VelidhooOnline
Advertise Here
    • ފުރަތަމަ ސޮފުހާ
    • ޚަބަރު
    • ކުޅިވަރު
    • ކޮލަމް
    • މައުލޫމާތު
    • ދީން
    • މުނިއަވަސް
    • ރިޕޯރޓް
    • ފޮޓޯ އަލްބަމް
    • ވީޑިއޯ
1

ޚާދިމަކަށް ވާން ނުދަންނަ މީހަކަށް ގާއިދަކަށް ނުވެވޭނެ – ރައީސް

by މުހައްމަދު ހަލީމް އަލީ on 31 އޮކުޓޫބަރ

މުޅި ރާއްޖޭގެ ތަރައްޤީއާއި ރައްޔިތުންގެ ހުރިހާ އުންމީދެއް ގުޅިފައިވާ ޕާޓީއަކީ އެމްޑީޕީ ކަމަށާއި، އެކަންތައް މަތިން އަބަދުވެސް ހަނދާންކޮށް ރައްޔިތުންނަށް ޚިދުމަތްކުރުން މަތީ ދެމިތިބެން ޖެހޭނޭ ކަމަށާއި އެހެންކަމުން ޚާދިމަކަށްނުވެ ގާއިދަކަށް ނުވެވޭނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދިގު އެތައް އަހަރެއްގެ އަޖަލުގައި ޖެހި، އެނގިގެންނާއި ނޭނގި ހިނގާދިޔަ ނުސިޔާނު ސިޔާސަތުތަކެއްގެ ސަބަބުން ވެއްޓެމުން ވެއްޓެމުން ގޮސް، ދިވެހިރާއްޖެ ވެއްޓިފައި އޮތް ވަޅުގަނޑު ކިތަންމެހާވެސް ފުން. އެހެން ކަމުން އަޅުގަނޑުމެންގެ ކުރިމަތީގައި ހުރި ގޮންޖެހުންތައްވެސް އެހާމެ ގިނަ. މިކަންކަމުން މިރާއްޖެ މިންޖުކޮށް، ޤައުމާއިގެން އަމާން ބަނދަރަކަށް ދިއުން ނޫން އެހެން ގޮތެއް އަޅުގަނޑުމެންނަކަށް ނެތް. މިގޮތުން ރާއްޖެ ނަގާ ކޮޅަށްޖެހޭނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އޭރުވެސް އަދި މިހާރުވެސް އަޅުގަނޑުމެންނަށް އޮވޭ. ރެއާ ދުވާލު ކެނޑިނޭޅި އަޅުގަނޑުމެން ކުރަމުން މިދަނީ އެމަސައްކަތް. ” ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ “ނުވެހުރި އެތައް ކަމަކާއި، ހަޤީޤަތަކަށް ވުމަށް ރައްޔިތުން އެދިތިބި އުއްމީދުތައް އެންމެ ގާތުން ނަކަލު ކުރެވޭނެ ނިޒާމެއް އޮތީ އެމްޑީޕީގައި” ކަމަށާއި ދަތިތަކާއި އުނދަގުލާއި ހުރަސްތަކާއި އެކުވެސް ރައްޔިތުންގެ ބޭނުންތަކަށް އިޖާބަ ދިނުމަށް އެންމެ މުހިއްމު ކަމަކީ އެމްޑީޕީ ހިނގަމުންދާ ހަރުދަނާ ރިވެތި ޑިމޮކްރެޓިކް އުސޫލުން ހިނގަމުން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މިސަރުކާރަށް މިވީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދުނު ކާމިޔާބީތައް ކުރީގެ ސަރުކާރުގެ 30 އަހަރާ ނުބައްދަލުކަމަށް ވިދާޅުވިއެވެ. އެގޮތުން މިވީ 2 އަހަރު ދުވަހުގެ ތެރޭގައި 27 ރަށުގެ ބަނދަރު ހަދާ ނިމިފައިވާ ކަމަށާއި، އިތުރު 11 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ އިރު 3 ރަށެއްގެ ބަނދަރު މި ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނޭ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ވޭތުވެދިޔަ ދިގު 30 އަހަރުގެ ވެރިކަމުގައި ރާއްޖޭގައި ޤާއިމްކުރެވިފައިވަނީ ޖުމްލަ 8 ރަށުގެ ނަރުދަމާ ނަމަވެސް މިވީ 2 އަހަރު ދުވަހުގެ ތެރޭގައި 12 ރަށެއްގެ ނަރުދަމާ ނިޒާމް ޤާއިމްކޮށް ނިންމާ، އިތުރު 5 ރަށެއްގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރު ވެރިކަމަށް އައިއިރު އެ ސަރުކާރާ ހަވާލުވީ މާލޭ ބައިނަލް އަޤްވާމީ “ބާލިދީ” ބަނދަރު ކަމަށާއި، ވިއްސާރަ ދުވަސްވަރެއްނަމަ މުޅި އެއަރޕޯޓުގައި އޮންނަނީ ބާލިދީ އަތުރާފައި ކަމަށް ވިދާޅުވިއެވެ.

ރޭގެ ތަޤްރީރަކީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްފަހު ދެއްވި އެންމެ ޖޯޝްހުރި ތަޤްރީރެވެ.

ހޯމް, ޚަބަރު
1
Facebookfacebook
TwitterTwitter
stumbleuponstumbleupon
del.icio.usdel.icio.us
Buzz

One Response to “ޚާދިމަކަށް ވާން ނުދަންނަ މީހަކަށް ގާއިދަކަށް ނުވެވޭނެ – ރައީސް”

  • DQP says:

    MDP will bring prosperity to Maldivians with or without the support of the DRP. Haainun mi gaumun avahah filaa noonee rayyithun badhalu hifaafaane.

    1 ނޮވެމްބަރ 11:42 AM
    Reply
ހިޔާލު ހުށައަޅުއްވާ Cancel reply

*

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

  • އެންމެ ފަސް

    • DSC01482
      ވެލިދޫގައި ބަށި މުބާރާތެއް ބާއްވަނީ

      14 days ago

    • miladhoo
      ނ. މިލަދޫ ގޮނޑުދޮށުގައި ހުރި ހަޓެއްގައި އަލިފާނުގެ ޙާދިޘާއެއް ހިނގައިފި

      15 days ago

    • maafaru
      މާފަރު ރަށު ކައުންސިލްގެ ގޮނޑި ޕީޕީއެމުން ކާމިޔާބުކޮށްފި

      21 days ago

    • royal
      ރޯޔަލްމަންތާ ސަފާރީ ފަރަށް އަރައިފި

      31 days ago

    • l_17249131
      އިންޑޮނޭޝިޔާއަށް އައި ބިންހެލުމާގުޅިގެން ރާއްޖެއަށް ސުނާމީ އިންޒާރުދީފި

      38 days ago

  • ފަހުގެ ފޮޓޯ

    5th North Scout Camporee -N.Velidhoo 18-22 march 2012MDPމިނިވަންދުވަހުގެ ހިނގާލުންކޮރަޕްޝަނާ ދެކޮޅަށް ވެލިދޫ ޒުވާނުން
    ސަރުކާރާ ދެކޮޅަށް ވެލިދޫގައި ބޭއްވި ހިނގާލުންގައުމީޓީމަށް މަރުހަބާތިނެއް ފަންސާސް (350) ވެލިދޫގައި ފާހަގަކުރުންމެންބަރުންގެ ފުޓްބޯޅަމެޗް
    މަޖިލިސް ކައިރިއަށް އާންމުން އެއްވުންމަސްތުވާތަކެއްޗާ ދެކޮޅަށް ބޭއްވި ހިނގާލުންމައިވޮއިސް އިފްތިތާހީޖަލްސާތީމުގެ

© 2012 Velidhoo Online.All rights Reserved. Email:info@velidhoo.com. Design by nashid(boy)