ތިމާވެށީގެ ދުވަހާ ގުޅުވައިގެން ފީނުމުގެ ޚާއްސަ ހަރަކާތެއް ވެލިދޫގައި ބާއްވަން ނިންމައިފި
ބައިނަލްއަގްވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިމަހުގެ 24 ވަނަ ދުވަހު މުޅި ދުނިޔޭގައި ފާހަގަކުރާ ކަންތައްތަކުގައި ބައިވެރިވުމުގެ ގޮތުން ފީނުމުގެ ޚާއްސަ އައިޓަމެއް ވެލިދޫގައި ބާއްވަން ނިންމައިފިއެވެ.
މިހަރަކާތް ކުރިއަށް ގެންދިޔުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ވެލިދޫ ރެޑިޔަމްގޭ އަބްދުﷲ ނަޝީދު (ޓޮމާ)، ވީއޯ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހަރަކާތް ހިންގުމަށް ހަމަޖައްސާފައި ވަނީ ތްރީފިފްޓީ އޯގް އާ ގުޅިގެން ކަމަށާއި އެދުވަހުގެ މުހިންމު ހަރަކާތެއްގެ ގޮތުގައި މިކަން ރަޖިސްޓްރީ ކުރައްވާނެ ކަމަށެވެ
.
ފުޅިއަޅައިގެން ވެލިދޫ ބޭރަށް ފީނުމަށް ބާއްވާ މިހަރަކާތުގައި ވެލިދޫ ކައުންސިލަރު އާދަމް ފާއިޒާއި ވެލިދޫ ރަށްކުރިއަރުވާ ކޮމިޓީގެ ބައެއް މެންބަރުން ފީނުއްވާނެއެވެ. މިބޭފުޅުން ތަމްރީނު ކުރެއްވުމުގެ ގޮތުން ޓްރޭނިންގ ޑައިވް، ކުރިއަށް އޮތް ހަފުތާ ބަންދުގައި ބާއްވަވާނެ ކަމަށްވެސް ޓޮމާ ވިދާޅުވިއެވެ
.
މިހަރަކާތުގައި ބައިވެރިވާ އިސް ފަރާތްތަކަށް ޑައިވް ކުރުމުގެ ހުރިހާ ސާމާނެއް ހަމަޖައްސަވައިދެއްވަނީ އައިޓަމް އިންތިޒާމް ކުރައްވާ ފަރާތުންނެވެ. ނަމަވެސް، އެކްވިޕްމަންޓް ހުރި ފަރާތްތަކުން މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ
.
ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ސަރުކާރުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ދުނިޔޭގައި ފުރަތަމަ ފަހަރަށް މޫދު އަޑީގައި ބާއްވާ ކެބިނެޓް ޖަލްސާ މިމަހުގެ 17 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާއިރު، ބައިނަލްއަގްވާމީ ތިމާވެށީގެ ދުވަހާ ގުޅުވައިގެންވެސް ގައުމީ ފެންވަރުގެ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ
.
Sorry, comments for this entry are closed at this time.