އަހަރެންގެ ގަލަމުން : ނަރަކަ ވެލިދޫ އަކީ ކޮބާ؟
download soul assassin online download before sunset free
“ނަރަކަ ވެލިދޫ” އަކީ ކޮބައިކަމެއް ވަރަށް ގިނަ މީހުންނަކަށް ނޭނގެއެވެ. ގިނަ މީހުން ހީކުރަނީ “ނަރަކަ ވެލިދޫ” އަކީ މިލަދުންމަޑުލު ދެކުނުބުރި، ނ.އަތޮޅު ވެލިދޫއަށް ކިޔާނަމެއް ކަމަށެވެ. އެހެން ހީކުރާ މީހުން، ވެލިދޫ ރައްޔިތުންނަށް ނިސްބަތްކޮށް ތިއީ ނަރަކަ ވެލިދޫ މީހެކޭ ބުނެއުޅެއެވެ.
ނަމަވެސް އެމީހުން އެހެން ބުނާއިރު، ވެލިދޫ މީހުންނަށް ނަރަކަ ވެލިދޫ އަކީ ނ.ވެލިދޫ ނޫންކަން ބުނެދޭކަށެއް ނޭނގެއެވެ. ސަބަބަކީ ފަހަކަށް އައިސް ވެލިދޫގެ ބައެއް މީހުންނަށްވެސް “ނަރަކަ ވެލިދޫ” އަކީ ނ.ވެލިދޫ ކަމަށް ގަބޫލުކުރެވިފައި އޮތުމެވެ. ވެލިދޫ މީހުންނަށް މިނަން ކިއީ މީހުން ނުބައިކަމުން ކަމަށް ވަރަށްގިނަ މީހުން ބުނެ އުޅެއެވެ. އެގޮތުން މަސްތުވާތަކެއްޗާއި މާރާމާރީގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ވެލިދޫ މީހުންނަށް “މިހިރަ ނަރަކަ ވެލިދޫ މީހާއޭ” ކިޔައިގެން މުޚާތަބުކުރާ މީހުންވެސް އުޅެއެވެ.
ރާއްޖޭގައި ދެ ވެލިދޫ އެއް އެބައޮތެވެ. އެއީ އަޅުގަނޑުމެންގެ ރަށް، ނ.ވެލިދޫ އާއި އއ.އަތޮޅުގައި، ކުރިން ފަޅުރަށެއްގެ ގޮތުގައި އޮތް ވެލިދޫ އެވެ. ނަމަވެސް މިހާރު އެރަށަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްގެން ހިންގާ ރަށެކެވެ. އެ ރިސޯޓަށް މިހާރުވެސް ނަން ކިޔަނީ “ވެލިދޫ އައިލެންޑް” ގެ ނަމުންނެވެ. ހަގީގީ “ނަރަކަ ވެލިދޫ” އަކީ މިބުނާ ރިސޯޓް ހިންގާ ވެލިދޫ އަށް ކިޔާ ނަމެކެވެ. އެހެންކަމުން ބަޔަކަށް ނުހައްގު ނަމެއް ރައްދުކޮށް ތާރީޚް އޮޅުވާލަން މަސައްކަތް ނުކުރުމަށް އަޅުގަނޑު ހަރުއަޑުން ގޮވާލަމެވެ.
download scary movie 3 free juice online
ވެލިދޫ މީހުންނަށް ލިބިފައިވާ ތަރައްގީ އާއި ވެލިދޫ މީހުންގެ ހިތްހެޔޮކަން، ހަތުރުވެރި ރަށްރަށު މީހުން ތަފާތު އަޑުތައް ފަތުރައިގެން ހަޑިކުރުމަށް ވަރަށް މަސައްކަތް ކުރެއެވެ. އެގޮތުން “ނަރަކަ ވެލިދޫ” މިނަންވެސް ވެލިދޫއަށް ނިސްބަތްކުރަންފެށީ މިގޮތަށެވެ. ވެލިދޫ އަކީ މަސްތުވާތަކެތީގެ މައްސަލަތައް ބޮޑު ރަށެކެވެ. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ހަގީގަތެކެވެ. އެކަމަކު މިއަދު މުޅި ގައުމުގެ ހާލަތަށް ބަލާއިރުވެސް މަސްތުވާތަކެތީގެ މައްސަލަވަނީ ބޮޑު ވަބާއެއްހެން ފެތުރިފައެވެ. އެކަން ހަމައިގައިހުރި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އެހެންވީއިރު، މުޅި ދިވެހިރާއްޖެވެސް މިއަދު މިވަނީ ނަރަކައެއްގެ ތެރެއަށް ވެއްޓި ހަލާކުވެފައެވެ.
ވެލިދޫގެ އަވަށްޓެރި ރަށްރަށަށް ބަލައިލިއަސް ހިތް ނުބައީ ވެލިދޫ މީހުން ނޫންކަން ރަނގަޅަށް އެނގޭނެއެވެ. ވެލިދޫން އަވައްޓެރި ރަށްރަށު މީހުންގެ ދަރިން ކިޔަވައިގެން ދާއިރު، ގިނަ ކުދިން ގޭގޭގައި ތިބެފައި އެދަނީ ހިލޭ ސާބަހަށެވެ. ނަމަވެސް، ނ.އަތޮޅުގެ ބައެއް ރަށްރަށުގައި ކުއްޖަކު ބަހައްޓައިދިނުމަށް ހާހުން ނަގާ ރަށްރަށްވެސް އެބަހުއްޓެވެ. ވީއިރު ހިތްނުބައީ އަދިވެސް ވެލިދޫ މީހުންތާއެވެ. ދެން މާރާމާރީއަށް ބަލާއިރު އަވަށްޓެރި އަތޮޅުތަކުގައިވެސް މިފަހަކަށް އައިސް ވެލިދޫއަށްވުރެ މާރާމާރީ ހިނގާލެއްވެސް މާގިނައެވެ. އަދި ބައެއް މާރާމާރީގައި މީހުންނަށް ގެއްލުންލިބޭލެއްވެސް މާގިނައެވެ. ޚާއްސަކޮށް ޅ.އަތޮޅުގެ ބައެއް ރަށްރަށުގައި ފަހަކަށް އައިސް ހިނގާފައިހުރި މާރާމާރީތަކަށް ވިސްނާލުމުން މިކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެވަރުންވެސް އުތުރުގައި އޮތް ނަރަކައަކީ ވެލިދޫ ކަމަށް މީހުން ގަބޫލުކުރަނީ، ވެލިދޫ މީހުންނަށްވެސް ރައްދުދެވޭލެއް މަދުވުމުންނެވެ.
އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި “ނަރަކަ ވެލިދޫ” މިނަމަކީ 1980 ގެ އަހަރުތަކުގައި ދިވެހިރާއްޖޭގެ އަޑުން ފޮނުވި ޑްރާމާއެއްގައި ބޭނުންކުރި ޚިޔާލީ ނަމެކެވެ. އެނަން އެގޮތަށް ބޭނުންކުރިއިރު، އެޑްރާމާގައި ބުނާކަމަށްވަނީ ށ.އަތޮޅު ކައިރީ އޮންނާނޭ ނަރަކަ ވެލިދޫ ކިޔާ ރަށެއް، އެރަށް ބޭރަށް ގޮސް މިވެނި ކަމެއް ކުރާށޭ، މިފަދަ ގޮތަކަށެވެ. އެތައް ފަހަރަކު ރިޕީޓްކޮށް ފޮނުވި މި ޑްރާމާގެ ސަބަބުން ވެލިދޫ މީހުންނާ މުޚާތަބުކޮށް ނަރަކަ ވެލިދޫ ކިޔަން ފެށީއެވެ. މިކަމާ ހިތްހަމަނުޖެހިގެން ދިވެހިރާއްޖޭގެ އަޑުން އޭރު ފޮނުވި އަޑުއެހުންތެރިންގެ ސުވާލު ހުށަހަޅާ ޕްރޮގްރާމަކަށް ވެލިދޫ މީހަކު މިސުވާލު ފޮނުވިއެވެ. އެ ޑްރާމާގައި “ނަރަކަ ވެލިދޫ” ކިޔާ އެމުޚާތަބުކުރަނީ ކޮންރަށަކަށްތޯއެވެ. ޖަވާބުގައި ދިވެހިރާއްޖޭގެ އަޑުން ބުނެފައިވާކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވަނީ، އެއީ ވަކި ރަށަކަށް ކިޔާ ނަމެއް ނޫން ކަމަށާއި ޑްރާމާގައި ބޭނުންކޮށްފައިވާ ޚިޔާލީ ނަމެއް ކަމަށެވެ.
velidhoo ah vure maa nubaimeehun ulhey rah rah mi gamugaa ehbahuri….thiara fushee meehuna ves naraka kiyan veenuntho..ehrashu meehun midhiya inthihaabugaa kujaku rokolan vesc ulhunun. adhi adoo meehun vesc hama ehvaru ehthan thana naraka kiyan maarangalhu
Alhugandumenge rashakee fen meeru maa velidhoo hie heyo ogatheri divehi dharieh ulhay thaneh Naraka velidhoo kiyan Maarangalhu vaane emmen hayboa naara tharahgy kuramundha ibileees seenu Atoll ves fonikuran thiya kiya (Addu) Ae emme goikuda anhenunna anhen kudin mi mujuthamauga favaathan bai ginakamun Raajeyge hurihathanehgaves mi baithah favegen ulay mee naraka kiyan rangalhu thaneh kamah alhugadah fenay cheche che
mulhi raajeyge hus naraka….hurihaa rashege ves nubai meehun nubai…dhuniyehga ves kan othee ehen
hmmmmmmmmmm
hama velidhoo aee naraka velidhooo
Sorry, comments for this entry are closed at this time.