VelidhooOnline
Advertise Here
    • ފުރަތަމަ ސޮފުހާ
    • ޚަބަރު
    • ކުޅިވަރު
    • ކޮލަމް
    • މައުލޫމާތު
    • ދީން
    • މުނިއަވަސް
    • ރިޕޯރޓް
    • ފޮޓޯ އަލްބަމް
    • ވީޑިއޯ
1

ކުށްކުރުން އިތުރުވެފައިވަނީ ގިނަ ސަބަބުތަކަކާ ހުރެ: ހިއުމަން ރައިޓްސް ކޮމިޝަން

by މޯޑް on 31 މާރޗު

މުޖުތަމައުގައި ކުށްކުރުން އިތުރުވެފައި މިވަނީ ގިނަ ސަބަބުތަކަކާ ހުރެކަމަށާއި އެކަމުގެ މައިގަނޑު ސަބަބަކީ ކުށްވެރިން ދޫކުރުމާއި އެކަށީގެންވާ ފިޔަވަޅު ނޭޅުމާއި، ހައްގު އަދަބު ނުދެވުމާއި، އިސްލާމްދީނުގައިވާ ގޮތުގެމަތިން ހުކުމް ތަންފީޒު ނުކުރެވުމާއި، ޤާނޫނާއި ގަވާއިދު ތަންފީޒު ނުކުރެވުމުގެ އިތުރުން، ސަރުކާރުގެ އިހުމާލުންކަމަށް ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން film noir movie ބުނެފިއެވެ.

family business download

އެކޮމިޝަނުން މިހެން ބުނެފައިވަނީ، މުޖުތަމައުގައި ކުށްކުރުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވެ، އާއްމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަންއުފެދި، މުޅި މުޖުތަމައުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ގެއްލެމުން ދިޔުމުގެ ސަބަބުން، އެތައްބައެއްގެ އިންސާނީ ހައްގުތަކަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާތީ، މާލޭގެ އެކި ހިސާބުތަކުގައިއުޅޭ އާއްމު ރައްޔިތުން މިކަމާގުޅޭގޮތުން ދެކޭގޮތް ހޯދުމަށް އެކޮމިޝަނުންކުރި ސަރވޭއަކަށް ފަހުގައެވެ. މިއަދު އާންމުކުރި މި ސަރވޭގައި ބައިވެރިވި 1000 މީހުންގެ ތެރެއިން 51.4 ޕަސަންޓް މީހުން ބުނެފައި ވަނީ މަތީގައި ދެންނެވި ސަބަބުތަކެވެ.


މީގެއިތުރުން މުޖުތަމައުގައި ކުށްކުރުން އިތުރުވެފައިވާ ސަބަބުތަކެއްކަމަށް އެސަރވޭގައި ބަޔާންކޮށްފައިވަނީ، މަސްތުވާތަކެތީގެ ތަފާތު މައްސަލަތައް ގިނަވުމާއި، ބެލެނިވެރިންގެ އިހުމާލުންނާއި، ޒުވާނުން ކުރިއަރާނެ ދޮރުތައް ހުޅުވިފައި

download felon dvd

ނެތުމާއި އަގީދާގެ ބަލިކަށިކަން ފާހަގަކޮށްފައި ވެއެވެ. މިސަރވޭއިން ފާހަގަކުރެވުނު އެހެން ބައެއް ކަންތައްތަކުގެތެރޭގައި، މަގުމަތީގައި ދުވާލުގަޑީގައި އެކަނި ނިކުމެއުޅެން 38.7 ޕަސަންޓް މީހުން ބިރުގަންނަ ކަމާއި، މާލޭގެ މަގުމަތީގައި ރޭގަނޑު އެކަނި ނިކުމެއުޅެން 61 ޕަސަންޓް މީހުން ބިރުގަންނަކަމެވެ. މިކަމުގެ ސަބަބުން މާލޭގެ އިޖްތިމާއީ ރައްކާތެރިކަން ނެތްމިންވަރު އަންގައިދޭކަމަށް ކޮމިޝަނުން މިއަދު ނެރުނު ދިރާސާ ރިޕޯޓްގައިވެއެވެ.


ހަމައެއާކު 51 ޕަސަންޓް މީހުން download bedknobs and broomsticks dvd ފުލުހުންނަށް އިތުބާރުނުކުރާކަމަށް ކޮމިޝަނުން ނެރުނު ރިޕޯޓްގައިވާ ސަރވޭއިން ދައްކާފައިވާއިރު، މަސްތުވާތަކެތި ބޭނުންކުރަނިކޮންނާއި، ބޭނުންކޮށްގެންހުއްޓާ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރަނިކޮށް އާއްމު ރައްޔިތުންނަށް މުޖުތަމައުގައި ފެނިފައިވާ މިންވަރު ގިނަކަމަށް ސަރވޭއިން ފާހަގަކުރެވިފައިވެއެވެ.


މަސްތުވާތަކެތި ބޭނުންކުރަނިކޮށް ނުވަތަ ވިޔަފާރިކުރަނިކޮށް ފެނިއްޖެނަމަ ނުވަތަ މާރާމާރީ ހިންގާ މަންޒަރު ފެނިއްޖެނަމަ ހެކިބަސްދޭން ނުކެރޭނެކަމަށް 34 ޕަސަންޓް އަށްވުރެ މީހުން ބުނެފައިވެއެވެ. މިއީ އާބާދީގެ ނިސްބަތުން ބަލާއިރު ވަރަށްބޮޑު އަދަދެއްކަން ފާހަގަކުރައްވައި، ކުށްކުރާ މީހުންގެ ހުކުމް ތަންފީޒުނުކޮށް އެމީހުން މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމުން، ހެކިބަސްދޭ މީހާއަށް ލިބިދާނެ ގެއްލުމަކަށްޓަކައި އެމީހަކު ހެކިބަސްނުދީ ހުންނަކަން ފާހަގަކުރެވެއެވެ. މިގޮތުން 500 އަށްވުރެ ގިނަ ކުށްވެރިން ހުކުމްތަންފީޒުނުވެ މާލޭގެ މަގުމަތީގައި ދޫވެގެން އުޅޭކަމަށް ކޮމިޝަންގެ ރިޕޯޓްގައިވެއެވެ

.

ޖިނާއީ އިޖުރާތު ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމާއި، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ޤާނޫންތައް އަވަހަށް ފާސްކުރުމަށް ބާރުއަޅާކަމަށް ބަޔާންކޮށްފައިވެއެވެ. މިގޮތުން ހެއްކާއިބެހޭ ޤާނޫން، ޤާނޫނުލް އުޤޫބާތު، ޖަލާބެހޭ ޤާނޫން، ޕެރޯލް ޤާނޫން، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭނޭ އުސޫލެއް ބަޔާންކުރާ ޤާނޫން، ޖިނާއީ ކުށުގެ ސަބަބުން އަނިޔާލިބޭ މީހުންނާއި ގެއްލުންލިބޭ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދޭ އުސޫލްތައް ބަޔާންކުރާ ޤާނޫން، ހެކިބަސްދޭ މީހުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމާއިގުޅޭ ޤާނޫން ހިމެނެއެވެ.


މުޖުތަމައުގައި ކުށްކުރުން އިތުރުވުމަކީ ޖިނާއީ އަދުލުގެ ނިޒާމާއި ގުޅިފައިވާ ކަމެއްކަމުގައި ވީނަމަވެސް، ނުސީދާގޮތުން ވަރަށްގިނަ އެހެން މުއައްސަސާތަކާއި އާއްމު ޖަމިއްޔާ ޖަމާއަތްތަކުގެ ހިއްސާއެއް އޮންނަ ކަމަކަށްވާތީ، މިކަމަށް ހައްލެއް ގެނައުމުގައި download elegy dvd ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއައްސަސާއެއް ގުޅިގެން އެބައެއްގެ މަސައްކަތް ޒިންމާދާރުކޮށްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އެދިފައިވެއެވެ. މިގޮތުން ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، އެޓާރނީ ޖެނެރަލްގެ އޮފީހާއި، ޖިނާއީ ކޯޓާއި، ހޯމް މިނިސްޓްރީ، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ، އެޑިއުކޭޝަން މިނިސްޓްރީ، ޔޫތް މިނިސްޓްރީ، ރައްޔިތުންގެ މަޖިލިސް، ފިނޭންސް މިނިސްޓްރީ އަދި މަދަނީ ޖަމިއްޔާތައް ހިމެނެއެވެ. މިއިން ކޮންމެ މުއައްސަސާއަކުން ކުރަން އެކޮމިޝަނަށް ފެންނަ މުހިއްމު ކަންތައްތަކެއް މި ރިޕޯޓްގައި ވަކިވަކިން ތަފްސީލުކޮށް ބަޔާންކޮށްފައި ވެއެވެ.


- މުޖްތަމައުގައި ކުށްކުރުން އިތުރުވަމުންދާ ސަބަބުތައް ދެނެގަތުމަށް ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ކުރި ދިރާސާ ރިޕޯޓް (ޕީޑީއެފް ފައިލް)

ޚަބަރު
1
Facebookfacebook
TwitterTwitter
stumbleuponstumbleupon
del.icio.usdel.icio.us
Buzz

One Response to “ކުށްކުރުން އިތުރުވެފައިވަނީ ގިނަ ސަބަބުތަކަކާ ހުރެ: ހިއުމަން ރައިޓްސް ކޮމިޝަން”

  • dhada says:

    thiaku nuhun naane thoahche thedhu vaahakaeh. abadhuves kiyaani islaahu kuraa vaahaka ekamu dhuvahakuves hahle nugenevey. dhen rangalhu vaani thikahala report nunerunihyaa!

    1 އޭޕުރީލް 6:16 PM
    Reply
ހިޔާލު ހުށައަޅުއްވާ Cancel reply

*

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

  • އެންމެ ފަސް

    • DSC01482
      ވެލިދޫގައި ބަށި މުބާރާތެއް ބާއްވަނީ

      14 days ago

    • miladhoo
      ނ. މިލަދޫ ގޮނޑުދޮށުގައި ހުރި ހަޓެއްގައި އަލިފާނުގެ ޙާދިޘާއެއް ހިނގައިފި

      15 days ago

    • maafaru
      މާފަރު ރަށު ކައުންސިލްގެ ގޮނޑި ޕީޕީއެމުން ކާމިޔާބުކޮށްފި

      21 days ago

    • royal
      ރޯޔަލްމަންތާ ސަފާރީ ފަރަށް އަރައިފި

      31 days ago

    • l_17249131
      އިންޑޮނޭޝިޔާއަށް އައި ބިންހެލުމާގުޅިގެން ރާއްޖެއަށް ސުނާމީ އިންޒާރުދީފި

      38 days ago

  • ފަހުގެ ފޮޓޯ

    5th North Scout Camporee -N.Velidhoo 18-22 march 2012MDPމިނިވަންދުވަހުގެ ހިނގާލުންކޮރަޕްޝަނާ ދެކޮޅަށް ވެލިދޫ ޒުވާނުން
    ސަރުކާރާ ދެކޮޅަށް ވެލިދޫގައި ބޭއްވި ހިނގާލުންގައުމީޓީމަށް މަރުހަބާތިނެއް ފަންސާސް (350) ވެލިދޫގައި ފާހަގަކުރުންމެންބަރުންގެ ފުޓްބޯޅަމެޗް
    މަޖިލިސް ކައިރިއަށް އާންމުން އެއްވުންމަސްތުވާތަކެއްޗާ ދެކޮޅަށް ބޭއްވި ހިނގާލުންމައިވޮއިސް އިފްތިތާހީޖަލްސާތީމުގެ

© 2012 Velidhoo Online.All rights Reserved. Email:info@velidhoo.com. Design by nashid(boy)