ޤާނޫނުލް އުޤޫބާތުގައި ހިމެނޭ އަބުރާބެހުމުގެ ކުށުގެ ބައިތައް އުވާލަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

November 23rd, 2009 ލިޔުން ޝާއިއުކުރެވުނީ

ޤާނޫނުލް އުޤޫބާތުގައި ހިމެނޭ އަބުރާއިބެހުމުގެ ކުށުގެ ބައިތައް އުވާލަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިމާއްދާތައް އުވާލަން މަޖިލީހުގެ އަޣްލަބިއްޔަތުން މިފާސްކުރީ، ޕްރޮސިކިއުޓަރ ޖެނެރަލާއި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސާއި އިސްލާމިކް އެފެއަރޒް މިނިސްޓަރާއި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، މިމާއްދާތައް އުވާލުމާއިދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މިބިލް ދިރާސާކުރި އިޖްތިމާޢީ ކޮމެޓީގައި ވާހަކަފުޅު ދައްކަވާފައިވަނިކޮށެވެ

.

މިބިލް މަޖިލީހަށް ހުށަހަޅުއްވަމުން އެޓަރނީ ޖެނެރަލް ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ، ސަރުކާރުން މިއިސްލާހް ގެންނަން ބޭނުންވަނީ، އަބުރާބެހުމުގެ ކުށް ޖިނާއީ ކުށެއްގެގޮތުގައި އޮތުމުގެ ބަދަލުގައި، އެކަމަށް މަދަނީ ހައްލެއް ހޯދުން ރަނގަޅުވާނެކަމަށް ފެންނާތީކަމަށެވެ

.

ޤާނޫނުލް އުގޫބާތުގައި އަބުރާއިބެހުމުގެ ކުށް ހިމެނޭ ބަތައް އުވާލުމަށް ނިންމުމުން މަޖިލީހުގެ ބައެއް މެމްބަރުންވަނީ އަބުރާއިބެހުމުގެ ކުށް ދެން މާނަކުރާނެގޮތަކާއިމެދު ސުވާލު އުފެދޭކަމަށް ވިދާޅުވެފައެވެ

.

ޤާނޫންގެ ބައިތައް އުވާލުމުން ދެން އަމަލުކުރަން އޮންނާނީ ދެހާސް ހަތްވަނައަހަރު ޖަސްޓިސް މިނިސްޓްރީން އަމަލުކުރަންފެށި އަބުރާބެހޭ ގަވާއިދެވެ. މިގަވާއިދަކީ ރާއްޖޭގައި އަބުރުމުގެ މައްސަލަތައް ޖިނާއީ މައްސަލަތަކުގެ ބަދަލުގައި މަދަނީ މައްސަލަތަކުގެގޮތުގައި ދައުވާކުރެވޭގޮތައް ހަމަޖެހިފައިވާ ގަވާއިދެކެވެ

.

ޤާނޫނުލް އުގޫބާތުގައި ހިމެނޭ އަބުރާބެހުމުގެ ކުށް ހިމެނޭ ބަޔަކީ މީގެ ސާޅީސް އަހަރުކުރިން ލިޔެފައިވާ ގޮތްތަކެކެވެ

.

ޤާނޫނުލް އުގޫބާތުގައި މިހާރު ލިޔެފައިވާގޮތައް އަބުރާބެހުން ޖިނާއީ ކުށެއްގެގޮތުގައި ދައުވާކުރުމަކީ ރާއްޖޭގެ މީޑިއާގެ ފަރާތްތަކުން ވަރަށްބޮޑަށް ފާޑުކިޔަމުންއަންނަ ކަމެކެވެ

.

Sorry, comments for this entry are closed at this time.