ވެލިދޫ އޮފީސް ދޮށަށް ބިދޭސީ މަސައްކަތު މީހުންތަކެއް އެއްވެއްޖެ
- އެމީހުންނަކީ ސާއްބަ ބްރަދާސްގެ ބައެއްނޫން! އެމީހުން އެއްވީ މުސާރަ ނުދީގެނެއްވެސް ނޫން: ސާއްބަ ބްރަދާސް
ވެލިދޫ، ސާއްބަ ބްރަދާސްގެ ސާއްބަ ކޮންސްޓްރަކްޝަންގައި މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތު މީހުންތަކެއް، އެމީހުން ވަޒީފާއަދާކުރާ ފަރާތާމެދު ހިތްހަމަ ނުޖެހިގެން ވެލިދޫ ރަށު އޮފީސް ދޮށަށް އެއްވެއްޖެއެވެ.
މިއަދު މެންދުރު ހިނގި މިހާދިސާގައި ތިރީހެއްހާ މީހުން ވެލިދޫ އޮފީސް ދޮށަށް އެއްވެފައިވާކަމަށާއި އެމީހުންގެ ޝަކުވާއަކީ ތިން މަހުގެ މުސާރަ ނުލިބި އޮތުން ކަމަށާއި އެމީހުންނަކީ ސާއްބަ ކުންފުނީގައި މަސައްކަތް ކުރާ މީހުންކަމަށް، ވީއޯ އަށް މިއަދު މެންދުރު މައުލޫމާތު ދިން އާންމު ރައްޔިތަކު ހާމަކުރިއެވެ.
އެހެންނަމަވެސް، ސާއްބަ ބްރަދާސް ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން ވެލިދޫ ވެލާނާގޭ މުޙައްމަދު އައްބާސް މިކަން ދޮގު ކުރައްވައެވެ.
“ސާއްބަ ބްރަދާސް އަށް ނިސްބަތްވާ އެއްވެސް މީހަކު އެތަނަކު ނުހުންނާނެ.” ވީއޯ އަށް މައުލޫމާތު ދެއްވަމުން މުޙައްމަދު އައްބާސް ވިދާޅުވިއެވެ.
ވެލިދޫ އޮފީސް ދޮށަށް ބިދޭސީން އެއްވި ސަބަބާ ގުޅޭގޮތުން މުޙައްމަދު ވިދާޅުވީ، އެމީހުންނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ މީހުން ކަމަށްވެފައި، އެފަދަ މީހުން ރާއްޖެއިން ފުރުމަށް ސަރުކާރުން ދީފައިވާ މުހުލަތު ހަމަވާތީ އެމީހުން ފުރައިގެން ދިޔުމަށް އެންގުމުން އެކަމާމެދު އެމީހުން ހިތްހަމަ ނުޖެހިގެން ޝަކުވާ ކުރީ ކަމަށެވެ.
“އެމީހުން ބުނަނީ ތިމަންނާމެން ބޭނުމެއް ނޫނޭ ފުރައިގެން ދާކަށް، އަޅުގަނޑު މިބުނީ ގަވާއިދާ ޚިލާފަށް އެމީހުން ބޭތިއްބޭކަށް ނެތޭ، ރޭގަ ފުރި ބޯޓުން ފުރައިގެން ދާށޭ. ބުނީމަ އެއިން އެއްވެސް މީހަކު އެގޮތަށް އަމަލުނުކުރީ” ޑީއާރުޕީ ވެލިދޫ ގޮފީގެ ރައީސްކަންވެސް ކުރައްވާ މުޙައްމަދު އައްބާސް ވިދާޅުވިއެވެ. “އަޅުގަނޑު ބުނިގޮތަށް ނުހެދީމަ އެމީހުން ކައިރި މިއަދު ހެނދުނު ބުނީ އެމީހުންނަށް ކާންދީ ޚަރަދު ކުރެވޭކަށް ނެތޭ. ކަލޭމެންނަކީ އަހަރެންގެ މުވައްޒަފުންނެއް ނޫނޭ. އިތުރު މައްސަލައެއް އޮތިއްޔާ ވެލިދޫ އޮފީހަށްގޮސް މައްސަލަ ހުށަހަޅާށޭ.”
ސާއްބަ ކޮންސްޓްރަކްޝަންގައި މަސައްކަތްކުރާ ބިދޭސީން ވެލިދޫ އޮފީސްދޮށަށް އެއްވި އެއްވުމަކީ މުސާރަ ނުދީގެން އެއްވި އެއްވުމެއްކަމަށް ވާހަކަ ދެކެވެނީ ސިޔާސީ ކަމެއްގެ ގޮތުން ކަމަށާއި މުސާރަ ދިނުމުގައި އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް ސާއްބަ ބްރަދާސްގެ ޗެއަރމަން ވިދާޅުވިއެވެ.
download 5 card stud download the promotion
“އެމީހުންނަށް ދޭންވާ އެއްޗެއްދީފަ، ފުރަން އެންގީ. މިހާރު ވެލިދޫ ޕޮލިސް އާ ވާހަކަދައްކައިގެން ނިމުނީ އެންމެ އަވަހަށް ފުރާ އެއްޗަކުން އެ މީހުން ފޮނުވާލުމަށް. އަދި އެމީހުން ފުރަންދެން ކުރިއެކޭ އެއްގޮތަށް އެމީހުންގެ ނިދުމާ ކެއުން ހަމަޖައްސައިދިނުމަށް” މުޙައްމަދު އައްބާސް ވިދާޅުވިއެވެ.
download fighting with anger movie
ވެލިދޫ އޮފީސް ދޮށަށް މިއަދު އެއްވި މީހުންގެ އަދަދަކީ 18 ކަމަށާއި އެމީހުންނަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ ބައެއްކަމަށް ވެލިދޫ އޮފީހުން މައުލޫމާތު ދެއެވެ.


















bangalhinneahnoon eavaanveeky.velidhooge raiyithueahmen eavaanvy mohamed aabaas ulhey gey dhorumacha eave halhey lavanvee.earun eageyne vaa udhagoo.meedhen konfadha kameah, konme dhuvaheage mendhuru fahu adugadhakuraain halhey lavaairu kudakudhinah nidhey varehves noon.midhen mihaaru aanmu udhagulakahveje.
alhugandakee rajjeyge varah gina rashah dhevifaa huri meehekeve. Riyaasee inthikhaabuge fahunves adhi eyge kurinves rahrashah dhevune. Ekamu Velidhoo ga onna haa bodah siyaasee hasadha verikan onna rashakah adhi nudheve eve. Alhugandakee velidhoo meehakah vaathee mifadha kanthah vumakee eggothakah ves beynun vaa kameh nooneve. Mihaaru mi othee enmenvegen velidhoo tharaggee kurevey tho masakkai kurumeh noon tho eve.
ވެލިދޫ ގައި މިހާރު އުދަގޫވަނީވެސް މީގެ ކުރިން އުދަގޫ ނުވަނީބާ…. އަޑުގަދަ ކުރާ ތަކެތިން ވެލިދޫގައި ވަކިވަގުތެއް ނެތި އަޑުގަދަ ކުރި ދުވަސްމަތިން ހަދާން ނެތުނީބާ …. ރަށުއޮފީސް ދަށައް އެއްވެ ކުޑަކުދިން އައްޑަނަ އަކަށް ހަދާގެން އުޅުނު ދުވަސްވެސް ހަދާނެއް ނެތްދޯ ތިދެންވާނެ ގޮތް ރުހުމުގެ ލޮލަކަށް އާބެއްނުފެނަނާނެ. އަދި ޑިމޮކްރަސީގެ މާނަ ދަސްނުކުރެވި ަުޅެނިކޮން ޕާޓީ ސިސްޓަމް އަުމުން ވާގޮތްމީ
miden konfada kamehtha muli rah halaku kurany bodayvegen ulhay otareh neh nukiyavaa thibi group hmhmhmhml