VelidhooOnline
Advertise Here
    • ފުރަތަމަ ސޮފުހާ
    • ޚަބަރު
    • ކުޅިވަރު
    • ކޮލަމް
    • މައުލޫމާތު
    • ދީން
    • މުނިއަވަސް
    • ރިޕޯރޓް
    • ފޮޓޯ އަލްބަމް
    • ވީޑިއޯ
0

މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމުގެ ހުއްދަ ނުދިނުމަށް ގޮވާލައި ރައީސް އޮފީހަށް އެއްހާސް ސިޓީ ހުށަހަޅައިފި

by މޯޑް on 30 ޑިސެމްބަރ

މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމުގެ ހުއްދަ ނުދިނުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެއްހާސް ސިޓީ މިއަދު ހުށަހަޅައިފި އެވެ.

މަދަނީ ގިނަ ޖަމިއްޔާތަކެއް އިސް ނަގައިގެން ހިންގި އެ ހަރަކާތުގައި އެއް ހާސް ސިޓީ ހަވާލުކޮށްފައިވަނީ ގާތްގަނޑަކަށް 120 މީހުންނެވެ

.

ސިޓީ ހުށަހެޅުމަށް ގޮސް ހުންނެވި ފިގުހު އެކަޑެމީގެ މެންބަރު ޝައިޚު އަލީ ޒާހިރު ރައީސް އޮފީސް ކުރިމަތީ ހުންނަވައި މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހަރަކާތަކީ 80 ވަރަކަށް މަދަނީ ޖަމިއްޔާ އާއި ވަރަށް ގިނަ އަދަދެއްގެ އާންމުން ގުޅިގެން ހިންގާ ހަރަކާތެއް ކަމަށެވެ. އޭނާ ވިދާޅުވީ އެއް ހާސް ސިޓީ ހުށަހެޅި ނަމަވެސް އެއަށްވުރެ ގިނަ އަދަދެއްގެ ރައްޔިތުން މި ހަރަކާތަށް ތާއީދުކުރާ ކަމަށާއި އެއް ހާސް ސިޓީ ހުށަހެޅީ “އަދަދު ރީތިކޮށްލުމަށް” ކަމަށެވެ

.

“އަޅުގަނޑުމެންނަށް މިއަށްވުރެ ވެސް ގިނަ އަދަދެއްގެ މީހުން ސިޓީ ފޮނުވަމުން ދަނީ. އެކަމަކު އަޅުގަނޑުމެން އެއް ހާސް ސިޓީ ހުށަހަޅަން ނިންމީ. ހަގީގަތުގައި މިއީ ދިވެހި ލޮބުވެތި މުސްލިމު ރައްޔިތުންގެ އިލްތިމާސެއް މި ކަމުގައި ރައްޔިތުންގެ ބަސް އަޑުއެއްސެވުމަށް،” އަލީ ޒާހިރު ވިދާޅުވި އެވެ. “އަޅުގަނޑުމެން އުއްމީދުކުރަނީ ސިޓީގެ ސަބަބުން ރަނގަޅު ރިއެކްޝަނެއް އަންނާނޭ ކަމަށް. ދިވެހިރާއްޖޭގެ ލޮބުވެތި މުސްލިމުންގެ މުޖްތަމައު ސަލާމަތްކުރުމަށްޓަކައި އެ މަނިކުފާނު މިކަމަށް ފުރިހަމަ އިޖާބަ ދެއްވާނޭ ކަމަށް

.”

އެ ސިޓީތަކުގައި ބުނެފައިވަނީ މަސްތުވާތަކެއްޗާއި ރަލުގެ ސަބަބުން ކުރިމަތިވަމުންދާ ތަފާތު ގިނަ މައްސަލަތައް ރައީސަށް އެނގިވަޑައިގަންނަވާނޭ ކަމަށާއި “މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް” ބަންދުކުރުމަކީ އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދެއް ކަމަށެވެ

.

“…..)އެހެންކަމުން( މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާ ތަކެތި ގެންގުޅުމާއި ގަނެ ވިއްކުމަކީ އިންކާރުކުރާ ކަމެއްކަމަށް ވާތީ، މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި މިފަދަ ކަމެއް ނުކުރެއްވުމަށް އިއްޒަތްތެރި މަނިކުފާނަށް އާދޭހާއެކު ދަންނަވަން،” އެ ސިޓީގައިވެ އެވެ

.

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާއި ބޭނުންކުރުން ހުއްދަކުރާ ގޮތަށް “ބަނގުރަލާއި އޫރު މަހާއި އޫރު މަހުން އުފައްދާ ތަކެތި ރާއްޖެ އަށް ގެނައުމާއި ދިވެހި ރާއްޖޭގައި ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދު” އިސްލާހުކުރުމަށް ފަހު އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓްގައިވަނީ ޝާއިއުކޮށްފަ އެވެ. ނަމަވެސް ގިނަ ބައެއްގެ ފިއްތުންތަކާ ގުޅިގެން އެ ގަވާއިދު ވަނީ ވެބްސައިޓުން ނަގައިފަ އެވެ

.

ރާ ވިއްކުމާ ދެކޮޅަށް އިސްލާމިކް މިނިސްޓްރީ އާއި ވަރަށް ގިނަ އަދަދެއްގެ މަދަނީ ޖަމިއްޔާތަކެއް ވަނީ އަޑުއުފުލައިފަ އެވެ

.

ޚަބަރު: ހަވީރު

ޚަބަރު
0
Facebookfacebook
TwitterTwitter
stumbleuponstumbleupon
del.icio.usdel.icio.us
Buzz
ހިޔާލު ހުށައަޅުއްވާ Cancel reply

*

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

  • އެންމެ ފަސް

    • DSC01482
      ވެލިދޫގައި ބަށި މުބާރާތެއް ބާއްވަނީ

      14 days ago

    • miladhoo
      ނ. މިލަދޫ ގޮނޑުދޮށުގައި ހުރި ހަޓެއްގައި އަލިފާނުގެ ޙާދިޘާއެއް ހިނގައިފި

      15 days ago

    • maafaru
      މާފަރު ރަށު ކައުންސިލްގެ ގޮނޑި ޕީޕީއެމުން ކާމިޔާބުކޮށްފި

      21 days ago

    • royal
      ރޯޔަލްމަންތާ ސަފާރީ ފަރަށް އަރައިފި

      31 days ago

    • l_17249131
      އިންޑޮނޭޝިޔާއަށް އައި ބިންހެލުމާގުޅިގެން ރާއްޖެއަށް ސުނާމީ އިންޒާރުދީފި

      38 days ago

  • ފަހުގެ ފޮޓޯ

    5th North Scout Camporee -N.Velidhoo 18-22 march 2012MDPމިނިވަންދުވަހުގެ ހިނގާލުންކޮރަޕްޝަނާ ދެކޮޅަށް ވެލިދޫ ޒުވާނުން
    ސަރުކާރާ ދެކޮޅަށް ވެލިދޫގައި ބޭއްވި ހިނގާލުންގައުމީޓީމަށް މަރުހަބާތިނެއް ފަންސާސް (350) ވެލިދޫގައި ފާހަގަކުރުންމެންބަރުންގެ ފުޓްބޯޅަމެޗް
    މަޖިލިސް ކައިރިއަށް އާންމުން އެއްވުންމަސްތުވާތަކެއްޗާ ދެކޮޅަށް ބޭއްވި ހިނގާލުންމައިވޮއިސް އިފްތިތާހީޖަލްސާތީމުގެ

© 2012 Velidhoo Online.All rights Reserved. Email:info@velidhoo.com. Design by nashid(boy)