ބަލަންވީ ނިސްބަތްވާ ޕާޓީއަކަށްނޫނެވެ. އެހެނެއްކަމަކު ގާބިލްކަމަށެވެ
އަޙުމަދު ނާއިފް / ނ.ވެލިދޫ
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ގިނަ ޕާޓީތަކެއް ވާދަކުރެވޭ ގޮތައްބާއްވާ ޤާނޫނުހަދާ މަޖުލީހުގެ އިންތިހާބު ފެށުމުގެ ވަގުތުމިވަނީ ކުޑަތަން ވާންފަށާފައެވެ. އިންތިހާބާއި ވިދިގެން ތަފާތު ވާހަކަތައް މިދަނީ މިދިވެހި ވެށީގައި ފެންމަތިވަމުންނެވެ. ދިމިކުރާތީ ނިޒާމެއްގައި މިފަދަވާހަކަތަކާއި ހިޔާލުތައް ފާޅުކުރެވުމަކީ މިކަންއޮންނާނެ އަދި އޮންނަންޖެހޭނެވެސްގޮތެވެ.
ހަމަމިބީދައިން މިގޮތައް ދެކެވޭ ކޮންމެ ވާހަކަޔަކާއި ސުޢޫރެއްގެ ހަގީގަތް ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުމަކީ ހެޔޮވެރިކަމަކަށް މަގުފަހިވެގެންދާނޭ ކަމެކެވެ.
ވަކި ޕާޓީއަކުން އައިސްފައިވާ ކެނޑިޑޭޓަކަށް ވޯޓުދިނުމަކީ ގައުމުގެ ސަލާމަތާއި ހެޔޮވެރިކަމަކަށް އޮތް ބިރެއްކަމުގައި މުޖުތަމައުގެ ބައެއްފަރުދުން މިދަނީ އަޑުއުފުލަމުންނެވެ. އެއީ މަޖުލީސްއެމީޙުންގެ ބާރުގެ ދަށައްގެނެސް ދިވެހިރާއްޖޭގައި ރަސްކަމެއް ގާއިމްކުރުމަށް ޓަކާ ކުރެވެމުންދާކަމެއްކަމުގައި މިދަނީ އަޑުފެތުރެމުންނެވެ. އެހެނަސް ވިސްނާލުން މުހިންމު ނުގުތާއެއް އެބައޮތެވެ. އަޅުގަނޑުމެންގެ ވިސްނުންތެރި ކާބަފައިން ބުނެފައި އޮންނާތީ އަޑުއިވެއެވެ. ” ކެޔޮގަހަކުން އަލަނިރެއް ނުފަޅާނެއެވެ.” ހަގީގަތުގައިވެސް ތެދެކެވެ. އެއެއްޗެއްގައި ނެތްދިޔައެއް އެއެއްޗަކުން ނުފެލޭނެއެވެ. depakote for canine
ނިސްބަތްވާ ޕާރޓީއެއްގެ ސަބަބުން ނުވަތަ ގަބޫލުކުރާ ގަބޫލުކުރުމަކުން މީހެއްގައި ހުރި ގާބިލްކަމާއި ފަންނުވެރިކަން އެއީ ނެތްކަމެއްކަމުގައި ނުހެދޭނެއެވެ. އަދި ކިޔެއްހެއްޔެވެ! އެގޮތައް އެދެކެނީ ވިސްނާފިކުރު ނުކުރާ މީހުންކަން ޔަގީނެވެ. ވިސްނަވާށެވެ. އިރުގެ ހަކަތައަކީ އިންސާނާ ދިރިހުރުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު އެއްވަސީލަތެވެ. މިހެންމިކަން އޮތްކަމުގައި ވީހިދުވެސް އިރުގެ އަލީގެ ސަބަބުން ހަމުގެ ކެންސަރުފަދަ ބަލިތަކަށް މަގުފަހިކޮށްދެއެވެ. އެހެނޭ ކިޔާފައި އިރުގެ އަލިންތިމާޔަށް ލިއްބައިދޭ ފައިދާތަކާއި އޭގެމުހިންމުކަން ހަދުމަނެތިކޮށްލަންވީ ތޯއެވެ؟ އެހެނަސް އެކަމެއް އެހެނެއްނުވާނެއެވެ. ހަމަ މިބީދައިން އެބޭފުޅަކު ނިސްބަތްވާ ޕާރޓީއެއްގެ ސަބަބުން އެބޭފުޅާގެ ގާބިލްކަން ވެއްޔާމޮޑެލާފައި އެއީ ނުރައްކާތެރި ވިހަގަދަ ހަރުފަޔަކަށް ހަދަންވީތޯއެވެ؟
ތަންދޮރުނުދައްނަ ގާބިލްކަމެއްނެތް ބޭފުޅަކަށް މިފަދަ ބޮޑުޒިންމާއެއްދޫކޮށްލައްވަން ހެޔޮވެސްނުވާނެއެވެ. އަޅުގަނޑުމެން މިކަމާއިމެދު ވިސްނާ ހޭއަރަންވީ ވަގުތު އަތުވެއްޖެއެވެ. ތަފާތުކުރުމުގެ ނާތަހުޒީބު އުސޫލުން އެއްކިބާވެ ތަޢުލީމާއި ތަޖުރިބާގެ މައްޗައް ބުރަވެތިބެ ނުފޫޒުން އެއްކިބާވެ ވޯޓުދިނުމުގެ މައްޗައްސަމާލުކަންދެއްވާށެވެ. ފައިސާގެ ނުފޫޒުން އެއްކިބާވެ މިނިވަން ކަމާއިއެކު ވޯޓުދިނުމަކީ ފަރުދީޒިންމާއެއްކަމުގައި ދެކި އެގޮތުގައި އެޒިންމާއަދާކުރަށްވާށެވެ. ބައްލަވަންވީ ނިސްބަތްވާ ޕާޓީއަކަށް ނޫނެވެ. އެހެނަސް ގާބިލް އިހުލާސް ތެރިއަކަށެވެ.

Sorry, comments for this entry are closed at this time.