ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދާ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމާ ރައީސުލް ޖުމްހޫރިއްޔާ ބައްދަލުކުރައްވާ އެޓީމަށް ހިތްވަރު ދެއްވައިފި

November 23rd, 2009 ލިޔުން ޝާއިއުކުރެވުނީ

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދާ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމާ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ބައްދަލުކުރައްވާ އެޓީމަށް ހިތްވަރު ދެއްވައިފި އެވެ.

އިއްޔެ ހަވީރު ޤައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސްކުރުންދާ ގޮތް ބައްލަވާލެއްވުމަށް ގަލޮޅު ދަނޑަށް ވަޑައިގެން ޤައުމީ ޓީމުގެ ކުޅުމްތެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ފުޓްބޯޅައިގެ ކަންތައްތައް ރަނގަޅަށް ދިޔުމަށް އެދޭކަމަށާއި އެކަން ރައްޔިތުން އެދޭގޮތަށް ކުރިއަށް ގެންދިޔުމަށް ރާއްޖޭގެ ކުޅުންތެރިންނަކީ މިސަރަހައްދުން އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިން ކަމުގައި ވިދާޅުވިއެވެ

.

ކުޅުންތެރިންނާ މުހާތަބްކުރެއްވި ފަހުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ނަތީޖާ ކުރިން އެނގުންކަމަށާއި އެއީ މެޗުގެ ކުރިން އެ މެޗެއްގައި ގޯލްޖަހާނޭކަމާ މެޗުގެ ވަކި މިނެޓެއްގައި ގޯލްޖަހާނޭކަމަށް ބުނެފައި ގޯލް ޖެހުންކަމުގަޔާއި އެމަންޒަރު ކުރިން ސިފަވުންކަމުގައެވެ. އަދި އެފަދަ އަޒުމެއްގައި ތިބުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ

.

ރައީސް ނަޝީދު ވިދާޅުވީ، މިހާރު ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގައި އެ ހިމެނެނީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ރަނގަޅު ޓީމްކަމަށް ދެކެވަޑައިގަންނަވާކަމަށާއި އެމަންޒަރު ކުރިން ދުށުމަށްފަހު ކާމިޔާބީ ހޯދާނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ

.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ބައިވެރިވާ ގައުމީ ފުޓްބޯޅަޓީމް ބަންގްލަދޭޝްއަށް މިރޭ ފުރާނެއެވެ

.

Sorry, comments for this entry are closed at this time.