މިއަހަރު ކޮލެޖު ކައުންސިލަށް ދަރިވަރަކު ހޮވުމަށް ބާއްވާ އިންތިހާބަށް އަޅުގަނޑު ކުރިމަތިލައިފީމެވެ

March 29th, 2009 ލިޔުން ޝާއިއުކުރެވުނީ

އަޙުމަދު މުޙައްމަދު / ނ.ވެލިދޫ

މިއަހަރު ކޮލެޖު ކައުންސިލަށް ދަރިވަރަކު ހޮވުމަށް ބާއްވު މިމާރޗް މަހުގެ 8 ވަނަ ދުވަހު އިޢުލާންކޮށް، އިންތިހާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާއި ގުޅިގެން

19 މާރޗް ވީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އެކަމަށް ކުރިމަތިލައި، ހުށަހަޅަންޖެހޭ އެންމެހާ ތަކެތި ކޮލެޖުގެ މައިއިދާރާއަށް އަޅުގަނޑު ވާނީ ހުށަހަޅާފައެވެ.

އަޅުގަނޑަކީ ނ. އަތޮޅު ވެލިދޫ އަށް އުފަން މީހަކީމެވެ. އަދި ތަޢުލީމީ ދާއިރާއިން ރާއްޖެއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދިނުމުގެ އަޒުމުގައި ކުރިއަށްދާ download rohtenburg މީހަކީމެވެ. މިގޮތުން 2004 ވަނަ އަހަރު ޑިޕްލޮމާއިން ޓީޗިންގ ސެކަންޑަރީ ނިންމާ، ނ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބައޮލޮޖީ ޓީޗަރެއްގެ މަޤާމުގައި ހުރެ، އެ ސުކޫލުން މިހާތަނަށް ޖީސީއީ އޯލެވެލްއިން ބައޮލޮޖީއިން އެންމެ ރަނގަޅު ނަތީޖާ ހޯދައިފައިވަނީ އަޅުގަނޑު ގްރޭޑް 10 އަކަށް މިމާއްދާ ކިޔަވައިދިން އަހަރުއެވެ. ތަޢުލީމީ މަރުކަޒުގައި ހޭދަކުރި 2 އަހަރުގެ މުއްދަތުގައި، ކިޔަވައިދިނުމުގެ އިތުރުން ސްކޫލަށް ކޮށްދިން ގިނަ ގުނަ ޚިދުމަތްތައް ދަރިވަރުންނާއި ބެލެނިވެރިންނާއި ސްކޫލުގެ ހިންގުންތެރިން ފާހަގަކުރާކަމީ އަޅުނޑަށް ލިބޭ އެންމެ ބޮޑު އުފަލެވެ. ޑިޕްލޮމާއިން ޓީޗިން ހެދި ދުވަސްވަރު، ފެކަލްޓީ އޮފް އެޑިޔުކޭޝަންގައި އޮތް ސުޓޫޑެންޓު ޓީޗަރ

އެސޯސިއޭޝަންގެ އިންތިޒާމު ސެކެޓްރީގެ ނައިބުކަން ކޮށް ގިނަ ގުނަ ޙަރަކާތްތައް ރާވާ ހިންގުމުގައި ވަގުތު ހޭދަކުރީމެވެ. އަދި ދަރިވަރުންނާއި ގާތްގުޅުމެއް އޮންނަ ދަރިވަރެއްގެ ގޮތުގައި އަބަދުވެސް ހުރީމެވެ.


މިއަދު އަނެއްކާވެސް މިހުރީ ދަރިވަރެއްގެ ގޮތުގައި، ކިޔަވައިދިނުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ -ބެޗެލަރ އޮފް ޓީޗިން ސެކަންޑަރީ- ޙާޞިލު ކުރުމުގެ ބުރަ މަސައްކަތުގައެވެ. މިއީ އަޅުގަނޑުގެ ފުރަތަމަ ޑިގްރީގެ ފަހު އަހަރެވެ. ޙަޔާތުން އެންމެ ދުވަހެއްވެސް ނަގާނުލާ، ރާއްޖޭގެ ތަޢުލީމީ ދާއިރާއިން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭނެ ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. ސަބަބެއްނެތި އެއްނޫނެވެ. ޤައުމު ބިނާ ކުރުމުގެ ޒިންމާއަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ. އަދި މިކަމުގައި ތަޢުލީމީ ދާއިރާއިން ކުރެވެން ހުރިމަސައްކަތްތައް ގިނަކަމުންނެވެ. އެހެންކަމުން،

kill me later online

ވޭތުވެ ދިޔަ އަހަރުތަކުގައި، ޚާއްޞަކޮށް ދަރިވަރުންނަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދިނުމުގައި ދެމި ހުރީމެވެ. ދަރިވަރުންނާއި ކޮލެޖުގެ އިސްފަރާތްތަކާއި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަކާއި ގާތް ގުޅުމެއް ދެމެހެއްޓީމެވެ. އަދި މިހާރުވެސް ދަމަހައްޓަމެވެ. މިގޮތުން ވޭތުވެ ދިޔަ އަހަރު ކޮލެޖުގެ އެކަޑަމިކް ބޯޑުގެ ދަރިވަރުންގެ މެމްބަރަކަށް، ދަރިވަރުންގެ ބޮޑު ތާޢީދަކާއި އެކު އިންތިހާބުވެ، އެބޯޑުގައި މަސައްކަތްކުރީމެވެ. މީގެ އިތުރުން ކޮލެޖު ހިންގުމުގެ އެންމެ މުހިއްމު ފަރާތްކަމުގައިވާ ކޮލެޖު ކައުންސިލުގެ މެމްބަރެއްގެ ގޮތުގައި ހުރެ ދަރިވަރުންގެ ޙައްޤުގައި ވަކާލާތުކޮށް، ބޮޑެތި މަސައްކަތްތަކެއްގައި ބައިވެރިވީމެވެ. އަދި ކުރިއަށް ހުރި download 100 feet online މަސައްކަތްތައްވެސް ގިނަ ގުނައެވެ. މީގެ އިތުރުން ކޮލެޖުގެ ރެކްޓަރ އެކުލަވާލާ ‘ކޮލެޖުގެ އިސްތިޢުނާފު ކޮމެޓީގައި’ މިދިޔަ އަހަރުން ފެށިގެން މިއަދާހަމަށްވެސް މަސައްކަތްކުރުމުގައި ދެމި މިހުރީ ދަރިވަރުންނަށްޓަކައެވެ.


ކޮލެޖުގެ އަންހެން އަދި ފިރިހެން އެންމެހާ ދަރިވަރުންނަކީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިންނެވެ. ދަރިވަރުންގެ އެންމެ ބޮޑު އެދުންކަމުގައިވާ ދަރިވަރުންގެ ޖަމިއްޔާއެއް އުފެއްދުމަކީ ކުރިއަށް އޮތް އެންމެ މުހިއްމު އެއްމަސައްކަތަށް ވީހިނދު، ގިނަ ޢަދަދެއްގެ ދަރިވަރުންތަކެއްގެ އެދުމުގެ މަތިން ދަރިވަރުންގެ މަންދޫބެއްގެ ގޮތުގައި މިފަހަރުވެސް މަސައްކަތްކުރުމަށް އަޅުގަނޑު ނިންމީއެވެ. މިދިޔަމަހު ފަހުކޮޅު އިންޑިޔާގައި އޮތް ސަރަހައްދީ މަތީ ތަޢުލީމާއި ބެހޭ ކޮންފަރެންސްގައި ބައިވެރިވި ރާއްޖޭގެ ވަފުދުގައި ހިމެނި، ރާއްޖޭގެ މަތީތަޢުލީމުގެ ދަރިވަރުން ތަމްސީލުކޮށްދިނުމަކީ މިހާތަނަށް އަޅުގަނޑަށް ލިބުނު އެންމެ ބޮޑު އެއް ތަޖުރިބާއެވެ. މިތަޖުރިބާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފުމަކީ އަޅުގަނޑުގެ ޒިންމާއެކެވެ. އަޅުގަނޑު މިހުރީ ކޮލެޖުގެ ހުރިހާ ފެކަލްޓީތަކުގެ ދަރިވަރުންނާއިއެކުގައެވެ. އަޅުގަނޑު މި ނިކުންނަކީ ދަރިވަރުންގެ ފަރާތުން ދަރިވަރުންނަށްޓަކައެވެ.



»
Mar 29, 2009 - 09:03:31 އިބްރާހިމް ހަމީދު  :ކޮމެންޓްކުރީ 

ޢަޙުމަދަކީ ތިކަލަ ކަމަކަށް ވަރަށް އެކަށޭނަ ބޭފުޅެއް. ތިކަމުގައި އަހުމަދަށް ކާމިޔާބު ދެއްވުން އެދި މާތްﷲ ހަޟުރަތުގައި ދުޢާ ދަންނަވަން

»
Mar 30, 2009 - 11:03:01 Wide  :ކޮމެންޓްކުރީ 

Ahmed ah vote leveynama aharenves vote laan mihiree hithuge adin gabool kohggen. furihama kaamiyaabee akah edhen

»
Mar 30, 2009 - 03:03:15 މިނިވަންވެލިދޫ  :ކޮމެންޓްކުރީ 

ދޮންބެއަށް ކާމިޔާބީއަށް އެދެން

Sorry, comments for this entry are closed at this time.