ވެލިދޫ ކައުންސިލަރުގެ ޚާއްސަ އިންޓަވިޔު
އެއްވެސް މުވައްޒަފަކަށް އަޅުގަނޑުގެ ފަރާތުން އެއްވެސް ނުރައްކަލެއް ނޯންނާނެ: އާދަމް ފާއިޒު
ތިރީގައި މިވަނީ، މިވަގުތު މާލޭގައި ހުންނެވި ވެލިދޫ ކައުންސިލަރ އާދަމް ފާއިޒް، ވެލިދޫ އޮންލައިނަށް ދެއްވާފައިވާ ޚާއްސަ އިންޓަވިޔުއެކެވެ.
- – -
1- ވެލިދޫއަށް ދިމާވެފައިހުރި ބޮޑެތި މައްސަލަތަކަކީ ކޮބައިތޯ؟
ވެލިދުއަށް ދިމާވެފައިވާ މައްސަލަތަކަކީ، ކަނޑުތޮށި ވަނީ ހަލާކުވެފައި. އެއްގަމުގޮށިވަނީ ހަލާކުވެފައި. ފަޅުވަނީ ތިލަވެފައި. ރަށުގެ ބިމުންނެގޭ ފެނަށްވަނީ %75 އަށް ނަޖިހުގެ އަސަރުކޮށްފަ… އެހެންކަމުން ރަށަށް މިވަގުތަށް އެންމެ މުހިންމު ކަމެއްގެ ގޮތުގަ ފެނުގެ ކަންތަކާ، ފަޅުގެ ކަންތަކާ، ފާހާނާގެ ނިޒާމާ، އަދި ގެދޮރުގެ ދަތިކަން އެހާ ބޮޑުވެފަ އޮތްއިރު ރަށުގެ އެބައޮތް ހުޅަނގު ފަރާތުން ވަރަށް ބޮޑު ބައެއް ހިއްކެން. ހިއްކައިގެން ނޫނިއްޔަކާ ގެދޮރުގެ ކަންތައް ކުރެވޭކަށްނެތް. ހަގީގަތުގަ ފްލެޓްވެސް އެޅޭކަށްނެތް ހިއްކައިގެން ނޫނިއްޔަކާ. އެހެންދެން ކޮންމެވެސް ގޮތަކަށް ފްލެޓް ނޭޅޭނެ ވާހަކައެއްނޫން. އެއީ މިވަގުތަށް ވެލިދުއަށް ބޭނުންވެފައިވާ މުހިންމު ކަންތައްތަކަކީ.
2- ތިވިދާޅުވި މައްސަލަތަކާއި ކަންކަން ހައްލުކުރަން ކިހާ ދުވަހެއް ނަގާނެކަމަށް ދެކެވަޑައިގަންނަވަންތޯ؟
ދެން އަޅުގަނޑު މިދެކެނީ ސަރުކާރު ތެރެއިން ވަރަށް އަވަހަށް މިކަންކަމަށް ހައްލު ހޯދޭނެކަމަށް. ބައެއް ކަންކަން އެބަހުރި ޑޭޓްތަކެއް ކަނޑައެޅިފަ. އެކަންތައް އެޑޭޓްތަކަށް ވާނެކަމަށް އަޅުގަނޑު އުއްމީދު މިކުރަނީ. ދެން އަނެއް ކަންތައްތަކަކީ ހަމަ ހަމަޖެހިފަ އޮތް ހަރުދަނާ އުސޫލަކުން ކުރެވޭނެކަންކަން ކަމަށް މިބަލަނީ.
3- ގޯތި ގެދޮރު މައްސަލަ ވެލިދޫގަ ވަރަށް ބޮޑު، މިހާރު މިއޮތީ ގޯތި ނުދޭގޮތަށް ނިންމާފައި. ފްލެޓް އެޅުމާ، ގޯތި ދިނުމާ މިދެގޮތުން ރައްޔިތުންނަށް ބޮޑަށް ކަމުދަނީ ކޮންގޮތެއްތޯ؟
ރައްޔިތުން ބޮޑަށް ބޭނުންވަނީ ގެ އެޅުމަށް ގޯތި ދިނުމަށް. ބިން ހިއްކައިގެން ގޯތި ދިނުމަށް. އެހެންނަމަވެސް ފްލެޓް ބޭނުންވާ ބަޔަކުވެސް އެބައުޅޭ. ފްލެޓަށް އެޑިމާންޑް ކުރަނީ ހަގީގަތުގަ ގެދޮރު މިހާރުވެސް ދިނުމުން ލިބޭ އާމްދަނީއަކުން ގެ އަޅައިގެން ގެދޮރަށް ދެވޭކަށް އަދި ހަގީގަތުގަ ނެތް. އެއީ ލިބޭ އާމްދަނީއާ، ތަކެތީގެ އަގުބޮޑުވުމުން އެކަންކަން ހަމަޖެހެން ނެތީމަ. ކޮންމެ މީހަކުވެސް ހަމަ ބޭނުންވާނެ އެމީހަކު އަމިއްލަ ގޯތި. މިހާރުވެސް ގިނަބަޔަކު ބޭނުންވަނީ ގޯތި. މަދުންނަމަވެސް އެބައުޅޭ ފްލެޓް ބޭނުންވާ މީހުން.
4- ރައީސް ނަޝީދު ފެބްރުއަރީމަހު 5 ގަ ވެލިދުއަށް ކުރެއްވި ދަތުރުފުޅުގަ އެބަހުރި ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވިދާޅުވެފަ. އެކަންތައްތަކުގެ ތެރެއިން މިހާރުން މިހާރަށް އެންމެ މުހިންމުވެފަ ހުރި ކަންތައްތަކުގެ ގޮތުގައި ފާހަގަކުރައްވަނީ ކޮންކަންތަކެއްތޯ؟
ރައީސް ވިދާޅުވިގޮތަށް ސިޓީއެއްގެ ގޮތުގަ ތަރައްގީ ކުރާކަމަށްވަންޏާމު ހަމަ އެންމެ ފުރަތަމަވެސް ހަމަ ކޮށްދެއްވަންޖެހޭ ފުރަތަމަ ކަމަކަށް އެއޮތީ ބޭންކް ކަންތައް. ބޭންކް ކަންތަކަށްފަހު ދެން އަޅުގަނޑު ގަބޫލުކުރާހިތް އޮތީ ރަށް ހިއްކައިގެން ފަޅު ފުންކޮށްފަ އެއްގަމު ތޮއްޓާ މިތަންތަން ހެދި، ރަށް ހިކިގެން ނޫނިއްޔަކާމުން އެވިދާޅުވާގޮތަށް އެކަން ވާނެކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. ސަބަބަކަށްވަނީ ސިޓީއެއް ގޮތަށް ތަރައްގީ ކުރާއިރު އަޅުގަނޑުމެން ރަށުގެ މޫނުމަތީގައޮތް އޮޑިދޯނިފަހަރު ބަނދެ މަރާމާތުކުރުމުގެ ބައި ކޮންމެވެސް އެއްފަރާތަކަށް ދާންޖެހޭ. މީހުން އުޅޭ ސަރަހައްދާ އެތަން ދުރުވާންޖެހޭ. އެގޮތަށް އެކަން ކުރެވޭނީ ރަށް ހިއްކައިގެން. ބިން ހިއްކިގެން. ދެން ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގަ ވިދާޅުވެފަ ހުރި ކަންތައްތަކުގެ ތެރޭގަ އެބަހުރި ބޭންކްގެ ޚިދުމަތް ދިނުމާއި، ނަރުދަމާ ނިޒާމް ގާއިމުކުރުމާއި، މަގުގަ ތާރު އެޅުމާއި، މީ ވިދާޅުވެފަ ހުރި ކަންތައް. އަދި ސީދާ ރައްޔިތުންނާ ބައްދަލުކޮށްފަ ވިދާޅުނުވި ކަމުގައިވިޔަސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފަ އެބައޮތް މިނެގޭ 2010 ވަނަ އަހަރު ވެލިދޫ ފަޅުގެ މަސައްކަތް ކޮށްދެއްވާނެކަމަށްވެސް. އަޅުގަނޑަށް ގަބޫލުކުރެވެނީ އެމަނިކުފާނު ވިދާޅުވި ކަންތައްތައް ކޮށްދެއްވާނެކަމަށް.
5- މިހާރު ވަރަށް ގިނައިން އިވޭ އަޑެއް ރަށްރަށުގެ ކައުންސެލަރުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި، ވަކި މީހަކަށް ވޯޓު ދޭން މަޖުބޫރުކުރާ ވާހަކަ. ވެލިދޫ ކައުންސިލަރުގެ ފަރާތުން ވެލިދޫގަ އުޅޭ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އެއްވެސް ކަހަލަ ނުރައްކަލެއް އެބައޮތްތޯ؟
ވެލިދޫގަ އުޅޭ އެއްވެސް މުވައްޒަފަކަށް އަޅުގަނޑުގެ ފަރާތުން އެއްވެސް ނުރައްކަލެއް ނޯންނާނެ. އަޅުގަނޑުމެން ވެރިކަމަށް އަންނަންވެގެން އަދި އައިސްވެސް ގެންގުޅުނު ފިކުރެއްނޫން އެއީކީ ސިވިލްސާވިސްގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދެއްކުން. އަޅުގަނޑު މިވަޒީފާއާ ހަވާލުވުމާއެކު ބައެއް ސިވިލް ސަރވިސްގެ މުވައްޒަފުން ފޯނުކޮށްފައި އެބަހުރި ވިދާޅުވެފަ ތިމަންނަމެންނަށް ބައެއް ފަރާތްތަކުން ވަޒީފާގެ ބިރު ދައްކާ ހަދައޭ. އެއާ ގުޅިގެން އެފަދަ ފަރާތްތަކަށް އަޅުގަނޑު ޖަވާބުދީފަ ހުންނާނެ ކޮންމެ ޕާޓީއަކުން އައިކަމުގަވިޔަސް ފްރޮންޓް ލައިނަށް ނުކުމެ ސިވިލް ސަރވިސް މުވައްޒަފުން އުޅުއްވާކަމަށްވާނަމަ، ދެން ތިބޭ އިދިކޮޅު ފަރާތްތަކުން އެމީހުންނަށް ބައެއް ރައްދުވެސް ދޭނެ. އެކަން ހަޖަމުކުރެވެން ޖެހޭނޭ. އަދި ހަޖަމް ނުކުރެވޭ ކަމުގައިވަނީނަމަ ފްރޮންޓް ލައިނަށް ނުކުމެ އެކަމުގަ އިސްވެ ނޫޅުއްވާށޭ… ޖަގަހަތަކަށް ދުރުވިޔަސް މައްސަލައެއްނޫން. ބައްދަލުވުންތަކަށް ދުރުވިޔަސް މައްސަލައެއްނޫން. އެހެންނަމަވެސް އެމީހާ އިސްވެ ހަރަކާތްތެރިވެ އެހެން ޕާޓީގެ ފަރާތްތަކަށް ރައްދު ދީ ހައްދަވާކަމަށްވަންޏާމު، އެ އިދިކޮޅު ފަރާތްތަކުން އެގޮތަށް ބަސްތައް ވިދާޅުވާނެ. އަޅުގަނޑު ހަގީގަތުގަ ބޭނުންވަނީ ރަށަށް ސުލްހަމަސަލަސް ކަމާއި އެކުވެރިކަން ގެނައުމަށް. އެހެންކަމާއެކު ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރާތީ އެމީހަކަށް އަޅުގަނޑު އިންޒާރުދިން އެއްވެސް މީހަކު ނުހުންނާނެ. ސީދާ ރައީސް ނަޝީދަށް މަލާމާތްކޮށް އެއްޗެތިކިޔާ ހައްދަވާ ބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވަނީ އެގޮތަށް އަމަލުނުކުރެއްވުމަކީ އަޅުގަނޑު ވަރަށްބޮޑަށް އެދޭކަމެކޭ. މިފަދައިން ދެންނެވިފައިވާނީވެސް، އިންޖީނުގޭގައި މަސައްކަތް ކުރައްވާ ބައެއް މުވައްޒަފުންނާ. އެމީހުންނަކީ ސިވިލްސާވިސް މުވައްޒަފުންނެއްނޫން، އެމީހުންނާ އެވަރުވެސް އަޅުގަނޑު ދަންނަވަނީ އެމީހުންނާ އަޅުގަނޑާ އޮތް ގާތްކަމެއްގެ ސަބަބުން.
6- ސިޔާސީ ކަންކަމާހުރެ ވެލިދޫ މިވަނީ ވަރަށްބޮޑަށް ބައިބައި ވެފައި، މިފަދަ ދުވަސްވަރެއްގައި ވެލިދޫގެ ރައްޔިތުންނަށް ކުރައްވާނެ އިލްތިމާސަކީ ކޮބައިތޯ؟
ވެލިދޫ ކައުންސިލަރުގެ ހައިސިއްޔަތުން އަޅުގަނޑު ވެލިދޫ ރައްޔިތުންނަށް ދަންނަވާލަން އޮތް ވާހަކައަކީ، އަޅުގަނޑަކީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރަކަށް ވީނަމަވެސް، އަޅުގަނޑު ތިޔަ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނަމޭ. ކޮންމެ ޕާޓީއަކަށް ނިސްބަތްވާ މެންބަރަކަށް ވިޔަސް، ވެލިދޫ ރައްޔިތެއްވިއްޔާ އަޅުގަނޑަށްވާނީ ހަމަހަމަ. ވެލިދޫ އޮފީހުން ޚިދުމަތް ދިނުމުގައިވެސް އެއްވެސް ރައްޔިތަކާމެދު ތަފާތުކުރުމެއް ނުގެންގުޅުމަށް އޮފީހުގައި ތިއްބެވި މުވައްޒަފުންނަށްވެސް އަޅުގަނޑު އޮންނާނީ ދަންނަވާފައި. ކޮންމެ ޕާޓީއެއްގައި އުޅުމުގެ ހައްގު ރައްޔިތުންނަށް އެބައޮތް، ކޮންމެ މީހަކަށް ތާއީދުކުރުމުގެ ފުރުޞަތުވެސް ކޮންމެ ރައްޔިތަކަށްމެ އެބައޮތް. އެހެންނަމަވެސް ރަށާއި އަތޮޅާއި ގައުމުގެ މަސްލަހަތަށްޓަކައި އަޅުގަނޑުމެން އެއްބައިވާންޖެހޭ ވަގުތު އެއްބައިވާންޖެހޭނެ. އަޅުގަނޑު އެދެނީ މިފަދަ ދަނޑިވަޅުތަކުގައި ސިޔާސީ ޚިޔާލު ތަފާތުވުންތަކުން އެއްކިބާވެ ގައުމީ މަސްލަހަތު އިސްކުރުން. ރަށުގެ ތަރައްގީ އާއި ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ކުރިޔެކޭވެސް އެއްގޮތަށް ލިބެމުންދިޔުން.
adam faaiz kanda elhigen ehedhee bodu dhogeh.muvahzafun nah bireh nudhakamey bunyash nukuraanan gabooleh. bala aharumen kurimatheegayey muvahzafun nah biru dhahkamun dhanee. gaboolu nukuranyaa hekives dhahkaanan.
adam faaizu ithiufaa dhewaa. We wanted elected counciler.kurige hurihaa kathibun bey ru kurey. corpt wefaa thibi kathibun adhi wes ethibi.
Adam faaizakee velidhoo ah mihaathanah ai emmme harudhanaa hingun theriyaa…. rayyithunge ruhun libfavaa counciloreh…
adam faaiz isthiufaaa
އާދަމް ފާއިޒު މަސައްކަތް ކުރަނީ އޭނާގެ އާއިލާގެ މީހުންގެ ފައިދާއަށް. ރައްޔިތުންގެ ފައިދާއަކަށް ނޫން. މިފަދަ މީހުން މިފަދަ މަގާމުތަކުގައި ތިބެގެން ރަށަށް ކުރިއެރުމެއް ނުލިބޭނެ.
އާދަމް ފާއިޒު ހީކުރިވަރަށްވުރެ ރަނގަޅު
Adam faiz mivagu thun mivagutha vaxeefaain baalaa
އާދަމް ފާއިޒުގެ ނުފޫޒުން މުހަަންމަދު ފާއިޒަށް އިންޖީނުގޭ މެނޭޖަރުކަން ދިނީ.. މުޅިންވެސް ބަލަނީ އާއިލާ މީހުނަށް. ކޮބާ އެމްޑީޕީއަށްޓަކައި ގުރުބާންވީ މީހުން، ބަލަ އާދަމް ފާއިޒު އެކަނިތަ އެމްޑިޕީއަށް ވެލިދޫން ތާއީދުހޯދީ
Sorry, comments for this entry are closed at this time.