VelidhooOnline
Advertise Here
    • ފުރަތަމަ ސޮފުހާ
    • ޚަބަރު
    • ކުޅިވަރު
    • ކޮލަމް
    • މައުލޫމާތު
    • ދީން
    • މުނިއަވަސް
    • ރިޕޯރޓް
    • ފޮޓޯ އަލްބަމް
    • ވީޑިއޯ
16

ވެލިދޫ ދާއިރާއާމެދު ޙަލީމްގެ ތަޞައްވަރު

by މޯޑް on 8 އޭޕުރީލް

n3

އިންތިޚާބީ ދާއިރާގެ ފަސްމަންޒަރު:

ދެހާސްފަސްވަނަ އަހަރުން ފެށިގެން ހޮޅުދޫ، ފޮއްދޫ، ވެލިދޫ ރައްޔިތުންނާއެކު އަޅުގަނޑު ތަޖުރިބާ ކުރަމުންމިދާ ދުވަސްތަކަކީ އަސަރުން ފުރިފައިވާ ހިތްދަތި ދުވަސްތަކެކެވެ.

ރައްޔިތުންގެ އިންސާނީ އަދި އަސާސީ ޙައްޤުތައް ލިބިދީފައި ނެތުމުގެ ސަސަބުން ރައްޔިތުން ވެފައިވަނީ ކޮންމެ ކަމަކަށްވެސް ސަލާން ޖަހަންޖެހޭ ބަޔަކަށެވެ. ބޭސް ސިޓީއަށާއި ފޮތްލިސްޓަށެވެ. ބޯހިޔާވަހިކަމާއި ދުވަހު ފުރާގަށެވެ.


ފޮއްދޫއަކީ މީސްމަދު ރަށެއް ނަމަވެސް ނ. އަތޮޅުގެ ޤަދީމީ ރަށެކެވެ. އަދި ވަކީން ޚާއްޞަގޮތެއްގައި ވެލިދޫގެ ފެށުމާއި ތާރީޚު ގުޅިފައިވަނީ ފޮއްދޫއާއެވެ. އެހެންނަމަވެސް ފޮއްދޫއަށް ކުރީގެ ސަރުކާރުގެ އެއްވެސް ސަމާލުކަމެއް ލިބިފައިނެތްކަމީ ތާރީޚީ ޙަޤީޤަތެވެ. އެރަށުގެ ކަރަންޓެކޭ ކަނިވެފައިވާ ފުޅިބައްތިއެކޭ އެއްފަދައެވެ. ލަފާފުރާނެ ބަނދަރެއްނެތެވެ. އަދި އަމުދުން ފޮއްދޫ ސްކޫލުގައި ތަމްރީނުވެފައިވާ ހަމައެއްވެސް ޓީޗަރެއްނެތެވެ. ބޭސްފަރުވާގެ ޚިދުމަތް އަމުދުން މިރަށުގައި ލިބެންނެތެވެ. ބޯފެނާއި ނަރުދަމާގެ ނިޒާމަކީ ފޮއްދޫއަށްވެސް ބޭނުން ނިޒާމެކެވެ. ހޮޅުދޫއަކީ ތަޢުލީމީ ރަށަކަށްވީނަމަވެސް ތިމާވެށީގެ ގޮތުން މިރަށަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ ހައްލު ހޯދިފައިވާ މައްސަލަތަކެއްނޫނެވެ. ވިއްސާރަ މޫސުމުގައި ރަށުގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ރައްޔިތެއްގެ މުދަލަށް ވަނީ އަގު ނުކުރެވޭފަދަ ގެއްލުންވެފައެވެ. ހަމަމިއާއެކު ހޮޅުދޫއަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައިގެ ސަބަބުން ރަށުގެ ބައެއްގެތައް ގިރާލުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެހެންމެ ހޮޅުދޫގެ ބިންފުރި ޒުވާން ޢާއިލާތަކަށް ފުރިހަމަ ބޯހިޔާވަހިކަން ނުލިބުމު މައްސަލައަކީވެސް ކުޑަ މައްސަލައެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން extraordinary rendition download ހޮޅުދޫއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ގެދޮރުގެ ދަތިކަން ހިމެނެއެވެ. އަދި ހޮޅުދޫގެ ފެންވެސްވަނީ ވަރަށްބޮޑަށް ތަޣައްޔަރު ވެފައެވެ. އަދި މިއާއެކު ރަނގަޅު ނަރުދަމާ ނިޒާމެއް ޤާއިމުކުރަންޖެހިފައެވެ. ހޮޅުދޫ ޞިއްޙީ މަރުކަޒު ތަރައްޤީކޮށް، އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތަށްވަނީ ޖެހިފައެވެ. މޭނާ ސްކޫލު ނިންމާ ދަރިވަރުންނަކީ ސާނަވީ އިމްތިޙާނުތަކުގައި ވަރަށް ފުރިހަމަ ކާމިޔާބުތަކެއް ޙާޞިލުކުރާ ދަރިވަރުންތަކެކެވެ. އެހެންކަމުން މިފަދަކުދީންގެ ކުރިމަގާމެދުވެސް ރަނގަޅު ގޮތްތަކެއް ވާންޖެހެއެވެ. ވެލިދޫއަކީ ނ. އަތޮޅުގައި އޮތް އެންމެ ބޮޑު އާބާދީ ދިރިއުޅޭ ރަށެވެ.


ރަށްފުރި މިހާރުވަނީ ބޯހިޔާވަހިކަމަށް ޖެހިފައެވެ. އެތަކެއް އަހަރުކުރީން ކޮނުނު ފަޅުތިލަވެ، ކަނޑުތޮއްޓާއި އެއްގަމު ތޮށިވަނީ މަރާމާތުކުރަން ޖެހިފައެވެ. ވެލިދޫގެ ފެން އެއްދުވަހުން އަނެއްދުވަހަށް ތަޣައްޔަރުވަމުން ދާއިރު އެކަމަށްވެސް ހައްލެއްހޯދަންވަނީ ޖެހިފައެވެ. ނަރުދަމާ ނިޒާމަކީވެސް ޙަޤީޤަތަކަށް ވާންޖެހެއެވެ. އަދި ވެލިދޫއަކީ ދިވެހިރާއްޖޭގެ އެންމެގިނަ ސަފާރީ ބޯޓުތަކުގެ ބަލަދުވެރިޔާ ކަމަށްވީއިރު، ބޭންކުގެ ޚިދުމަތް އެހާމެ މުހިންމެވެ. އަދި މިހާރުވެސް އަމިއްލަ ފަރާތަކުން ސްލިޕްވޭގެ ޚިދުމަތް ދެމުން ގެންދިޔުމާއެކު ބޯޓުޔާޑަކާއި ޑޮކްޔާޑެއްގެ މުހިންމުކަން ވަރަށްބޮޑެވެ. ވެލިދޫއަކީ މަސްތުވާތަކެތީގެ މައްސަލަތައް އާންމުވެފައިވާ ރަށަކަށްވާތީ، ސެއްލި، މެއްލިވެގެން އުޅޭ ޒުވާނުންގެ ވަގުތުތައް ފުރިހަމަ ގޮތުގައި ހޭދަކުރެވޭފަދަ ޒުވާނުންގެ މަރުކަޒެއްގެ ބޭނުންވެސް އެހާމެ ބޮޑެވެ.


sleepwalking online

އަޅުގަނޑުގެ ތަޢާރުފް:

އަޅުގަނޑު ފަށާ ތަޢުލީމާއި މެދު މަދަރުސީ ތަޢުލީމު ޙާޞިލް ކުރީ ނ.އަތޮޅު ތަޢުލީމީ މަރުކަޒުންނާއި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިންނެވެ. އަދި އެއަށްފަހު މަތީ ސާނަވީ ތަޢުލީމު ޙާސިލް ކުރުމަށް ޕާކިސްތާނުގައި ހުންނަ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާރސިޓީގެ ދަޢުވާ އެކަޑަމީ އިން އިސްލާމިކް ދަޢުވާ އިން ޑިޕްލޮމާއެއް ޙާސިލްކޮށް އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ޤާނޫނީ ދާއިރާއިން ދަސްވެނިވިފައިވާ މީހަކީމެވެ. އަދިހަމަ އެހެންމެ ސިންގަޕޫރާއި އިންޑިޔާގައި ތަފާތު ތަމްރީނު ޕްރޮގްރާމުތަކުގައި ބައިވެރިވީމެވެ.


ޚިދުމަތް:

1995 އޮކްޓޯބަރު މަހުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި އަޅުގަނޑު ގުޅުނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައެވެ. އެހެނަސް އޭރުގެ ސަރުކާރުން ކަންތައްތައް ކުރާގޮތާމެދު ހިތްހަމަ ނުޖެހޭތީ 2003 ޖުލައި މަހު ދިވެހި ސިފައިންގެ ޚިދުމަތުން ވަކިވެ އިޞްލާޙަށްޓަކައި މަސައްކަތްކުރަން ފެށީމެވެ. އެހެންކަމުން ފިޔެސް މަޖައްލާއާއި ގުޅިގެން ފާޅުގައި ސަރުކާރަށް ފާޑުކިޔާ ނޫސް ނެރެންފެށީމެވެ. އުފަންރަށާއި އަތޮޅަށް ޚިދުމަތް ކުރުމުގެ ގޮތުން 2005 މެއިމަހު އަޅުގަނޑު ނ.ހޮޅުދޫ ކޯޓުގެ މެޖިސްޓްރޭޓް ކަން ކުރީމެވެ.


the karate kid online download

އަޅުގަނޑުގެ އަމާޒް:

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފަސްވަޢުދާއެކު އަޅުގަނޑު ފޮއްދޫ، ހޮޅުދޫ، ވެލިދޫގެ ރައްޔިތުންނަށް ހޯދައިނުމަށްޓަކައި

download tarzan and the lost city

މިނެރޭ ތަޞައްވުރަކީ:


-
ފަޅުކޮނެ، ބަނދަރުހެދި، ބޯފެނާއި ނަރުދާމާގެ ނިޒާމު ޤާއިމުކުރެވިފައިވާ، ލުއިއަގެއްގައި ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށްލިބޭ، ތަމްރީނުވެފައިވާ މުދައްރިސުން ކިޔަވައިދޭންތިބޭ ސްކޫލަކާއެކު، ޑޮކްޓަރުގެ ޚިދުމަތް ލިބެމުންދާނެ ފޮއްދޫއަކީ އަޅުގަނޑު ޙާޞިލުކުރަން ބޭނުންވާ ފޮއްދޫގެ ތަޞައްވުރެވެ.


-
ރަށްގިރުމާއި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރެވި، ރަނގަޅު ފެންވަރަކަށް މަގުތައްހެދި، ބޯފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރެވި، ބޭންކުގެ ޚިދުމަތްފެށި، ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ތަރައްޤީވެ، އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތްލިބުމާއެކު، ފުލެޓުތަކުގައި download the dead pool ރައްޔިތުން ދިރިއުޅެމުންގެންދާއިރު މަތީތަޢުލީމުދޭ މަރުކަޒެއްގައި އެހެންރަށްރަށުގެ ކުދީންނާއެކު އަމިއްލަރަށުގައި ތަޢުލީމު ޙާޞިލުކުރަމުންގެންދާ މަންޒަރަކީ އަޅުގަނޑު ޙާޞިލުކުރަން ބޭނުންވާ ހޮޅުދޫގެ ތަޞައްވުރެވެ.


-
މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ، ބޯފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުވެ، ގެދޮރުގެ ދަތިކަންފިލައި، އަމިއްރަށުގައިތިބެ އަނބީންނަށް ވިހޭގޮތް ހަމަޖެހި، ބޭންކުގެ ޚިދުމަތް ޤާއިމުކުރެވި، ޒުވާނުންގެ ހުސްވަގުތައް ރަނގަޅު ގޮތުގައި ހޭދަކުރެވޭނެ އިންތިޒާމު ހަމަޖެހި، ސަފާރީބޯޓު ދުއްވާ އަދި އުފައްދާ ފަރާތްތަކަށް ބޭނުންވާ ކަންކަން އިންތިޒާމުވެ، ބަނދަރު މަރާމާތުކޮށް، ކަނޑުތޮށިލެވި، ބިންހިއްކި، މަގުތަކުގައި ތާރުއެޅިފައިވާ ވެލިދޫ އަކީ އަޅުގަނޑު ޙާޞިލުކުރަން ބޭނުންވާ ވެލިދޫގެ ތަޞައްވުރެވެ.

ރިޕޯރޓް
16
Facebookfacebook
TwitterTwitter
stumbleuponstumbleupon
del.icio.usdel.icio.us
Buzz

16 Responses to “ވެލިދޫ ދާއިރާއާމެދު ޙަލީމްގެ ތަޞައްވަރު”

  • kandi says:

    kalo alibey kudey saabahey! thee aharumen mi benynun vegeh ulhey gothakee…aharennaa aharehge ailaa mithibee thibey fulhaa yaa eku.

    Shukuriyyaa

    8 އޭޕުރީލް 6:37 PM
    Reply
  • ސާބަސް says:

    Haleem akee qabil meeheh, noon atholhah adhi qaumah khidhumaiy kuravva beyfulheh. thigotugai huramah edhen….aharen adhi family ge vote haleemah

    8 އޭޕުރީލް 7:41 PM
    Reply
  • True says:

    Maldives College of Higher Education in Gaanoonee dhaairaa in dhasvenivifaivaa meehekey thibunanee kihaa fenvarehge faaheh thoa eve. Rayyithunnah olhuvaalan thidhen bodu varekeve. Certificate in Justice Studies Course akee rahrashugai ghaazeen madhukamun veehaaves avahah ghaazeen lumah seenaa zahir feshi 8 masdhuvahuge course ehge vaahaka eve. Ghaanoonee dhaairaa inney buneema meehunnah heevedhaane varah bodu faahekey.

    Mejistrate kamuga huregen mohamed haleem addu atholhah gos kuri kanthah ves liyelan vee nun thoa eve.

    Rayyithunnah olhuvaa nulaa.

    Thibeyfulhunnah effena photo frame in echcheh visnavaasheve. Soleeb thakeh ukaaleema hunnaanee egothasheve. Eyge there in efennanee Mohamed Haleem eve. Subuhaanallah. Namuga e ee kudakudhin kulhen gengulhey echchesseve.

    MDP in abadhuves ekahala visnumeh onnaane. Adi ingeynee fahunneve.

    Mihaaru sarukaarun kanthah kuravvaa goi ballavaashe.

    8 އޭޕުރީލް 9:00 PM
    Reply
  • True says:

    Raeesh Nasheed hithah erihaa bayakah vazeefaa dhee mulhi gaumuge hurihaa faisaa eh musaara ah dhee hus kuranee eve. Majilis gaa adu ufulanee kaaku heyyeve. Adu ufulaa irah ebunanee mihaaru e ulhenee maumoon sarukaarun kohffa huri kanthah falhaa araa faane thee eve.

    Anti Corruption ah anganee 100 dhuvahuge kanthah nukoh 30 aharudhuvahuge hisaabuthah balan sheve.

    Rayyithun majlis ge thaareekhgai ves raees ebbaaru lun nudheegen nubelunu furathama kanthah miothee raees nasheed ge sarukaarun kohffa eve. Adhi meege baivaru kanthah kuraane eve.

    Rangalhah visnavaafa vote lavvaathi.

    8 އޭޕުރީލް 9:04 PM
    Reply
  • އައިޝް says:

    މިފަހަރު 77 ގޮނޑިއަށް ވާދަކުރައްވާ 258 ބޭފުޅުންގެ ތެރޭގައި ވެސް ޙަލީމް ފަދަ ބޭފުޅުން މަދު. ޙަލީމަކީ ވެލިދޫ ދާއިރާއަށް ލިބުނު ރަނެއް، މަލެއްފަދަ ބޭފުޅެއް…. ސާބަސް ހަލީމް، މާތްﷲގެ އިރާދަފުޅާއި މިންވަރުފުޅުން ޙަލީމަށް ކާމިޔާބުވާނެ.

    8 އޭޕުރީލް 11:26 PM
    Reply
  • FULHU says:

    Haleem ge gaabil kamaamedhu ehen candidatunge supportarun kanboduvey!
    Haleem ge kaamiyaab kamaamedhu ehen candidatun jealous vey!
    Haleem ge thasavvuraamedhu kanboduve comment kurey!

    Vote 4 haleem

    8 އޭޕުރީލް 11:31 PM
    Reply
  • niyas says:

    ޙަލީމްގެ ތަޝައްވަރު ވަރަށް ރަނގަޅު، ޙަލީމަށް ވޯޓް ދޭން ބޭނުންވިޔަސް އަޅުގަނޑަކީ ނ.އަތޮޅު މީހެއްނޫން. އެކަމަކު ތިފަދަ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހަށް މުހިންމު ބޭފުޅުން.

    8 އޭޕުރީލް 11:33 PM
    Reply
  • True says:

    Thasavvuru kithanmehaaves rangalhuvedhaane. Riyaasee Nizaamugai Ibra ge thassavuru dhera ee tho. Ekamu Baathil vote ves Ibra libunu votah vure madhu. Mohamed Haleemge thasaavaru rangalhuvedhaane. Mihaa hisaabah airu Mohamed Haleem ge amalthah huree adhi egothakh noon. Mi ee gaumuge rayyithunge majlis.

    9 އޭޕުރީލް 8:10 AM
    Reply
  • މިނިވަންވެލިދޫ says:

    ރައްޔިތުންގެ ވަކީލަކަށް ޤާނޫނީ ވަކީލެއް- ވޯޓް މުޙައްމަދު ޙަލީމް ކެންޑިޑޭޓް ނަމްބަރ 4

    9 އޭޕުރީލް 8:18 AM
    Reply
  • velidhoo youth voice says:

    Haleem kalhey raghalhu vaane cafe thakuga cofee boi bodu angathalhan u are not rigt one to be in majlis. Velidhoo dhaairaa othy Ibrahim Moosa Fulhaa ekuga. I think we have given u n ur family a lot so its more than enough for us. lets end this family power from velidhoo and our atoll. We have dicide, but its not u..

    9 އޭޕުރީލް 9:08 AM
    Reply
  • True says:

    ތިބޭފުޅުން ޤާނޫނީ ވަކީލެކޭ ތިޔަވިދާޅުވަނީ ކީއްވެހެއްޔެވެ. މުޙައްމަދު ހަލީމް ނޮވެމްބަރުމަހު ޤާނޫނީ ވަކީލުކަމުގެ ސެޓްފިކެޓް މެޖިސްޓްރޭޓު ކަންކޮށްފައިވާތީ ދޭ އުސޫލުން ދެއްވިފަހުން ކިތައް މައްސަލައަށް ވަޑައިގަންނަވައިފިތޯއެވެ. ތިޔަ ވިދާޅުވާގޮތަށް ރާއްޖޭގައި 400 އެއްހާ ޤާނޫނީ ވަކީލުން އެބަތިއްބެވިއެވެ.

    9 އޭޕުރީލް 9:39 AM
    Reply
  • ބިސްފަތަފޮޅި says:

    ހަލީމް އެވެ. މާލެ ރައްޔިތުން ފަދައިން ފްލެޓް ތަކުގަ އުޅޭކަށް ހޮޅުދޫ ރައްޔިތުން ބޭނުމެއް ނުވެއެވެ. އަދި ވެލިދޫގެ ރައްޔިތުންވެސް އެގޮތް ބޭނުންވާނެ ހެނެއް ހިއެއް ނުވެއެވެ. ވީމާ ފްލެޓްތަކުގަ ރައްޔިތުން ދިރިއުޅޭ ތަސައްވުރެއް އަޅުގަނޑުމެންގެ ރަށާއި މެދު ނުކުރައްވާށެވެ. ހޮޅުދުއަށް ދިމާވެފަވާ ގެދޮރުގެ މައްސަލައަށް އޮތް އެންމެ ރަނގަޅު ހައްލަކީ މީދޫ އާބާދު ކުރުމެވެ.

    9 އޭޕުރީލް 6:04 PM
    Reply
  • True says:

    ޙަލީމްއަށް އެނގިލައްވާތޯ މަގުތަކުގައި ތާރުއެޅުމަކީ ކިހާ ވަރެއްގެ ކަމެއްތޯ. އެއްވެސް މިންވަރަކަށް ސްޓަޑީއެއް ހަދާލައިގެންތޯ ތިޔަހެން ތަސައްވަރު ތިޔަވިދާޅުވީ. އެމްޑީޕީގެ ތަޞައްވަރަކުވެސް ނެތް ތިޔަވިދާޅުވާ ވާހަކަތަކެއް.

    11 އޭޕުރީލް 11:59 AM
    Reply
  • ABBAS says:

    haleem saabas. thikahalabey fulhunmadhuvaane.islaaheymasakathugai thikuraa masakathugai kaamiyaabu leavumah eadhi dhuaa kuran. MDP ge gaanoony hissa eahme furihamagothugai adhaa kureveyny MDP ge kendidaytuna.MDP ge fikuru egayny ebay fulhuna. Ehenparty eage mejority eah mikamakah beynumeah nuvey. MDP akey ekan kuran dhana baeh.Riyithunge fikura,ihsaas thaka,vindhu egey baeah.

    14 އޭޕުރީލް 1:23 AM
    Reply
  • dhon seedhee says:

    haleem is a great person..haleem ah thikan viyyaa vaanee..dhen thithibbevy hatthaaves anag bandhuvefa thibi meehun..holhu dhoo alimanikah heyo dhuaa slaamah fahu.’beethaa vefa hurengen tho kurimathi levvy??mifaharu vote dheveykah neh..alimanikoo ladhu gannaanee kihineh hedhiyyaatha..mundu beyli bolaa foshaa elhenee thioh..maumooneh dhen nuhunnaane hiyaanaathu kushuga kuda golhin dhen kaleyaa dhimaavaanee..avahah muskulhi vy dhoohu thikamun effaraih vey ehnoony gayyoomah jehundhathuru jehidhaane…ibrahimfulhu”thanehga vaahaka dhekki dhuvaheh handhaanuga ebahuritha???teacharun thibeynee school thakuga..dr.hassange party aa gulhumakee kaleyge vettun…aslam”fakeeraathakuga dhabaru jahanee balaane meeehaku neh..meehunah mussara dheefa kurimathilee nama okvys..
    mdp seedhaa kuriyah..

    20 އޭޕުރީލް 9:27 PM
    Reply
  • am&sq says:

    haleem ah hama saabas. miadhu tv ga dhehki vaahakathakahves hama saabas.allah ge vaagifulhaa mivarufulhaa eku kaamiyaabu dhehvaane. alhugaduge edhumakee haleem hovihjenama thiya kohdhehvan bunuvi kanthah kohdhehvumugaa ehves fasjehilehvumehnethi, amihla edhumehneythi kohdhehvun. adhi rahyithunge aduthah kanulaa ahsavaagen kuriah dhehvun. mi dhivehi fasgadu ga thiyakahala dhariyaku madhuvaane. alhugadu mihuree haleem aa ekeega. ” never cry, never get” we being together an suport u alway.

    24 އޭޕުރީލް 12:52 AM
    Reply
ހިޔާލު ހުށައަޅުއްވާ Cancel reply

*

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

  • އެންމެ ފަސް

    • DSC01482
      ވެލިދޫގައި ބަށި މުބާރާތެއް ބާއްވަނީ

      14 days ago

    • miladhoo
      ނ. މިލަދޫ ގޮނޑުދޮށުގައި ހުރި ހަޓެއްގައި އަލިފާނުގެ ޙާދިޘާއެއް ހިނގައިފި

      15 days ago

    • maafaru
      މާފަރު ރަށު ކައުންސިލްގެ ގޮނޑި ޕީޕީއެމުން ކާމިޔާބުކޮށްފި

      21 days ago

    • royal
      ރޯޔަލްމަންތާ ސަފާރީ ފަރަށް އަރައިފި

      31 days ago

    • l_17249131
      އިންޑޮނޭޝިޔާއަށް އައި ބިންހެލުމާގުޅިގެން ރާއްޖެއަށް ސުނާމީ އިންޒާރުދީފި

      38 days ago

  • ފަހުގެ ފޮޓޯ

    5th North Scout Camporee -N.Velidhoo 18-22 march 2012MDPމިނިވަންދުވަހުގެ ހިނގާލުންކޮރަޕްޝަނާ ދެކޮޅަށް ވެލިދޫ ޒުވާނުން
    ސަރުކާރާ ދެކޮޅަށް ވެލިދޫގައި ބޭއްވި ހިނގާލުންގައުމީޓީމަށް މަރުހަބާތިނެއް ފަންސާސް (350) ވެލިދޫގައި ފާހަގަކުރުންމެންބަރުންގެ ފުޓްބޯޅަމެޗް
    މަޖިލިސް ކައިރިއަށް އާންމުން އެއްވުންމަސްތުވާތަކެއްޗާ ދެކޮޅަށް ބޭއްވި ހިނގާލުންމައިވޮއިސް އިފްތިތާހީޖަލްސާތީމުގެ

© 2012 Velidhoo Online.All rights Reserved. Email:info@velidhoo.com. Design by nashid(boy)