VelidhooOnline
Advertise Here
    • ފުރަތަމަ ސޮފުހާ
    • ޚަބަރު
    • ކުޅިވަރު
    • ކޮލަމް
    • މައުލޫމާތު
    • ދީން
    • މުނިއަވަސް
    • ރިޕޯރޓް
    • ފޮޓޯ އަލްބަމް
    • ވީޑިއޯ
0

މޯލްޑިވްސް ފިލްމް އެވޯޑް 2011: އެންމެ މޮޅު ސަޕޯޓިންގ އެކްޓަރަކީ ވެލިދޫ މުއާ

by މުހައްމަދު ހަލީމް އަލީ on 5 ޖުލައި

-   އެންމެ މޮޅު ފިލްމަކަށް ހޮވުނީ ‘ހެޕީ ބާތު ޑޭ‘

އެންޝޯންޓާ މޯލްޑިވްސް ފިލް އެވޯޑް 2011 ގެ އެންމެ މޮޅު ސަޕޯޓިންގ އެކްޓަރަކަށް ވެލިދޫ ގެ ހުނަރުވެރި ކުޅަދާނަ ފިލްމީ ބަޠަލު ޢަބްދުﷲ މުޢާޒު (މުއާ)  ހޯދައިފިއެވެ.. މުއާއަށް މިމަގާމު ލިބުނީ ފިލްމު ‘ހޮިތްރޮއްވައިނުލާ’ ގައި އޭނާ ދައްކާފައިވާ ކުޅަދާނަ ހުނަރަށެވެ.

ފިލްމް އެވޯޑްގައި ހެޕީބާތްޑޭއަށް ފީޗާ ފިލްމުގެ ބައިން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް މުއުމިން ފުއާދަށް ލިބިފައިވާއިރު އެންމެ މޮޅު ބަތަލުގެ އެވޯޑް ލިބިފައިވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އަށެވެ. މިއީ މިފަދަ ފިލްމް އެވޯޑެއް ޔޫއްޕެ ޖެހިޖެހިގެން ހާސިލް ކުރި ތިން ވަނަ ފަހަރެވެ.

“ހެޕީބާތްޑޭ” އިން އެންމެ މޮޅު ސައުންޑް މިކްސިން އެވޯޑާއި އެންމެ މޮޅު ސައުންޑް އެޑިޓިން އެވޯޑު އަދި އެންމެ މޮޅު އެޑިޓިންގެ އެވޯޑް ވެސް ލިބިފައި ވަނީ އަލީ ޝިފާއު އަށެވެ. އެންމެ މޮޅު އާޓް ޑިރެކްޓާގެ އެވޯޑް މުއުމިން ފުއާދާއި އަލީ ޝިފާއު ގެންދިޔައިރު އެންމެ މޮޅު ސިނެމޮޓޯގްރަފީ އެވޯޑާއި އެންމެ މޮޅު އޮރިޖިނަލް ސްރީން ޕްލޭ އެވޯޑް ވެސް ލިބިފައިވަނީ މުއުމިން ފުއާދަށެވެ. އަދި އެންމެ މޮޅު އޮރިޖިނަލް ސްކޯ އެވޯޑް އަބްދުލް ބާސިތާއި ޝާޒް ސަޢީދަށް ލިބުނު އިރު އެންމެ މޮޅު ކޮސްޓިއުމް އެވޯޑް އިބްރާހިމް އަލީ އާއި އައިމިނަތު ހަސަން ގެންދިއަ އެވެ. އެންމެ މޮޅު އަމިއްލަ ރާގުގެ އެވޯޑުގެ އަރާމު އެލަވައިން މުހައްމަދު ފުއާދުއަށް ލިބުނީ ވެސް ހެޕީބާތްޑޭއިންނެވެ.

ފީޗާ ފިލްމުގެ ބައިން މުހިންމު ގިނަ އެވޯޑްތަކެއް ހެޕީބާތްޑޭ އިން އުފުލައިލި އިރު އެންމެ މޮޅު ކުރު ފިލުމްގެ އެވޯޑް ލިބުނީ އަހުމަދު ފަލާހުގެ “ފަގީރުކޮއި” އަށެވެ. އެބައިން އެންމެ މޮޅު ބަތަލާއަކަށް ޝީލާ ނަޖީބު އަދި އެންމެ މޮޅު ބަތަލަކަށް ހޮވުނީ މުހައްމަދު އަބްދުﷲ (މުހައްމާ)  އެވެ. ކުރު ފިލްމުގެ ބައިން އެންމެ މޮޅު ޑިރެކްޓަރަކަށް ހޮވިފައިވަނީ ފަގީރުކޮއިގެ ޑައިރެކްޓާ އަހުމަދު ފަލާހެވެ.

ފީޗާ ފިލްމް ކެޓަގަރީން އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިފައިވަނީ ޔޫސުފް ގައި އަދާކުރި ރޯލުން ނިއުމާ މުހައްމަދަށެވެ. އަދި ބެލުންތެރިންގެ އެންމެ މަގުބޫލް ފިލްމަކަށް ހޮވިފައިވަނީ ފާތުމަތު ނަހުލާގެ ޔޫސުފެވެ.

އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގޭ އެވޯޑް ފިލްމް ހަލާސްގެ “ހާދަދަހިވެތި ބެލުމެކޭ” އެ ލަވައިން މަރިޔަމް އުނޫޝާއަށެވެ. ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑް ޔޫސުފްގެ “ހައިރާންވާހާ ޗާލޭ ތިލޯ” އެލަވައިން މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އަށެވެ. ކޮރިއޮގްރަފާ އެވޯޑް ފިލްމް އަލީ ޝީޒަނަށެވެ. ލީރިކްސްގެ އެވޯޑް މައުސޫމް ޝާކިރަށް ލިބުނު އިރު މޭކަޕް އާޓިސްޓްގެ އެވޯޑް ހޯދީ މުހައްމަދު މަނިކެވެ. އެންމެ މޮޅު ކުޑަ ކުއްޖާގެ އެވޯޑާއި އެންމެ މޮޅު ޑެބިއުޓް އެވޯޑް ފިލްމް ޔޫސުފް އިން އަހުމަދު ލައިސް އާސިމް ވަނީ ގެންގޮސްފަ އެވެ.

އެވޯޑް އެހްފަލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވީ ގިނަ ދުވަސްތަކެއް ވަންދެއް އެދާއިރާގައި ހިދުމަތްކޮށްދެއްވަމުން އަންނަ ރޯނު ހަސަން މަނިކަށެވެ. އެ އެވޯޑް އެނާއަށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.

މުނިފޫހިފިލުމުގެ ހަރަކާތްތަކާއެކު ރޭ ބޭއްވި ހަފްލާގާއި ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ލާރާ ގުޕްތާއާއި އާމިރު ހާންގެ ފިލްމް ގަޖްނީގެ ލަވަކިޔުންތެރިޔާ ބެންނީ ޑަޔާލްވެސް ބައިވެރިވި އެވެ. އަދި ރޭގެ އެ ހަފްލާގައި މެނީޑަޔާލްގެ ޝޯ އެއް ވަރަށް އަވަހަށް މާލޭގައި ބާއްވާނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.

މިޙަފްލާގައި އެންމެ މޮޅު ފިލްމަކަށް ހޮވުނީ 12 އެވޯޑާއެކު ފިލްމު ހެޕީ ބާތު ޑޭ އެވެ.

ހޯމް, މުނިއަވަސް
0
Facebookfacebook
TwitterTwitter
stumbleuponstumbleupon
del.icio.usdel.icio.us
Buzz
ހިޔާލު ހުށައަޅުއްވާ Cancel reply

*

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

  • އެންމެ ފަސް

    • DSC01482
      ވެލިދޫގައި ބަށި މުބާރާތެއް ބާއްވަނީ

      14 days ago

    • miladhoo
      ނ. މިލަދޫ ގޮނޑުދޮށުގައި ހުރި ހަޓެއްގައި އަލިފާނުގެ ޙާދިޘާއެއް ހިނގައިފި

      15 days ago

    • maafaru
      މާފަރު ރަށު ކައުންސިލްގެ ގޮނޑި ޕީޕީއެމުން ކާމިޔާބުކޮށްފި

      21 days ago

    • royal
      ރޯޔަލްމަންތާ ސަފާރީ ފަރަށް އަރައިފި

      31 days ago

    • l_17249131
      އިންޑޮނޭޝިޔާއަށް އައި ބިންހެލުމާގުޅިގެން ރާއްޖެއަށް ސުނާމީ އިންޒާރުދީފި

      38 days ago

  • ފަހުގެ ފޮޓޯ

    5th North Scout Camporee -N.Velidhoo 18-22 march 2012MDPމިނިވަންދުވަހުގެ ހިނގާލުންކޮރަޕްޝަނާ ދެކޮޅަށް ވެލިދޫ ޒުވާނުން
    ސަރުކާރާ ދެކޮޅަށް ވެލިދޫގައި ބޭއްވި ހިނގާލުންގައުމީޓީމަށް މަރުހަބާތިނެއް ފަންސާސް (350) ވެލިދޫގައި ފާހަގަކުރުންމެންބަރުންގެ ފުޓްބޯޅަމެޗް
    މަޖިލިސް ކައިރިއަށް އާންމުން އެއްވުންމަސްތުވާތަކެއްޗާ ދެކޮޅަށް ބޭއްވި ހިނގާލުންމައިވޮއިސް އިފްތިތާހީޖަލްސާތީމުގެ

© 2012 Velidhoo Online.All rights Reserved. Email:info@velidhoo.com. Design by nashid(boy)