VelidhooOnline
Advertise Here
    • ފުރަތަމަ ސޮފުހާ
    • ޚަބަރު
    • ކުޅިވަރު
    • ކޮލަމް
    • މައުލޫމާތު
    • ދީން
    • މުނިއަވަސް
    • ރިޕޯރޓް
    • ފޮޓޯ އަލްބަމް
    • ވީޑިއޯ
0

އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި، ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހިމެނިވަޑައިގެންފި

by މުހައްމަދު ހަލީމް އަލީ on 31 އޯގަސްޓު

ދަ ރޯޔަލް އިސްލާމިކް ސްޓްރެޓީޖިކް ސްޓަޑީޒް ސެންޓަރ އިން ހޮވާ “ދަ 500 މޮސްޓް އިންފުލުއެންޝަލް މުސްލިމްސް 2010″ ގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހިމެނިވަޑައިގެންފިއެވެ. އުރުދުންގެ ދިރާސާ ގްރޫޕަކުން ނެރުނު ދުނިޔޭގެ އެންމެ ނުފޫޒްގަދަ ފައްސަތޭކަ މުސްލިމުންގެ ލިސްޓްގައި ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގެންފައިވަނީ ތިމާވެށީގެ ދާއިރާއިންނާއި މޫސުމީ ބަދަލުތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ކުރައްވާ މަސައްކަތް ޕުޅުތަކަށެވެ. ސްޓޭޓް މިނިސްޓަރ ޝަހީމް ހިމެނިވަޑައިގަތީ އިދާރީ ހިންގުމުގެ ބައިން އެކިގޮތްގޮތުން އިސްލާމްދީން ކުރިއަރުވަން މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

އުރުދުންގެ ދަ ރޯޔަލް އިސްލާމިކް ސްޓްރެޓީޖިކް ސްޓަޑީޒް ސެންޓަރުން ނެރެފައިވާ ރިޕޯޓްގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ނަން ފާހަގަކުރައްވާފައިވަނީ އަދުގެ ދުނިޔޭގައި ކަންބޮޑުވާ ވަރުގެ ކަންކަމަށް ހޭލުންތެރިކޮށް އެކަންކަމުން ރައްކާތެރިވުމަށް މަސައްކަތް ކުރައްވާ ލީޑަރުންގެ ލިސްޓުގައެވެ. މި ލިސްޓުގައި ރައީސް ނަޝީދަކީ މިހާރު ދުނިޔޭގައި ވެރިކަންކުރައްވާ ލީޑަރުންގެ ތެރެއިން ތިމާވެށީގެ ކަންކަމަށް އެންމެ ހޭލުންތެރި އެއްލީޑަރުގެ ގޮތުގައި ސިފަ ކުރައްވާފައިވެއެވެ. އަދި ރައީސް ނަޝީދުގެ ސިޔާސީ ހަޔާތްޕުޅުގެ ކުރީ ކޮޅު ސިޔާސީ ކުށްވެރިއަކަށްވެ ޖަލުގައި ދުވަސްހޭދަކުރެއްވި ކަމަށާއި، ރާއްޖެއަކީ ދިހަ އަހަރުތެރޭގައި ކާބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތްޕުޅު ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ޓައިމް މެގަޒިން އިން ހޮވާ ލީޑަރޒް އެންޑް ވިޝަނަރީސްގެ ލިސްޓުން އެއްވަނަ އަށް ލިބިވަޑައިން 2009 ވަނަ އަހަރުގެ ހީރޯޒް އޮފް ދަ އެންވަޔަރަމަންޓް ލިބިވަޑައިގެންފައިވާކަން މި ލިސްޓުގައި ފާހަގަކޮށްފައިވެއެވެ.

އައްޝައިޚް ޝަހީމް ގެންދަވަނީ އެމަނިކުފާނަށް ލިބިވަޑައިގެނެނެވި ދީނީ ތަޢުލީމުގެ ބޭނުން ރާއްޖޭގެ އިސްލާމީ ވުޒާރާ ހިންގުމުގައި ހިއްޕަވަމުންކަން މިލިސްޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގެ ދީނީ އެއްބައި ވަންތަކަން ހިމާޔަތްކުރުމާބެހޭ ޤާނޫނުގެދަށުން އެމަނިކުފާނު އިސްވެ ހުންނަވައިގެން އެކުލަވާލެއްވި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤަވާއިދުގެ ސަބަބުން ރާއްޖޭގައި އިސްލާމްދީން ހިމާޔަތްކުރުމަށް ޤާނޫނީ އޮނިގަނޑެއް އެކުލެވިގެންދާނެކަމަށް ޝަހީމް ޤަބޫލުކުރައްވާކަމަށްވެސް އެލިސްޓުގައި ފާހަކަކޮށްފައިވެއެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ފައްސަތޭކަ މުސްލިމުންގެ ނަމުގައި ޢަންމުކޮށްފައިވާ މިލިސްޓުގައި ރައީސް ނަޝީދާއި އައްޝައިޚް ޝަހީމުގެ އިތުރުން އިސްލާމީ އެކިއެކި ޖަމާއަތްތަކުގެ ލީޑަރުން ހިމެނެއެވެ. އޭގެތެރޭގައި ޝީޢީ އަދި ސުންނީ ސަލަފީ ޢިލްމުވެރިންވެސް ހިމެނިވަޑައިގަންނަވައެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ ފައްސަތޭކަ މުސްލިމުންގެ ނަމުގައި ޢާންމުކޮށްފައިވާ ލިސްޓުގެ ވަނަތައް ރޭންކޮށްފައިވަނީ ފަންސާވަނައާ ހަމައަށެއެވެ. އެ ފަންސާސް ބޭފުޅުން ހިމެނިވަޑައިގަންނަވަނީ ދުނިޔޭގެ ފެންވަރުގައި ނުފޫޒުގަދަ ބޭފުޅުންނެވެ.

ދެން ހިމެނޭ ބޭފުޅުން ހިމެނިވަޑައިގަންނަވަނީއެމީހުން މަސައްކަތްކުރާ ދާއިރާއިން އިސްލާމްދީނަށް ކުރައްވާ މަސައްކަތްތަކުގެ ސަބަބުންނެވެ. މި ލިސްޓުގެ އެއްވަނައިގައި ހިމެނިވަޑައިގަންނަވަނީ ސޫދީ ޢަރަބިއްޔާގެ ރަސްގެފާނު ޢަބްދުލްޢަޒީޒު އާލް ސައުދުއެވެ. ދެވަނައިގައި ތުރުކީ ވިލާތުގެ ރައީސް ރަޖަބް ޠައްޔިބު ޢުރުދުޣާން އަދި ތިން ވަނައިގައި އީރާނުގެ ރޫޙާނީ ލީޑަރު ޢާލީ ޚާމަނާއީ އެވެ.

ހޯމް, ޚަބަރު
0
Facebookfacebook
TwitterTwitter
stumbleuponstumbleupon
del.icio.usdel.icio.us
Buzz
ހިޔާލު ހުށައަޅުއްވާ Cancel reply

*

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

  • އެންމެ ފަސް

    • DSC01482
      ވެލިދޫގައި ބަށި މުބާރާތެއް ބާއްވަނީ

      14 days ago

    • miladhoo
      ނ. މިލަދޫ ގޮނޑުދޮށުގައި ހުރި ހަޓެއްގައި އަލިފާނުގެ ޙާދިޘާއެއް ހިނގައިފި

      15 days ago

    • maafaru
      މާފަރު ރަށު ކައުންސިލްގެ ގޮނޑި ޕީޕީއެމުން ކާމިޔާބުކޮށްފި

      21 days ago

    • royal
      ރޯޔަލްމަންތާ ސަފާރީ ފަރަށް އަރައިފި

      31 days ago

    • l_17249131
      އިންޑޮނޭޝިޔާއަށް އައި ބިންހެލުމާގުޅިގެން ރާއްޖެއަށް ސުނާމީ އިންޒާރުދީފި

      38 days ago

  • ފަހުގެ ފޮޓޯ

    5th North Scout Camporee -N.Velidhoo 18-22 march 2012MDPމިނިވަންދުވަހުގެ ހިނގާލުންކޮރަޕްޝަނާ ދެކޮޅަށް ވެލިދޫ ޒުވާނުން
    ސަރުކާރާ ދެކޮޅަށް ވެލިދޫގައި ބޭއްވި ހިނގާލުންގައުމީޓީމަށް މަރުހަބާތިނެއް ފަންސާސް (350) ވެލިދޫގައި ފާހަގަކުރުންމެންބަރުންގެ ފުޓްބޯޅަމެޗް
    މަޖިލިސް ކައިރިއަށް އާންމުން އެއްވުންމަސްތުވާތަކެއްޗާ ދެކޮޅަށް ބޭއްވި ހިނގާލުންމައިވޮއިސް އިފްތިތާހީޖަލްސާތީމުގެ

© 2012 Velidhoo Online.All rights Reserved. Email:info@velidhoo.com. Design by nashid(boy)