ވެލިދޫގައި “ޖާރިޔާ” އެއް

November 5th, 2009 ލިޔުން ޝާއިއުކުރެވުނީ

ސުރުޚީ ފެނުމުން ގިނަބަޔަކު ވަރަށް ޝައުގުވެރިވެދާނެއެވެ. އަދި ސީރިއަސްވެސް ވެދާނެ އެވެ. ސަބަބަކީ ޖާރިޔާ ގެންގުޅޭ ވާހަކައަކީ ހަގީގަތެއް ކަމަށާއި ޖާރިއާ އެއްގެ ގޮތުގައި ދެމަފިރިއަކު ގެންގުޅުނު 18 ނުފުރޭ އަންހެން ކުއްޖާ މިހާރު އިނީ ބަލިވެ ކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން އިއްޔެ ވަނީ ހާމަކުރައްވާފައެވެ.

އެހެނަސް، ދަންނަވަން މިއުޅެނީ އެހާ ސީރިއަސް ވާހަކަ އެއް ނޫނެވެ. ވެލިދޫ ގައި “ޖާރިޔާ” ކިޔާ ސަފާރީ އުޅަނދެއް ގެންގުޅޭ ވާހަކަ އެވެ. އެބޯޓް ފަޅުގައި އަޅާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ވާހަކައެވެ

.

މިދުވަސްވަރަކީ ޖާރިޔާ ގެ ވާހަކަ ވަރަށް ގަދައަށް ދެކެވޭ ދުވަސްވަރަކަށް ވެފައި، ވެލިދޫ ފަޅުގައި އަޅާފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ޖާރިޔާގެ ވާހަކަ ދައްކާލަން މިވަގުތަކީ މުނާސަބު ވަގުތެއް ކަމަށް ދެކެމެވެ

.

މި “ޖާރިޔާ” އަކީ ކުރިން އިނގިރޭސިވިލާތުގެ ސަފީރު އަދި ދާދިފަހުން ރާއްޖެއިން ބެލްޖިއަމަށް ކަނޑައެޅި ސަފީރު އާދަމް ހަސަންގެ ބޯޓެކެވެ. ޖާރިޔާ ބެލެހެއްޓުމާ ހަވާލުވެގެން ހުންނަވަނީ ވެލިދޫ ލިލަކްމާގޭ އަޙްމަދު ޝާކިރެވެ. ތިރީހަކަށް މީޓަރުގެ ޖާރިޔާ އެއްވެސް މަރާމާތެއް ނުކޮށް ވެލިދޫ ބަނދަރުގައި އޮތުމުގެ ސަބަބުން އެއުޅަނދަށް ދަނީ ގެއްލުންތައް ލިބެމުންނެވެ

.

މިދެންނެވި ޖާރިޔާ ފިޔަވާ ވެލިދޫ ގައި ޖާރިޔާ އެއް ގެންގުޅޭކަން، ހީއަކަށްވެސް ބަޔަކު ނުދައްކައެވެ. އެހެނަސް މިދެންނެވި ޖާރިޔާ އާ ގުޅުވައިގެން ތަފާތު ޖޯކުތަކާއި އެސްއެމްއެސްތައް ބަދަލުކުރެވެމުން އެބަދެއެވެ

.

Sorry, comments for this entry are closed at this time.