ޑިމޮކްރަސީ ދަމަހައްޓައި، ޑިމޮކްރަސީއާ އެއްގޮތަށް ހިނގާތޯ ބަލާ ކޮމަންވެލްތުގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް ދިވެހިރާއްޖެ ވެއްޖެ

November 29th, 2009 ލިޔުން ޝާއިއުކުރެވުނީ

ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް، “ސީމެގް” ގެ މެންބަރަކަށް ދިވެހިރާއްޖެ ވެއްޖެއެވެ. މިއީ، ޑިމޮކްރަސީ ދަމަހައްޓައި އަދި ޑިމޮކްރަސީއާ އެއްގޮތަށް ހިނގާތޯ ބަލާ ކޮމަންވެލްތުގެ އެންމެ މަތީ މަޖިލީހެވެ. އަދި މިއީ، ޑިމޮކްރަސީއާ ޚިލާފްވާ ޤައުމުތައް ފާހަގަކޮށް، އެޤައުމުތައް ކޮމަންވެލްތުން ވަކިކުރުމުގެ ބާރު ލިބިފައިވާ މަޖިލީހެއްވެސްމެއެވެ

.

އޭޝިޔާގެ ޤައުމުތަކުން މި މަޖިލީހުގައި ދިވެހިރާއްޖޭގެ އިތުރުން ހިމެނެނީ، ބަންގްލަދޭޝްއެވެ. އެފްރިކާއިން ގާނާއާއި ނެމީބިއާއެވެ. ޕެސިފިކުން ވަނުއާޓޫއާއި ނިއުޒިލަންޑެވެ. ކެރީބިއަނުން ޖެމެއިކާއާއި ޓްރިނިޑާޑް އެންޑް ޓޮބޭގޯއެވެ

.

ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕުގެ ފުރަތަމަ ބައްދަލުވުން އޮންނާނީ މިއަދުއެވެ

.

ކޮމަންވެލްތް ޤައުމުތަކުގެ އެންމެ އިސް ވެރިންގެ ޖަލްސާ މިއަދު ނިމޭނެއެވެ

.

ޚަބަރު: ރައީސް އޮފީސް

Sorry, comments for this entry are closed at this time.