ސަތޭކައަށްވުރެ ގިނަ ޖަމުޢިއްޔާ ހޯމް މިނިސްޓްރީން އުވާލައިފި
އުވާލި ޖަމުޢިއްޔާ ތަކުގެ ތެރޭގައި ނ.އަތޮޅަށް ނިސްބަތްވާ ހަތަރު ޖަމުޢިއްޔާއެއް ހިމެނޭ
ޖަމްއިއްޔާތަކާބެހޭ ޤާނޫނާ އެއްގޮތަށް ޖަމްއިއްޔާތައް ހިންގާ ޤަވާއިދު އިސްލާހުކޮށްފައި ނުވާތީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން 152 ޖަމްއިއްޔާއެއް، ޖަމްއިއްޔާތަކުގެ ދަފްތަރުން އުނިކޮށް، އެޖަމްއިއްޔާތައް އުވާލައިފި އެވެ.
ހޯމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އުވާލެވުނު 152 ޖަމްއިއްޔާ އަކީ ޖަމްއިއްޔާތަކާބެހޭ ޤާނޫނާ އެއްގޮތަށް ޖަމްއިއްޔާތައް ހިންގާ ޤަވާއިދު އިސްލާހު ކުރުމަށް މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު އެމިނިސްޓްރީން އަންގަވާފައިވާ ގޮތުގެ މަތިން އަމަލުކޮށްފައި ނުވާ ޖަމްއިއްޔާތަކެވެ
.
ޖަމްއިއްޔާ ތަކުގެ ދަފްތަރުން އުވާލާފައިވާ ޖަމްއިއްޔާ ތަކުގެ ތެރޭގައި ނ.އަތޮޅަށް ނިސްބަތްވާ 4 ޖަމުޢިއްޔާއެއްވެސް ހިމެނެއެވެ. އެޖަމުޢިއްޔާ ތަކަކީ، ނ.އަތޮޅު ތައުލީމީ މަރުކަޒު އިސްދަރިވަރުންގެ ޖަމުޢިއްޔާ، މިލަދޫ ހިދާޔާ ސްކޫލް އިސްދަރިވަރުންގެ ޖަމުޢިއްޔާ، ނ.މާފަރު ޒުވާނުންގެ ދިރުން އަދި ނ.ލަންދޫ ޒުވާނުންގެ ޖަމުޢިއްޔާ އެވެ
.
Sorry, comments for this entry are closed at this time.