ސަރުކާރު ބަދަލުވެއްޖެއެވެ. ނާމާންކަމަށް ނިމުމެއް ނެތެވެ

އަމާންކަމުގެ ސުވަރުގޭގެ ގޮތުގައި ސިފަކުރަމުން އައި ދިވެހިރާއްޖެ މިހާރު މިވަނީ ނާމާންކަމުގެ ނަރަކައިގެ ގޮތުގައި ސިފަކުރެވޭ ހިސާބަށް ކަންހިނގާފައި ކަމަށް ގަބޫލުކުރެވެއެވެ. އެކަކު އަނެކަކަށް މާރާމާރީ ހިންގުމާއި ބޮޑެތި ޖިސްމާނީ އަނިޔާތައް ދިނުން މިވަނީ އާންމުވެފައެވެ. އެ ނުރައްކަލުގެތެރޭގައި ބޮޑެތި އަނިޔާތައް ލިބޭ މީހުންނާއި، މިދުނިޔެ ދޫކޮށްދާ މީހުންގެ އަދަދު މިދަނީ އިތުރުވަމުންނެވެ.

މީގެ ދެތިންއަހަރުކުރިން ފެށުނު މި ނާމާންކަމުގެ ބަދުނާމް އަޅުވަމުން ދިޔައީ އޭރުގެ ސަރުކާރުގެ ބޮލުގައެވެ. ރައްޔިތުންނަށް އަމާންކަން ހޯދައިނުދެވުނީއެވެ. ގޭންގް ސްޓާރުންނަށް ހިމާޔަތް ދެނީއެވެ. ގަސްތުގައި އެމީހުން ލައްވާ ކުރުވާ ކަމަކީ އެވެ. ސަރުކާރު އޮތީ ފެއިލް ވެފައެވެ. ހޯމް މިނިސްޓަރު އިސްތިއުފާއެވެ. މައުމޫން އިސްތިއުފާއެވެ. މިއީ އޭރު މެދުނުކެނޑި އިވެމުން ދިޔަ އަޑުތަކެވެ. download what just happened dvd


މިއަދު މިވަނީ ސަރުކާރު ބަދަލުވެފައެވެ. މިހާރު ސަރުކާރު ހިންގުމުގައި ތިބީ ކުރީގެ ސަރުކާރަށް ފާޑުކީ މީހުންނެވެ. އެ ސަރުކާރުގެ އިސްތިއުފާއަށް ގޮވި މީހުންނެވެ. އެހެންނަމަވެސް، މައްސަލައަކަށް ނިމުމެއް ނެތެވެ. މާރާމާރީތަކުގެ ސިލްސިލާ ހުއްޓުމެއް ނެތެވެ. ބޮޑަތި އަނިޔާތައް މީހުންނަށް ދިނުމާއި މީހުން މެރުމުގެ އަމަލްތަކަށް މަޑުޖެހުމެއްވެސް ނެތެވެ. ކުރީގެ ސަރުކާރު ހިންގި މީހުން މިއަދު ބަދުނާމު ކުރަނީ މިއަދުގެ ސަރުކާރެވެ. ކޮޅު ބަދަލުވުން ފިޔަވާ ތަފާތެއް ނެތެވެ. މައްސަލައަށް ހައްލެއް ނެތެވެ.


ސަބަބަކީ ކޮބައި ހެއްޔެވެ؟ ސަބަބަކީ ސަރުކާރު ނޫންކަން، ފެންނަމުން މިދާ ހަގީގަތް ހެކިދެއެވެ. ސަބަބަކީ އަޅުގަނޑުމެންގެ މުޖްތަމައުގައި އިޖްތިމާޢީ ބަލިމަޑުކަން ފެތުރިފައި އޮތްލެއް ބޮޑުކަމެވެ. ސަތޭކަ އިންސައްތަ އިސްލާމީ ގައުމެއް ކަމަކު، އިސްލާމީ އުސޫލްތަކާ ދިވެހިން ދުރުވެފައި ވާލެއް ބޮޑުކަމެވެ. ދޭހަވަމުން މިދަނީ، އިސްލާމްދީނުގެ މަތިވެރި އަޚްލާގީ ސިފަތަކާ ދިވެހިން ބީރައްޓެހިވެފައިވާ މިންވަރެވެ.


download mannequin on the move dvd

ރާއްޖޭގައި ދިރިއުޅުން ނާމާންވާ ހިސާބަށް ކަންތައް ދިޔުމުގެ އެންމެބޮޑު ސަބަބު މިދެންނެވުނީއެވެ. މައްސަލަތައް އުފަންކުރުވަނީ ދޭދޭ ފަރުދުންގެ މެދުންނެވެ. އެމައްސަލައިގާ ކުރިލައި ބޮޑުވަމުންދަނީ ދެފަރާތުގެ ރަހުމަތްތެރިންގެ ހިތްވަރުންނެވެ. ބަދަލު ހިފުމުގެ ޖޯޝުގައި ކުރިއަށް ދެވެނީ ޝައިޠާނީ ވަސްވާހުގެ ސަބަބުންނެވެ. ތިމާގެ އަޚާއަށް ގެއްލުންދީ މަރާލަނީ އެވަސްވާހުގައި ތިމާ ބެނދެވިފައި ހުރުމުންނެވެ. މިފަދަ ހެއްލުންތެރި، ގެއްލުންދެނިވި ކަންކަމުން ދުރުވެ ހުރެވޭ ހުށީ އިސްލާމީ ރިވެތި އަޚްލާގު އިސްކޮށްގެންނެވެ. އިސްލާމީ ތަރުބިއްޔަތުގެ މަތިވެރި ތަރުބިއްޔަތުން ތިމާ ޒީނަތްތެރިވެ ހުރެގެންނެވެ.

the man who came back dvd


ރަނގަޅެވެ. ސަރުކާރުވެސް ޒިންމާ އުފުލަން ޖެހެއެވެ. ކުށްވެރިންނަށް އަދަބު ދޭންޖެހެއެވެ. އިންސާފު ގެއްލޭ މީހާއަށް އިންސާފު ހޯދައިދޭން ޖެހެއެވެ. ރައްޔިތުންނަށް އަމާންކަން ލިބިދޭން ޖެހެއެވެ. އެހެންނަމަވެސް، މައްސަލައިގެ ހުރިހާ ބަދުނާމެއް ސަރުކާރުގެ ބޮލުގައި އެޅުވޭކަށް ނެތެވެ. އެހެންނަމަ، ސަރުކާރު ބަދަލުވުމާއެކު ނާމާންކަމަށް ނިމުން އައީސްތާއެވެ.