ކިތައްމެ ރުޅިއަޔަސް ސަރުބަތެއް ނުލިބޭނެ

December 9th, 2009 ލިޔުން ޝާއިއުކުރެވުނީ

ވެލިދޫ މުޙައްމަދު ޙަލީމް

ސަރުކާރުވައްޓާލުމުގެ ވާހަކައަކީ އާވަހަކައެއް ނޫނެވެ. އިދިކޮޅުމީހުންނާއި ދެކޮޅުވެރި މީހުން އަބަދުވެސް ބޭނުންވާނީ ސަރުކާރުވެއްޓުމަށެވެ. އެމީހުންގެ މުޅިއިންތިޒާރަކީވެސް އާއިންތިޚާބުގެ ތާރީޚެވެ. ނަމަވެސް ޢަސްކަރީން ހަތިޔާރު ހިފައިގެން ނިކުމެ ޑިކޮކްރެޓިވް ސަރުކާރެއް ވައްޓާލުމަށް ގޮވާލި ފުރަތަމަ ބަޔަކަށްވެސް މިވީ ދިވެހިންގެ ތެރެއިން ބަޔެކެވެ. ދަނެއު، އެއްމުސްލިމެއްގެ ލޭ އަނެއްމުސްލިކަމު ހިފުން ހަރާމްކަން އެމީހުންނަށް ނޭގެނީވެސް ތޯއްޗެކެވެ.

ޖުމްލަގޮތެއްގައި ސަރުކާރެއް ރައްޔިތުންނަށް ގޯސްވަނީ ޖީބަށްވަންނަ ފައިސާ މަދުވީމައެވެ. މިމޭރުމުން ވިސްނާއިރު މިވަގުތު ސަރުކާރުގޯސްކަމަށް ދެކޭ ރައްޔިތަކު ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ތަދުމަޑުކަމުގެ ޝިކާރައަކަށް އަޅުގަނޑުމެން ވުމަށް އެއްވެސް ރައްޔިތަކު ނޭދޭނެކަމެވެ. ކާބަފައިންދުށް މަގޫފަތުގެ ޒަމާން އިޔާދަވުމަށް ނޭދޭނެ ކަމެވެ. އެހެންކަމުން ސަރުކާރުން އަޅުއްވަންޖެހޭ ފިޔަވަޅުތައް ދުރާލާ އަޅަންޖެހޭނެ ކަމެވެ

.

“ސަރުކާރު ވަރަށް ސަކަރާތް.” ކަމަށް ބުނަމުންދިޔަ މީހަކާއި އިއްޔެ އަޅުގަނޑާއި ދިމާވިއެވެ. އޭނާކުރެން އެއީ ކީއްވެތޯ ސުވާލު އުފަންކުރީމާ އޭނާ ބުނީ ” މިހާރު ސަރުބަތެއް ނުލިބޭ. ރަޝިޔާ ފެނެއް ނުލިބޭ” ކަމަށެވެ. އެހެންވެ ސަރުކާރު ގޯހީ ކަމަށެވެ

.

ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިވް ސަރުކާރާއި މުޙައްމަދު ނަޝީދު ހަވާލުވެ ވަޑައިގަތީ ފަސްވަޢުދާއެކުއެވެ. އެއިގެ ތެރެއިން އެންމެ މުހިންމު އެއްވަޢުދަކީ މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދު ކުރުމުގެ ވަޢުދެއެވެ. ސަރުކާރުގެ މިވަޢުދު ފުއްދުމަށްޓަކައި ގެންދަވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމުގައި ކަސްޓަމުގެ މުއައްޒަފުންނާއި ފުލުހުންވަނީ ތަޢުރީފު ހައްގު ކުރިއެރުންތަކެއް ހޯދާފައެވެ. އަދި އެހެންމެ މާލެތެރޭގައި ހެދެމުންދިޔަ “ރަލުގެކޯރު” ވަނީ ބަންދުކޮށްފައެވެ. މާލޭގައި ގުދަންކުރެވި ރައްކާކުރެވިގެން ވިޔަފާރި ހިންގަމުންދިޔަ ރަލާއި ބިޔަރުގެ ވިޔަފާރިވަނީ ހުއްޓުވާފައެވެ

.

ސަރުބަތާއި ރަޝިޔާފެނާއި ބަނގުރަލާއި ބިޔަރު ނުލިބުމަކީ ސަރުކާރު ވައްޓާލުމުގެ ހުއްޖަތެއްކަމުގައި އިދިކޮޅު ފަރާތްތައް ގަބޫލުކުރާނަމަ އެއީ ވަރަށް ބޮޑު ހިތާމައެކެވެ. ވަރަށްބޮޑު ގައުމީ މައްސަލައެކެވެ. ކުރީގެ ސަރުކާރުން އަށްސަތޭކަ އެތައްބަޔަކަށް ދީފައިވާ ރަލުގެ ހުއްދަ ބާޠިލުކުމަށް އާސަރުކާރުންވަނީ މަސައްކަތް ފައްޓާފައެވެ. ސަރުކާރުގެ މިފިޔަވަޅާއެކު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބުވަނީ ބަނގުރާ ވިއްކުން ހުއްދަކުރާ ގާނޫނެއް މަޖިލީހުގެ ތަޅުމަށް ގެނެސްފައެވެ. މިއީ މިއިސްލާމީ ފަސްގަޑުގައި މީގެކުރިން ހިގާފައި އޮތްކަމެއް ނޫނެވެ. ސަހަރޯއެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. އަޅުގަނޑުމެންގެ ހާލަކީ މިއްޔެވެ. އިސްލާމުދީނުގެ އަސްލަކާއި ޚިލާފު އެއްވެސް ގާނޫނެއް ހެދުމަކީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީވެސް ތަންދޭ ކަމެއްނޫނެވެ

.

ސަރުކާރު ވައްޓާލުމުގެ ވާހަކަ ދައްކާ މީހުންގެ ތެރެއިން ރާބޯމީހުން ފެންނަނީ މަދެއްކޮށް ނޫނެވެ. ކަނޑިޔާބަޑި ހިފައިގެން ސަރުކާރުވައްޓާލަން ގޮވާމީހުންގެ ތެރެއިންވެސް “ރަލުގެއަޅުން” ފެންނަލެއް މަދެއްނޫނެވެ. އެފަދަ މީހުން ސަރުކާރު ވައްޓާލުމުގެ ވާހަކަތައް ދައްކަނީ ހަމަ ސަރުބަތުގެ ދެވީގައެވެ. ކިތައްމެވަރަށް ނެގިނެގިފައި ޖެހުނަސް “ސަރުބަތެއް ނުލިބޭނެ” އެވެ. އަދި ސަރުކާރެއްވެސް ވައްޓައެއް ނުލެވޭނެއެވެ

.

Sorry, comments for this entry are closed at this time.