ރަލާ ނުލައި ދިވެހި ޓޫރިޒަމް

November 21st, 2009 ލިޔުން ޝާއިއުކުރެވުނީ

ކްރިސްމަސް އާއި ނިވްޔަރ ގައި ޗަމްޕާ ރިސޯޓުތަކުން ރާވިއްކުން ހުއްޓާ ނުލާނެބާ


ވެލިދޫ މުޙައްމަދު ޙަލީމް

ރަލަކީ އިސްލާމް ދީނުގައި މަނާކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން އެކަމަށް މަގުފަހިވާ ނުވަތަ ހިއްވަރުލިބޭފަދަ ކަންކަމުން އަޅުގަނޑުމެން ތިބެންޖެހޭނީ ދުރުވެއެވެ

.

ރަސްމީ ސިފައެއްގައި ސަރުކާރުގެ ހުއްދަ ލިބިގެން ރާއްޖެއަށް ރާ އެތެރެކުރަން ފަށާފައިވަނީ ރާއްޖެއަށް ޓޫރިޒަމް ތަޢާރަފުވުމާއި ގުޅިގެންނެވެ. އެހެންނަމަވެސް އެއިގެ ކުރީގެ ޒަމާންތަކުގައިވެސް ރާއްޖެއައި އެކިއެކި ފަރަންޖީ ނައުތަކުންނާއި ހަނގުރާމަވެރި ލަޝްކަރުތަކުން ރާއްޖެއަށް ރާ ގެނެސް ބޮއި ހަދާފައިވާކަން އެގެއެވެ. އަދި ޕޯޗްގީޒުން ދިވެހީންގެ ކަރަށް ރާ އަޅަން މަސައްކަތް ކޮށްފައިވާކަން ބޮޑުތަކުރުފާނު ރާއްޖެ އިސްލާމް ކުރެއްވި ހާދިސާގެ ތާރީޚުން އެނގެއެވެ

.

ދިވެިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެކެވެ. ރާ ވިއްކުމުގެ ހުއްދަ އެންމެ ގިނައިން ދެއްވާފައިވަނީ ކުރީގެ ރައީސް މައުމޫނެވެ. ނުވަތަ އޭނާގެ ސަރުކާރުންނެވެ. މިގޮތުން 826 މީހަކަށް ރަލުގެ ހުއްދަ ދީފައިވެއެވެ. މާނައަކީ 826 ގެއެއްގައި ނުސީދާކޮށް ބާ ހެދުމުގެ ހުއްދަ މައުމޫނުގެ ސަރުކާރުން ވަނީ ދީފައެވެ. ނަތީޖާއެއްގެ ގޮތުން މާލޭގައިވަނީ ރަލުގެ ކަޅު ބާޒާރެއް އުފެދިފައެވެ. މާލެއަށް ރާ ވަނީ އާންމު ވުމެވެ. މާލެވަނީ ރަލުގެ ތެރެއަށް ގަރަގު ވެފައެވެ

.

އާސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ރާ ކޮންޓްރޯލުކޮށް މިނުރައްކަލުން ގައުމު ސަލާމަތް ކުރެއްވުމަށް ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައެވެ. މިގޮތުން ރަލުގެ ކަޅުގެ ބާޒާރު ނައްތާލުމަށްޓަކައި ގެންދަނީ ގިނަ މަސައްކަތްތަކެއް އަމަލީގޮތުން ކުރައްވަމުންނެވެ. މިކަމުގެ ހެޔޮ ނަތީޖާ ފުލުހުންގެ ތަފާސް ހިސާބު ބަލައިލުމުން ވަޒަންކުރެވޭނެއެވެ

.

ޓޫރިމަކީ އޭގެ ޒާތުގައި ރަލާ ގުޅިފައިވާ ކަމެކެވެ. ރާއްޖެއަށް ލިބޭ އާންމުދަނީގެ މައިތަބުކަމުގައި މިއަދު ބަލަންޖެހިފައިވަނީ ޓޫރިޒަމެވެ. އެހެންކަމުން މިއިންޑަސްޓްރީ ރައްކާތެރި ކުރުމަކީވެސް ސަރުކާރަށާއި ރައްޔިތުންގެ މައްޗަށް އޮތް ގައުމީ ވާޖިބެކެވެ

.

ރާއްޖޭގެ ފަތުރުވެރިކަން ފުޅާވަމުންދާ މިންވަރަށް ބަލާއިރު މީހުން ދިރިއުޅޭ ރަށްރަށުގައި ޚާއްޞަކޮށް މާލޭގައި ސިޓީ ހޮޓަލުގެ ވިޔަފާރިވެސް ދާނީ ފުޅާވަމުން ތަރައްގީވަމުންދާނެ ކަމަށް ބަލަންޖެހެއެވެ. މިފަދަ ތަންތަނުގައި އާންމު ރައްޔިތުންނަށް ނުލިބޭގޮތަށް ޚާއްޞަ ހާލަތްތަކުގައި “ހިމާޔަތްކުރެވިފައިވާ ރަލުގެ މަރުކަޒު” ހަދައިގެން ޓޫރިސްޓުންނަށް ރާ ވިއްކުމަކީ ކޮންކަހަލަ ކަމަކަށް ވެދާނެބާވައެވެ. 826 މީހަކަށް ދޫކޮށްފައިވާ ރަލުގެ ހުއްދަ ކެންސަލްކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ސަރުކާރުން އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. ވަރަށް ސާބިތު އަމަލެކެވެ. އަޅުގަނޑަށް ކަށަވަރުވާ ގޮތުގައި މިފިޔަވަޅުގެ ސަބަބުން ރަލުގެ ކަޅުބާޒާރު ‘މޫނުއަޅަން’ ޖެހޭނެއެވެ

.

ރަލާނުލައި ރައްޖޭގައި ޓޫރިޒަމް ތަރައްގީ ކުރުމަކީ ކުރެވިދާނޭ ކަމެއްތޯ ވިސްނުމަކީވެސް ރާއްޖެފަދަ ސައްތައިން ސައްތަ މުސްލިމު ގައުމަކުން ނުކޮށް ދޫކޮށްލާ ވަރުގެ ކަމެއްނޫނެވެ. އެހެންނަމަވެސް އެހެން މުސްލިމުގައުމުތަކުން ހިނގާމަގުން އަޅުގނަޑުމެންވެސް ހިނގުމަކީ އެކާވީސް ވަނަ ގަރުނުގައި ނުކޮށް ދޫކޮށްލެވިދާނެ ކަމެއްތޯވެސް ބަލަންޖެހެއެވެ

.

ރަލާއި ނުލައި ރާއްޖޭގައި ޓޫރިޒަމް ހިންގިދާނެތޯ ޗަންޕާ ފަދަ ފާރާތްތަކުން އަޖުމަ ބެއްލެވުމަކީ ގޯހަކަށް ވެދާނެބާވައެވެ؟ އަދި ކުރިއޮތް އޮތް ކުރިސްމަސް އާއި ނިވްޔަރ ގައި ޗަމްޕާ ރިސޯޓްތަކުގައި ރާނުވިއްކާ ގޮތައް ހަމަޖެއްސިދާނެތޯއެވެ؟ ޗަމްޕާއަކީ މިފަދަ ކޮންމެ ކަމެއްގައިވެސް ވަރަށް މިސާލީ ސަޚްޝިއްޔަތެކެވެ

.

Sorry, comments for this entry are closed at this time.