ސާފްގޭމްސް އާއި ސާފު ޗެންޕިއަންޝިޕަށް ތަރުހީބުދިނުމަށާއި ފައިސާހޯދުމަށް އެމްއެންބީސީން ހިންގި ހަރަކާތަށް 333،333.33 ރުފިޔާ ލިބިއްޖެ

November 23rd, 2009 ލިޔުން ޝާއިއުކުރެވުނީ

ސާފްސް ޗެމްޕިއަންޝިޕް އަދި ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ޓީމްތަކަށް ތަރުހީބުދީ މާލީގޮތުން އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ފެށި ހާއްޞަ ޕްރޮގްރާމަށް ދިވެހި ރައްޔިތުންގެ ފަރާތުން ތިންލައްކަ ތެއްތިރީސް ހާސް ތިން ސަތޭކަ ތެއްތިރީސް ރުފިޔާ ތެއްތިރީސް ލާރި ލިބިފައިވާ ކަމަށް އެމް.އެން.ބީ.ސީން ހާމަކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ފެށުނު މި ޕްރޮގްރާމްތައް ކުރިއަށްދިޔައިރު އެސް.އެމް.އެސް މެދުވެރިކޮށާއި، އަދި ދިވެހި ރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސްގައި މިކަމަށްޓަކާ ބެހެއްޓިފަހި ހުރި ހާއްޞަ މޭޒުތަކަށް ޒިޔާރަތްކޮށް ސާފް ގޭމްސްގައި ބައިވެރިވާ ޤައުމީ ޓީމްތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ހުރިހާ ފަރާތްތަކަކަށްވެސް އޮތީ ހުޅުވާލެވިފައެވެ. މިކަމަށް ގިނަ އަދަދެއްގެ ކުންފުނިތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި އާންމު ފަރުދުންގެ ބޮޑު ތަރުޙީބެއް ލިބުނެވެ. އެންމެ ބޮޑު އެހީތެރިކަމެއްވެވަޑައިގެންނެވީ ޗަމްޕާ މުޙައްމަދު މޫސާއެވެ. 50،100 ރުފިޔާ އޭނާ ހަދިޔާ ކުރެއްވިއިރު، ދެވަނައަށް އެންމެ ގިނައިން ފައިސާ ހަދިޔާ ކުރި ވަތަނިއްޔާ އިން ވަނީ 50،050 ރުފިޔާ ހަދިޔާ ކުރައްވާފައެވެ

.

އެމް.އެން.ބީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ހަލީލް ވިދާޅުވީ އެމް.އެން.ބީ.ސީ މެދުވެރިކޮށް ދިވެހި ރައްޔިތުން ރާއްޖޭގެ ގައުމީ ޓީމްތަކަށް މިދެއްވި ހަދިޔާ ކަމާބެހޭ ފަރާތްތަކަށް ހަވާލުކުރުމަށްޓަކައި ކުޑަ ހަފްލާއެއް ބާއްވާނެ ކަމަށެވެ

.

އެމް.އެން.ބީ.ސީގެ ހަތަރު ޗެނަލް ކަމުގައިވާ ޓެލަވިޝަން މޯލްޑިވްސްއާއި، ދިވެހި ރާއްޖޭގެ އަޑު، ރާއްޖެ އެފް.އެމް، އަދި ޔޫތް ޓީވީން މިދިޔަ ހޮނިހިރުދުވަހު ފެށި މިހާއްސަ ޕްރޮގްރާމްތައް ނިމުނީ ރޭ މެންދަމު ބާރަޖެހިއިރުއެވެ

.

Sorry, comments for this entry are closed at this time.