ބަންދުކޮށްފައި ބެހެއްޓުމަށްފަހު ވެލިދޫ އޮފީސް ހުޅުވައިފި

February 15th, 2009 ލިޔުން ޝާއިއުކުރެވުނީ

download the tale of despereaux movie

push movie download

veli-officeތިރީސް އަށްގަޑިއިރު ވަންދެން އޮފީސް ބަންދުކޮށްފައި ބެހެއްޓުމަށްފަހު ވެލިދޫ އޮފީސް މިއަދު ހުޅުވައިފި އެވެ.

direct contact movie

38 ގަޑިއިރު ވަންދެން އޮފީސް ބަންދުކޮށްފައި ބެހެއްޓުމަށްފަހު ނ. ވެލިދޫ އޮފީސް މިއަދު ހުޅުވައިފި އެވެ.

ވެލިދޫ ކައުންސިލަރު އާދަމް ފާއިޒް ވިދާޅުވީ މިއަދު 9 ޖެހިއިރު އޮފީސް ބަންދުކުރި މީހުން އޮފީސް ހުޅުވާފައިވާ ކަމަށެވެ.

ފާއިޒް ވިދާޅުވީ އޮފީސް ބަންދުކޮށްފައި ހުރުމުން އިއްޔެ އާއްމުންގެ ފަރާތުން އޮފީހުން ލިބެންވާ ހިދުމަތްތައް ނުލިބުމުން ޝަކުވާ ކޮށްފައިވާ ކަމަށެވެ.

އަޅުގަނޑުކަށް އެއްގޮތަކަށްވެސް ދަންނަވާކަށްނޭގެ އޮފީސް ބަންދުކުރި މީހުން ހުޅުވީ ކޮންސަބަބަކާ ހުރެކަމެއް. ދެން ބައެއް ފަރާތްތަކުން އެބަބުނަމުންދޭ މިއަދު އޮފީސް ނުހުޅުވާފިއްޔާ ތަޅު ހަލާކު ކޮށްލައިގެންވިއަސް ހުޅުވާނެކަމަށް“ ފާއިޒް ވިދާޅުވިއެވެ download x men origins wolverine movie .

ވެލިދޫ އޮފީސް މިމަހުގެ 15ވަނަ ދުވަހުގެރޭ 7 ޖެހިކަންހާއިރު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އޮފީހުގެ ދެ ގޭޓްގައި ތަޅުލާފައިވަނީ ގޯތި ދޫކުރާ ގޮތާއިމެދު ހިތްހަމަ ނުޖެހިގެން ކަމަށް ބުނެއެވެ.

މިމައްސަލަ ކުރިމަތިވާން ދިމާވި ސަބަބެއްކަމަށް ފާއިޒު ވިދާޅުވީ ކުރިން ވެލިދޫން ދޫކުރަން ހަމެޖެހިފައިވާ 69 ގޯތީގެ ތެރެއިން 32 ގޯތި ދޫކުރާ ގޮތަށް ހަމަޖެހިގެން އިއްޔެ މިމަހުގެ 15ވަނަ ދުވަހު ހަވީރު އެކަން އޮފީހުން އިއުލާން ކުރުމުން ކަމަށެވެ.

ފާއިޒު ވިދާޅުވީ މިކަމާއި ގުޅިގެން މިވަގުތަށް ގޯތި ދޫނުކުރާގޮތަށް ހަމަޖައްސައި އެކަން މިހާރު އިއުލާން ކޮށްފައިވާނެ ކަމަށެވެ.

pick up dvd

ފާއިޒު ވިދާޅުވީ ކުރިން ދޫކުރި އަދަދަށް ގޯތި ދޫކުރެވެންނެތީ އަތިރިމަތީ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތިތައް ހައުސިންގ މިނިސްޓްރީގެ ލަފާމަތިން ރައްކާތެރިކަމަށް ބަލާފައި އެގޯތިތައް ދޫނުކުރާ ގޮތައް ހަމެޖެއްސުމުންނެވެ. ގޯތި ދޫކުރުމަށް އިއުލާން ކުރީއްސުރެ ކުރިމަތި ލާފައިވާ 183 ފަރާތަށް ގޯތި ދޫކުރުމަށް އެދި ވެލިދޫގެ ބައެއް ފަރާތްތަކުން އެދެމުން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުން ހިތްހަމަނުޖެހޭ ގޮތަކަށް ކަންތައްތައް ކުރަން ބޭނުންނުވާ ކަމަށާއި, ރައްޔިތުންގެ ޝަކުވާ އަޑުއަހާފައި ރަނގަޅު ގޮތެއް ނިންމާނެ ކަމަށް ފާއިޒު ވިދާޅުވިއެވެ.

Sorry, comments for this entry are closed at this time.