށް ލޯބިކުރާ މަޑުމައިތިރި މިޒާޖެއްގެ، ހުރިހާ އުމުރެއްގެ މީހުންނާއި ގުޅޭ ޒުވާނެކެވެ download here on earth movie .


އިބްރާހީމް މޫސާފުޅު ޤަޢުމަށް ކޮށްދިނީ ކޮށް ޚިދުމަތެއް؟


ޤައުމު ތިމާއަށް ކޮށްދޭނީ ނުވަތަ ކޮށްދިނީ ކޮންކަމެއްތޯ ނާހާ، ތިމާ ޤަޢުމަށް ކޮށްދޭނީ ކޮންކަމެއްތޯ ދެކިގެން ސަރުކާރުގެ ވަޒީފާގައި ޤައުމީ ޚިދުމަތް އުމުރުން 19 އަހަރުގައި ފަށައިފައިވާ މިޒުވާނާ މަސައްކަތްފުރަތަމަވެސް ފެށީ ތަޢުލީމީ ދާއިރާގައި ހެޑްމާސްޓާރ ޓުރޭނީއެއްގެ ގޮތުން ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އަހަރެއްހާ ދުވަހުގެ ތިމަރަފުށީގެ ތަޖުރިބާއަށް ބައްލަވާ ތުލުސްދޫގައި ހުންނަ ކ. އަތޮޅު ތަޢުލީމީ މަރުކަޒާއި އަދި އޭގެފަހުން މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާގެ ހިންގުންމާއި ހަވާލުކުރެއްވިއެވެ. 1994 އަހަރު އިންޑިޔާގައި ހަދަންފެށި ހެޑްމާސްޓަރ ކޯސް ނިންމުމަށްފަހު އެނބުރި ރާއްޖެއައިސް ހެޑްމާސްޓަރެއްގެ ގޮތުން ފޮނަދޫގައި ހުންނަ ލ. އަތޮޅު ތަޢުލީމީ މަރުކަޒު ހިންގުމާ 1996 ވަނަ އަހަރު ހާވާލުވިއެވެ. އަދި އެއަހަރު އެރަށުގައި ބޭއްވި އަތޮޅުވެރިންގެ ބައްދަލުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އިސްދަޢުރެއް އަދާ ކުރިއެވެ. 1997 އަހަރު އޮސްޓުރޭލިޔާގެ ލެޓުރޯބު ޔުނިވާރސިޓީގައި ކިޔަވަންފެށި ޓީޗިންގ ޑިގްރީ އާއި އެޑިޔުކޭޝަން ޑިގްރީ ހާއްސަވީ އިގިރޭސި ބަހާއި ހިޔުމަން ރިސޯސް މެނޭޖުމަންޓުންނެވެ. އޮސްޓުރޭލިޔާއިން ޑިގްރީ ހާސިލުކޮށްގެން 2000 ވަނަ އަހަރު އެނބުރި ޤަޢުމަށް އައިސް ހދ. ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލްގައި އިގިރޭސި މުދައްރިސެއްގެ ގޮތުން މަސައްކަތްފެށިއެވެ. އެމަސައްކަތުގެ ތެރޭން 2002 ވަނަ އަހަރު މޯލްޑިވްސް ކޮލެޖު އޮފް ހަޔާރ އެޑިޔުކޭޝަނުގެ އ. ލެކްޗަރަރ ކަމާއި ފައުންޑޭސަން ކޯސްތައް ފެށުމުގެ ތައްޔާރީތަކަށް ކޮލެޖަށް ބަދަލުކުރެއްވިއެވެ. އަދި ނިއުޒިލޭންޑުގެ ވައިކަޓީ ޔުނިވާރސިޓީ އާއި އޯކުލޭންޑު ޔުނިވާރސިޓީގައި ފައުންޑޭޝަން ކޯސްތައް ހިންގާ ގޮތުގެ ހުނަރާއި ތަޖުރިބާ ހާސިލްކޮށްގެން އެމިންގަޑަށް މޯލްޑިވްސް ކޮލެޖު އޮފް ހަޔާރ އެޑިޔުކޭޝަނުގެ ފައުންޑޭޝަން ކޯސް ފަރުމާކުރިއެވެ. 2006 ވަނައަހަރު މާސްޓާރސް އަށް ފުރަންވަންދެން ކޮލެޖުގެ މަސައްކަތުގައި ފައުންޑޭޝަން ކޯސްތައް ވިލަރެސް ކުރުމުގައި ދެމިހުއްޓެވެ.


އިބްރާހީމް މޫސާފުޅު އަތޮޅާއި ރަށަށް ކޮށްދިނީ ކޮންކަމެއް؟


ޤައުމީ ޚިދުމަތުގައި ދިވެހި ދަރީންނަށް އެކި ރަށްރަށުގައި ޚިދުމަތްކުރަމުންވެސް ލިބޭ ޗުއްޓީގައި އާޢިލާއާއި ރަށަށް ޒިޔާރަތްކޮށް ހަދައެވެ. ނ. އަތޮޅު މަދަރުސާގައި އަތޮޅުގެ ދަރީންނަށް ތަޢުލީމް އުގައްނައި ދިނުމުގައި މަސައްކަތްކޮށް އަތޮޅުގެ ތަޢުލީމީ އަދި އިޖުތިމާޢީ ހާލަތު އޮތްގޮތް ދެނެގަތުމުގެ ދިރާސާތަކުގައި އޭރުގެ އަތޮޅުވެރިންނާއި ހޮޅުދޫ މޭނާ ސްކޫލާއި ވެލިދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވެރިންނާއެކު ބައިވެރިވިއެވެ. މީގެ އިތުރުން ދިވެހި ޤައުމަށް ބޭނުންވާ މީހުން ތަމްރީނުކުރުމުގެ ދާއިރާގައި މޯލްޑިވުސް ކޮލެޖު އޮފް ހަޔާރ އެޑިޔުކޭޝަނުގައި މަސައްކަތް ކުރިއިރު އަތޮޅާއި ރަށުގެ ދަރީން އެކި ފަންނުވެރި ކޯސްތަކުގައި ބައިވެރިކޮށް ދިނުމަށް އެހީތެރިވެދީފާވެއެވެ. ވެލިދޫގައި ހިންގި ވުޑްކާރވިންގ ކޯސް ބޭއްވުމަށް ހުރިހާ މަގެއް ހުޅިވައިދީ އެކަމަށްބޭނުންވާ އެހީތެރިކަމާއި ފަސޭހަތައް ފޯރުކޮށްދީފާވެއެވެ. މިކޯސް ބޭއްވުމުގައި ހަރަކާތްތެރިވި، ވެލިދޫ ޔޫތު ޑިވެލޮޕްމެންޓު ސޮސައިޓީ (ވީޑްސް) ވުޖޫދަށް ގެނަޢުމުގެ އަމަލީ މަސައްކަތާއި އެޖަމިއްޔާގެ ހަރަކާތްތައް ރާވާ ހިންގުމުގެ ފަންނީ ލަފާދީ އެހެނިހެން ޕޮރޮގުރާމްތައް ރާވާ ހިންގަން އެހީތެރިވެއެވެ.


އިބްރާހީމް މޫސާފުޅުގެ ސިޔާސީ ހަޔާތަކީ ކޮބައި؟


ޤައުމީ ޚިދުމަތުގައި ރާއްޖޭގެ ކަންކޮޅުގެ ރައްޔިތުންނާ އެކު ދިރިއުޅެ މަސައްކަތްކޮށް ތަޖުރިބާކޮށްފައިވާ މިޒުވާނަކީ، ރައްޔިތުންގެ އިހުސާސްތަކާއި ކެކުޅުންތަކާއި ބޭނުންތަކާއި ކުރިއެރުން ތަކާއި އުއްމީދުތަކާއި އެދުންތައް ފުރިހަމައަށް ދަންނަ ޒުވާނެކެވެ. ނަތީޖާއެއްގެ ގޮތުން ޤައުމާއި އަތޮޅަށް އިތުރު ކުރިއެރުން ހޯދުމުގެ އުއްމީދުގައި ސިޔާސީ މައިދާނަށް ނިކުމެ، 2004 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އާއްމު އިންތިޚާބުގައި ނ. އަތޮޅުގެ ގޮނޑިއަށް ވާދަކުރިއެވެ. ސަރުކާރުގައި އުޅެމުން އެދުވަސްވަރުގެ ސިޔާސީ މަސްރަހު ރަނގަޅަށް ދެނެހުރެ ހެޔޮބަދަލަށް ވަކާލާތުކުރަމުން އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކޮށް، ހުރިހާ ގެއަކަށް ޒިޔާރަތްކޮށް ރައްޔިތުންނާއި ބައްދަލުކޮށް އަތޮޅުގެ ރައްޔިތުންގެ ހާލަތު ދެނެގަތެވެ. ފުރަތަމަފަހަރަށް ސިޔާސީ މައިދާނަށް ނުކުތް މިޒުވާނާ އެފަހަރުގެ ވާދަވެރި އިންތިޚާބުގައި އަތޮޅުގެ ރައްޔިތުންގެ ވޯޓުން ތިންވަނަ ހޯދިޔެވެ. އެފަހަރުގެ އިންތިޚާބުގައި ލިބުނު ނަތީޖާއަށް އިޙްތިރާމްކުރަމުން، އިސްލާހީ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙާއި ޑިމޮކުރަސީ ދިރާސާކޮށް، ރާއްޖެއަށް ބޭނުންވާ ހެޔޮބަދަލަށް ވަކާލާތުކޮށް، ‘ދަރުމަ’ އަދި ‘ފިޔެސް‘ މަޖައްލާއަށާއި އެހެނިހެން ވެބްސައިޓުތަކަށް ލިޔަމުން ގެންދެއެވެ.


watch the uninvited online
އިބްރާހީމް މޫސާފުޅު އަހަރުމެންނަށް ކޮށްދޭނީ ކޮންކަމެއް؟


ޤައުމަށާއި ރައްޔިތުންނަށް ވާފާތެރި، ތެދުވެރި، އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދީފައިވާކަމަށް ދެކޭއިރު، ހޮޅުވެލިފޮއްދޫ ދާއިރާގެ ރައްޔިތުންގެ އުއްމީދުތަކާއި އެދުންތައް ހާސިލުކޮށް ދިނުމަށް ތެދުވެރިވެ، އަމާނާތްތެރިކަމާއެކު ރައްޔިތުން އެދޭ ގޮތަށް ފުރަތަމަ ރައްޔިތުން ކަމުގަ ދެކިގެން މަސައްކަތްކުރާނެއެވެ. ޒުވާނުން އެކިރޮނގު ރޮގުން ތަމްރީނުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމާއި ޅަދަރީންނަށްދެވޭ ވަށާޖެހިފާވާ ތަޢުލީމާއި ލިބޭ ސިއްޙީ ފަރުވާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުމަކީ އިސްކަމެކެވެ. ދިރިއުޅޭ ރަށުގެ ފަޅާއި، ގެދޮރާއި، ނަރުދަމާގެ ނިޒާމާއި ކުނި ނައްތާލުމުގެ

  • download nothing but the truth

އިންތިޒާމުތަކާއި ސާފުރައްކާތެރި ފެން ލިބޭ މުޖުތަމަޢުއަކަށް މިދާއިރާގެ ރަށްތައް ހެދުމަށާއި ދިރިއުޅުމަށް ދުޅަހެޔޮ، އިޖުތިމާޢީ ބަލިތަކުންނާއި ތިމާވެށީގެ މައްސަލަތަކުން ރައްކާތެރިވެފައިވާ ވެއްޓެއް އިތުރުވަމުންދާ އާބާދީއަށް ބެލިގެން ޤާއިމް ކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން މަސައްކަތް ކުރާނެއެވެ.


އިބްރާހީމް މޫސާފުޅުއާއި ރައްޔިތުންނާއި ގުޅޭނީ ކިހިނެތް؟


މަޖިލީހުގައި ރައްޔިތުންގެ ލާބަޔާއި މަންފާއާއި ކުރިއެރުމަށް މަސައްކަތްކުރުމުގެ ފުރުސަތު ތިޔަ ލޮބުވެތި ރައްޔިތުން ދެއްވައިފިނަމަ، ދާއިމީގޮތެއްގައި ރައްޔިތުންނާއި ގުޅުން ދެމެހެއްޓުމަށްޓަކައި އޮފީހެއް ޤާއިމް ކުރާނެއެވެ. މަޖިލީހުގެ މަސައްކަތްތަކަށްފަހު ލިބޭ ޗުއްޓީތަކުގައި ވެވުނުވަރަކުން ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ޝުޢޫރުތައް ދެނެގަނެގެން މަޖިލީހުގައި މަސައްކަތް ކުރުމަށް ސަމާލުކަންދީގެން ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަސައްކަތްތައް ރާވާނެއެވެ.

މީހުން
2
Facebookfacebook
TwitterTwitter
stumbleuponstumbleupon
del.icio.usdel.icio.us
Buzz

2 Responses to “އިބްރާހީމް މޫސާފުޅު އެއީ ކާކު؟”

  • MOOSA says:

    MEE VES VELIDHOO MEEHEH DHO.. AAN VOTE LAAN VEEMA VELIDHOO, THIMANNAA VAREH NEIY. MIKAHALA MEEHUNAH VOTE LAIFIYYAA FAINPULHU FENNAANEHEN NU HEEVEY.

    3 މާރޗު 12:42 AM
    Reply
  • HaLeEm says:

    aharen varan vufaawey velidhoo ga thikahala molhethi kiyaigen thibey kudhin mifada kan kamaa kuri mathi laathi.
    V boda shukuri yaa.

    I VOTE FOR IBRAHIM

    8 މާރޗު 8:01 PM
    Reply
ހިޔާލު ހުށައަޅުއްވާ Cancel reply

*

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

  • އެންމެ ފަސް

    • DSC01482
      ވެލިދޫގައި ބަށި މުބާރާތެއް ބާއްވަނީ

      14 days ago

    • miladhoo
      ނ. މިލަދޫ ގޮނޑުދޮށުގައި ހުރި ހަޓެއްގައި އަލިފާނުގެ ޙާދިޘާއެއް ހިނގައިފި

      15 days ago

    • maafaru
      މާފަރު ރަށު ކައުންސިލްގެ ގޮނޑި ޕީޕީއެމުން ކާމިޔާބުކޮށްފި

      21 days ago

    • royal
      ރޯޔަލްމަންތާ ސަފާރީ ފަރަށް އަރައިފި

      31 days ago

    • l_17249131
      އިންޑޮނޭޝިޔާއަށް އައި ބިންހެލުމާގުޅިގެން ރާއްޖެއަށް ސުނާމީ އިންޒާރުދީފި

      38 days ago

  • ފަހުގެ ފޮޓޯ

    5th North Scout Camporee -N.Velidhoo 18-22 march 2012MDPމިނިވަންދުވަހުގެ ހިނގާލުންކޮރަޕްޝަނާ ދެކޮޅަށް ވެލިދޫ ޒުވާނުން
    ސަރުކާރާ ދެކޮޅަށް ވެލިދޫގައި ބޭއްވި ހިނގާލުންގައުމީޓީމަށް މަރުހަބާތިނެއް ފަންސާސް (350) ވެލިދޫގައި ފާހަގަކުރުންމެންބަރުންގެ ފުޓްބޯޅަމެޗް
    މަޖިލިސް ކައިރިއަށް އާންމުން އެއްވުންމަސްތުވާތަކެއްޗާ ދެކޮޅަށް ބޭއްވި ހިނގާލުންމައިވޮއިސް އިފްތިތާހީޖަލްސާތީމުގެ

© 2012 Velidhoo Online.All rights Reserved. Email:info@velidhoo.com. Design by nashid(boy)