މިސް ފްރާންސްގެ ބައިވެރިން ރާއްޖެ އަތުވެއްޖެ
މިސް ފްރާންސް 2011 އަށް ވާދަ ކުރާ 33 އަންހެން ކުދިން މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެ އެވެ.
މިސް ފްރާންސްގެ ބައިވެރިންނަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ކިޔާފައި ވަނީ ރަތްދޫލައިގެ މަރުހަބާ އެކެވެ.
އެމީހުން މަތިންދާ ބޯޓުން ފޭބުމުން ބޮޑުބެރުގެ ކުޅިވަރުތަކާއި ދަނޑި ޖެހުން ފަދަ ސަގާފީ ތަފާތު ކުޅިވަރުތައް އެމީހުންނަށް ދައްކާލާފައިވެ އެވެ. އަދި ބޮޑުބެރު ލަވައަކަށް އެމީހުން ނެއްޓެވެ.
މިސް ފްރާންސް އޯގަނައިޒިން ކޮމެޓީގެ މެންބަރަކު މީޑިއާ އަށް މައުލޫމާތު ދެމުން މިއަދު ބުނީ އެމީހުނަށް ރާއްޖެ އިން ކިޔާފައިވާ މަރުހަބާ އަކީ ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެމީހުންނަށް ކިޔާފައިވާ އެންމެ ހޫނު މަރުހަބާ ކަމަށެވެ.
މިސް ފްރާންސްގެ ބައިވެރިން ރާއްޖޭގައި ތިބުމަށް ހަމަޖެހިފައި ވަނީ ކޮކޯޕާމްގެ ބޮޑު ރިސޯޓުގަ އެވެ. ބޮޑު ހިތީގައި އެ މީހުން ތިބޭ ހަފުތާއެއް ހާ ދުވަހުގެ ތެރޭގައި ފޮޓޯ ސެޝަންތައް ބޭވުމާއި ދިވެހި ސަގާފީ ތަފާތު ހަރަކާތްތަކުގައި ބައިވެރިވުން ހިމެނޭ ކަމަށް އޮގަނައިޒިން ޓީމުން ބުންޏެވެ.
ބޮޑުހިތީގައި އެ މީހުން ނަގާ ވީޑިއޯތަކާއި ފޮޓޯތައް ދެއްކުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެންބަރު މަހު 4 ވަނަ ދުވަހު މިސްފް ފްރާންސް 2011 ހޮވުމަށް ހަމަޖެހިފައިވާ ހަފްލާގައި ކަމަށް ވެސް އިވެންޓް މެނޭޖު ކުރާ ޓީމުން ބުންޏެވެ.
ރާއްޖެ އައި މިސް ފަރާންސްގެ 33 ކުދިންނާ އެކު މިސް ފްރާންސް 2009 އަށް ހޮވުނު ޗޯލޭ މޯޓާޑް އާއި މިސް ފްރާންސް 2010 އަށް އަށް ހޮވުނު މަލިކާ މެނާޑް ވެސް ރާއްޖެ އަ އެވެ.
މިސް ފަރާންސްގެ ބައިވެރިން ރާއްޖެ އިން ފުރުމަށް ހަމަޖެހިފައި ވަނީ މި މަހު 18 ވަނަ ދުވަހު ކަމަށް ކޮކޯ ޕާމުން ބުންޏެވެ.
























habeys keep it up , but yu gays has to update monthly.
theethi salhiyey