މުޙައްމަދު އަސްލަމަކީ ކާކު؟
ކުރިއަށް އޮތް އާންމު އިންތިޚާބުގައި ވެލިދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ، ހޮޅުދޫ މުޙައްމަދު އަސްލަމް އެނގެނީ ކިހާވަރަކަށްތޯއެވެ. ތިރީގައި މިވަނީ އަސްލަމްގެ ވެބްސައިޓުން ނަގާފައިވާ އޭނާގެ ވަނަވަރެވެ.
ތަޢާރަފް:
ފުރިހަމަނަން : މުޙައްމަދު އަސްލަމް
ދާއިމީ އެޑްރެސް : ރޯޒީބޭންކް / ނ.ހޮޅުދޫ
އަމިއްލަ އެޑްރެސް : ރޯޒްވިއު / ނ.ހޮޅުދޫ
ދިރިއުޅޭ އެޑްރެސް : މއ.ވައްފަރު / މާލެ
އުފަން ތާރީޚް : 08 އޭޕްރިލް 1971
އުމުރު : 37 ( ތިރީސް ހަތެއް ) އަހަރު
ބައްޕަ : އިސްމާޢިލް ޢަބްދުއްރަޙްމާން – ރޯޒީބޭންކް / ނ.ހޮޅުދޫ
މަންމަ : ޢާއިޝަތު މޫސާ – ރޯޒީބޭންކް / ނ.ހޮޅުދޫ
ތަޢުލީމީ ޙަޔާތް:
އަޅުގަނޑުގެ ތަޢުލީމީ ޙަޔާތްފެށުނީ “މަކްތަބުއް ނާޞިރިއްޔާ” ގެ ނަމުގައި ރައޫސުއް ސާބިޤް އަލްމަރުޙޫމް އިބުރާހީމް ނާޞިރަށް ނިސްބަތް ކުރައްވައިގެން އަޅުގަނޑުގެ މަންމަޔާއި ބައްޕަގެ މަސްއޫލުވެރިކަމުގެ ދަށުން ހޮޅުދޫގައި ހިންގެވި މަކުތަބަކުންނެވެ. އޭގެފަހުން 1979 ން 1980 ށް ހޮޅުދޫ މޭނާ ސްކޫލުން ތަޢުލީމް ޙާޞިލް ކުރީމެވެ. އެއަށްފަހު، 1981 ން 1982 އަށް ޅ.ނައިފަރު މަދަރުސަތުލް އިފްތިތާޙުގައި ދެއަހަރުދުވަސްު ހޭދަކުރުމަށްފަހު މާލޭ އިންގްލިޝް ސްކޫލުން ތަޢުލީމް ޙާޞިލް ކުރުމުގެ ފުރުސަތު ލިބި 1984 ވަނަ އަހަރު މާލެއައިސް އެއްއަހަރު ދުވަސް އެ ސްކޫލްގައި ހޭދަކުރެވިފައިވެއެވެ. މާލޭގާހުރުމުގައި ދިމާވި ދަތިތަކާއި ގުޅިގެން 1985 ވަނަ އަހަރު ދެވަނަފަހަރަށް ހޮޅުދޫ މޭނާސްކޫލަށް ބަދަލުވެ، އެދުވަސްވަރު މޭނާސްކޫލުން ތަޢުލީމު ހާސިލްކުރެވެންއޮތް މިންވަރަށް ތަޢުލީމު ހާސިލް ކުރުމަށްފަހު މަސައްކަތުގެ ދާއިރާއަށް ނިކުތީއެވެ.
ނޯޓް:
އެދުވަސްވަރު ޢާއިލާގެ ދިރިއުޅުމުގެ ޙާލަތު ނިޔާކުރިގޮތުން ޢުމުރުން 13 އަހަރުގައި ވަޒީފާގެ ދާއިރާއަށް ނިކުމެ ރާއްޖޭގެ ޞިނާޢަތްތަކުގެ ތެރެއިން މަސްވެރިކަމުގެ ޞިނާޢަތާއި ފަތުރުވެރިކަމުގެ ޞިނާޢަތާއި އިމާރާތްކުރުމުގެ ޞިނާޢަތުގައި މަސައްކަތްތަކެއްކޮށް މިއަދު ހަމަޔަޤީނުންވެސް އަޅުގަނޑުގެ އަމިއްލަ މަސައްކަތުން އުފައްދާފައިވާ ކުންފުނިކަމަށްވާ ” ވިއުބިލްޑާސް ” އަޅުގަނޑު ސިފަކުރަނީ 23 އަހަރުގެ މަސައްކަތުގެ ތަޖުރިބާއަށްފަހު ދިރިއުޅުމުގައި މިއަދާއި ހަމައަށް އަޅުގަނޑަށް ޙާޞިލކުރެވުނު އެންމެބޮޑު ކާމިޔާބު ކަމަށެވެ.
ވަޒީފާއާއި މަސައްކަތުގެ ތަޖުރިބާ – 1986 ން 2009 އަށް ( 23 އަހަރު )
1986 ގައި 6 މަސްދުވަސް
the final inquiry movie download
1- ފުރަތަމަ ވަޒީފާ :
ލޭބަރ / ޅ.ފެލިވަރު ކޭނިންގ ފެކްޓަރީ، ވެއަރ ހައުސް
ވަޒީފާގެމަސްއޫލިއްޔަތު: ފެކްޓަރީންނެރޭ ދަޅުފުހުމާއި، ފޮށިފޮށްޓަށް އެޅުން އަދި ގުދަނުގައި ދަޅުކޭސްޖެހުން
(6 މަސްފަހުން ހިންގުމަށްއައި ބަދަލާއި ގުޅިގެން 16 އަހަރު ނުފުރޭތިވެ، ވަޒީފާއިން ވަކިކުރި)
1987 ގައި 10 މަސްދުވަސް
2- ދެވަނަ ވަޒީފާ :
ހައުސް އެޓެންޑެންޓް / ޓިކޯން ބެޓިމް، ނޯރވޭ / ފެލިވަރު އަޕްގްރޭޑިންގ ޕްރޮޖެކްޓް
ވަޒީފާގެ މަސްއޫލިއްޔަތު : އައިސްޕްލާންޓްގެ މަސައްކަތް ކުރުމަށްއައި ނޯރވޭގެ 13 މީހުންގެ ރޫމްބޯއީ،
ވެއިޓަރ، ލޯންޑްރީ މަސައްކަތް
1987 ން 1988 އަށް / 1 އަހަރު
3- އަދާކުރި ވަޒީފާތައް :
ލޭބަރ، ވެއަރ ހައުސް / ފެލިވަރު ޓޫނާ ޕްރޮސެސިންގ ޕްލާންޓް
ޑްރައިވަރ ޓްރޭނީ / ފެލިވަރު ޓޫނާ ޕްރޮސެސިންގ ޕްލާންޓް
ފޯކްލިފްޓް އަދި ޓްރެކްޓަރ ޑްރައިވަރ / ފެލިވަރު ޓޫނާ ޕްރޮސެސިންގ ޕްލާންޓް
1989 ން 1991 އަށް / 3 އަަހަރު (ރަންނާޅި ޓޫރިސްޓް ވިލެޖް)
4- އަދާކުރި ވަޒީފާތައް :
- އޮފީސް ބޯއީ
- އެސިސްޓެންޓް ރިސެޕްޝަނިސްޓް
- ރިސެޕްޝަނިސްޓް
-
އެސިސްޓެންޓް ސްޓޯރކީޕަރ
- ނައިޓް އޮޑިޓަރ
- ބުކްކީޕަރ
- ސްޓޯރކީޕަރ
- އެކައުންޓްސް އެސިސްޓެންޓް
- އެސިސްޓެންޓް އެކައުންޓެންޓް
- އެކައުންޓެންޓް
- ޗީފް އެކައުންޓެންޓް
ނޯޓް : 1991 ވަނައަހަރު ރަންނާޅި ޓޫރިސްޓް ވިލެޖް ރިނޮވޭޝަނަށް ބަންދުކުރިއިރު އަޅުގަނޑަކީ އެ ރިޒޯޓުގެ ޗީފް އެކައުންޓެންޓެވެ.
1992 ން 1993 އަށް / 1 އަހަރު ( ސަންޓްރެވަލް އެންޑް ޓްއަރސް )
5- އަދާކުރި ވަޒީފާ :
އެކައުންޓެންޓް
1993 ން 2009 އަށް / 15 އަހަރު (އިމާރާތް ކުރުމުގެ ދާއިރާގައި)
1993 ން 1997 އަށް
1993 ގައި ކޮންސްޓްރަކްޝަން ގްރޫޕް ލޭބަރ
1994 ގައި ކޮންސްޓްރަކްޝަން ގްރޫޕް އެސިސްޓެންޓް ކާޕެންޓަރ
1995 ގައި އަމިއްލަ ގްރޫޕް ފެއްޓުން
1996-1997 ގައި އަމިއްލަ ގްރޫޕް ހިންގުން
1998 ން 2000 އަށް / ޝަރީފް ކާޕެންޓްރީ (3 އަހަރު)
6- އަދާކުރި ވަޒީފާ :
މެނޭޖަރ
މަސްއޫލިއްޔަތު : ކާޕެންޓްރީގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން
ނޯޓް : ކުންފުނީގެ ދާއިރާފުޅާކޮށް ޓެންޑަރބޯޑުގެ މަސައްކަތްތަކަށް ތަޢާރަފްކޮށް 3 އަހަރު ދުވަހުގެ ތެރޭގައި
ސަރުކާރުގެ 20 ޕްރޮޖެކްޓް ހިންގާފައި ވާނެއެވެ. އެގޮތުން ހިންގުނު ޕްރޮޖެކްޓް ތަކުގެ ތެރޭގައި :-
- ސ.މީދޫ ސަމަޝުއްދީން ސްކޫލް ޕްރޮޖެކްޓް
- ރ. ރަސްގެތީމް ސްކޫލް ޕްރޮޖެކްޓް
- ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރޮޖެކްޓް
- ފ.ނިލަންދޫގައި އިމާރާތްކުރި އިސްމާޢީލް ކަލޭފާނުގެ ހަނދާނީ ލައިބްރަރީގެ ޕްރޮޖެކްޓް ހިމެނެއެވެ. އަދި މީގެ އިތުރުން ހދ. އަތޮޅުގެ 7 ރަށެއްގައި ދިރާގުން އިމާރާތްކުރި މާސްޓަރ ބޭސް ( ހަޓް ތައް ) ގެ ޕްރޮޖެކްޓްތައް ވެސް ހިމެނެއެވެ.
ކޯސްޓް ލައިން ކޮންސްޓްރަކްޝަން އުފެއްދުން
2001 ން 2003 އަށް (3 އަހަރު)
ކޯސްޓްލައިނުން އެދުނު އެދުމުގެ މަތިން ކޯސްޓްލައިން ކޮންސްޓްރަކްޝަން ކޮމްޕެނީ އުފައްދާ އެކުންފުންޏަކީ އިމާރާތްކުރުމުގެ ދާއިރާގައި ރާއްޖެއަށް މަޝްހޫރު ކުންފުންޏެއްގެ ގޮތުގައި ތަޢާރަފްކޮށް މީހުންގެ އިތުބާރު ލިބިގެންވާ ކުންފުންޏަކަށް ހަދައިދިނީމެވެ.
އެކުންފުނިން ހިންގާފައިވާ ބޮޑެތި ޕްރޮޖެކްޓް ތަކުގެ ތެރޭގައި :-
- ށ. ފުނަދޫ ސިފައިންގެ މަރުކަޒު
- ޏ. ފުވައްމުލަކު އަތޮޅު އޮފީސް
- ނ. ހޮޅުދޫ ޕަވަރ ހައުސް
- ޅ. ހިނަނަވަރު ޕަވަރ ހައުސް
- ކ. ހުރާ ޕަވަރ ހައުސް
- ރ. ކަނދޮޅުދޫ ހެލްތު ސެންޓަރ
- ކ. މާފުށީ ޖަލުގެ 4 އިމާރާތެއް
- ރ. މަޑުއްވަރީ
- މ.މުލީ ކޯޓް ފަދަ އިމާރާތްތައް ހިމެނެއެވެ.
“ވިއުބިލްޑާސް ޕްރައިވެޓް ލިމިޓެޑް” އުފައްދާ ހިންގުން
04 މާރޗް 2004 ން ފެށިގެން މިއަދާއި ހަމައަށް
ކޯސްލައިން ކޮންސްޓްރަކްޝަނުން އަމިއްލައަށް ވަކިވެގެންއައިސް އަމިއްލަ ކުންފުނި “ވިއުބިލްޑާސް” އުފެއްދީ 04 މާރޗް 2004 ގައެވެ.
އެންމެ ފުރަތަމަ ކުންފުނި ފެށުން 2004 މާރޗްގައި
ވޯރކިންގ ކެޕިޓަލް -/5000 ރ. ( ފަސްހާސް ރުފިޔާ )
މުއައްޒަފުންގެ އަދަދު 05 ( ފަހެއް )
އޮފީސް ވަކި ޢިމާރާތެއްނެތް
މިހާރު ވިއުބިލްޑާސް
ކޮމްޕެނީގެ ނެޓް ވޯރތު 50,000,000/- ރ. ( ފަންސާސް މިލިއަން ރުފިޔާ )
މުއައްޒަފުންގެ އަދަދު 300 ( ތިންސަތޭކަ )
އޮފީސް މއ. ވައްފަރު
( ލޯންގްޓާރމް ލީސްގެ ދަށުން 18 އަހަރު ދުވަހަށް ” ވިއުބިލްޑާސް ” ނެގުމަށްފަހު އަމިއްލައަށް ޑިވެލޮޕްކޮށްފައިވާ މިކުންފުނީގެ ތަނެއް )
ކުންފުނީގެ ގްރޯތު
2008 ގެ ރެވެނިއު 74,000,000/- ރ. (ހަތްދިހަ ހަތަރު މިލިއަން ރިފިޔާ)
2007 ގެ ރެވެނިއު 48,000,000/- ރ. (ސާޅީސް އަށް މިލިއަން ރުފިޔާ)
2006 ގެ ރެވެނިއު 36,000,000/- ރ. (ތިރީސް ހަ މިލިއަން ރުފިޔާ)
2005 ގެ ރެވެނިއު 24,000,000/- ރ. (ސައްވީސް މިލިއަން ރުފިޔާ)
2004 ގެ ރެވެނިއު 06,000,000/- ރ. (ހަ މިލިއަން ރުފިޔާ)
2008 ވަނަ އަހަރު ނިމުނުއިރު ކުންފުނީގެ އެސެޓްގެ ގޮތުގައި ލޯންގް ޓާރމް ލީސްގެ ދަށުން އިމާރާތްކޮށްފައިވާ ކުންފުނީގެ އިމާރާތްތަކަށް ކޮށްފައިވާ އިންވެސްޓްމަންޓް އާއި “ވިއު ހާރޑްވެއަރ” ހިމެނެއެވެ.
އަސްލަމް ތިޔަ ވިއްކަވަން އުޅެނީ ފައިސާއާއި އަސްލަމް ކޮށްފައި ހުރި މަސައްކަތެވެ.ތިޔަކަމާއި އެއްކޮޅެވެ.ނަމަވެސް ސޮރީއެވެ.މިނިވަން ކެންޑިޑޭޓަކަށްވެ މަޖްލީހުގައި ކޮޅަކުން ކޮޅަކުން ލައްވާ ނުލާ އުޅެނިކޮށް ކުންފުނި ޢަޑި އަޅާލައިފިނަމަ ފެން އޮތްތަނަށް މަސް ދާ އުސޫލުން ގޮސްފިނަމަ މިނިވަން ކެންޑިޑޭޓު ފަނުފުލުން ލާނެއެވެ.ޕާޓީ ސިސްޓަމްގެ މި ޒަމާނުގައި ޕާޓީއަކުން އައިނަމަ ނ.އަތޮޅަށްވެސް ތިޔަ ދާއިރާއަށްވެސް ފައިދާވެފައި އަސްލަމްގެ ގަޓްސް ފެނިގެންދާނެ ކަން ޔަގީނެވެ.އަސްލަމްއަތުގައި ފައިސާ އޮތަސް އަދި ވެލިދޫ ދާއިރާއިން މާބޮޑުވަރެއް ނުވާނެ
aslam midhu beynuvanee faisaaehnoo. beynuvanee kamah gaabil kamuge hunaruhurimeeheh,velidhoo dhaairaa eh faisaa akun nuganeveene. aslam ge athugaa faisaa ebahuri. ekamudho………………………., midhu thikamuge sababun aslam ge athun beevegen dhaanee thimaa kuri masahkathaa, faisaa. miadhu buneveenee sorry ey,
Sorry, comments for this entry are closed at this time.