މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

November 22nd, 2009 ލިޔުން ޝާއިއުކުރެވުނީ

މ“މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ބިލު” ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ

.

މިބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހުށަހެޅުއްވީ ސަރުކާރުގެ އެންމެހައި ކަންކަން ހާމަކަންބޮޑު ގޮތެއްގައި އަދި ޖަވާބުދާރީކުރުވަނި ގޮތެއްގައި ކުރިއަށް ގެންދެވުމަށްޓަކައި، މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤު ދިވެހިރާއްޖޭގައި ލިބިދެވޭ ދާއިރާ އިތުރަށް ހަރުދަނާކުރައްވައި، ސަރުކާރުން ގެންގުޅުއްވާ ނުވަތަ ސަރުކާރުން ބަލަހައްޓަވާ މަޢުލޫމާތު ލިބިގަތުމުގެ މަގު ވަކިވަކި ފަރުދުންނަށް ފަހިކޮށްދޭނެ އުޞޫލުތައް ކަނޑައަޅާ ޤާނޫނެއް އޮތުމަކީ، މުހިންމު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީއެވެ

.

Sorry, comments for this entry are closed at this time.