ދިއެފްއެމްގެ ވާހަކަ ދައްކަވާއިރު، ތާރީޙްގެ ހަޤީޤަތް އޮޅުވާނުލައްވާށެވެ
އެމްޑީޕީ އާއި ގުޅި ވަޑައިގަތީ ދާދި އިހަކަށް ދޫހު ނޫންތޯއެވެ؟ އެމްޑީޕީގެ މާޒީ ދަސްކުރައްވާށެވެ

އަބުދުﷲ ޔާމިން
އެމްޑީޕީ މި ރާއްޖޭގައި އުފެދުނު އިރު، މި ޤައުމުގެ ކަންތައްތައް ހުރި ގޮތް ދަންނަނީ ކިތައްކިތައް ބޭފުޅުންނަށްތޯއެވެ؟ އެންމެ ކަމަކަށް ވިސްނާލަމާތޯއެވެ؟ މި ޒަމާނުގައި ތާޅަފިލި ފުންމާލާއިރަށް އެތަނަކަށް ރައްޔިތު އެންމެނެއް އެކެއް ނުވާނެއެވެ. އެހެން ކަމަށްވަނީ ނަމަ، މިޒަމާނުގައި މީޑިއާއަކީ ހުރިހާ ރައްޔިތުންގެ ކަންފަތްތަކަށް، ދޫތަކަށް، ލޯތަކަށް ޤައުމުގެ ހަރަކާތްތައް ފޮނުވައިދޭ މަގެވެ. އެމްޑީޕީ އުފެދި ވުޖޫދަށް އައިރު، އެމަގުވެސް ވަނީ ބަންދުވެފައެވެ. ރާއްޖޭގެ މީޑިއާ ކޮންޓްރޯލް ކުރައްވަމުން އައިސްފައި ވަނީ، ހަމަ އެކަނި އެންމެ މީހެކެވެ. ބުނެ އުޅެނީ އެއީ ތިރީސް އަހަރު ހުދުމުހްތާރު ވެރިކަމެއް ކުރި މައުމޫންގެ ގޮތުގައެވެ. އެހެން ކަމަށް ވަނީ ނަމަ، އެމްޑީޕީގެ ވިސްނުމާއި ފިކުރު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނީ ކޮންބައެއްތޯއެވެ؟ އެ ސުވާލުގެ ޖަވާބެއް މާގިނަ ބަޔަކަށް ހަޖަމެއް ނުކުރެވެ
.
އެމްޑީޕީ އުފެދި ހިންގަން ފެށި ހަރަކާތްތައް އެއްވެސް ކޮޅަކަށް ނުޖެހި ގެނެސްދީފައި ވަނީ ހަމައެކަނި އަމިއްލަ މީޑިއާ ތަކުންނެވެ. އެންމެ ފުރަތަމަ ރަސްމީ ހައިސިއްޔަތެއް އޮވެގެން ޤައުމުގެ ވައިގެތެރެއަށް ސަރުކާރާއި އިދިކޮޅު ފިކުރުގެ މީހުންގެ އަޑު ފޯރުކޮށްދީފައި ވަނީ، ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ރޭޑިއޯ ސްޓޭޝަނުންނެވެ. ރައްޔިތުންނާއި ހަމައަށް އިދިކޮޅު ފަރާތްތަކުގެ ފިކުރާއި ވިސްނުން ފޯރުކޮށް ދިނުމަށް އެ ސްޓޭޝަނުން ގިނަގުނަ ޕްރޮގްރާމްތަކެއް ފެއްޓަވާ ކުރިއަށް ގެންދެވިއެވެ. މިއަދު ވެރިކަން ކުރާ މޯލްޑިވިއަން ޑމޮކްރަޓިކް ޕާޓީގައި ބޭއްވުނު އެންމެ ބޮޑު އެއް އިންތިހާބާއި ގުޅިގެން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕާޓީއެއްގެ ރިޔާސީ ކެނޑިޑޭޓުންގެ ބަހުސެއް އިންތިޒާމުކޮށް ގެނެސްދީފައި ވަނީ، ހަމަ އެއްކަލަ ދިއެފްއެމް އިންނެވެ. މާޒީގައި މިހުރިހާ ކަމެއް ހިނގާ ދިޔައިރުވެސް، އެ ސްޓޭޝަންގެ ޗެއާމަނަކަށް ހުންނެވީ، އެއްކަލަ އެވިދާޅުވާ ޗަމްޕާ އުއްޗު ނޫންތޯއެވެ؟ އަދިވެސް އެ ހަޤީޤަތް ބަދަލެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން މުހައްމަދު ނަޝީދު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު، ފުރަތަމަ މީޑިއާ ސްޓޭޝަނެއްގެ ޕްރްގްރާމަކަށް ވަޑާއިގަތީ، ދިއެފްއެމްގެ ވަންޓުވަން ޕްރޮގްރާމަށެވެ. މި ވާހަކަތަކާއި މިކަންތައްތަކަކީ، އިއްޔެވެސް އަދި މިހާރުވެސް އެމްޑީޕީގައި ތިއްބެވި ބޭފުޅުން ދަންނަ ހަޤީޤަތެވެ. އެހެން ނަމަވެސް، އިއްޔެ ނޫންތޯ މިއަދު އެމްޑީޕީ އާއި ގުޅި ވަޑައިގެން، ޕާޓީގެ ހައްޤުގައި ބަހުސް ކުރައްވާ ވޭފުޅުންނަކަށް ތާރީޙްގެ މިހަޤީޤަތް ރަނގަޅަށް އެނގިވަޑައިގެންފައި ނުވެދާނެއެވެ
.
މިއަދު ރައްޔިތުން ދަންނަ ހަޤީޤަތެއް އެބަ އޮތެވެ. އަދި ތާރީޙްގައި އޮޅުވާ ނުލެވޭނެ ހަޤީޤަތެއް ވެސް އެބަ އޮތެވެ. ރާއްޖޭގައި އެންމެ ފުރތަމަ އުފެދުނު ސިޔާސީ ޕާޓީއަކީ އެމްޑީޕީއެވެ. ރާއްޖޭގައި އެންމެ ފުރތަމަ އުފެދުނު ރޭޑިއޯ ސްޓޭޝަނަކީ ދިއެފްއެމް އެވެ
.
ދައުލަތުގެ މީޑިއާތައް އެ ކޯޕަރޭޝަނެއްގެ ދަށަށް އަންނަ މޯލްޑިވްސް ނެޝަނަލް ބްރޮޑްކާސްޓިންގ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ ދިއެފްއެމް ސިފަކުރައްވާފައި ވަނީ، ކިހިނެއްތޯއެވެ؟ އެމަނިކުފާނު ވިދާޅުވެފައި ވަނީ، “ދިއެފްއެމްގެ ސިޔާސީ އެކުވެރިންނެއް ނުތިބޭނެ…” މިހެންނެވެ. އަދިވެސް އެކަން އޮތީ އެހެނެވެ. މާތް ރަސްކަލާންގެ އިރާދަފުޅުން އެއަކަށް ބަދަލެއް އައުމެއް ނެތެވެ
.
Sorry, comments for this entry are closed at this time.